ރައްޔިތުންގެ މަޖިލީހުގެ ކޮޓަރިތަކެއް ފުލުސް އޮފިސަރަކު ބަގް ކުރަން އުޅުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ބައްލަވަމުން ގެންދަވާއިރު އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލުމަށް ފޮނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ފުލުސް އޮފިސަރަކު ބަގް ކުރަން މަސައްކަތް ކުރީ ރައީސް ނަޝީދުގެ ކޮޓަރިކޮޅާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއް ބާއްވާ ކޮޓަރިއެކެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސްއަށް އެ މައުލޫމާތު ލިބިވަޑައިގަތުމުން އެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލަ މަޖިލީހުން އިތުރަށް ބަލައި ދިރާސާކުރަން ޖެހެއެވެ. އެހެންވެ، އެ މައްސަލަ ދިރާސާ ކުރަން 241 ކޮމިޓީއަށް ފޮނުވާ ކަމަށް ރިޔާސަތުގައި އިންނަވައި އިއުލާން ކުރެއްވިއެވެ.

މި މައްސަލަ ފުލުސް އޮފިހަށް ހުށަހަޅައިގެން ކުރިއަށް ގެންދަވަން އަދި ނުވިސްނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުން އެއީ އަޅުގަނޑު ހިތުން އެއް ގޮތަކަށް ވެސް އޮތް ކަމެއް ނޫން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އޮތް ކަމެއް ނޫން. އަޅުގަނޑު ވިސްނީ ކަން ހިނގައިދިޔަ ގޮތް ކޮންމެ ވެސް ވަރަކަށް [މަޖިލިހުން] ބެލުމަށް. އަޅުގަނޑު މި މައްސަލަ މި ފޮނުވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވާހަކަފުޅު ދައްކަވަމުން މިފަދަ ވާހަކަތަކެއް ވިދާޅުވެފައިވެއެވެ. މި ގޮތުން ފުލުހުންގެ ބަޔަކު މަޖިލީހުގެ މެންބަރުންނަށް ފާރަލާން މަސައްކަތް ކުރަން އުޅޭ ކަމަށް ނަޝީދު ތުހުމަތު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަބޭ

    ދެން ގުލުސްއޮފީސް އުވާލާފަ ހުރިހާމައްސަލަތަކެއްވެސް ތިޔަމަޖުލީހުންބަލާގޮތައް ހަމަޖައްސަންވީނޫންތޯ

    31
  2. ވަހުތާނު އަހުމަދު

    ކޮންމެވެސްއެއްޗެކޭކިޔާހިތުން ކިޔާއެއްޗަކަށްވާނީ !!

    27
  3. ޅަބޭ

    ކެނެރީގޭ ނަޝީދު އާއި މެންބަރު އީވާގެ ކޮޓަރި ބަގުކޮއްފިއްޔާ، ދުނިޔޭގަލެއްވި އެންމެހާ ފާޙިޝު ވާހަކައެއް އިވޭނެ.

    36
  4. ތ

    ވެރިކަން ވައްޓާލަން އުޅޭ ވަސް އިބޫއަށް ދުވައިގެން އެމްސީ ކުރުވާ ކަމެއް އަދި ހަސަނަށް ހީވާނެ އަބަދުވެސް ތިޔަ ހެން ވެދާނެއޭ މުޅި ޕާރޓީގެ ގިނަ މީހުން ތިބެނީ ހިނދު ކޮޅުގައި

    26
  5. ޓާޓާ

    ދެން ހަދާނެ އިތުރު ދޮގެއްނެތުމުން ހެދިދޮގެއްދޯ

    31
  6. ގައްބެ

    ސިފައިން ކުރަން އުޅުނުކަމެއް. ފަޅާއެރީމަ މާރިއާ ކައިރީ ބުނެގެން ފުލުހުންގެ ބޮލަށް ކަނޑާލީ.

  7. ގަމާރު

    ކުރިންވެސް ބުނީމެއްނު ތިޔަތާގަ ތިޔަބޮޑުގޮނޑީގަ ތިތައިނީ ދޮގުވެރި ކެހިވެރިޔެކޭ އޭނަދަށްކާވާހަގަބޫލުކުރާނީ ވެސް ކެހިވެރި ދޮގުވެރިން ތިޔައީ ދުނިޔޭގަހުރި އެންމެބޮޑު ދޮގުވެރިޔާ މީހާރުވެސް ގޫގުލްކޮށްފަ ބަލާލަބަލަ.

  8. މައިކް

    މީނަކުރަންއުޅުނުކަމެއް ފަޅާއެރީމަ އަވަހައް އެބުނެލީ. މަކަރުކަލޭގެ

  9. ކަނބުލޮ

    ރާއްޖޭގައި މިއޮތީ 3 ސަރުކާރު ޤާއިމް ކުރަމުންދާކަން އެނގެން

  10. މަސީހު

    މަޖލިސްގަ ކޮންމެފަދަކަމެއްވިޔަސް ސިފައިންނާއި ފުލުހުންތިޔަތާކައް މިދައުރުގަނުވައްދާނެ ސަބަބަކީ މުލިޔާގެއިން ނެރުނުވަރައްވުރެގިނައިން ތިޔަތާކޮޓަރިތަކުން އެކިބާވަތުގެ ސަރުބަތުފުޅިތައް ނެރޭނެތީ

  11. ގލ

    މަކަރރ ރުވެރ ރިރ ސްޓަންޓެއް ޖެއްސީ!

  12. އައްޑޫ މީހާ

    ފުލުހުން ކުށެއް ކުރުމުން އެކަން ބެލޭނެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ އެކަން ރައްޔިތުންގެ މަޖިލިހުން ތަހުގީގު ކުރާނެ ޖާގައެއްނެތް ދުސްތޫރު ފުނޑާލަން އަމިއްލަ ކޯޓްތަކާއި އަމިއްލަ ތަހުގީގީ އިދާރާ އުފައްދައިގެން މުޅި ނިޒާމް ހަލާކުކުރަން އުޅޭ ބީތާއެއް ދެން ނެތްތަ ހަދާލާނެ އިތުރުދޮގެއް؟

    1
    1
  13. ހުސޭނުބޭ

    ބުއްޅަބޭގެ ވާހަކަދައްކުން ދޭހަވަނީ މަޖިލީހުގެ ކޮޓަރިކޮޅުތަކުގައި ސަރުބަތު ގިނަވެގެން އެކަން ބަޔަކު ފަޅާއަރުވާލާފާނޭތީވެ އެކަމާ ބިރުން އުޅޭކަން!

  14. ......

    ފުލުހުންނަށްވުރެ މިމީހުން މޮޅުކަމަށްދައުވާ ކުރަނީބާ....ފުލުން އެތިބީ އެތައް ކޯސްތަކެއް ހަދައި ތަމްރީނުލިބިގެން...މިމީހުންނަށް ހަގީގަތުގައި ފުލުހުންކައިރީގަ ފަތިގަނޑުވެސް އަޅާނުލެވޭނެ...އާނ އެހެންތާވާނީވެސް ތިމާމެންގެ ކިބައިގަ ފެންވަރެއް ނެތުމުން ދެން މިމަގުން ކުރިޔަށްދެވެން އޮންނާނެ ހަމަ އެކަނި ގޮތަކީ ފެންވަރު ތިބި މީހުންގެ އަގުވައްޓާލައިގެންތާދޯ...!

  15. ވާނުވާ

    މިހާ ހައިޓެކް އިރު ނުޖެހޭ ބަގް ކުރާކައް...

  16. އިއްބެ

    ހަމަ ސީދާ ދޮގެއް މަޖިލީހަށް ވަދެވޭނީ އެމް،އެން،ޑީ،އެފް، އިން މަޖިލީސް ދޮރުހުޅުވައިގެން، ޗެކްކޮއްގެން އަދި ބޭރުން އަންނަ މީހާއާ މަޖިލީހުން މީހަކު ހަވާލުވަނެ، ހަމަ ކަމެއް ނެތި މީހަކައް ނުވަދެވޭނެ، ބުއްޅަބޭ ، ކަލޭ މޮޔަނުގޮވާ. ތިކަމެއް ކުރިއްޔާ ކުރެވޭނީ ސާޖަންޓް އޮފް އާރމްސް އަށް، ކެނެރީ ޗޯބެ،

  17. ކކކކ

    ސީދާ ާ ާ ާ ދޮގު

  18. ހުދު މުޚުތާރު

    މީނަ އުޅޭތަން ބަގުކުރާކަށް ނުވެސްޖެހޭނެ. އަމިލަޔަށް ބުޅާގޯނިން ބޭރުވާ މީހެއް. ތާއީދެއް ނެތީމާ މޮޅެތި ވާހަކަ ފަޅަނީ.