ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ސާބިތުވެފައިވާ ކަން ކަނޑައެޅުމަށް ފަހު، 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ. އަދި ކައްފާރައިގެ ގޮތުގައި ހިޖްރީ ކަލަންޑަރުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމް ހުރިއެވެ.

ދައުލަތުން ވ. ރަކީދޫ، ލައިޓް ހައުސް، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރަނީ ދެ ދައުވާއެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން ނަމަވެސް ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގަމުންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެއެވެ. މުޅި ރާއްޖެ ސިއްސުވާލި މި މަރުގެ ޝަރީއަތް ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން މުޖުތަމައުގައި އިންތިހާއަށް އޮތެވެ.

މިއަދު ކްރިިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އާފިޔާގެ ޑޮކްޓަރުންގެ ރިޕޯޓާއި ސިއްހީ އެހެން ލިޔެކިއުންތަކަށް ރިއާޔަތްކޮށް ބެލުމުން އާފިޔާ މީގެ ކުރިން ކުށަށް އިއުތިރާފް ވެފައި ވަނީ ބުއްދި ސަލާމަތުން ހުރެ ކަން އެނގެން އޮތް ކަމަށެވެ. އަދި ކުށަށް އިއުތިރާފްވީ މަޖުބޫރުކޮށްގެން ކަން އެނގޭނެ އެއްވެސް ކަމެއް ހުށަހެޅިފައި ނެތުމުން މަޖުބޫރު ކަމެއް އޮތް ކަމަކަށް ބެލެވެން ނެތް ކަމަށެވެ.

އާފިޔާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޑޮކްޓަރުންގެ ރިޕޯޓެއް ހެދުމަށް ނިންމާފައި ވަނީ ތަހުގީގަށް އާފިޔާ ދައްކާފައި ހުރި ވާހަކަތަކުން ނަފްސާނީ މައްސަލައެއް ހުރި ކަމަށް ބެލެވިދާނެ ހާލަތެއް އޮތުމުން ކަމަށެވެ. މި ގޮތުން ރުޅި އާދެވޭ ކަމާއި ރުޅި އައުމުން އިބްތިހާލްއަށް އަނިޔާކުރެވޭ ކަމަށާ އިބްތިހާލް މަރާލަން ބޭނުން ނުވާ ކަމާއި ރުޅި އާދެވުމުން އަނިޔާ ކުރެވިގެން މަރުވުމުން ދެރަވާ ކަމަށް ތަހުގީގަށް ބުނެފައިވެއެވެ.

އާފިޔާގެ ކިބައިގައި ނަފްސާނީ އެއްވެސް މައްސަލައެއް ނެތް ކަމާއި އާފިޔާއިން ބަދަލު ހިފުމުގެ ރޫހެއްގައި މި އަމަލުތައް ހިންގާފައިވަނީ "ހޭ ބުއްދި ނެތިގެން" ނޫން ކަން އެނގެން އޮތް ކަމަށް އެ ރިޕޯޓްގައި ބުނެފައިވާ ކަން ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

އެހެންވިޔަސް، އާފިޔާ ކުޑައިރުގައި އޭނާގެ ދޮންބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދު އަހުލާގީ އަމަލުތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން އިންސާފު ލިބިފައި ނުވާ ކަން ވެސް ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ. އެ ކަންކަމަށް އިންސާފު ނުލިބި އޮށްވައި އާފިޔާ ވެސް ކުށުގެ ވެށީގެ ތެރެއަށް ވަދެ އޭނާ ކުރި އަނިޔާތަކުގެ ސަބަބުން އަމިއްލަ ދަރިފުޅު އިބްތިހާލް މަރުވެގެން ދިޔަ ކަން ވެސް ފާހަގަކުރިއެވެ.

އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ އާފިޔާގެ މައްޗަށް ކަނޑައަޅާ އަދަބު ލުއި ކުރުމާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާއަށް އެކި މަރުހަލާގައި ކުށަށް އިއުތިރާފްވެ އަދި އިންކާރު ވެސް ކޮށްފައި ވާތީ އަދަބު ލުއި ކުރެވޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އާފިޔާގެ ދިފާއީ ވަކީލް ވަކާލާތު ކުރެއްވީ އަދަބު ލުއި ކުރެވޭނެ ކަމުގައެވެ.

ދެ ފަރާތުން ދެއްކި ވާހަކަ ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަނިޔާކޮށް މަރާލި ކަމަށް އާފިޔާ އިންކާރު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ހުށަހެޅި ފަދައިން އިއުތިރާފްގެ މަތީގައި ދެމި ހުރެފައި ނުވާ ކަން އެނގޭ ކަމަށެވެ.

ގިސާސް ހިފުމަށް ހުރި ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާތީވެ ގިސާސް ހިފެން ނެތް ކަމަށް ކަނޑައެޅިއެވެ. އެއީ އަނިޔާ ލިބުނު ފަރާތުގެ އާއިލީ ވާރިސެއް ނެތުން ކަމުގައި ފާހަގަކުރިއެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ އަދަބުތަކަށް ރިއާޔަތްކޮށް އާފިޔާގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަން ޝަރީއަތުން ކަނޑައެޅިއެވެ. އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހިޖުރީ ކަލަންޑަރުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އާފިޔާ މައްޗަށް ޝަރީއަތުން އެންގެވިއެވެ.

އާފިޔާގެ މައްޗަށް ދެން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ވެސް ސާބިތުވި ކަމަށް މިއަދުގެ އަޑުއެހުމުގައި ކަނޑައަޅާފައިވެއެވެ. މި ދައުވާއަށް އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުލަތުން ބުނާ ގޮތުގައި އިބްތިހާލް މަރުވެފައި ވަނީ އޭނާ ނޭވާ ހާސްކުރުމުން ކަމަށާއި އާފިޔާ އިބްތިހާލްއަށް އަނިޔާ ކޮށް، އިހުމާލުވާ ކަމާއި، އާފިޔާގެ އެހެން ދަރިންނާއި އިބުތިހާލް އާއި ތަފާތުކުރިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ބުނެފައެވެ. އަދި އެކަން ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ އަދި ކިތާބީ ހެކިތަކުން އެނގޭކަން ދައުލަތުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިންސާފަކީ މިއީތޯ؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    ތިވަރުން އިންސާފު ލިބުނު ކަމަށް ގަބޫލެއް ނުކުރާނަން. ެެެެެެެ

    53
    1
    • ސައުޝާދު

      ކިތަންމެ ރުޅިއަޔަސް ނުވާނެ އެއްކަމެއްވެސް އިނގޭތޯ.. މި ސަރުކާރަކީ ޖެހިފައިއޮތް ބަލާވެރިކަމެއް

      15
      5
  2. ޅަގުރާ

    ބަކަރި

    45
    2
  3. ހިއުމަން ރައިޓްސް؟

    ކުޑަކުއްޖަކު މަރާލިއިރުވެސް މަރަށް މަރު ހިފަން ނުކެރޭ ބައެއް.

    60
    14
    • ޤާނޫނު

      ކޮއްކޯ އިސްލާމީ ޝަރީއަތުގަ ޤިސޯސް ހިފެނީ ވަކި ކަންތައްތަކެއް ފުރިހަމަވެގެން.. އަދި ބައްޕައަކު ނުވަތަ މަންމައަކު ދަރިއެއް މެރުމުނަ ޤިސޯސް ހިފުން ނޯންނަ ކަން ދެނަހުރިންތޯ؟؟ ރާއްޖޭގެ ޤާނޫނުގަ ވެސް އޮންނަނީ އެހެން.. ދީނޭ ދީނޭ ކިޔާ މާ ދީނީކަމަށް ހެދިގެން ހަޅޭ ފަޅޭ ޖަހާއިރު ދީނުގެ ހުކުމްތައް ވެސް ނޭނގޭތީ ދެރައީ..

      66
      1
    • އެޕޮލޮޖީ

      ކޮންބައަކަށް ތި އެއްޗިހި ކިޔެނީ ؟ އިސްލާމްދީނުގައި ދަރިމަރައިގެން މަންމަ ގެ ލޭހުއްދަނުވާކަން އެނގޭތަ ؟ އިސްލާމްދީނުގައި އޮންނަ ކަންކަން ނޭނގި ސިޔާސީ ގޮތުން މޮޅެތި ކޮމެންޓުކުރީމާ ވާނީ މަޖިލީސް ރައީސަށް ވާގޮތް! ރައްޔެތުން ކެކި އަރާނީ! ކޮމެންޓާމެދު ވިސްނާ ތައުބާވުމަށް ގޮވާލަން! ތިޔަ ޖޯކު ޖެހުނީ އަދި ފުރައްސާރަކުރެވުނީ ޝަރުޢީގޮތުން ކަނޑައެޅިފައިވާކަމަކާ!

      40
      4
      • ސަޒް

        ބަައްްޕަ ދަރިއަކު މެރިޔަސް މަރަށް މަރު ހިފުމެއް ދީިނުގަ ނޯވޭ ދަރއުފެދުމުގެ އަސްލަކީ ބައްޕަ ކަމައް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުވުމުން. މަންމަ ވެސް ނުމެރެނީ ބަާ؟؟

        1
        1
      • ޜަޟީ

        ތީ ކޮންކަހަަލަ މޮޅު ހުކުމެއް

        8
        2
        • ސަޒް

          ފަތުވާ ބައްލަވާ ލައްވާ ބިން ބާޒް ގެ. ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ ނޫނީ ގޫގަލް ސާޗް ކޮއްލަ ބަލަ. ނޫނީ ރާއްޖޭގެ ދީނީ އިލްމުވެރިޔަކައް ގުޅިޔަސް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިގޭނެ ބައްޕަ ދަރި މެރުމުން ގިސާސް ނުހިފޭ ކަން.

  4. އައްޑޫ ލެއި

    އިބްތިހާލް މަންމަޔަށް 20އަހަރު. އަބުއާގެ އަހަންމަދާ 12 އަހަރު. މީ ހަމަ މީހަކު މަރާލައިގެން ކޮށްފަ އޮށް 2ހުކުމް.

    28
    1
  5. ނަގުލު ފިއްތި

    ސ.ހިތަދޫ ހެޕީފިއުޗާ އަހަންމާދީ މީހަކު މެރިކަމުގެ ކުށުގަ 112އަހަރަށް ހުކުމްކުރީ.

    19
  6. ނަން

    20 އަހަރު މާ މަދު

    43
    3
  7. ށ

    ޤާނޫނީ ގޮތުން މެރީކަމަށްވެދާނެ.

  8. މީ

    އިސްލާމީ ޝަރީއަތް ގާއިމްކޮށްފަ ނެތިއްޔާ ދެން ކޮން އިންސާފެއް

    5
    3
  9. ބަކުރު

    މިއަދަކީ އަޅުގަޑުގެ ކުޑަ ދަރިފުޅުގެ އުފަން ދުވަސް އަދި ދަރިފުޅުގެ އުމުރަކީ އިބްތިހާލުގެ އުމުރު މިއަދު އެނުބައި އަންހެނާގެ މައްޗަށް ހުކުމް ކުރީމާ ވަރަށް އުފާވެއްޖެ އަދި އިބްތިހާލަށް ހަމަގައިމުވެސް އެއަންހެނާއަކަށް ދެރައެއް އަސްލު ނުދެވުނު އެކުއްޖާފުޅު މިދުނިޔެއާއި ވަކިވެގެން އެދިޔައީ މައުސޫމް ގޮތުގައި ސުވަރުގޭގައި ދޫނިތަކެއް ހެން އުފަލުގައި އުޅެން މިއަދަކީ ވަރަށް އުފާވި ދުވަހެއް

    23
    1
  10. އަލީހަސަން

    ކޮބާތަ ސިދާތާ. އިހުމާލުގެ ދައުވާ ކުރަންޖެހޭ ޖެންޑަރ މިނިސްޓްރީގެ އޭރުގެ އިސްފަރާތެއް.

    15
  11. ކާލި

    ޢާފިޔާ 20 އަހަރަށް ޖަލައްލައި ކެއްކޭނެ މާކަބޮޑު ޑޮންދިނެއް ދެނެއް ނޮއޮންނާނެ އާފިޔާ ޖަލައްލުމުގެ ބަދަލުގައި ކުރަންވީ ކަމަކީ އާފިޔާ ރަގަޅު މީހަކާއި ކައިވެނި ކޮށްދީ އާފިޔާއަށް ރަގަޅު އުފާވެރި ފިރިއަކާއި އެކު އުފާވެރި ހަޔާތަކާއި އެކު ގިނަ ދަރިން ހޯދަ ދެވޭނެ މާހައުލެއް އާފިޔާއަށް ހޯދަދޭންވީ އޭރުން އާފިޔާގެ ދަރިން ވާނީ މޮޅެތި ކުދިންނަށް، ޖަލުގައި އުމުރު ހޭދަކޮށްގެން މާކަ ބޮޑު ފައިދާއެއް ނުފެންނާނެ ، މައިންވާނީ މައިންނަށަ! ﷲ އާފިޔާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި !

    2
    5
  12. ނަވް

    އެ ތުއްތު ފަކީރު ވަނީ ޖަންނަތުގައި ﷲ ގެ ފުރިހަމަ ބެލެހެޓުމުގެ ދަށުގައި. މި އުނި އިންސާނާ އަށް މި ދުނިޔޭގަ އޮތީ ވޭނާއި ކެކުޅުން. އާޚިރަތުގައި ﷲ އިރާދަކުރެއްވީޔާ އޭނަ ސަލާމަތްވާނެ.......

    3
    1
  13. އ.ޞ.ޢ

    ﷲ ދަރިން ދެއްވަނީ މި ދުނިޔެމަތީގައި އެމީހާއަށް ކުރެވޭ އިމްތިޙާނަކަށް ކަން ނުވިސްނޭ އަންހެނުން މިހާރު ގިނައީ. މި އަންހެނާއަކީ ކޮންކަހަލަ މީހެއްކަމެއް ނޭނގޭ. އެނގޭހާވެސް ކަމަކީ މި އަންހެނާގެ ބަނޑުއަޅާ ވިހެއި ކުޑަކުޑަ ކުއްޖަކަށް އަނިޔާވެރިވި އަންހެނެއްކަން މިއީ. އެ ކުއްޖާ މަރުވީ މި އަންހެނާގެ އަނިޔާގެ ސަބަބުންކަން. ދެން ކީއްކުރަންބާ މި އަންހެނާއަކީ މުޖްތަމަޢުގެ ފަރުދެއްގެ ގޮތުގައި ބަލައިގަންނަނީ؟؟؟ ގައިމުވެސް އަހަންނަށްޓަކައި މިއީ ނެތް މީހެއް.