ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ބޯޑު ބައްދަލުވުންތައް ޗެއާމަން މުހައްމަދު އިބްރާހިމް މަނިކު ބާއްވަމުން ގެންދަވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ގެ އެންގުންތަކާއި ހިލާފަށް ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޕަރޭޓް ގަވަނަންސް ކޯޑް މާނަކޮށް ޕީސީބީ އިން ވެންކޯ އަށް އަންގަވާފައި ވަނީ އޮންލައިންކޮށް ޑިރެކްޓަރުންނަށް ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް ޗެއާމަން މަނިކު ގެންދަވަނީ އޮންލައިންކޮށް ބޯޑު ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުންފުނީގެ ޑިރެކްޓަރުންނަށް ނުދެއްވާ ތަކުރާރުކޮށް ބޯޑު ބައްދަލުވުންތައް ބާއްވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ވެމްކޯގެ ބޯޑު ދެބައްދަލުވުމެއް އޮންލައިންކޮށް ޑިރެކްޓަރުން ބައިވެރިކޮށްގެން ބޭއްވިއެވެ. ނަމަވެސް ޗެއާމަން މަނިކު އާއި މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ބޭނުންފުޅު ނުވާގޮތަކަށް ކުންފުނީގެ އޮނިގަނޑު ފާސްކުރުމުން ޗެއާމަން މަނިކު ވަނީ އޮންލައިންކޮށް ބާއްވާ ބޯޑު ބައްދަލުވުންތައް ސައްހަ ނުވާނެކަމަށް ވިދާޅުވެ އޮންލައިންކޮށް ޑިރެކްޓަރުން ބައިވެރިކޮށްގެން ބޯޑު ބައްދަލުވުން ބާއްވަން ދެކޮޅު ހަދާފައެވެ.

އެމައްސަލަ ބައެއް ޑިރެކްޓަރުން ޕީސީބީގެ ސަމާލުކަމަށް ގެނައުމުން ނޮވެމްބަރ މަހުގެ ކުރީކޮޅު ޕީސީބީ އިން ވެމްކޯ އަށް ފޮނުވި ސިޓީއެއްގައި ވަނީ އޮންލައިންކޮށް ޑިރެކްޓަރުންނަށް ބައިވެރިވެވޭ ގޮތައް ބޯޑު ބައްދަލުވުންތައް ބާއްވަން އަންގަވާފައެވެ. ނަމަވެސް ޕީސީބީގެ އަމުރަށް މަނިކު ތަބާވެވަޑައިނުގެން އޭގެ ފަހުން ވެސް ބޯޑުގެ ބައްދަލުވުންތަކެއް ވަނީ އޮންލައިންކޮށް ޑިރެކްޓަރުން ބައިވެރިނުކޮށް ކުރިއަށް ގެންގޮސްފައެވެ. މަނިކުގެ މިނިންމެވުމުގެ ސަބަބުން މިވަގުތު މާލޭގައި ނެތް ދެޑިރެކްޓަރަކަށް ކުންފުނީގެ ބޯޑު ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ވެމްކޯގެ މައުލޫމާތު އެނގޭ ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޕަރޭޓް ގަވަނަންސް ކޯޑާއި ހިލާފަށް ވެމްކޯގެ ޗެއާމަން މަނިކު ގެންދަވަނީ ކުންފުނިން ކޮންމެ ދުވަހަކު ނިންމަން ޖެހޭ ނިންމުންތަކަށް ނުފޫޒު ފޯރުވައި ޗެއާމަންގެ ޒިންމާގެ ތެރޭގައި ނުހިމެނޭ ކަންކަމަށް ވެސް ބާރު ފޯރުވަމުންނެވެ. މަނިކު ކޯޕަރޭޓް ގަވަނަންސްގެ އުސޫލާއި ހިލާފަށް އަމަލުތައް ކުރަމުން ގެންދާތީ ވެމްކޯގެ ބޯޑު މެންބަރުން ވަނީ އެކަމުގެ ޝަކުވާތައް ރައީސް އޮފީހާއި ޕީސީބީގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް އެއްވެސް އިދާރާއަކުން މަނިކާއި މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ބޯޑު ބައްދަލުވުންތައް ޗެއާމަން މަނިކު ޕީސީބީގެ އެންގުންތަކާއި ހިލާފަށް ބާއްވަމުން ގެންދަނީ ކީއްވެތޯ ސާފުކުރަން ވެމްކޯ އަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އެކުންފުނީގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. .....

    ވެމްކޯ ފޭރި ގަންނަން އުޅޭހެން ހާދަ ހީވެޔޭ

    • މިވެސް ވަރައްވާހަކަ

      ބައެއްވެރިންނަށް ހީވާކަހަލަ ވެމްކޯ އަކީ އެމީހުންގެ ތަރިކަ މުދާގަންޑެއްހެން

  2. ވިސްނޭ މީހާ

    ތިޔަބުނަނީ ބޯޑް ބައްދަލުވުންތަކުގެ ވާހަކަ ، ވެމްކޯގެ އެންމެ މުހިންމު ސްޓާފުން ކަމުގައިވާ ވެށިފާރަވެރިން ކޮންމެ ދުވަަކު މަސައްކަތައް ނެރެނީވެސް ބޯށު ފޯލިންގެއް ބާއްވާފައި. ކޮވިޑް ލާރިކިޅުވެސް ނޭންގޭ ކާލީކަމެއް ގެއްލުނީކަމެއް.

    10
  3. ޕޯތްފޯލިއޯ

    ދޮރުކައިރިން ކުނިނަގަން ބުނެ 150 ރުފިޔާ ނަގާފަ މީހުންލައްވަ ތިރިއަށް ކުނިބާލުވާފަ 150 އަތުލައިގެން އެ ތިބެނީ އެއްބަސްވުމާއި ޚިލާފުވެގެން ރައްޔިތުން ފެލައިގެން ކަނީ އަލިފާން އަރާތަން އަދި ފެންނާނެ ކޯޓަށް މައްސަލަ ހުށަހަޅައި ހުރިހާ މަސްތަކަށް އިތުރަށްނެގި 50 ރުފިޔާ އަދި އަތުލާތަން ފެންނާނެ

  4. ޓ

    ތިޔަ މަނިކު މެންނަށް އެއް ގޮތެއް ވެސް ނެހެދޭނެ
    ސަބަބަކީ އެމްޑީޕީ ގެ ވޯޓް ބޭނުން ގޮތައް އަނބުރާ އޮޅުވާ ހަދާދެނީ މަނިކު...ތިޔަމީހާ ލަފާ ވާނެތަ...

  5. އަހްމަދު

    މަނިކަކީ އާދައގެމީހހެއްނޫން އެއީ ހަސަންލަތީފުގެ ވަރައްގާތްބޭފުޅެއް ގުޑުގުޑެއްނާޅާނެ އެހެންވީމަތިޔަކަންހުއްޓާލާ

  6. ޥާލުސޮރު

    މަނިކާ އާދަނާ ދެމީހުން ވަނީ ފިއްކަޑައިގެން ދާވަރުގެ ވައްކަން ކޮށްފަ އިންޑޮނޭސިއާއިން ގަން ސާމާނަށް އެކަނި ބެލިޔަސް އެކަށް އެނގޭނެ

  7. ހުލަމި

    ވެމްކޯގެ ބޮޑުސޯބުގެ އަމަލުތައް ކުދިސޯބުވެސް އެބަ ކޮޕީ ކުރޭ. އަހަރެން ހަމަސްކުރިން ފޮނުވި އީމޭލުއެބަހުރި ޖަވާބުނުދީ. މަގުކުުނިކަހަށާ ކުނިނަގަން އަންނަމީހުންގެ ޑިސިޕްލިން އެހާ ގޯސް.....