އިލެކްޝަންސް ކޮމިޝަން (އީސީ)މެންބަރަކުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދުން ފެށިގެން ހުޅުވައިލައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ، ދާދި ފަހުން އެ ކޮމިޝަންގެ ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އަކްރަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަކްރަމް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވަނީ ނޮވެމްބަރު 30 އަދި ޑިސެމްބަރު 1 އަދި ދެވަނަ ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނެ ކަމަށް ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.