އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓްގެ ނަތީޖާގެ ގާނޫނީ ސައްހަކަން އިއުލާން ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޖަލްސާއާ ދިމާކޮށް ގާނޫނު ހަދާ މަޖިލީހުގެ ގެ ކަމުގައިވާ ކެޕިޓޮލްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގީ އެ ސަރަހައްދު ބަލަހައްޓަން ހަވާލުވެ ތިބި ފުލުހުން އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންނަށް އެ ފުރުސަތު ދީގެން ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރާ ދެކޮޅަށް ހިންގާ އަމަލުތަކަށް ދައުލަތުގެ މުއަސަސާއަކުން ހިތްވަރު ދިނުމަކީ ބަަޣާވާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން އެމެރިކާގައި ހިނގި ހަމަނުޖެހުމުގައި ކެޕިޓޮލްގެ ތެރެއަށް މުޒާހަރާގެ ބައިވެރިން ވަނުމުގެ ފުލުހުން ފުރުސަތު ދިން މައްސަލަ އެމެރިކާގެ ތަހުގީގީ އިދާރާތަކުން ބެލުމަށް ނަޝީދު ވަނީ ގޮވާލާފައެވެ.
ނަޝީދު ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ޖަލްސާކުރާ ގޭގައި ހިނގި ހަމަނުޖެހުންތަކުގެ ފަހަތުގައި އެމެރިކާގެ ރައީސް ޓްރަމްޕާ ގުޅިފައިވާ އަސްކަރީ ޖެނެރަލެއް ހުރުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ހަމަނުޖެހުންތަކުގެ ކުރިން ޓްރަމްޕުގެ ސަޕޯޓަރުންނާއި ފުލުހުންނާއި، ސަލާމަތީ ބާރުތަކާއެކު ރޭވުމެއް ރާވާފައިވޭތޯ ނަޝީދު ސުވާލު އުފައްދަވާފައިވެއެވެ.
ޓްރަމްޕްގެ މި ހަޅުތާޅައަކީ އެމެރިކާގެ ސަރުކާރުގެ ތެރެއިން ސަރުކާރާއި ދެކޮޅަށް ކުރި ބަޣާވާތެއް ކަމަށް ނަޝީދު ސިފަކުރާއިރު މި މައްސަލަ އަވަސް ވީ ގޮތަކުން ބެލުމަކީ ލާޒިމް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ބަޣާވާތް ނާކާމިޔާބުވީ، ޓްރަމްޕްއާއި އަސްކަރިއްޔާގެ ޖެނެރަލްއަކާއި އެކު ހެދިފައިވާ އެއްބަސްވުން ތަންފީޒު ނުވުމުން ނޫން ކަމަށާއި ރޭވުނު ގޮތަށް ޢަސްކަރިއްޔާއިން އެތަނަށް އެވަގުތު ނުދިއުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ގިނަ ފަހަރަށް ބަޢާވާތްތަކުގައި މިލިޓަރީ އޮސް ބޭފުޅެއް މުޒާހަރާގެ ބައިވެރުންނާއި ގުޅޭނެ. މިއޫ ރޭވިގެން ކުރި ބަޢާވާތެއް ނަމަ ޓްރަމްޕްއާއި ސަޕޯޓަރުންނާއި އެކު ވާހަކަދައްކާ އެ ރޭވުމަށް އެއްބަސްވެފައިވާ ޖެނެރަލެއް ނުވަތަ ޖެނެރަލުންތަކެއް ތިބޭނެ. އެކަމަކު މި ބަޣާވާތް ފެއިލްވީ އަސްކަރިއްޔާ އެތަނަށް ނުދިއުމުން." ނަޝީދު ވިދާޅުވިއެވެ.
މި ހަމަނުޖެހުމާއި ގުޅިގެން ވެރިރަށް ވޮޝިންޓަންގެ ޑީސީގައި މިހާރު ކުއްލި ހާލަތު އިއުލާންކޮށް ކާފިއު ހިނގަމުންދާއިރު އިންތިހާބީ ރައީސް ޖޯ ބައިޑައިން ވަނީ މި ކަން ކުށްވެރި ކުރައްވާފައެވެ.
އައްޗާ! އެހެންތޭ؟؟! ތަގޭ އާއިލާގެ ސިޔާސީ ކުދިންނާއެކީ ކެނެރީގޭތެރޭ އެމެރިކާގެ ދާހިލީ މައްސަލަތައް ބަލަން އިންނަންވީނު....
ކަލޭ މިރާއްޖޭގައި ބޮޑު ހުޅެއް ޖަހައި ދައުލަތުގެ އެތައް މުދަލެއް އަންދާލި މައްސަލަ ބަލަންޖެހޭ.
މުލިއާގެއަށް އެހާ ގިނަ އަދަދެއްގެ ރާފުޅި އެތެރެވިއިރު ފުލުހުންނާއި ސިފައިން އެކަންވާން ދޫކޮށްގެން ތިބި މައްސަލަ ތަހުގީގުކުރަންޖެހޭ.
ތީ އެ އް ލެވެލްގެ ދެމީހުން
ތި ކަމާއި ޓްރަމްޕު އިމްޕީޗު ކުރަން މި އުޅެނީ
އެމެރިކާ ރައްޔިތުންގެ މަޖިލީހަށް ކަލޭ ކޮލިފައިވެއްޖެ! އަވަހަށް އެތަނަށް ގޮނޑިދުއްވަން ދޭ!
މީދުނިޔޭގެ ރައީސްތަ ލާދީނީ ނުބެހޭކަމެއްނެތް..!!؟
ކަލޭތިބުނަންއުޅެނީ ކީކޭކަން ދިވެހި ފުލުހުންނާ ހެޔޮވިސްނޭ ދިވެހިންނަށް އިނގޭނެ.
ތިއުޅެނީ ޑިމޮކްރެޓިކް ލީޑަރެއްކަން ދެއްކެން މާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަނަގަބޮޑުވެގެން
2012 ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ އަޓިފިސަލް ބީޗްގެ ތަޅަފޮޅުމާ މާރާމާރީ އަކަށް ހިތްވަރު ދެއްވާ އެތަންށް ލަޓިބުރިތަކާ އެކު މީހުންފޮނުވާފަ. އަމަން ބަލަހައްޓަންތިބި ފުލުހުނަށް ގައިރުގާނޫނީ އަމުރުކޮށް އެތަނުންނެރެ ސިފައިންފޮނުވާ ސިފައިން ވެސް ހަވާލުވިޔަ ނުދީ އެމީހުނަށް އަމުރުކޮށް ސިފައިން އާޓިފަިސަލް ބީޗުން ދުރަށްލާފަ ތަނުގަ ތަޅާ ފޮޅުމާ މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަންޖެހޭނެ.
މސ ހަމީދާ ހަވާލުކުރޭ..ކީކޭ ބުނާނީ ތީ އަޅެ ދުނިޔޭގެ ވެރިޔާތަ..ހުރިހާ ކަމަކާ ތިބެހެނީ...ދުނިޔޭގެ ބޮޑެތި ލީޑަރުންނާ ވެރިން އެބަތިބި ތިނޫނަކަސް...ތިމާވަރެނެތޭހިތާ ތި އުޅެނީ..
މީހާދަމޮޅު މީހެކޭ....
ހައިކޯޓް ހުޅުވަން ވީ ނޫންތޯ ؟
އެހެންގައުމެއްގެދާޚިލީކަމަކާބެހުމަކީޑިޕްލޮމެޓިކްގޮތުންހަމަޖެހޭކަމެއްނޫން!
ބުއްދި ހަމަނުޖެހޭ މޮޔައިންކުރާނީ މޮޔަކަންކަން ބަޣާވާތްކޮށް މުޅި ޤައުމުގަ ހުޅުޖެހި މައްސަލަ ވެސް ބަލަން އެބަޖެހޭ
މިކަލޭގެ ގާދޫކޮލުން ބޭރުވެ ދުނިޔޭގެ ސްޕަރޕަވަރަށް ވެސް ބަޣާވާތް ކިޔަވައިދެނީ ތޯއްޗެއް! މުޅިދުނިޔެއަށް ހުރި މުސީބާތެއް. އަނގަ މަޑުން ލައިގެން ސައިޒުން އުޅެބަ
ހޭލެވޭއިރަށް ބަޣާވާތް! ނިދޭ އިރަށް ބަޣާވާތް! ދެބަދޭތެރޭގައި ބަޣާވާތް! ހޭބުއްދި ފިލާއިރަށް ބަޣާވާތް! ހޭދެބައިވާއިރަށް ބަޣާވާތް! ހިދުކޮޅު އަންނައިރަށް ބަޣާވާތް! ހަމައިން ނެއްޓޭއިރަށް ބަޣާވާތް! މިކަލޭގެއަށް މިހިރީ ބަޣާވާތް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިތޯ ބަލަން އެބަޖެހޭ. ހިއެއް ނުވޭ މިއީ ސަހަލު ބައްޔެއް ހެނެއް. ހީވަނީ މިއީ މީނާގެ އުމުރަށް މީނާގެ ދަރިދަރިކޮޅަށް މިނިމީންޏަށް ދާނދެން ޖެހިފައި ހުރި ބައްޔެއް ހެން. މިހެން ހިތަށް މިއެރީ މީނާ އުފަންވީ ބަޣާވާތެއް ކުރަން އުޅުނު ބަފަޔަކަށް ކަމަށްވެފައި މީނާއަށްވެސް ޖެހުނުހައި ކަމެއް މިޖެހެނީ މީނާ އުފަންކުރުވި ބަޔަކު ކުރަން އުޅުނު ބަޣާވާތުގެ އަސަރުން ކަމަށް ހީވެފައިވާތީ، އަދި މީނާއަށް ވެސް މީގެ އަސަރުކޮށްފައި ހުރީމައި ކަމަށްވާތީ.
ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުން ތިމައްސަލަ ތަހުގިގު ކުރަން ފެނޭ
އެހެން ކަންތަ އްތަކާ ނުބެހި ތިމާ މުޅިގަ އުމުގަ ހުޅުޖެހި މަ އްސަލަ ބަލާބަލަ ބުރާންތި
ކަލޭ ހަޅުތާލުކޮށް ޤައުމުގަ ހުޅުޖެހި މަސްއަލަ ބަލަން ގޮވާބަލަ.
އެމެރިކާ ފުލުހުންގެ މައްސަލަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާގެން ބަލަންވީނު!
މީދެންކާކު ގައުމުތަކުގާކުރާކަން ތައްތަކައް ފާޑުކިޔަން
މިޝައިތޯނާ ނުބެހޭ އެއްވެސް ކަމެއް ނެތްދޯ؟
އެހެންތަ. މަނިކުފަނުވަރެއް ހަމަނެތް. އެމއރިކާވެސްމަނިކުފާނު މުއްޓީގަ
ބުރޯ! ތީ މިހާރު މާ މުހިއްމު މީހެއްނޫން.
ކީރިތި ކުރައްވާ ރައީސް އާއި ކަލެއާއި ދެމީހުން ވެގެން އަވަހަށް ކޮމިޝަނެއް ހަދާ ތިޔަކަން ތަހުޤީޤު ކުރަން.
މިދެން އަދި ކާކު. މަހަމަ ހާއިރާންވެ އަންތަރީސް ވެއްޖެ!
ޑރ.ރާމީހަސާން ކޮބައިތޯ ....އަންނިގެ ފަހުނޭވާ
މިވަރު ކޮހެއް މިދުނިޔޭ ގައި ވެސް ނުހުންނާނެ
ޢަންނި އަކީ ކޮހެއް
ދެ މޮޔައިން
މ މީނަގެ މަޖިލީހުން މި މައްސަލަބަލަންފެނޭ!!
މީ އެމެރިކާގެ ކާކުތަ؟
ޗައިނާ ސަފީރު އަރާމުކޮއްލަން ލިބުނުފުރުސަތެއް މިދުވަސްކޮޅު ޓުރަމްޕު ފަހަތުންދުވަނީ އެމެރިކާ ނޫސްތަކުގެ ފަލަސުރުހީން ޖާގެއްލިބޭތޯ ދިވެހިންގެ ސަމާލުކަން ގެއްލުނީމަ އަދިއެފްރިކާބައްރައްވެސް ދާނެ.
ޓްރަންޕް ގެ އެއަމަލީ ކެނެރީގެ ނަޝީދު 2012 ވަނައަހަރު ވެރިކަމުން އިސްތިއުފާދީފަ ހިންގި ޢަމަލާ ތަފާތެއްނެތް ޢަމަލެއް ޓްރަމްޕް މައްސަލައެކޭ އެއްފަދައިން މީނަޝީދުވެސް 13 އަހަރަށް ޖަލަންފޮނުވަންޖެހޭ
އަންމ!!!!!!!!!!! މީހެކޭ ސަންތި މަރިޔަނބު ގެނެސްސަ ދަތްގޯނި މި އަނގަ ގަދަ މިތުރޭ މޫނު މައްޗަށް އޮއްސާލަބަލަ.
މީދެން ހާދަހާ ބޮޑުމީހެކެދޯ އެވެ!
މަޖްލީހު ރައީސޫ..! ރިލެވެންޓް ވާންތޯ..؟
ނަސީދު ޖަ އްސަން އުޅޭ އިންޓަންޓު
މާމޮޅު މީހެކޯ މީދެން. ވެރިކަންދިނީމާ ކުރެންނޭގިގެން ފިނޑިކަމަުން އަމިއްލައްށް ދޫކޮށްފަ އަނެއްދުވަހު ރޮއެގަތީ. ތީ މިޤައުމުގަ މިހާރު ބަލައިގަންނަ މީހެއްނޫން. މިޤައުމު ވިއްަކާ ކައިގެން އުޅޭ ބޮޑު ހާއިނެއްތީ. ގައުމުަށް އޮތް ބޮޑު ނުރަައްކަލެއް. އަނގަމުޑުންލައިގެން ހުރެވޭތޯ ބަލާ.
ބަގާވޭ އްކުރިމަ އްސަލަ ބަލަނީ ހުޅުޖެހި މަ އްސަލަވެސް ބަލާ
މި ކެނެރީ ބާޣީ ނަޝީދު ކީއްވެބާ އެމެރިކާގެ ރައީސްކަމަށް ކުރިމަތި ނުލީ؟ މިހެން ބުނަންވެއްޖެތހާ މިކަލޭގެޔަށް އެނގެނީ އެމެރިކާގެ ސިޔާސީ މަޝަރަހުގަ ކަންކުރަންޖެހޭގޮތްވެސް މީދެއް ކިހާބޮޑުވެއްޖެ އަރަތެއްތަ؟ ބާޣީ އާއިލާއަކަށް ނިސްބަތްވާ ބޮޑު ބާޣީއެއްވީމަ ވާގޮތްކަންނޭގެ މީ
މި މައްސަލަ ބަލަން ކަމުދާ މީހަކީ ކަލޭ. ޖޭއެސްސީގައި މައްސަލަ ބެލިގޮތަކުން ދެމީހަކު ހިތާވެގެން އުޅުނު ވާހަކައެއް އަޑުއިވޭ. މި މައްސަލަ ބަލަން ކަލެއާއި އާމާލުކްލޫނީއާ ދެމީހުން ލީމާ ޖޭއެސްސީގައި މައްސަލަ ބެލިގޮތަށް ނިމިދާނެ. މިފަހަރަކީ ކަލޭގެ ފަހަރުކަމަށް ހަދާ.
ޢާދޭސް ކޮއްގެން އެމެރިކާގެ ގާނުނު ހަދާ މަޖްލިހުގަ ތަގުރީރު ކުރަން މިކަލޭގެ އެދުނު އެދުން ވެސް ބަލަން ޖެހޭ. މިދެން ކާކުތަ؟ ދަލުބޭރުން ޖެހެނީ.
ޕޮމްޕޭ އައިސް ރާވައިގެން ދިޔަކަމެއްބާ؟
ނުބެހޭކަމެއްވެސް ނޯވޭދޯ ކަލޭ
ޓްރަންޕު ހަ އްޔަރު ކުރުމަށް ގޮވާލަން
މީނާ އަށް ހީވަނީ މީނާގެ ނާތަހުޒީބު ނޭ އްގާނީ ޢަމަލުތަކުން ގާނޫނު އަރާ ހަމަކޮށް ޖަލަށް ދާންޖެހިދާނެ ކަމުގެ ބިރު. ކުށްވެރިން އަބަދުވެސް ތިބޭނީ ބިރުން
މީ އެފް.ބީ.އައި އިން ދިން އިންޓަލް މައުލޫމާތެއް ތޯ؟ތީ ވ ވ އިންޓަލް މަޢުލޫމާތު ލިބޭ މީހެއްނު ދޯ؟
އައްނި އަކީ މުޅި ދުނިޔޭގެ ރައީސްބާ. މުޅި ދުނިޔޭގަ މިބޭފުޅާގެ އަމުރު ހިންގަން ބޭނުނު ވަނީބާ.
އެމެރިކާގެ ކަންކަމުގެ ތެރެއަށް ދިވެހިން😂
ބޮޑުހުޅު ޖަހާ ރަށްޔަތުންގެ އެތަށް ލިޔެކިޔުމެއް އަންދާލާ ފުލުހުންގެ ޒަމާނީ އެތަށް ވެހިކަލެއް ކަލޭ ވަނީ އަންދާ އަޅިޔަށް ހަދާލާފަ މިމަށްސަލަބަލަން ޖެހޭކަމަށް ހަރުއަޑުން މިގޮވާލަނީ.....
ތިޔައީ އެކައްޗެއް.
މީހުނަށް ކިޔައިގެން ދޭހަވާނޭހެން ލިޔަން ދަސްކޮށްބަލަ