ކުރީގެ ރައީސުން ހައްޔަރު ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެވޭނީ ބަދަލު ހިފުން ދޫކޮށް އެންމެން އެއްބައިވެގެން ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ރާއްޖޭގައި ރައީސްކަން ކުރައްވާ ބޭފުޅުން ހައްޔަރުކޮށް ޖަލުގައި ބަންދުކުރުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅުން ހައްޔަރު ކުރުމަކީ ރާއްޖޭގައި އޮތް "ސަގާފީ ބަލިމަޑުކަމެއް" ކަމަށެވެ. އެއީ ނިމުމަކަށް އަންނަން ޖެހޭ ކަމެއް ކަމަށާއި އެ ކަން ހުއްޓުވޭނީ ބަދަލު ހިފުން ދޫކޮށް ހުރިހާ ފަރާތަކުން ގައުމީ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވިއިރު، މަޖިލީހުގެ ރައީސަށް ސުވާލުކުރަން އާންމުކޮށް ހުޅުވާލައިގެން ރޭ ކުރިއަށް ދިޔަ "އާސްކް" ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވަން ޖެހޭތީ އެމަނިކުފާނު މިހާރު ވެސް ހިތާމަ ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވެރިކަން ކުރެއްވުމަށް ފަހުގައި ވެސް އެކި ފަހަރު މަތިން ޖަލަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކޮށްފައި ނުވަނީ ވެސް އެ ކަން ނިމުމަކަށް ގެނައުމަށެވެ.

އެކަމަކު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނަށް ޖަލު ހުކުމެއް ނުވަތަ ހުކުމަކާ ނުލައި ވެސް ޖަލު ބަންދެއް ކުރިމަތިވިއެވެ. ރައީސް ނަޝީދާއި ރައީސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އަދިވެސް ސިޔާސީ ވަރުގަދަ ބޭފުޅުންތަކެއް ޖަލަށް ލެވުނެވެ.

ކުރީގެ ސަރުކާރުގައި އޭރު ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ނިހާން ޖޭޕީއަށް ބަދަލުވި ފަހުން އޭރުގެ ސަރުކާރުގައި ޖޭޕީގެ ލީޑަރު ގާސިމްއާ މެދު އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ ހަގީގަތަކީ އެ ލީޑަރުންނަށް ގެއްލުންވާނެ ގޮތަކަށް އަމަލުކޮށްގެން ސިޔާސީ ކުރިއެރުން ނުހޯދޭނެ ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ރިޔާސީ އިންތިހާބުތައް މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ ވެސް ގިނަ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ ތާއީދާ އެކު އުފައްދާފައިވާ ބޮޑު ކޯލިޝަނެއްގެ ފަހަތުން ނުކުންނަ ރިޔާސީ ކެންޑިޑޭޓަކަށެވެ. ރައީސް ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވެރިކަމަށް ވަޑައިގަތީ ބޮޑު ކޯލިޝަނެއްގެ ތާއީދާ އެކީގައެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ކުރީގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުަތުގައި ރައީސް ޔާމީން ޖަލަށް ލަފާއިވާއިރު އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. މިދިޔަ ސަރުކާރުގައި ވެސް އޭރުގެ އިދިކޮޅު ލީޑަރުން ހައްޔަރުކުރީ އިންސާފުން ބޭރުން ކަމުގައި އެ ލީޑަރުންގެ ސަޕޯޓަރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަޒާ

    ސަގާފަތޭ ކިޔާނެކަމެއްނެތް އިރާދަކުރެއްވިއްޔާ އިންސާފު އަރާ ހަމަކުރާނެ. ޢިންސާﷲ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    28
    1
  2. ލަކީ

    ހެހެ
    އަނެއްކަ ފިލާފަ އޮވެފަ ނިކުތީ ހެހެ ލާރިކޮޅެއް ބޭނުން ވީހެން ހީވަނީ
    ޖޭޕީ ލީޑަރު އަތުން

    22
    1
  3. ވިސްނާލުމަށް އެދެމޭ

    މީކޮންތާކުއޮވެފަ ނުކުމެގެންއުޅޭ ބޭފުޅެއް...ކައުންސިލް އިންތިހާބަށް ޕޕމއާ އެއްބައިވާންވީ...އިންތިހާބުނިމުނީ ވަކިވާންވީ...މަޖުލިސް އިންތިހާބު ޕޕމއަށް ގެއްލުނީ ނިހާނުމެންގެ އަމިއްލަ އެ ދުމަށް ގާސިމާ ޑީލްހެ ދީމަ....ރޔާމީންގެ ދިފާއުގަ އެއްމެބަހެއް ބުނެނުލެވުނު މީހެއް މިހާރު ކޮންވާހަކައެއް ދައްކާކަށް...ނިހާނުއަކީ ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް..ތިތބީ ސަރުކާރު ދަމަހައްޓަން ކޮޑުވިއް ދައިގެން.. ދެން ތިގޮތުގަ ތިބެބަލަ...ޕޕމ ދެންނުވާނެ ގާސިމާ އެއްބައިވެގެން..އަހަރެމެން މެމްބަރުން ދެކޮޅު....

    25
    1
  4. މާމީ

    މިހާރު ތިހިރީ ގައުމުގަހުރި އެންމެ އެއްބާ ވަނަތަ މީހާގެފަހަތުގަ އިތުރައް އަނގަ ނުތަޅާ....

    24
  5. ސަމާ މާލެ

    ބޯގޮވި ކަލޭގެ. ފިލާ އޮވެ ކީކޭތަ ތިޔަ ކިޔަނީ. މިހާރަކު ރައްޔިތުން ބަލައެއް ނުގަނޭ ކަލޭމެން ނެއް.

    23
    1
  6. އަންހެން މީހާ

    ތިޔަ ކަމެއް ފެށި ބަޔަކީ ތީ ނޫންތޯ؟

    14
    2
  7. ރަނާ

    މީ ހުރިހާ ހުރިހާ ނުބައެއް ހެދި މީހާ، ޤައުމުގެ މާލިއްޔަތު ބައި އަޅާފަ ތި ދިޔައީ ރައްޔިތުންނަށް ހެޔޮއެދޭ ވަރުންތަ، ވެރިކަން ކުރި މީހުންނަށް މަހަކަާް 3،4 ލައްކަ ދޭން ފާސްކޮށްފަ، ބާކީބައި މީނަ ހިމެނޭނެހެން މެމްބަރުންގެ ޖީބަށްލާން ފާސްކޮށްފަ، ރައްޔިތުންނަށް ދޯކާދީފަ،ތިހުރީ، އަދި މެމްބަރުކަމުން ވަކިވީމަވެސް މެމްބަރުންނަށްވެސް މުޅި ޢުމުރަށް އިނާޔަތް ލިބޭގޮތް ހަދައިގެން އުޅޭ ބައިގަނޑެއްތީ،

    15
  8. އަލްޖިބްރާ

    ނިހާނުގެ އަގަފެޅީ ކީއްވެތަ ؟ ކަލޭމެން ވެރިކަމުގައި ތިބިއިރު އަންނި ހިފާހައްޔަރު ކޮށް ހެދީ ހަމަ އެތްބައިވަންތަކަން ބޮޑުކަމުންތަ ؟ ކަލޭމެންނަކީ ދެފުށުގަ މިޔައެޅި ކަޑިއަކަށްވުރެ ނުރައްކާތެރި ބައެއް ! ކަލޭމެނާ ވައިއެޅުނުމީހަކުވެސް ސަލާމަތް ނުވާނެ !

    4
    13
    • Anonymous

      އަންނި އެއީ ވަރަށް މާތް ވެގެންވާ މީހެއް ދޯ. އެއްކަލަ އަންނިބްރާ

      2
      1
      • އަޙްމަދު

        އަންނިމާތްވީކީނުން/އެކަންހުއްޓޭނީވެރިކަމަށްއަންނަމީހުންރައްޔިތުންނަށްހަރާންކޯރުވުންހުއްޓާލައިގެން

        5
        1
  9. މާމި

    އަންނި ހައްޔަރު ކުރީ ގާޒީއަކު ވަގައްނަގާގެން ކަމައް ވަނީ.

    17
  10. މަނިކު

    ހެހެހެ މިއީ ދެން ކާކު

  11. ސަންފައްތަ

    ދައުލަތުން ބޮޑެތި ވައްކަން ކުރީމަ ހައްޔަރުވެސް ކުރާނެ.

    3
    2
  12. ސަންފައްތަ

    އާނ! ރިހާކުރު ފުޅިޔެއް ވަގަށް ނަގާ ނިކަމެތި މީހާ ޖަލަށްލާންވީ. ބިލިޔަނުން ވައްކންކުރާ ބޮޑުމީހާ ދޫކޮށްލަންވީ. އިންސާފު ކޮބާ؟

  13. އިބޫ

    ނިހާން މެން އެއްމެ ރަނގަޅީ އަނގަ ނުހުޅުވާ ތިބިއްޔާއެވެ.އަހަރެމެން ލަދުގަނޭ ނިހާން މެން އަނަގަހުޅުވިޔަސް.

  14. އަބްދޫ

    ނިހާނު ތިޔަބުނީ ތެދެއް. އިދިކޮޅަށް އިންތިހަބު ކަމިޔާބު ކުރެވޭނީވެސް އެންމެން ބައިވެރިވެގެން ކުރެވޜޭ މަސައްކަތުން. އެ މަސައކަތް ކުރެވެނި އަދި އިދިކޮޅަށް އެންމެން އެކުވެރިވެ އެއްގަލަކަށް އަރާނީ އަދުރޭއާއި ޔާމީނާ ފާތުމަ ސިޔާސީ ޕާޓީ ގެ ރޭހުން ދުރަށް ޖެހިގެން އެހެން ނުވެއްޖެނަމަ 2023 ވެސް މިހާރުގެ އިދިކޮޅަށް ވާނީ ނާކާމިޔާބު.

    1
    3