ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ އެމަނިކުފާނު ހޯއްދަވަފާނެ ކާމިިޔާބީއަކާ ހުރެ ސަރުކާރުން ޖެހިލުންވެގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް އެއް އަހަރު ފުރުނު އިރު އެމަނިކުފާނަށް ނުހައްގުން ދެމުން އަންނަ އަނިޔާތައް ހުއްޓާލައި، މިނިވަން ކުރަން ޖެހޭ ކަމަށެެވެ. އަދި އެމަނިކުފާނު އެކަހެރިކޮށްފައި ވަނީ ހަމަހަމަ ސިޔާސީ މައިދާނެއްގައި ރައީސް ޔާމީން ކަށަވަރު ކަމާ އެކީގައި ހޯއްދަވާނެ ކާމިޔާބީއަށް ވާ ޖެހިލުމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މެކުނަށް ގާހަކައިގެ ހަސަދަ ބޮޑުކަމުން،" ޣައްސާން ވިދާޅުވިެއވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކޮށް ދަށު ކޯޓުގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުންތަކާ ގުޅިގެން މިއަދާ ހަމައަށް އައި އިރު، އެ މައްސަލައިގައި ހުކުމެއް އަދި ނީއްވައެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ވެސް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ވަތަނީ

    ރ ޔާމީން މިހާރުނ މިހާރަށް މިނިވަންކުރުމަށް ގޮވާލަމެވެ
    އެމަނިކުފާނަށް ދެމުން ގެންދަނީ ސިޔާސީ ގޮށްމުށު އަނިޔާ
    އެކެވެ.

    29
    4
  2. ސަނަމް

    ކޮންކާމިޔާބެއްހޯދޭނީ ބައްޕާފުޅުގެ ހެޔޮފުޅުކަމުން ގޮނޑީގައި ބޭންދީމައިވެސް ވެރިކަންކުރަން ނޭގުނުމީހެއް. ރައްޔަތުންނަށް ކުރީ އަނިޔާ.

    6
    33
  3. އަތުލްބިހާ ވަޖްޕާއީ

    މިހާރު ތިކަން ގަބޫލް ކުރެވޭ ތި އިހުސާސް ކުރެވޭ

    18
    3
  4. ދަރަނި ދަންތުރަ

    އެއްބަސް ވަރަށް ރަނގަޅު ވާހަކައެއް އަދިވެސް މިގައުމުން ފެއްނަމުންދާނީ އެމަނިކުފާނުގެ ދުރުވިސްނުންފުޅާ ތަރައްގީ ޔާހަބޭސް

    31
    5
  5. ބޯޖަލީލު

    ގައުމަށް ދިވެހިންނަށް ހެޔޮއެދިގެން މިހާތަނަށް މިގައުމުގައި ރައީސް ކަން ކުރެއްވީ ހަމައެކަނި ރައީސް ޔާމީނު އެކަން މިގައުމުން ފެއްނަން އެހެރީ 5 އަހަރުން ބޮޑު ކުރިއެރުންތަކެއް...

    33
    5
  6. ތެދުބަސް

    ސާބަހޭ ދަރިޔާ ހިއްވަރަކީ ﷲ ދެއްވާއެއްޗެއް ހިއްރާއިއެކު ކުރިޔަށް ވަ ޑައި ގަންނަވާ ﷲ ހައްޤަށް ނަސްރު ދެއްވާނެ ﷲ ވޮ ޑިގެން ވަނީ ކެތްތެރީނާއި އެކު މާޝާﷲ

    31
    1
  7. އަލްޖިބްރާ

    ހޯދަފާނެ ކާމިޔާބީއެއް އޮތްނަމަ ވޯޓުން ފޭލްނުވާނެ ! އެވަރު ނޭގެނީ ހަމަ ގަމާރު ކަމުންތަ ؟

    8
    32
    • Anonymous

      ވޯޓުން ތިހާ ކާމިޔާބު ކަމާއެކު މޮޅުވިނަމަ ތެޅިފޮޅިގަނެގެން ވޯޓް ކަރުދާސްތައް އަންދައެއް ނުލާނެ. ގަމާރީ ކޮންބައެއްބާ

    • ޢޭނަ

      ގަމާރުންނަކީ ރަގަޅު ނުރަގަޅު ނޭގިގެން ގައުމު ހަލާކުވެދާއިރުވެސް އެއްކޮޅަށް އަރާތިތިބަ މީހުން ސޮރީ!

  8. ނާޒިމް

    ވެރިކަން ލިބުނީމަ ބައްޕާފުޅު ގެެެއްގޮސް ޖަލަށް ފަޅާލި ފެން ވެރިކަމެއްތަ ކުރެވޭނީ

  9. ޖަމަލު

    ވޯޓުންވަ އްކަންކުރީ މިސަރުކާރު.ހުރިހާކަމެ އްވ ﷲ މޮޅަށްދެނެވޮޑިގެންވޭ. އެމްޑީޕީ ބަލިވާތަންވ ﷲވ ދަ އްކަވާނެ. އިންޝާﷲ. ހަ އްގަށްވ ނަޞްރުދެ އްވާށި.

  10. ބައުކަލޯ

    ތިޔަވިދާޅުވީވަރައްބޮޑުތެދުފުޅެއް!

  11. އަހްމަދު

    2018 ގެ އިންތިހާބުގައި ޔާމީނު ކާމިޔާބު ހޯދިލެއް ބޮޑުވީމަ ޖަލުގަ އި އެއއޮންނަނީ.

    1
    4
    • ކާމިޔާބު

      ކާމިޔާބު ފަޅާއަރާނެތީ އީސީ އިން ވޯޓް ކަރުދާސްތައް ކުއްލިގޮތަކަށް އަންދާލީ

  12. ޏަމް

    މިގައުމުގެ ރަށްޔަތުންނަށް ހެޔޮއެދޭ ގައުމަށްވަފާތެރި ހީވާގި ވިސްނުންތޫނު ގައުމުގައުމަކަށް ހަދައިދިން ހަމައެކަނި ރައީސްއަކީ ރައީސްޔާމީން ﷲ ގެ މިންވަރުފުޅުން ޒާލިމުން ބަލިކުރަށްވާ ރައީސްޔާމީން އަލުންގައުމާ ހަވާލުވެލަށްވާނެ އެދުވަސް ﷲ ގެރަހުމަތުން އަންނަނީ ކުޑަތަންވަމުން..