އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ނ. ލަންދޫ ސްކޫލްގެ ދެ މީހަކު ސަސްޕެންޑްކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން އެ މުޒާހަރާ ކުރިއަަށްގެންގޮސްފައި ވަނީ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެ ދެ މުވައްޒަފުން ސަސްޕެންޑް ކުރި ކަން އަންގައި އިއްޔެ ވަނީ ލިޔުން ފޮނުވާފައެވެ. އޭގެ ތެރެއިން އެއް އެ ލިޔުމުގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ރައީސުލްޖުމްހޫރިއްޔާ ދަންޖައްސައި މަރާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަން ނެރުނު ބަޔާނެއްގައި ބުނެގައި ވަނީ، އެ ދުވަހު ކުރިއަށްގެންދިޔަ ސުލްޙަވެރި އިޙްތިޖާޖުގައި ބައިވެރިވި ނ. ލަންދޫ ސްކޫލްގައި ވަޒީފާ އަދާކުރާ އިބްރާހީމް ޢަބްދުއްލަޠީފް އާއި ޚާލިދު ޢަބްދުލް ކަރީމް 30 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އެކަން އެ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި އެ ބަޔާނުގައި ވަނީ ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.
އިދިކޮޅުގެ ބަޔާނުގައި އިތުރަށް ވަނީ އެދުވަހުގެ އިޙްތިޖާޖުގައި ބައިވެރިވި ބައެއްކުންފުނި ތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
"މި ފުރުސަތުގައި ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ބިރުދެއްކުމާއި އިންޒާރަށް ފަސްނުޖެހި، ހައްޤު ގޮތުގައި ރައްޔިތުން އަޑުއުފުލަމުންދާނެ ވާހަކަވެސް ދަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.
އަދި އެ ދުވަހު މުޅިރާއްޖޭގައި ކުރިއަށް ދިޔަ ސުލްޙަވެރި އިޙްތިޖާޖަކީ ދުރާލާ އިޢުލާން ކުރެވިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮޅަށް ރާއްޖެ" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދިޔަ އިޙްތިޖާޖެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
"ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ސޮއިކުރައްވާފައިވާ ލިޔުމުގައި އެދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ "ރައީސުލްޖުމްހޫރިއްޔާ ދަންޖައްސާ މަރާލުމަށް" ކަމަށް އޮތުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ". އެ ބަޔާނުގައި ވެއެވެ.
ވަރަންރަގަޅު ނިންމުމެށް
ބަރާ ބަރު@ ޖަލު ގައި އޮންނަވި ބޭފުޅާ ގެ ވެރިކަމުގައި ފުރަތަމަ ބަން ދު ކުރަން ފެށީ
ތިޖެހުނީ ހަމަ އެއްތަނެއްގައި. ކުރިން ސަސްޕެންޑްކުރީމާ އިދިކޮޅުން ބުނީ ނުކުރެވޭނެޔެ މިނިވަނކަން އޮންނާނެޔޭ. އަހަރުމެން ސަރުކާރެއްގައި އެކަމެއް ނުކުރާނަމޭ. މިވީ ކިހިނެތްބާ. އެޑިޔުކޭޝަނުން ކުރިން ކޮރަޕްޝަންގެ ބޮޑަތި އަމަލުތަކާއި ހެދި ވަކިކޮށްފައިވާ މުވައްޒަފުންނަށް މި ސަރުކާރުން ބޮޑަތި ވަޒީފާތައް ދީ ކުށްތައް މަންސޫހް ކޮދިން އެންމެން އެންމެ ފަހުން ހަމަ އެކަންކަން ތަކުރާރުވެ މަސައްކަތް ނުކުރެވި ފެއިލްވުމުން މިހާރު އަނެއްކާ ވަކިކުރީ ހަމަ މިސަރުކާރުން އަތަށް ގޮވީމާ. މީވަވަރު ހަމަ. އަނެއްކާ އެޑިޔުކޭޝަނުގެ ޕީ.އެސްއަކަށް އެއްވެސް ޤަވާއިދެއް ނުވެސް އެގޭކަމަށްވަނީ ކޮންމެވެސް މީހަކު ބުނާނީ ތިގޮތަށް ހަދާށޭ. އެހެންވެ ތިހަދާނެކަމަށް ފެންނަނީ. ހީހީ ހަލާކު
އެކަމަކު ނަންވާނީ މައުމޫނު!
މިސަރުކާރު ހާދަފިޑިއޭ މަގުމައްޗަށް ނުކުތުމުން ބިރުން އުޅޭތަން ފެންނަނީ
ސީދާ ރައީސް ދަންޖައްސަން ގޮވާފައިވޭ. ވީޑިއޯ ލަންދޫގެ ކޮންމެ ބޭފުޅަކައް ގުޅާލިޔަސް ލިބޭނެ.
އައްޗި، މީ ދޯ ތަފާތަކީ. ކޮބާ އެމީހުން ގެ މައްސަލައަކީ. އިހުތިޖާޖު ކުރަންވެގެން ސަލާމް ބުނެފަ ނުވަތަ ޢާއިލީ ޒިންމާ ނަގައިގެން އެމީހުން ތިބީތަ. އަހުރެމެނަށް ފެނުނު ފެބުރުއަރީ 7 ފާހަގަ ކުރަންވެސް އަދި އަންނި ޖަލަށް ލުމުން އޭނާ މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރި ސިވިލް ސާރވަންޓުން. އެމީހުނެއް ސަސްޕެންޑެއްވެސް ނުކުރޭ. އޭގެ ތެރޭ ޓީޗަރުންވެސް ހިމެނޭ.