ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންނަށް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރެވޭ ދިރާސާއެއް މާލެ ސަރަހައްދުގައި ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިރޭ ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަމްސީލުވާ ގޮތަށް މި ދިޔައަހަރު ކުރަން ފަށާފައިވާ ދިރާސާ "ސްޓެޕް ސާރވޭ" ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަޙައްދުގައި މި ސާވޭ ކުރިޔަށްގެން ދިއުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
އެޗްޕީއޭގެ އިސްނެގުމުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގެ ދަށުން ޤުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ އިދާރާއިން ބުނީ ސާވޭގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ތިއްބަވާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅުއްވައިގެން ކަމަށެވެ.
އެޗްޕީއޭ އިން ވަނީ މި ސާވޭ ކުރިޔަށްގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ވަނީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސިއްހީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރުން ގިނަވުން ކަމަށް ޑަބްލިއުއެޗްއޯ އިން ވެސް މީގެ ކުރިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބަލި ފަތުރަނީ.. ހާއްސަ ހުއްދައާ އެއްޗެހި ޕާޓީ ކުދިންނަށް ދީގެން.. ނިކަމެތި ރައްޔިތުމީހާ ޖެހޭ ކަރަންޓީނުވެގެން މަހެއްހާ ދުވަހު ހުންނަން ޓެސްޓު ނުހެދިފަ
ކޮންމެހެން ދިރާސާއެއް ކުރާކަށް ނުޖެހޭ. ދިވެހިންނައް ބޮޑެތި ބަލިތައް ޖެހެނީ ދަނޑުވެރިން ވިހަ ބޭސްތައް ޖަހައިގެން ހައްދާ ތަކެތި ކާތީ. ރިހާކުރު ބޭސް ހެދުނު ޖަހާ ފިޔާ، ހަވީރު އެއްޗެހި ކަނޑާފަ ފެރީއެން މާލޭ ފޮނުވާ ވިއްކާން. ދެން އެކާމީހުންނައް ބަލި ނުޖެހޭނެތަ. ހައްދެއްނެތި ބަންގާޅީން ބޭސް ޖަހާ ދަނޑުތަކައް. މާމިގިލީ މީހުންހައްދާ އެއްޗެތި އެއްގޮތަކައްވެސް ކާކައް ނުވާނެ.
ރާއްޖޭގެ ރަށްޔަތުންނަށް ނުރަށްކާތެރި ގައިންގަޔަށްނާރާ ބަލިތަށްޖެހެނީ އިންޑިއާއިންގެންނަބޭހާއި އިންޖެކުސަންފަދަތަކެތިން އިންޑިއާއިންގެންނަ ބޭހަކީ އިންސާނުންނަށް ނުރަށްކާތެރި ބޭސްތަކެއް އިންޑިއާނޫން އެހެންގައުމެއްގެ ބޭހެއް މިރާއްޖެއަކުނެތް .
ވިހަ ވެކްސިން ތަށް ޖަހާާތީ އެވެ
ބަޔަކު މީހުން މުއްސަނދިވުމަށް މަސްތުވާތަކެއްޗާއި ސިގިރޭޓު އެތެރެކޮށް ވިއްކުމާއި ފޭކު ކާނާ އެތެރެކޮށް ވިއްކުމާއި ހެއްދުމާއި ފޭކު ބޭސްތައް އެތެރެކޮށްފައި ވިއްކުން. މިކަން ކުރަނީ މިކަންކަން ހުއްޓުވަން ތިބި މީހުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު އެބަޔަކަށްވެސް ބައިއެޅޭ ގޮތަށް. ދިރާސާއެއް ނުކުރިޔަސް އަސްލާއި ވަސްލާއި ސަބަބު މިއޮތީ.
ތިދާނީ ހަމަ މަރު ކޮމިޝަން ތަޙްޤީޤަށްވެގެން! ބޮޑު ލާރިގަނޑެއް ކާލާފައި ބުނާނެ ދިވެހިންނަށް ބަލިޖެހެނީ ދުފާތީވެޔޭ! ނޫނީ ކަޅުސައި ބޯތީޔޭ!
ތިޔަ އުޅެނީ ީޖީބަށް ބަރުކޮއް އިސްރާފު ކުރަން ، ގައިން ގަޔަށް ނާރާ ބޮޑެތި ބަލިޖެހޭގޮތް ނޭގޭ ޅަކުއްޖަކުވެސް މިހާރު މިގައުމުގައި ނެތް ، ކެއުންބުއިމާއި ހެލިފެލިވެ އުޅޭ މިންވަރާއި ރޭހަތަރުދަމު ބޮޑުބައިގައި ހޭލާ އުޅުމާއި ދުންފަތުގެ އިސްތިއުމާލްކުރުން ހައްދުން ނެއްޓުމާއި އެނެރޖީ ޑްރިންކާއި ތައްޔާރީ ކެއުން ފަދަ ކަންތަކަކީ މިކަމާއި ގުޅިފައި ހުރި ކަންތައް ، އިތުރަށް ހަދާދިރާސާއަކުން ފެންނާނެ އިތުރު ކަމެއްނޯްނާނެ
ގެދޮރުގެ ދަތިކަން، ސާފުތާހިރުކަން ކުޑަވުން، ފައިސާގެ ދަތިކަން، ސްޓްރެސް. އިތުރު ދިރާސާ ކުރުމުގެ ބޭނުމެއް ނެތް. ހިޔާ ފުލެޓް ރައްޔިތުނަށް ލިބުނީމަށް ހުރިހާ ކަމެއް ވެސް ރަގަޅުވާނެ.