ކތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ފަދަ ޚާއްސަ ޙާލަތްތައް ދިމާވެފައިވާ ޤައުމުތަކަށް ކޮވިޑްގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާކަން ފެންނަމުންދާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވަރޗުއަލް އިވެންޓްގައި ބައިވެރިވެވަޑައިގެން ވަހަކކދައްކަވަމުންނެވެ.

ބެލީޒް އިން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމަކީ އެއޯސިސް އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ، ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މި ދަނޑިވަޅުގައި މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ތަރައްޤީގެ ބައިވެރިންނަށް މިނިސްޓަރ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް އަޔަދީގެން ނުވާނެކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ކަންތަކަށް ހެދުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމަށް އެއޯސިސްގެ ޤައުމުތަކުން މަސައްކަތް ކުރަން ޖެހޭކަމަށްވ؟ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވާލަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު، 1990 ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގައެވެ. އެއޯސިސް އިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެއޯސިސް އުފެދުނީއްސުރެ ދިވެހިރާއްޖެއަކީ އެޖަމްއިއްޔާގެ މެމްބަރު ޤައުމެކެވެ. އަދި 2015 އިން 2018 އަށް އެއޯސިސްގެ ރިޔާސަތު ބެލެހެއްޓީ ދިވެހިރާއްޖެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކިބޫ

    ކުދި ޤައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ޝާހިދު ގޮވާލައްވާއިރު ކޮވިޑް-19ގެ ސަބަބުން އިގްތިސާދު ނުފުޑޭ އެންމެ ގައުމެއްވެސް ދުނިޔަކުނެތެވެ. ޚާއްސަކޮށް މިހާރުގެ ސަރުކާރާ ގުޅުންއޮތްގައުމުތަކުގެ އިގްތިސާދުވަނީ ވަރަށް ބޮޑުތަނުން އަޑިއަޅާފައެވެ. ކަންމިހެން އޮތްއިރު ދިވެހިން ހައްދަން މީނާ ގަޔަށް ކިތަންމެ ބާރެއްލާފަ ބުންޏެއްކަމަކު އެހީތެރިކަމުގެ އަތެއްދިއްކޮށްލެވޭކަށްނެތެވެ. ކިރިޔާވެސް ކަމެއްކޮށްދެވޭނީ ޗައިނާ ސައުދީ އަށެވެ. މިގައުތަކާއި ޙާއްސަގުޅުމެއް މިހާރުގެ ސަރުކާރުން ނުބާއްވައެވެ. ސަބަބަކީ ހުރިހާގޮތަކުންވެސް މިގައުމުތައް އިންޑިޔާއަށްވުރެ ބޮޑުތަނުން ތަހުޒީބުވީމައެވެ.އަވަށްޓެރި ލަންކާ ކުރިއަރައިގެން އެދަނީ ޗައިނާގެ އެހީތެރިކަމާއެކު މާބާރު ސްޕީޑް ގައެވެ.

  2. ކާޕެޓްވަގު

    ނެތްތަ ކާޕެޓެއް

    11
  3. އެމަންޖެ

    އެހީގެ ގޮތުގަ އެހެން ގައުމުތަކުން ދޭއެއްޗަކައްވާގޮތެއް ކަލޭމެން ބުނާނަންތަ ނުބުންޏަސް އެނގޭ ކަލޭމެނގެ ބަނޑަނކަންދަނީ. ރަނގަޅުވާނީ އެހީއެއްނުވެއްޖާ އޭރަށް ކަލޭމެން ފުށުން މި ކުޑަ ކުޑަ ގައުމު ސަލާމަތް ވެދާނެ.

    12
  4. ގެރިކާޕެޓް

    ކަލެެއަށް ކާޕެޓަކާ ފައިފުއްސެއް ގެނެސްދޭށޭ ގޮވީމަ ނިމުނީއެއްނު

    12
  5. ކުނި ފައިފުހި

    ވަގު ކާޕެޓް ސަރުކާރު އިސްތިއުފާ

    11
  6. ހުސޭނުބޭ

    ވަރަށް ގިނަ އެހީ މިހާރު ދީފި! އެ ހުރިހައި އެއްޗެއް ވީ ތަނެއްވެސް ނޭގޭ! ކޮންކްރީޓް މެޝިނެއް ދިނަސް ތި އިންނަނީ އެވެސް ދިރުވާލައިގެން! ހާދަހައުވާ ކަލޭމެންގެ އަރު ބޮޑެވެ.

  7. ޖަނާޒާ

    ހިބަރުވަދު ؟ ގައި ހިލޭއެހީ ނުލިބޭތޯ

  8. ޒަކިއްޓެ

    ދީބަލަ އެއްރުފިޔާ.. މިއަންނަ މަހު މުސާރަ ނަގާފަ އަބުރާ އިންޓްރެސްޓާއެކު 5ރ ދައްކާގޮތަށް.