މަސްވެރިންނަށް ފައިދާއެއް ލިބެން އޮތް ގޮތަކީ މިފްކޯ އުވާލާފައި އަމިއްލަ ވިޔަފާރިތަކަށް މަސްވެރިކަމުގެ ވިޔަފާރި ދޫކޮށްލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރާ ގުޅިގެން ނަޝީދު ވިދާޅުވީ މަސްވެރިންނަށް ފައިދާ ނުވާނެ ގޮތަކަށް ސިނާއަތް ރޭވިފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ތަފާސް ހިސާބުތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ބާނާ މަހުގެ 70 އިންސައްތަ މަސް އެކްސްޕޯޓް ކުރަނީ ރޯ މަހުގެ ގޮތުގައި ކަމަށެވެ. އެ މަހަށް އެންމެ މަތިން ލިބޭ ދުވަހެއްގައި ވެސް ލިބެނީ 1200 ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު ޕްރޮސެސްކޮށް ބޭރު ކުރުމުން އެންމެ ދަށްކޮށް ވެސް ޓަނަކަށް 2500 ޑޮލަރު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ގާއިމް ކޮށްފައިވާ މަސް ފިނިކުރާ އައިސް ޕްލާންޓްތަކާއި ކާރުހާނާތައް އަބަދުވެސް ހިންގަނީ ބޮޑެތި ގެއްލުމުގައި ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2010 ގައި އަމިއްލަ ކުންފުނިތަކަށް ކަނޑު މަސް ގަނެ ޕްރޮސެސްކޮށް ބޭރު ކުރުމުގެ ފުރުސަތު ދިން ފަހުން ބައެއް އަމިއްލަ ފަރާތްތަކުން މިހާރު ބޭރު ކުރާއިރު އެ ފަރާތްތައް ހިންގަނީ ގެއްލުމުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2010 ގައި އަމިއްލަ ފަރާތްތަކަށް ކަނޑު މަސް ގަނެ ޕްރޮސެސްކޮށް ބޭރު ކުރުމުގެ ހުއްދަ ދިނުމުން 50 ޓަނު އެބަ ބޭރު ކުރޭ އަމިއްލަ ފެކްޓަރީތަކުން. އެ މީހުންގެ ފެކްޓަރީތަކަށް ސަބްސިޑީގެ ގޮތުގައި ފިނޭންސް މިނިސްޓްރީއިން މަހަކު އެއް ފަހަރު މިލިއަން ރުފިޔާ ފޮނުވާދޭކަށް ނުޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އަނެއްކާ ވެސް މިފްކޯ ފުޅާކޮށް ފެލިވަރުގެ ސްޓޯރޭޖް ކެޕޭސިޓީ ބޮޑު ކުރުމުން ދެން ވެސް ކުންފުނި ހިނގާނީ ގެއްލުމުގައި ކަމަށް ބެލެވޭ ކަމަށެވެ. މިދިޔަ އެތައް އަހަރަކު ހަދާފައިވާ ދިރާސާތަކުން ފާހަގަކޮށްދޭ ކަމަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރި ދޫކޮށްލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަބަދުވެސް ފާހަގަވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަން ކަމަށް. ފެލިވަރު ޖެހޭނީ ބަންދު ކުރާން ކަމާއި އަމިއްލަ މީހުނަށް ގޭދޮށުގައި މަސް ޕްރޮސެސް ކޮށްގެން ވިއްކުނީމައިކަން މި ކަމުގައި މަސްވެރިންނަށް ފައިދާ ލިބެން އޮތީ. އެއީ މިދިޔަ 30 އަހަރު ހަދާފައިވާ ހުރިހާ ދިރާސާއެއް ބަޔާން ކުރާ ހަގީގަތެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. މަސްބޭރުކުރާބެ

  ބަރާބަރު ސަރުކާރައް ފައިދާ ހުރި ވިޔަފާރި އަކީ ބިންތައް ހިސޯރްކޮއް ރައްޔަތުންނައް ފުލެޓް އަޅައިގެންބޮޑު އަގުގައި ވިއްކުން ދެން ފާޑު ފާޑުގެ ޓެކްސް ރައްޔިތު ނިކަމެތި މީހާއަތުން ނަގައިގެން ވެރިން އަރާމުގައި އެޓެކްސް ފައިސާއިން ދިރިއުޅުން

  56
  • ގެރިމަސް

   މި ސަރުކާރުން މަސްވެރިކަމަށް ވުރެ ލާރިލިބޭކަންތައްތައް އެބަކުރޭ.. ޒުވާނުން ފެލާލާ ޖޫރިމަނާ ކޮށް ނުލަންޏާ ހިތްހަމަ ނުޖެހޭ ހެން ހީވޭ.. މަގުމަތިން ޖޫރިމަނާ ކުރީ 750 ރުފިޔާއިން. އެ ދައްކަން ދިއައިމަ 1500 ރުފިޔާ ކާލައިފި.. ރައްޔިތުން ފެލާ ނުލެވެންޏާ ކީރިތިފުޅުކުރެެއްވިދާނެ ހިތްޕުޅަށް ތަދުފުޅުވެގެން..

   23
 2. ދިވެހި މަސްވެރިޔާ

  ވަގުތުން މިޔަރުބާނަންހުއްދަކުރަންވީ
  ތިހުރިހާކަމެއްގެވެސްހައްލު

  31
  1
 3. ކޮރަލް

  މޮޔަ ނުގޮވާށެވެ. ގެއްލުން ވަނީ ކޮރަޕްޝަންގެ ސަބަބުން ނެވެ. ވެރިން ޒިންމާދާރު ކުރުވަން ވީ އެވެ.

  60
  1
 4. މަސްވެރިޔާ

  ރަގަޅު ޚިޔާލެއް . މަސްކިލޯ އެއް 10ރ އަށް ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ ، ކުންފުނިތަށް މުއްސަދިވެ މަސްވެރިޔާ ޖީބު ބަރަހަނާވެގެންދާނެ . އަދި މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގެ ވައުދު ފުދިގެން ބަންޑުންވާނެ އޭރުން ، ޝުކުރިއްޔާ ރައީސް ނަޝީދު

  47
  2
 5. އައްޑޫ މީހާ

  ތިޔަ އުޅެނީ މިހާރު މަސްވެރިންނަށް ލިބޭ އައިސްކޮޅުވެސް ބޮޑުއަގު ދީފައި ގަންނަން ޖެހޭ ގޮތް ނެހެދިގެން ދެން ކަލެއަށް ނުކުރެވި އޮތް ކަމަކީ މަސްވެރިންނަށް ބަލާވެރިކަން ޖެއްސުން އެކަން ކުރަން ތިޔަ ފެށީ މިދެން ކިހާބޮޑު މުސީބާތެއްތަ ބަލަ މިގައުމުގައި އެހެން މީހުންވެސް ވެރިކަން ކޮށްފިއޭ ވާނުވާގައި ހުރެގެން ކުރާނެ ކަމެއް ނޭގުނީމަ ދެން އަތުން ފައިން ހެދޭ ނެހެދޭ ނޭގޭނެ މޮޔައެއްގެ އަތައް ކަނޑިއެއް ލިބުނީމަ ދެން ވާނީ ތިޔަހެން

  56
  1
 6. ސަޅި

  ތިކަންތިގޮތައް ކުރަން މާލަސްވެސް ވެއްޖެ.

  5
  42
 7. ސޭކްސްތާން

  ނުހިންގިގެން އުވާލާ ވާހަކަ ދައްކަނީ. ކަމެއް ކުރަން އެނގޭޭ ބަޔަކަށްދޯ ކަމެއް ކުރެވޭނީ. މަސްވެރިންނަށް ފައިސާކޮޅު ނުދެވޭތީ އުވާލަން އުޅެނީ. ޑޮލަރުން މަސްވެރިންގެ ޖީބުތައް ފުރާލަދޭެން ވައުދުވި މީހުން މިފްކޯ އުވާލާ ވާހަކަ މިދައްކަނީ. އެހެން ބަަޔަކަށް މަސްކިރަން ދިނީމަ މި މީހުން ސަލާމަތްވީނު. ބޯގޯސް ނާގާބިލް ސަރުކާރު.

  50
  1
 8. ހއ

  ކިހިނެތް ހަދާފަ އޮތް ދިރާސާ އެއްބާ.؟ ތި ދިރާސާ ހެދީ މިނިވަން މީހެއްތޯ އެންމެ ފުރަތަމަ އެބަ ބަލަންޖެހޭ.
  ރައީސް އޮފީހާ މަޖްލިސްވެސް އުވާލާފަ އަމިއްލަ ފަރާތަކާ ހަވާލު ކުރަން ވީނު. ޢެހެން ނުބުނެވެނީ ކީއްވެ ބާ؟

  45
 9. ރާޅު ބޯއީ

  ލާދީނީ އެމްޑީޕީއާ ޖެހުނީމަ އެއްވެސް ކަމެއް މެނޭޖް ކުރާނެގޮތް ނޭންގިގެން އުޅޭތަން މިފެންނަނީ. އުވާލުމާއި ވިއްކާލުމާއި ވައްކަން.

  46
  1
 10. ނުރަބޯ

  ފެލިވަރަކީ ފައިދާވާ ތަނެއް. މައްސަލައަކީ އަންނަ ކޮންމެ ސިޔާސީ ރޯޅިއެއް ފެލިވަރުގެ ހުރިހާ ޑިޕާރޓްމަންޓަކަށް ފޯރާތީ. ގިނައީ ނާގާބިލް ވެރިން. އޮޓޯގަ ކޮންމެތަނެއްވެސް ހިނގާނެ ވެރިއެއް ނެތަސް. އެކަމަކު ކަންކަން ކުރެވާހާ ގާބިލް މީހުން ލީމަ ކަމަކަށް ބަދަލެއްވެސް އަންނާނީ.

  40
 11. ޅަބޭ

  އޭ، ކެނެރީގޭ ހާޖީ. ކޯންޗެއް ހައްދަވާނަމޭ ހިތައް އަރައިގެންތޯ ތިއުޅެނީ.... ފައްޔާޒެއް ބޭރެއް ނުކޮއްލެވުނު، ގޮވީ އަތައް، ފުލެޓު ހައްގުވާ މީހުނައް ފުލެޓެއް ނުދެވުނު، މާލޭ މީހުންގެ ގޭގެ ކުލީގެ ވިޔަފާރިތައް ގެއްލިދާނެތީ، މުޅި ސަރުކާރުގަ ވައްކަމާ ފަސާދައާއި ޖިންސީ ކުއްތައް ވަރިހަމަކޮއްފި. ބޮޑެތިސިންގާ ޖާހިލުންނައް ސަރުކާރުގެ ބޮޑެތި ވަޒީފާތައްދީ އެންމެން ވާނުވާގަ،

  41
  2
 12. ޙހހހ

  އާނ ކަލޭމެން ވެރިކަމަށް ގެންނަން ޚަރަދުކުރި އެންސިސްމީހުންނަށް މިކަންވެސް ހިބަކުރަންވީ ، އެމީހުން ބޭނުންވަރަކަށް މަސްގަންނަނީވެސް ، އަދި އެވަރަށް ނުދޭ އޮޑިޔަކުން ދެން ދުވަހަކުވެސް އެމީހުން މަހެއްނުނަގާ ، މުޅިތަނުގައި އެންސިސް

  13
 13. ޒާ

  ނަޝިކީ ވިޔަފާރީގައި ގޮތް ބުނެދެވޭނެ މާހިރެއްނޫން. އެކަމުގެ ގެއްކަކަށް ފުދޭ ދިރާގާއި ފެންކުންފުންޏަށް އަދި މާލޭ އެއާޕޯޓަށް ނަޝީގެ ވެރިކަމުގައި ދިން ބޮޑު ގެއްލުން.

  16
  1
 14. ސަމްސިއްްޔާ

  މިފްކޯ އިންޑިއާއަށް ވިއްކާލަންވީއެއްނު!!! ހިންގަން ނޭންގެންޏާ އިސްތިއުފާދީފައި ގެއަށްދޭބަލަ

  22
 15. ސަމްިސިއްޔާ

  އަމިއްލަ ފަރާތްތަކަށް ފައިދާގައި ހިންގޭ. ސަރުކާރުން ހިނގަނީ ގެއްލުމުގައި. އިންޑިއާއަށް ވިއްކާލަންވީ؟؟؟

  22
  1
 16. ާނަސިދު

  އަޖައިބެއްކަހަލަ ވާހަކަ އެއް މިފްކޯ ނުހިންގިގެން ތިއުޅެނީ އެތަނުގައި ވައްކަން ކުރާމީހުން ތިބީމާކަމައް މުޖައްރިބި

  17
 17. އަރީ

  ވާހަކަ ރަގަޅު

  3
  11
 18. ދުންތަރި

  މި ލާދީނީ ކަލޭގެ މަޖިލީހުގެ ރައީސްކަމޭކިޔާފަ ބޭނުންހާ އެއްޗެއްކިޔޭތ؟ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތެއް މީހަކުކީމަ އެކަން މަނާކުރަނީ؟ މިލާދީ ކަލޭގެ ވަރަށް ބިރުގަންނާނެ ޤުރުއާންދެކެ ޤުރުއާނުގެ އާޔަތެއް ކިޔާމީހަކީ ޝޭހަކަށް ވާކަށް ނުޖެހޭނެ އަދި މިލާދީނީ މަޖިލީހުގެ ރޯނު އެދުރަށް ޤުރުއާން ކިޔަވަން ނޫނީ ޤުރުއާނަކީ ކޮން އެއްޗެއްކަން ނޭނގުމަކީ އެހެން މީހުން ޤުރުއާން ކިޔެވުން މަނާކުރެވޭނެ ކަމެއްތަ؟

  22
 19. ލިކިލް

  މި ގޮލާ ހުވާ މަގޭ އަތުން ބޮނޑިއެއް ބޯނެ!

  13
 20. މޮޔަގޮލާ

  މީނަ މި އުޅެނީ ވިޔަފާރިވެރިން މެދުވެރިކޮށް ރައްޔިތުން ނަށް މަހުގެ ހަމަ އަގު ހޯދައިދޭން. އެއީ ކިލޯއަކަށް 2ރުފިޔާ 50ލާރި.

  14
 21. ތިއްތި

  އެއީ ﷲ އައް ބިރުވެތި ވާން ނެއިނގޭ ތިމާޔަކިީ ﷲ އަޅެއް ކަންވެސް ނުދަންނަ ޖާހިލެއް

 22. ނާސިރު

  އެތަން އުވާނުލިޔަކަސް އާންމުން ތިޔަވިޔަފާރި ކުރަންވީނު. މިހާރުވެސް ތިޔަ ވިޔަފާރި ކޮންމެ ބަޔަކުވެސް ކުރެވޭގޮތަށް އޮތީ ހުޅުވިފަ. ތިތަން އުވާލީމަ މަސްވެރިންނަށް މިހާރަށްވުރެވެސް ވާނީ ދެރަ. މަސްކިލޯއެއް ބައިރުފިޔާއަކަށް ޖައްސާލާނެ. ވެރިކަން ނުކުރެވެންޏާ ފައިބަެިގެން ދޭ.