ހުޅުމާލޭގެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީ އަށް ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކޮށް، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެއްބަސްވެވުނު ކަންކަން ފުރިހަމަ ކުރުމަށް ފަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ދައުވާކުރުމަށް އެދި ޕީޖީއަށް ފުލުހުން ފޮނުވި މައްސަލަ މިއަދު ބަލައިގެންފައިވާ ކަމަށެވެ.

ދައުވާކޮށްދޭން އެދޭ މައްސަލަތައް ކޯޓަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ނަގާ އެވްރެޖް މުއްދަތަކީ 10 ދުވަސް ކަމުން، މި މައްސަލައިގައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމުން ގާތެވެ. އަދި ބައެއް ދުވަސްތަކުގައި ހަތަރެއް ނޫނީ ފަސް ދުވަސް ތެރޭގައި ވެސް ގޮތެއް ނިންމައެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށް ބުނެ މި މައްސަލައިގައި ފުލުހުންނަށް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފުލުހުންނަށް ކުރިމަތިވެފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    ނުވާ ކަމަކައް ކިހިނެއް ދައުވާކުރަނީ؟؟؟؟

  2. ޙހހހ

    ހާދަ ޒާތީ ޞުރުހީ އެކޭދޯ ، ދައުލަތުގެ ހަތަރުވަނަ ބާރުގެ ހާލަތަކީވެސް މީ