ވަކި ކަމެއްގައި ވަކި ފުލުހުންތަކަކަށް ބަދަލު ހިފުމުގެ ނިޔަތެއްގައި ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ހިދުމަތުގެ ބިލް އެކުލަވާނުލާނެ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލް ދިރާސާކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއިން އެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު އެ ކޮމިޓީގެ ރިޕޯޓް މެންބަރުންނަށް ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލް ކޮންމެ ފުލުހަކު ވެސް ކިޔުއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބިލުގައި ފުލުހުންގެ ޕްރޮމޯޝަނާއި، ވަޒީފާގެ ކުރިއެރުމުގެ ކަންކަން އިންސާފުވެރިކަމާ އެކީގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ފުލުހުންގެ ހައްގުތައް މި ބިލުގައި ސާފުކޮށް ލިޔެފައި އޮންނާނެ ކަމާއި މި ބިލްގައި މިހާރު ފުލުހުންނަށް ލިބިދީފައިވާ އިނާޔަތްތައް ސާފުކޮށް ބަޔާން ކޮށްފައިވާއިރު މީގެ ކުރިން އެއްވެސް ފުލުހުންނަށް ލިބިދޭ އިނާޔަތްތަކަކީ އާންމު ފުލުސް އޮފިސަރުންނަށް ސާފުވެފައި އޮންނަ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިއީ ފުލުހުންގެ ވަކި އޮފިސަރުންތަކަކަށް އަމާޒުކޮށް ބަދަލު ހިފުމަށް އެކުލަވާލާފައިވާ އޮތް ބިލެއް ނޫން. ސަރުކާރަށާއި ފުލުހުންގެ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކަށާއި ބިލް ދިރާސާ ކުރުމުގައި ބައިވެރިވި ހުރިހާ ފަރާަތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ފެބްރުއަރީ 7، 2012 ގައި އެމަނިކުފާނަށް ނުކިޔަމަންތެރިވި ފުލުހުންގެ ކިބައިން "ބަދަލު ހިފަން" އެކުލަވާލާފައިވާ ބިލެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެފައިވަނިކޮށެވެ. ބައެއް އޮފިސަރުން ވަކި ކުރަން އުޅޭ ކަމަށް ތުހުމަތު ވެސް ކުރެއްވިއެވެ.

ރައީސް ނަޝީދު ވެސް ފެބްރުއަރީ 7، 2012 ގައި ހިނގި ކަންކަމާއި ފުލުހުންގެ ބިލާ ގުޅުވައި ވާހަކަ ދައްކަވާފައިވެއެވެ. ރޭގެ ވަގުތެއްގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ އެ ދުވަހު ފުލުހުން ދެއްކި ނުކިޔަމަންތެރިކަމަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ޒަމާންތަކެއް ވަން ދެން ރާއްޖެއަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވިއެވެ.

އެ ދުވަހަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ދުވަހެވެ. ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާމީ

    ދިވެހި ބައެއް ރައްޔިތުން ނަށާ އިސްލާމް ދީނައް ޖެހުނު މުސީބާތެއް،،،

    30
    • ޙައްގުބަސް

      ބަދަލު ހިފަން ހެދި ބިލެއްތީ އެކަން ވަރަށްސާފު!! ފުލުހުންނާ ޒާތީވެގެން ނަޝީދުގެ ޚިޔާލާ އެއްގޮތަށް ހަސަން ލަތީފް އިސްވެ ހުރެގެން ލިޔުނު ބިލެއް ތިބިލަކީ!! ނަޝީދު ބޭނުންވި ބައެއް ކަންތައްތައް ތިބިލުން ކޮންމެވެސް ވަރަކަށް އުނިވުމުން އެކަމާ ގުޅޭގޮތުން ނަޝީދު ދައްކާ ވާހަކަ މަދެއްވެސް ނޫން!! ތިބިލުގެ މައިގަނޑު މަގުސަދަކީ ބަދަލުހިފުން! ފަސޭހައިން ބޭނުންވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުން! ފުލުހުންނަށް ނިކަމެތިކަން ދިނުން! ބަދަލުހިފާ މިހާރު ކަލޭމެން!! ހިފި ބަދަލަކަށް ބަދަލުހިފާނެ ދުވަސް އަންނާނެ!! އަބަދަކު ތިހެން ތިގޮނޑިތަކުގައި ނުތިބެވޭނެކަން މިހާރު ބަދަލުހިފާ މީހުންވެސް ވިސްނަން ހަނދާންކުރާތި!!

  2. އެމްޕީއަނދުންބެ

    ރައްޔިތުން ގެ ނަމުގައި ބޭރުގައުމުތަކުން ބޮޑެތި ލޯނު ނަގައިގެން މި ކުރެވޭ ކަމަކީ އަންނިއާއި އޭނަގެ ބީއެފްއެފް ދޮންބިލެތާއި އެނޫންވެސް މަޖިލިސް މެންބަރުންނަށް ބޮޑެތި މުސާރަ ދިނުން ، މިހާރުން މިހާރަށް މަޖިލިސް މެންބަރުންގެ މުސާރައިގެ ބޮޑު ބަޔާ ކުރީގެ ރައީސުންގެ އިނާޔަތުގެ ބޮޑުބައި އުނި ކުރަން ޖެހޭ . ގައުމަކަށް ފައިސާއެއް ނުވަދޭ.

    29
  3. މަބޭ

    ހަމަސީދާ ބަދަލުހިފުމުގެ ރޫހުގަ

    33
  4. ސަޓޯ

    އަދިވެސް މިބޯހަރު ކަލޭގެ އޭނަގެ ނާގާބިލުކަން ގަބޫލު ކުރާކަށް ނޫޅެޔޭދޯ ؟؟؟

    30
  5. ދެވަރެންދާ

    ޢަސްލު ހަގީގަތް ތިޔަ ހާމަވީ ބަދަލުހިފަން ކިތަންމެ މަސައްކަތެއް ކުރިޔަސް ﷲ އިރާދަކުރރއްވިއްޠަ ތިބައިގަންޑު ވާނީ ބާ ކީ

    28
  6. ކޮވިޑް

    ކަންޑަ އެޅިގެން ދޮގު. ބަލަ ތީ ޕޮލިހުންގެ މީނަށް ކުޅު ޖެހި މީހާ އޭ.ހުންނާނަ ވީޑިއޯ ތައް ދޮގެއް ނުކުރެވޭނެ، ބަލަ ތިޕާޓީ އިން ދޯ ބުނީ ޕޮލިހުން މަގުއްޗައް ނެރެންވީ ކަކީ ސޯޓް ލައްވާފައޭ . ސީދާ ޕޮލިހުންގެ ކިނައިން ބަދަލްހިފަން ކުރާމަމެއް. ތިބުނީނު ބަދަލް ހިފާކަށް ނޫނޭ.އެހެން ވިއްޔާ %100 ތީ ހަޤީގަތަކަށް ވާނެ. އަންނި ނުކާން ބުނެފިތަ މުޖައްރިބު ކުރާނެ . މަލާ މާޒީ؟

    28
  7. ކުޑޭ

    މި ކަލޭގެ ބުނާނެ ބަދަލު ހިފާކަންނޫލ،ެމޭ އެކަމަކު ފެބުރުއަރީ8ގެ ހިންގިޖަރީމާ ފޮރުވުމަށްފަހު ޕޮލިހުންގެ ގެބިލަށް ބޭނުންގޮތެއް ހަދާނެކަމެއްނެތް

  8. ފައްޔާޒު

    މިގައުމުގެ ހަލާކު ކެނެރީގޭ ނަޝީދު.

  9. ބައްޕަ

    ބާރުލާފަ ތިހެންބުނާކަމށްވަންޏާ ތީ ތިކަންކުރާނެގޮތް ތިބުނެދިނީ

    22
  10. ޑައެލޯގް

    ބަދަލު ހިފުމެއްނެތްތާ ކަލޯމެންގެ ޕާޓީ ބޭނުންވަނީ ފުލުހުން ބޮޑުއިސްޓާކީނަށާއި ސޯޓްލައްވަންވިއްޔާ

  11. ކަޓީ ޗާއެވާލާ

    ދިވެހިން ވެ އްޖެ މި އަނދިރި އަނދިރިންގެ ކަންތަ އް ނިންމަން މުހަ އްމަދު ތަކުރުފާނު ވީ ފަދަ ގުރުބާނީ އެއ އް ވާން ޖެހޭ...އަދި މި ބަ އިގަނޑު ބަލިކޮށް ހަ އްގަށް ނަސްރު ދޭން ޖެހޭ...ނުނިކުމެ މިކަން ނުވާނެ...މިކަން ކުރެވޭނީ ގަ އުމުގެ އެންމެހާ ސަލަފު އް ސާލިހުންނާ އި ކުދި ބޮޑު އެންމެން ދުލާ،ގަލަމާ،މުދަލާއި ފުރާނަ އިން ގުރުބާންވެގެން .ސިޔާސީ ކަމަކަށް ވުރެން މީ އު އްމަތާ ގުޅުން ހުރި ކަމެ އް... އިންޝާﷲ

  12. ޛޫނބެ

    ބުނެފިތަ ބަލާނެ ޢެކަމެޢް ވޭތޯ..