ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން އޮންނަ ތާރީހު މި ހަފްތާގައި އިއުލާން ކުރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިސްލާހަށް ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މެދުކެނޑުމެއް ނާންނާނެ ކަމަށާއި ކުރިން ރޭވިފައިވާ ގޮތަށް ހަލުއިކޮށް އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

" ކަނޑައެޅިފައިވާ ދުވަހަށް ބޮޑު މުޒާހަރާ ވެސް ބާއްވާނެ ކަމަށާއި އުނދަގުލާއި ދަތިން ސަލާމަތްވުމަށް ރޭވިފައި ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދާނެ, ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން އޮންނަ ތާރީހު މި ހަފްތާގައި އިއުލާން ކުރާނެ " އިބޫ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ކުރިން ނަމަވެސް ބައެއް ކަންކަން ހަމަ ނުޖެއްސިގެން ފަހުގެ ތާރީހަކަށް ވަނީ ބަދަލުކޮއްފައި ކަމަށް އިދިކޮޅު ފަރާތް ތަކުން ކުރިން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތް ތަކުން ބުނެފައިވަނީ ބޮޑު މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން މީހުން ބައިވެރިވާނެ ކަމަށެވެ.

ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާތެރެއިން ބައެއް ނޫސްވެރިނަށް އަނިޔާ ވުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕޭޕަސްޕްރޭޖަހާ ބޫޓުން ތެޅުން ފަދަ އަމަލުތައް ނޫސްވެރިންނަށް އަމާޒުކޮށްދޭ ދިނުން އެންމެ ހަރުކަށި އަޑުން ކުށްވެރިކުރާކަމަށެވެ.

މާލޭގެ މުޒާހަރާ ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އެމްޑީޕީ ހަރުގެ ކުރިމަތީންނެވެ. ވާމް އަޕް މުޒާހަރާއެއްގެ ގޮތުގައި ބޭއްވި މުޒާހަރާގައި އޭހާ ގިނަ ބަޔަކު ބައިވެރިވެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނުބުނި

    ހުސް ފޮނި ??

  2. ހަބޭސް

    ތީ ހުސްއަގަ ނުކެރޭގެ ހީވާކަހަލަ ރައިސްޔާމީނަކީ ހުދުމަލަށް ބުރުން ފިލަންދާނެ މީހެކޭދޯ ނުކުރާނެއެކަމެއް ނުދާނެ ތިހެން ފަހަރަކު އަގަޔަކުންވާހަކަ ދައްކަކާތިބޭ މިފަހަރު ބުނާނެ މިއީ ބުންވަރު ޓެސްޓްކުރުމުގެ ގޮތުން އަޖުމަބަލާލަން ބޭއްވި މުޒާހަރާއެކޭ ބޮޑު އެއްވުން އަދިވެސް ފަހުންނޭ ހެހެހޭ

  3. ޖޖޖ

    މިމީހުން ވެރިކަން ވައްޓަން މިއުޅޭ އުޅުން ހުއްޓާލާ 2018 އިންތިހާބަށް ތައްޔާރުވިއްޔާ މާތާހިރެއްނު.

  4. އަބްދުއްލާ

    ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް މާތްﷲ ގެ އިރާދަފުޅުން ޔާމީނުގެ ވެރިކަމެއް ނުވެއްޓޭނެ.

  5. ކކ

    މި އިބޫއާ މަހުލޫފާ މިއީ ވިގަނިތަ؟ ދިވެހިން މިމީހުންގެ ނޮހޮރުއްޕާނުން ސަލާމަތްވާން ކޮންމެވެސް ބޫގަލެއްހަދާ ރުގިޔާ ކުރަންވެއްޖެ މިހާރު

  6. ކުނި

    ބޮޑު އުންދަގުލެއްނު ކަލޭމެނާހެދި. އާދޭސް ގަޅާއެބަ ބައިވެރިވެދޭށޭ ކިޔައިގެން.

  7. 7652

    ނަޝީދު ހިންދީ ސެރަމަނީގަ ބައިވެރިވުމަކީ މިއިދިކޮޅު މީހުނަށް ހަމަ އޯކޭ ކަންތައްތައް. އެކަމަކު މީގަ ރައީސް ޔާމީން ބައިވެރިވިނަމަ ދީން ދޫކޮށްލިކަމަށް ސޯޝަލްމީޑިޔާގަ ފެލޭނެ.

  8. ާއަނާ

    އިސްލާޙަށް ކަމަށް ނަމުގައި ޖަހައިގެން ދުވަހަކުވެސް ކަމެއް އިޞްލާޙް ކުރެވުނު ބާ؟ ރައްޔިތުންނަށް ދަތި އިނދަގޫ ދިނުން އެއީ އިޞްލާޙް ކަމުގައި ވަނީނަމަ އިބޫމެން ތި ކުރަނީ ވަރަށް ވަރުގަދަ މަސައްކަތެއް.

  9. ާފާތުން

    ބޮޑު އެއްވުން އޮޅާލާ. ??

  10. އެމް ޑީ ޕީ

    މުޅިންވެސް ހަމަނުޖެހުން އުފައްދަން ހިތްވަރުދީ ހަމަނުޖެހުން އުފައްދަން އުޅޭ ބައެއް މި އެމް ޑީ ޕީ މީހުންނަކީ. ބޮޑާކަމާ ކިބުރުވެރިކަމުން އަނގަހުޅުވަން ނުކެރިގެން އުޅޭ ބައެއް ކޯލިޝަންގައިވެސް ގެންގުޅެނީ. ޤައުމަށް ހެޔޮ އެދިގެނެއްނޫން އުޅެނީކީއް. އަމިލަމީހުންގެ ޕޮކެޓް ގިނަކުރަން އުޅެބައެއްމީ

  11. ހާނީ

    މަގުމަތީ ލަވަޖަހައިގެން ބޮޑިބަތް ކައްކައިގެން އައުގުރާން ގޮވަމުން އަތްޖަހާ ލަވަކިޔާނަށާ ވާހަކަދޯ ތިބުނަނީ؟ ހަޑިހުތުރު އެއްޗެތި ގޮވަން އެންމެ ކެރެނީވެސް މިޤައުމުގެ އަންހެނުންނައްކަންވެސް އެގޭނެ މޑޕ ހަރުގެ ކައިރިއައްދިޔައިމަ. ދެން “ލީޑަރުން” ތިބެނީ މިމީހުން ލައްވަ މިހަޑި ހާވުވާފަ އެއްކައިރީގަ އަތްޖަހަން.

  12. ހާނީ

    މަގުމަތީ ލަވަޖަހައިގެން ބޮޑިބަތް ކައްކައިގެން އައުގުރާން ގޮވަމުން އަތްޖަހާ ލަވަކިޔާނަށާ ވާހަކަ ދޯތިބުނަނީ؟ ހަޑިހުތުރު އެއްޗެތި ގޮވަން އެންމެ ކެރެނީވެސް މިޤައުމުގެ އަންހެނުންނައްކަންވެސް އެގޭނެ މޑޕ ހަރުގެ ކައިރިއައްދިޔައިމަ. ދެން “ލީޑަރުން” ތިބެނީ މިމީހުން ލައްވަ މިހަޑި ހާވުވާފަ އެއްކައިރީގަ އަތްޖަހަން.

  13. ރާއިދު

    ނިކަމެތިން ކުރިޔަށްނެރެ ހަމަނުޖެހުންހިންގުވާ ބޮޑުބޮޑަތިން ފިލާތިބެން ރަގަޅުކަމެއްތީ ކުރަން! ހުރިހާ ގެއްލުމެއް ނިކަމެތިންނަށް! ސާފުކޮށް މި ބުނަނީ ނުދާނޫއޭ!

  14. ނަޝީދު

    ކާކަށް ތިކަން އިޢުލާން ކުރަނީ، އަހަރުމެން ބޭނުންވާ ކަމެއްނޫން ތިޔަކީ، ނުދާނަން މުޒާހަރާއަކަށް