ލ. ކުރެންދޫއިން ހާލު ދެރަ ބަލި ކުއްޖަކު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ކުރެންދޫއިން މާލެ ގެނެސްފިއެެވެ.

މިއަދު ހެނދުނު 11:45 ހާއިރު އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ އެހީތެރިކަމާއެކު މާލެ ގެނެސްފައި ވަނީ ކުރެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖެެކެވެ.

މިހާރު އެ ކުއްޖާ އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ އިރު އިތުރު ފަރުވާ ދޭން ވަނީ ފަށާފައެވެ. މި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ކުރެންދޫ ސިއްހީ މަރުކަޒުން އެ ކުއްޖާ ބެލި ޑޮކްޓަރު އެ ކުއްޖާ އަވަހަށް މާލެ ގެންދިއުމަށް ލަފާ ދިނުމާއި ގުޅިގެންނެވެ.

ކުރެންދޫ އިން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާއިރު އިތުރު ބަލި މީހަކު ނ އަތޮޅުގެ ރަށަކުން ހެލިޕަކްޓަރުުގައި މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައާންމުން

    އެއީ އިންޑިއާ ހެލިކޮޕިޓަރެއް. ޢެމްއެންޑީއެފް އެއްޗެއްނޫން

  2. އަހްމަދު ޒަހިރު (އަޒުމް)

    ޢިސްތިހާރު