ލ.ގަމު ކައުންސިލުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ނާޖާއިޒު މަންފާތަކެއް ހޯދައިދެމުންދާ ކަމަށް ބުނެ އެކައުންސިލްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގަމު ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ގަމު ކައުންސިލްގެ މުވައްޒަފުން ބުނާ ގޮތުގައި ގަމު ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނާއިމެދު ކައުންސިލުން ބޮޑެތި ތަފާތު ކުރުންތައް ގެންގުޅެއެވެ. ހާއްސަކޮށް އެމްޑީޕީ މެންބަރުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ގިނައިން ލިބޭ ގޮތައް ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް މުވައްޒަފުން ބުނެއެވެ.

"ޗުއްޓީގައި ތިބޭ ދެމުވައްޒަފަކު ވެސް ނެރެ އެމީހުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ދެމުން އެބަގެންދޭ. މިގޮތައް ހަދަނީ އެމުވައްޒަފުންނަށް ގިނަ ފައިސާ ހޯދައިދޭން. މިއީ ސީދާ ކޮރަޕްޝަންގެ އަމަލެއް." މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ ގަމު ކައުންސިލްގައި ވަޒީފާ އަދާކުރާ އެމްޑީޕީގެ ބައެއް މެންބަރުން ރަސްމީ ގަޑީގައި ކުރަން ޖެހޭ މަސައްކަތްތައް ރަސްމީ ގަޑި ނިމެންދެން ލަސްކުރުމަށް ފަހު އިތުރު ގަޑީގައި މަސައްކަތްކޮށް ފައިސާ ނެގޭނެ އިންތިޒާމްތައް ވެސް ކައުންސިލުން ހަމަޖައްސާފައިވާ ކަމަށެވެ.

"އިއުލާންތައް ތަންތަނުގައި ހިއްޕުމުގެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުން މިތިބެނީ ރަސްމީ ގަޑި ނިމެންދެން މަޑުކޮށްގެން. ރަސްމީ ގަޑި ނިމުނީމަ އިތުރު ގަޑީގެ މަސައްކަތެއްގެ ގޮތުގައި މިކަންކަން ކުރަނީ. އެއީ އެމީހުން އެމްޑީޕީ މެންބަރުންނަށް ވުމުން ކައުންސިލަރުން ފަހިކޮށްދީފައި އޮންނަ ފުރުސަތެއް." މައުލޫމާތު ދިން އިތުރު މުވައްޒަފަކު ބުންޏެވެ.

ގަމު ކައުންސިލްގެ މުވައްޒަފުން ބުނާ ގޮތުގައި ކައުންސިލަރުން ވަކި ޕާޓީއެއްގެ މެންބަރުންނަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭ މައްސަލަ މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ތީ ތިކަން ކުރަން ވީ ގޮތް .މުޅި މިސަރުކާރުގެ ބޮޑުން ވެސް ކަނީ ، ރައީސައްވެސް ބައި އަޅައިގެން ކަނީ ، ދެން ކިހިނެއްވާނީ ދަށު ފަންތީގެ މީހުން ، ބޮޑަށް ތިބި ސޯބުތައް އެންބުރޭ ގޮތަށް ދޯ ކުދި ސޯބް ތައް ވެސް އެންބުރޭނީ.........

    17
    1
  2. ޅާމޭ

    މިއީކޮންމެވެސް އެހެން ވާހަކައެއް ހަގީގަތަކަށް ޤަބޫލުނުކުރެވޭ ކައުންސިލް ގައި ތިބޭނެ ޒިންމާދާރުވެރިން އެމީހުން ކަރަޕްސަނަށް މަގުފަހިވާގިތަކަށް ތިފަދަ އަމަލެއް ނުހިންގާނެ ހެހެހެ ކޮންމެވެސް އެހެން ވާހަކައެއް ދައްކާ ބުއްދި ޤަބޫލުނުކުރާ ކަހަލަ ވާހަކަ ނުދައްކާ ތިއުޅެނީ ހަޖަމްގެ މައްސަލައެއް

    3
    24
  3. ފަރެސް

    ކިހާދެރަ މިގަުމަކީ އެމް.ޑީ.ޕީއަށް ނިސްބަތްވާ ފަރާތްތަކުގެ ގައުމެއްނޫން މިއީ ކޮންމެޕާޓީއެއްގައި
    ހުރިކަމުގައިވިއަސް ދިވެހިރަށްޔިތުންގެ ގައުމެއް ވީމާ، ހައްގުތަށްލިބުމުގައި ހުރިހާދިވެހިރަށްޔިތުން
    ވެސްހަމަހަމަވާންޖެހޭނެ ވަކިޕާޓީއަކަށްނިސްބަތްވާ މުވައްޒަފުންނަށް ނާޖާއިޒް މަންފާތަކެއްހޯދައިދެނީ
    ނަމަ އެއީގޯހެއް އެމަންފާތަކަކީ އެހޯދައިދެއްވާފަރާތްތަކުގެއަމިއްލަމިލްކުން ދެއްވާ މަންފާތަކެއްނޫން
    މިކަން ރަގަޅަށްބައްލަވާ ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާ ޕާޓީއަށްނުބައްލަވާ ކޮންމެ ޕާޓީއަކުން ކުރިކަމުގައިވިއަސް ގޯސްކަމެއްގޯސްވާނެ ހައްގަށްނަސްރުލިބޭނެ ހުރިހާކަމެއް
    އިންސާފުން ނިމޭނެދުވަހެއްއަންނާނެ ހީވާކަހަލަ.............

    14
  4. ސލ

    މޑޕ ނުދަންނަ ބަޔަކު ރާއްޖެއަކު ނޫޅެއެވެ ލޯކަލްކައުންސިލް
    އިންތިޚާބު ކައި ރި ވަމުން އައިވަ ރަކަށް ތިބާވަތުގެ އެތައް
    ކަމެއް ފެންމަތިވާނެއެވެ މިކަންކަން ހައްލުކު ރ ރަންޖެހޭނީ
    އިންތިޚާބުން ލިބޭ ފު ރުސަތުގެ ބޭނުން ހިޔޮގޮތުގައި ހިފައި
    ގެންނެވެ.

    16
    1
  5. ބަޓަރޭ

    ކެކެ ކުރިން އޮތް ސަރުކާރު ގޯސްވެގެން ގެނައިމީހުން ކިހައި ރަނގަޅޫދޯ ؟ ނިމުނު އިރު އޭރުވެސް ކޭމީހުން މިހާރުވެސް ކަނީ! ރައްޔިތުން ހަމަ އެއްހާލެއްގަ... ކެކެ ބޮނޑި ބޮވިއްޖެ ؟

    13
    1
  6. ވަހީދު ( މަތިމަރަދޫ )

    ރަށުގެ ތަރައްގީއަށް ކަމެއް ނުކުރަތާ މިވެރިންގެ ކަމަކީ ވައްކަން ކުރުމެވެ. ހޭކެނޑިގެން ވޯޓްލީ ގުރޫޕަށް މިހާރު އޮންނާނި އެއްޗެއްވިސްނިފަ.