ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ، އެ މައްސަލާގައި ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމިން މިއާ (40އ)، ޕާސްޕޯޓް ނަންބަރު BY0942817 އެވެ.

ފުލުހުން ވަނީ އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.