ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ރިސޯޓު ތަރައްގީ ކުރަން ދެ ރަށެއް ބައްލަވައިގެންފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މާލެ ކައިރީގައި އޮންނަ ދެ ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް މަންޑޭ ބައްލަވައިގަތީ އޭނާގެ ކޮރެއާ ޕާޓްނަރުގެ ހިއްސާއާއެކުއެވެ. އެކަމަކު، އެ ދެ ރަށް ބައްލަވައިގަތީ ކިހާ ފައިސާއަކަށް ކަމެއް އެނގިފައެއް ނުވެއެވެ. އެކަމަކު، އެ ދެ ރަށުގެ އަމަލީ އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ދެ ރަށް ވެސް އެކުއެކީގައި ނިންމުމަށް ރާވާފައިވާ ކަން ވެސް އެނގިފައިވެއެވެ.

ރާއްޖޭގެ ހަންބޯ ކުންފުނީގެ ވެރިޔާ، ދެ ރަށް ބައްލަވައިގެންނެވި އިރު، ހުޅުމާލޭގައި ތަރައްގީ ކުރާ ކޭޕާކް ކޮންޑަމީނިއަމް އަކީ ވެސް އޭނާގެ ހަންބޯ ކުންފުނީގެ މިލްކެކެވެ.

މަންޑޭ ފާހަގަވެފައި ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް ބޮޑަށް އެހީވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދާދި ފަހުން އޭނާ ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެހީގެ ތަކަތި ފޯރުކޮށްދީފައެވެ.

މަންޑޭ އަކީ ކޮވިިޑް-19 އާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅާކަންވެސް ފާހަގަކޮށްލަން ޖެހެެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފުއާދު

    މަންޑޭ ކަހަލަ ދީލަތި ބޭ ފުޅަކައް ކިތަންމެ ބައިވަރު ރަށެއް ލިބުނަސް އެއީ މައްސަަލައެއް ނޫން..ޔުނިވަރސަލް ކަހަލަ ރައްތައް ގިނަ ގޯތި ތައްގިނަ ބުރުމާ މެން ކޮބާ ކޮވިޑު 19 ގަ..

    65
    3
  2. ޢަލީހަބީބު

    މަންޑޭއައް ﷲ ހެޔޮރަހުމަތް ލައްވާށި ވިޔަފާރީގާ ބަރަކާތް މިންވަރުކުރައްވާށި ތިޔައީ މުވައްޒަފުންނައް އޯގާތެރި ބޭފުޅެއް

    75
    2
  3. ޑައިވަރޭ

    ކޮންތާކު އޮތް ކޮންނަމެއް ކިޔާ ރަށެއް ކަން ނޭގެންނީތަ ނުލިޔަނީ؟؟

    25
    1
  4. ނޫސްކިޔާމީހާ

    މަންޑޭގެ މަސައްކަތައް ކުރިއެރުން ދެއްވާދޭއެ ތިޔަ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާދޭ އާމީން އަޅުގަނޑު އުއްމީދަކީ ހާލުގާ ޖެހިފައިވާ ފަރާތްތަކަށް އަބަދުވެސް މަންޑޭ އެހީތެރިކަން ލިބުން

    58
    2
  5. މަންޑޭ

    ކީއްވެތަ އަބަދު މަށޭ ތިކިޔަނީ. މަނޫން ވިޔަފާރި ވެރިއަކު ނެތީތަ

    8
    1
  6. ދުށިންތަ

    ރާއްޖެގަ މަޝްހޫރުވަ މަހުޖަނުން ދުވަސްކޮޅަކުން ފެންނާނީ ސިޔާސީ ދާއިރާއިން ދެން އޭގެ ފަހުން އެހީ ނިކަމެތިންނަށް އެހީދިނުން ހުއްޓާލާފަ ަަަަަަަަަަަަަަަަަަަަަަަަަަަަަ
    ކައިރީގަ އުޅޭ ސިޔާސި މީހުން އޭނަގެ ލާރިގަންޑު ހުސްކުރަން ފަށާނެ. ގާސިމަށް ވެސް ވީ އެހެން.

    16
    1
  7. ރަދީފް

    ސާބަހޭ މަންޑޭ.ގުޑް ލަކް.

    10
    1
  8. ނަޖީބު

    މަންޑޭ ގެ ފޯންނަންބަރ ލިބިދާނެތަ ވަޒީފާ އެއް

    9
    2
  9. ސަމްސިއްޔާ

    މަންޑޭއަށްވިސް އަދުލް އިންސާފުގެ ތެރެއިން ވިއްޔާ އޯކޭ. މަންޑޭ މީހުންނަށް އެހީވުން އަދި އެއީ މާލެ ކައިރިން 2 ރަށް ދޭންޖެހޭ ސަބަބެއްނޫން.

    15
    3
  10. ހަގީގަތް

    މުސްސަދިން އިތުރަށް މުންސަދިވެ ފަގީރުން އިތުރަށް ފަގީރު ވަނީ. މި ބަލިމަޑު ކަމުގައި ވަރަށް ގިނަ ބަޔަކު ވަޒީފާ ގެއްލި ހާލުގައި ޖެހިއްޖެ. ހުދު އަހަރެންގެ ފިރިމީހާވެސް ވަޒީފާގެއްލިފަ ހުރީ. ލާރި ލިބޭނެ ގޮތެއް ނެތިގެން ވިސްނާ ވިސްނުން ފެނޭ. ވަރަށް ދެރަވޭ އެގޮތަށް ގޮތްހުސްވެގެން ބޯ ގޮއްވާތަން ފެނުނީމަ. އުއްމީދު ކުރަން މަންޑޭގެ ތި ރިސޯޓް ތަކުން މިގޮތަށް ވަޒީފާ ގެއްލި ހާލުގައި ޖެހިފައި މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ އުއްމީދު އާ ކޮށްދޭނެ ކަމަށް. ބޭރު މީހުންގެ ބަދަލުގައި ހުސް ދިވެހިންނަށް ވަޒީފާ ދޭނެ ކަމަށް. ނިކަމެތި ވެފައިވާ އާއިލާ ތަކަށް ހިނިތުންވުން ގެނުވާނެ ކަމަށް. ނިކަމެތި ވެފައިވާ މީހުންނަށް އެހީ ވުމަކީ މުދަލުގައި ބަރަކާތް ލައްވާ ރިޒުގު އިތުރުވާނެ ކަމެއް

    22
    1
  11. މަދުހީޒް

    މަންޑޭ ކުރިއަށް ދުރުވޭ

    7
    2
  12. ތަކުރު

    ތިޔަރިޒޯގެ ވަޒީފާއައް ދިވެހިން ދާނެ އުފަލުން،

    11
  13. ކުއްލިމުއްސަންޖާ

    ކުއްލި މުއްސަންދި ކަމެއް.. ކޮރެޔާގެ ބަޔަކަށް މަނީ ލޯންޑާކޮއްދެނީހެން މަށައް ހީވަނީ.. މީއީ މިކިޔުންތެރިޔާގެ ހިޔާލަކީ...

  14. އޭނާ

    މ ދެން ވަކި މީހަކާ ދި މާލަށް އިނގިލި ދިއްކުރާކަށް ނޫން ގޯސްގޮތަކަށް މުއްސަނދިވެއްޖެއްޔާ ބިންގާ ކަތިވީ. ދެން އޭގެ މައްޗަށް ބިނާކުރެވޭ ޢަ މަލުތައް ވެސް ހުންނާނީ ކައްޗަށް. ފަތަކު ހަރެއް ނުލާނެ.

  15. އަހަރެން

    ޢަހަރެން ބޭނުން މަންޑޭ ކުންފުނީގަ ވަޒީފާ އަދާކުރަން. ލިބިދާނެތަ ފުރުޞަތެއް. ނޫނީ މަންޑޭ އަށް ގުޅޭނެ ނަންބަރެއް ލިބިދާނެތޯ