ޕީޕީއެމް ފިޔަވައި ދެން އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަން އުޅޭ ޕާޓީ ވެހެންދާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ނަޝީދަށް ތާއިދުކުރާ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން އެމްޑީޕީން ވަކިވެ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާން ކުރީ ބުދަ ދުވަހު އެވެ.

ނަޝީދުގެ ފެކްޝަންގައި ހިމެނޭ ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އަންދާޒާއަކީ ޕީޕީއެމް ނަގާފައި ދެން މިރާއްޖޭގައި އޮންނާނެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ "އަޅުގަނޑުމެން އުފައްދަން މިއުޅޭ ސިޔާސީ ޕާޓީ" ކަމަށެވެ.

"އަޅުގަނޑުމެން ދާނީ ކޭކޭބީކޭ (ކުރިއަށް، ކުރިއަށް، ބާރަށް، ކުރިއަށް). އެމްޑީޕީގައި ތިބި ސާފު މެންބަރުން އަދި ޕާޓީ ދޫކޮށް އަޅުގަނޑުމެން މިހަދާ ޕާޓީއަށް ގުޅޭނެކަން ކަށަވަރު." ޝިޔާން ވިދާޅުވިއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއިއެކު ނަޝީދަށް ތާއިދުކުރާ 13 މެންބަރުން ވަނީ މިހާރު އެމްޑީޕީން ވަކިވެފައެވެ. ނަމަވެސް އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީގައެވެ. ނަޝީދުގެ ފެކްޝަންގެ މެންބަރުން އެމްޑީޕީން ވަކިވި ނަމަވެސް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އަދިވެސް ސަރުކާރަށް އެބައޮތެވެ. މިހާރު ވެސް އެމްޑީޕީގެ 54 މެންްބަރުން މަޖިލީހުގައި އެބަތިއްބެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ މިހާރު 48 މެންބަރުންނެވެ.

ޕާޓީއެއް އުފައްދާނެކަން އިއުލާން ކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދަށް ތާއިދުކުރާ މެންބަރުން ވަނީ އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވެސް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަބްދުﷲ އަލީ

    އަޅުގަނޑުގެ ޙިޔާލު އެންމެން ގުޅިގެން ( ހުރިހާ ޕާޓީތައް ) އިބޫ ވެރިކަމުން ބާލައި ގާސިމު ބޮޑު ވަޒީރު ކަމަށް އަންނި އަށް މެދު ވަޒީރު ވިސްތޯލަ ނާޒިމް ކުޑަވަޒީރު ކަމަށް ގެންނަން ރައްޔިތުން ހެއްވާލާ ވެރިކަމެއް ކުރެވޭނީ މި 3 ބޭފުޅުން ތިބެގެން - ރައްޔިތުން ތައްޔާރު ތޯ؟

    4
    11
    • ލޮލް

      ހަމަހިލާ ތިޔަކަމެއް ކުރާކަށް ނުކެރޭނެ. ތީ ހުސްބޯބިރާންތިން.

  2. ފަހަރި

    ޢަވަސްކުރޭ އޭރުން މަހޭބުނިގޮތައް އޮރިޔާންވާނީ އިންތިހާބައް ކުރިމަތިލާއިރު ޗޯރުންގެ ކޮޅުގަ ތިބޭނީ 5000 ހާސްވަރު މިހާރުވެސްއެތައް ބަޔަކުއެބަތިބި އިންތިޒާރުގަ ޕާޓީއާގުޅެން ވެލިކާންދީދީ ޑީއާރްޕީވެސްދިޔައީ ރިޔާސީ އިންތިއާބައްފަހު ނުތިބޭނެ ބަޔަކު އެއީ އެހާރައްޔިތުން ތާއިދުކުރާ ލީޑަރުންނެތީމަ އިބޫއަކީމުޅިރާއްޖޭގެ ރައްޔިތން ދައްނަ މީހެއްނޫން 2018ގަ ވޯޓްދިނީ އިއްތި ހާދަކައް ކޮތަޅު ސަރުކާރުގެ ނިމުން 12 އިގެއަދަދަކުން މިދަނީ

    8
    3
    • ހުށާމް ބިލި

      ތިޔަ ދޮގުހެދުމުގައި ހައްދުފަހަނަ އަޅާފައިވާ އެއްވެސް ސިޔާސީ ވެރިއެއްގެ މަކަރަކުނުޖެހޭށޭ ރައްޔަތުންނޭ މިހާރުގެ ވެރިމީހާ އިބޫއަށް ދެވަނަ ދައުރެއްދޭން ވިސްނަވާ.
      ކުރިން ހިތައްއެރި އިބޫނޫން މީހެކޭ އެކަމަކު އިބޫ ހަމަ ވ ރަނގަޅު.

    • ޖެން

      މަވެސް ބުނާނީ އަވަހަށް ތިޕާޓީ އުފައްދާށޭ. ސިންގާ އަކަށް ހެދިފެން އުޅޭ ބުޅަލެއް އަސްލު ސައިޒުގަ މިފަހަރު ފެންނާނެ.

  3. ބިސާން

    މެންބަރުން ގިނަ ޕާޓީއަކަށް ހަދާގެން ކޮންކަމެއް ކުރަން؟

    6
    4
  4. އަހުދު

    އެއްވެސް ޝައްކެއް އޮތް ކަމެއްނޫން، އެމްޑީޕީ ޕްރައިމަރީގާ އޮތީ އެކަން ވަރަށް ރަގަޅަށް ޓެސްޓް ކުރެވިފައި. ކަނޑާލި މީހުނާ އެކު، ވެއަރޕާސަން އިންތިޚާބުގައި ވެސް އެކަމަށް އޮތީ ޔަޤީންކަން ލިބިފައި، ކުރިއަށް ފިކުރެއް.............

    4
    2
  5. ބިޑަކާނުލާކޮރަޕްޝަން

    ހުރިހާ ޕާޓީ އެކުވިޔަސް ނުވިޔަސް މިހާރު ގިނަމީހުން ބޭނުންވަނީ އިބުރާހިމްނޫން ގޮތެއް

  6. ބަރުގޮނު

    އަދި ގަސްވެސް ނުއިންދިގެން އުޅޭ ހާލު ގަހުގައި އަޅާނެ އަނބުގެ ޢަދަދު ލަފާކޮށްލުމަކީ ޅަކުދިން ކުރާ ކަހަލަކަމެއް.

  7. ފަކުރެއް

    ފަކުރެއްގެ ދިރުން ދޯ. އެއީ ނަސީދު

  8. 1206

    ޔާމީނުއާއި ނަޝީދު ކޯލިޝަން ހެދުން ގާތް. އޭރުން އޮންނާނީ ހަތަރެސްކަން ހަމަވެފައި. ދެ މީހުންނަކީ ވެސް ބަރުލަމާނީ އަށް ތާޢީދުކުރާ ދެމީހުން. ކޮން ބަޔަކު ގަބޫލު މައުމޫނު އެމް.ޑީ.ޕީ އާ އެކުވެ ދާނެ ކަމަށް. އެ ކަންްް ވެސް ދުނިޔެ ދިރިތީންނަށް ފެނި ފަސްވެ ހިނގާއްޖެ. ވެރިކަމުގެ ދަހިވެތި ކަމުގައި އެމްއެމްޕީއާރްސީ ކޮރަޕްޝަންއަކީ ވެސް ނުވާ ކަމަކަށް ވެދާނެ. މި ހެންވުން ބޮޑަށް ގާތީ، ޔާމީން މިނިވަން ނުވެ، ޕާޓީގެ ޓިކެޓު އެހެން މީހަކަށް ދޭން ބޭނުން، ޕީ.ޕީ.އެމް. ޕީ.އެން.ސީ ނޫން ކެންޑިޑޭޓެއް އެންޑޯސް ކުރަން ޔާމީން ބޭނުންވާ ހިސާބުން ކަމަށް ބެލެވޭ.

  9. ޢއ

    އަވަސްކުރޭ. !! ސާލިހު ޝަރީފު ޝާހިދު މާރިޔާ ފައްޔާޒު ރޮޒޭނާ ބާކީތިބި މީހުންނައް ގައުމައް ޚިޔާނާތްތެރިވީމަ ފައިދާއެއްނެތްކަން އަންގަންޖެހޭ!!!

  10. ހަންޑިކުޑަ

    މޭބީ.

  11. ޙެހެހ

    ނަޝީދު ކަލޭމެންނަށްވެސް އެވަނީ ހިޔާނާތް ،ހުރިހާ އެންމެން ޕާޓީދޫކޮށްލިއިރުނަޝީދު އެހުރީމަޖިލިސް ރައިސްކަން ގެއްލިދާނެތީ،މިވަރުމިހެއްގެފަހަތުގައިވެސް ބަޔަކުތިބެންޖެހޭ

  12. 13ވގ

    ފަކް ރެ އެއްގެ ދިރުން

  13. މުކޫ

    މަޖިލީހުގެ ސާފު އަޢުލަބިއްޔަތަކީ 43 މެންބަރުން