ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ދެކޮޅު ކަމަށާއި ބަނގުރާ ވިއްކުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ މީޑިއާތަކުން ރިޕޯޓް ކުރީ ދެއްކެވި ވާހަކަ އޮޅޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލިސް އެއްކޮށްގެން ބޭއްވި ކޮމިޓީގައި މެންބަރު ޝިޔާން ވިދާޅުވެފައިވަނީ ބައެއް ފަތުރުވެރިންނަކީ ބަނގުރާ ބޯ ބަޔަކަށް ވާތީ މާ ދުރު ރިސޯޓަކަށް ގެންގޮސް އެ ތަކެތި ދިނުމަށް ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ދަތިތަކެއް ދިމާވާ ކަމަށެވެ.
އެހެންކަމުން މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތެރޭގައި ނުވަތަ އެ ރަށެއްގައި ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދެއްގައި އެ ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ޝިޔާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޝިޔާނަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ވެސް ދެކޮޅު ކަމަށެވެ. އޭނާ ދެއްކެވި މުޅި ވާހަކަ އޮޅުވާލައިގެން މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
Meehun dhiri ulhey rahrashuga Banguraa vihkkumaa alhuganduves dhekolhu,majlis comityga alhugandu dhekki mulhi Vaahaka olhuvaalaagen maana olhey gothah media report kuraathee hithaamakuran , news verin miyahvure zinmaadhaaruvun edhen #MeehunDhiriUlheyRahrashugaRaavikumaaDhekolhu https://t.co/4jbcfJLM5D
— Hassan Shiyan (@HassanShiyaan) November 27, 2020
އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖައްސައި ހުއްދަ ދިނުމުގެ ގަވާއިދެއް ވެސް އެކުލަވާލިއެވެ. އެކަމަކު ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމުން އިހްތިޖާޖް ކުރަން ފެށުމުން ފަހުން އެ ގަވާއިދު ބާތިލްކުރިއެވެ.
ދެން ކޯއްޗެއް އޮޅުވާލިވާހަކައެއް؟ ބަލަދެއްކިވާހަކަ އެންމެނައްވެސް އަޑުއިވުނޭ//
"އެހެންކަމުން މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތެރޭގައި ނުވަތަ އެ ރަށެއްގައި ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދެއްގައި އެ ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ޝިޔާން ވިދާޅުވިއެވެ." ކޮބާ މީގެ މާނަ އަކީ؟؟ އޮޅުވައެއް ނުލެވޭނެ. ލާދިނީ ނަސީދު ބުނެގެން މިސޮރު ލައްވާ ކުރި ކަަމެއްމީ!
މާކޮހާއި ޖެހިގެން ހުރި ކުޑަ ކޮހެވެ. މާޅޮހާއި ޖެހިގެން ހުރި ޅަޅޮހެވެ. މާދޮގުވެރިޔާއާއި ޖެހިގެން އިން ޅަދޮގުވެރިޔާއެވެ. ތިޔަ އުޅެނީ ކާކަށް އޮޅުވާލަންހެއްޔެވެ؟ ދެނެއް ތިޔަ މަކަރަކު ނުޖެހޭނަން.
މިއީ މިފަހުގެ ތާރީޚުގައި އިސްލާމީ އުއްމަތަށް އުފެދުނު އެންމެ ނުލަފާ ޖަމާޢަތުގެ މީހުން.
އެމްޑީޕީގެ އެއްމެ އިމީހާއިންފެށިގެން އެއްމެދައްމީހާގެ ވާހަކަވެސް މާނަކުރަން އެނގޭބަޔަކު ހަމަނުއުޅެނީތަ މިމަިހުންގެ ވާހަކަތަރުޖަމާކުރުމަށް އަނެއްދިވެހިރާއްޖެއިން ނުވަތަ ދުނިޔޭންބޭރުން ނޫންނަމަ ޖަޒީރާރާއްޖެއިން މީހުންގެނަންވީނޫންތޯ
ކަލޭ ތި ހީކުރަނީ ދެން ތިބީ ކަންފަތްބީރު މީހުންނޭތަ؟
ބަލަކަލެޔެކޭ އިމްރާނެކޭ މިގައުމުގެހަލާކު ނަޝީދެކޭ އެއްވަރު ހުސްދޮގުވެރިން ކަށްޒާބުންގެ ރަންޒަމާން މިއޮތީ އައިސްފަ.
ކަލޭމެން ތި އިސްލާމްދީނާއިދެކޮޅު ހުރިހާކަމެއް ފަތުރާ ބައެއް
މަނިކުފާނު ނޫންތޯ ތިވިދާޅުވީ މީހުންދިރިއުޅޭ ރަށްރަށުގަ ވަކި ސަރަހައްދެއް ރާވިއްކުމަށް ކަނޑައައެޅުމަށް ތާއީދު ކުރާވާހަކަ، އެއްފަސްގަނޑެއްގަ އެކަންކުރާނަމަ އެއީ މީހުންދިރި އުޅޭރަކަށް ނުވަނީތޯ؟ އެ ރަށެއްގައި ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދެއްގައި އެ ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ޝިޔާން ވިދާޅުވިއެވެ
ޙަމަހިލަތިކަމެއނުވަނެ
މިސަރުކާރު 5އަހަރުވަންދެން އޮތިއްޔާ ތިޔަކަން ކުރާނެ. މުޖައްރިބު.
👮👮👮👮👮👮👮👮👮👮👮👮👮👮👮👮😷😷😷😷😷😷😷😷😷😷😷😷😷❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏
" މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތެރޭގައި ނުވަތަ އެ ރަށެއްގައި ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދެއްގައި އެ ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ޝިޔާން ވިދާޅުވިއެވެ." ކީކެތަ މިކަޔަނީ ހޭބުއްދި ފިލަފަ ހުރެގެން އަޅެފަހެ ، ރަށުގެ ވަކިތަނަކަށްވިޔަސް ރަށުގެ ފަޅުތެރެއަށް ވިޔަސް އެވަނީ ހަމަ މީހުން ދިރިއުޅޭ ރަށަކަށް ކަމެއް ހަމަ ނޭގެނީތަ ނޫނީ ނުބައި ނުލަފާ ކަމުން އަދިވެސް މީހުނަށް އޮޅުވަލަން މަސައްކަތް ކުރަނީތަ ، މަށަށްހީވަނީ ބުއްޅަބޭ ގޮތަށް މީވެސް ހިނދުކޮޅު އަންނަ ސޮރެއްހެން އެހެންނާފަހެ ، ކައިގެންނޭ ފުރަނީ ނުކައެއް ނުފުރަނަމޭ ދޮއްތަ މިކިޔަނީ
ދޮންކަލޯ ހިންޏަށް ހަކުރު އޮޅުވާލަންދޯ.
ސާބަހޭ. ޤިޔާމަތް މަޙްޝަރު ދުވަހުން ހިސާބު ވެލެވޭނެ. ޖަޒާލިބޭނެ .އިންސާފުގެ ތިލަފަތުގެ މީޒާނުން އެކަކަށް ވެސް ބޭއިންސާފެއް އެދުވަހު ނުކުރެވޭނެ. އެއީ ހިސާބު ބެލެވޭ ދުވަސް. މީ ޢަމަލުގެ ދުވަސް. އެދުވަހުން އެއްރައީސެއްވެސް އެއްމެމްބަރެއްވެސް ޒިންމާ ނަގާކަށް ނުހުންނާނެ. ސީދާ ތިމާ ޖަވާބުދާރީ ވާންޖެހޭނީ. މީހަކު ބުނާހާކަމަކަށް ނުހެއްލޭ. ހެއްލުމަކީ ގެއްލުމެއް ދަރިންނޭ
މަޖުލީހުގައި ޤުރުއާނުގެ އާޔަތް ކިޔުން މަނާ. ބަނގުރާވިއްކުމަށް ބަހުސްކުރުން ހުއްދަ.
މުޅިރާއްޖޭގައި ވެސް ރާވިއްކުން މަނާކުރަންވީ. މީހުންދިރިއުޅޭ ރަށްރަށުގައި ހިންގަންޖެހޭނީ އިސްލާމިކް ފަތުރުވެރިކަން. އެއްގޮތަކަށްވެސް ޕްރައިވެޓް ބީޗް ހަދައިގެންވެސް ނުވާނެ
ފަޅުތަކުގައި ޕްރައިވެޓް ޕެލަސް އެޅޭއިރު ދެއްތޯ ، ކޮންވާހަކައެއްތޯ؟ އިތުރަށް ދައްކަންއޮތީ
ކާލޭ ކީއެއްޗެއް ކީގޮތަށް ގެނެފައި އެއޮތީ! ކޮންވާހަކައެއް ދައްކާކަށް!
ބަލަ ޝިޔާން މީޑީޔާތަކަށް ނޯޅޭ ކަލޭދެއްކި ވާހަކަ މަޖިލީހުގެ ޖަލްސާއެއްގަ ލިއިވްކޮއް ދައްކަމުންދިޔަ ޕޮރުގްރާމެއްގަ ދެއްކިވާހަކައެއީ މީހާހަމަބުއްދީގަހުރެގެންނޫން ޖަލްސާތަކައްދަނީ ބުއްދީގެ އެއްކިބަ ފާޚާނާތެރޭބާއްވާފަ ދަނީ ކަލޭދެއްކިވާހަކަ ރާއްޖޭގެ ރައްޔިތުން އަޑުއަހަނަތިބީ
ގިޓާ ކަލޭ ދޮގުނުހަދާ. އަންނިގެ ޕަޕެޓެއް ކަލެޔަކީ ، ތިޔަ އެއްޗެއް ނުވިއްކިޔަސް ލޯކަލް ޓުއަރިޒަމް ހިންގޭނެކަން ވަރަށް ސާފު ، ލާދީނީ މީހުންނާއި ޖެހި ތިހިރަ ހަލާކު ވަނީ
ދިވެހިބަހުންދައްކާވާހަކަ އޮޅޭހާގަމާރުންނެއް ނޫންހުރިހާދިވެހިންނަކީ މިކަހަލަކޮންމެބީތާ އަކައްހީވަނީ ތިމާކޮންމެވާހަކައެއްދަށްކާފައި ނޫސްތަކުންއޮޅުވާލީއޭބުނީމާ ތިމާމެންމެން ދެއްކިވާހަކައިންސަލާމަތްވީކަމަށް. އެހެންވެއޭ ބުނަނީ ބަސްބުނުމުގެ ކުރިންބަހަކީތިމާގެއަޅެކޭ. ބަސްބުނުމަށްފަހު ތިމާއަކީބަހުގެއަޅެކޭ.
ތީހަމަ ރައްޔިތުން ކުރިމަތީގަ އިސްތިއުފާ ދީފީމޭ ބުނެފަ ފަހުދުވަހު ބުނީ ބޮލުގަ ބަޑިޖައްސާގެންކަމައް އިސްތިއުފާދިނީ ގިޓަޔައްވެސް ތިވީ އެވަރު
ރާ ބޯ މީހުން، އެ ހުއްދަ ކުރާން ގޮވާނީ. ދެން ކަލޭއަކަށް ވޯޓެއް ނުލާނެ. އެއްވެސް މީހަކު. ބޮޓެއް ތީ.
ރެނދު ބެލޫނު ކަލްޓަކީ ބަނގުރަލާ ދެކޮޅު ބައެއް ނޫން! އޮޅުވާލަން ނޫޅޭ.
މީހުން އުޅޭ ރަށްރަށުގެ ގިފިލިތެރޭ ވިއްކީމަ އޯކޭ ވާނެ ކަންނޭގެ
އެންމެ ސުވާލެއް ބުނެދީބަލަ އެވާހަކަ ކަލޭ މަޖްލިހުގަދެއްކިއިރު ހުރީބުއްދިސަލާމަތުންތަ ނޫނީ ހިނދުކޮޅުގަތަ
މީނާއަކީ އުޑެއް ބުޑެއް ދަންމަ މީހެއްނޫން ތަނެއްގަހުރި ޖާހިލެއް އެހެއްވީމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެ
ލާމަކަޒީ ޤާނޫނުގައި ވާގޮތަށް ރަށެއްގެ ފަޅުވެސްވަނީ ރަށުގެ އިހްތިޞާޞްގެ ތެރޭގައި އެހެންކަމުން އޭގެ މާނައަކީ ބަނގުރާ ތި ވިއްކަން ހުއްދަދެނީ ރަށްރަށުގައި
މިސޮރަށް ކިޔަންވީ ބަނގުރާޝިޔާމް
ކަލޭ ހީކުރީ ދިވެހިން މީ ގަމާރުން ކަމައް ތަ ؟
މީނަ މަޖްލިހަށް ވެއްދި ރައްޔަތުންނަށް ސާބަސް.
މަކަރުވެރި ކަމާއެކު މި މީހުން ފުރަތަމަ ނެރުނީ އެމްޑީއެން ރިޕޯޓް ދެން މިބުނަނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދޭން. މިއީ ދިވެހިން ތިބިގޮތް ޓެސްޓް ކުރަން ކުރާ ކަންތައް. މީހުން ހަޅޭއްފަޅޭއް ޖަހައިގަތީމަ މިބުނަނީ އޮޅުވާލީއޭ ތިމަންމެން އެހެން ނުކިޔަމޭ. އަހަރެމެން މިއީ މޮޔައިން ކަމަށްތަ ލާދީނީ އެމްޑީޕީ ހީކުރަނީ.