މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި މީހެއްގެ މައްްޗަށް ދައުވާކޮށްފިއެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލާގައި ދައުވާކޮށްފައި ވަނީ އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ލ. ގަން، ތުނޑި، ނޫރާންގެ، އަބްދުﷲ ޝާންގެ މައްޗަށެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ.

އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ދައުވާކޮށް ހުށަހަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ޖެނުއަރީ ހަ ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އެމަންޖެ

  ތިވެސް މޑޕ ބޭފުޅުން ކުޅުއްވަން އުޅޭ ޑުރާމާއެއް.

  80
  4
  • ޝައްފަ

   ރޯޔަލް ރޭޕުޕ އޭ ދެންފަހަރަކުން ލިޔުން އެދެން. މިއީ އިބޫ އަށް ބޮޑުބޭބެ ކިޔާ ޖީހާން. މިކަން ހިނގައިދިޔަ ގޮތަކީ ޖީހާން ގެ ފިރިމީހާ ސަލާމާތް ކުރަން ފުރަތަމަ ފޯނު ކުރީ އެމް.ސީ ޙަމީދު އަށް. ޙަމީދު އިނދެގެން އުޅެނީ އިބޫ އަންހެނުން ފަޒުނާ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާ. ޙަމީދު އެހީ ނުވީމާ ދެން ގުޅީ ގުޅީ އިބޫ އާ.

 2. މަ

  މިއީ އަނެއްކާ ހުވަފެނެއްތަ؟

  58
  4
 3. ނަން

  ރާބޯއުމަކީ މައްސަލައަކަށް ނުވިތާ، އޭނާ މަސްތުވި ގޮތް ނުބެލުނު.

  75
  2
 4. ޅަބޭ

  ސަފާރީތެރޭ ހިންގި ރޯޔަލް ރޭޕު ޑުރާމާ ފަށައިފި

  75
  3
 5. ކެންޔާ އެމްބަސަޑަރ

  އަނބިމީހާ އުޅުއްވާލޭ ބިޒީކަމުން ރޭޕް ކޮއްފަ މަރަންވެސް ތިޒާތުގެ މީހުން ފަސް ނުޖެހޭނެ. ދެން އަތްޖަހާ

  52
  2
 6. ކެންޔާ ސަފީރު

  ނިމިގެން ދާއިރު ބަލާތި ތި އަންހެން މީހާ ގަދަ ފަދަ 2 ފިރިހެނުން ވެސް ޖީހާން ވެސް ރޭޕް ކުރި ކަމަށް ވާނީ

  59
  2
 7. Anonymous

  މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި މައްސަލަތަކަށް އިންސާފު ލިބޭނަމަ ހަމަޖެހުން ޤާއިމް ވާނެ.
  ޝުކުރިއްޔާ ލޮބުވެތި ސޯލިޙް ރައީސް.

  14
  48
  • އަލީ

   މޫނަކަށް ކަނދުރާއަކަށް ށޭ ކިޔާގެން ވާހަކަ ދައްކަނީ... ނޭނގޭތަ ތިވަރުވެސް ތިވީ ރައްޔިތުންގެ ތެރެއިން ރީނދޫ ހުން ޖެހިފަތިބި މީހުން ފިޔަވައި ބާކީ ތިބި މީހުންގެ މަސައްކަތުން ކަން.... ބޮޑު ގެރި ފެނަށް ފެލޭހެން ފެލޭ ރައީސް...

   10
   1
 8. ޟަޖުބޫރީހާލަތްދޯ

  ބަލައްޗޭ ތި ވާނީ ހަމަޖަމަލު ފޮޑިޔައް

  47
  2
 9. Anonymous

  Inn

  10
 10. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  އިބޫ ގެ ކަމަކީ ޓީ.ވީ އަށް އަރައިގެން ރުޔުން. މިހާރު ބޮލާނޮހޮރުއްޕާނާ ހަމަވާވަރު ވެއްޖެ މި ރުއިމުގެ ކަންތައް. ސިންގަޕޫރަށް ދެވޭ ފަހަރަކުން ނަފްސާނީ މައްސަލައެއްތޯ ބަލާ ފަރުވާ ހޯދީމަ ނިމުނީ އެއްނު. ނޫނީ އަލްޒައިމާސް ޑިޒީސް ހުރިތޯ ލޭޓެސްޓު ކުރީމަ ވީއެއްނު. އެހެން މީހުންނަށް ކޮން ނޮހޮރުއްޕާނެއް ޖައްސާކަށް ؟

  19
  2
  • ޝާފީ

   އަލްޒައިމާރސް ޑިސީސް ހުރި ނަމަ ފަސޭހަ އިން ރޮވޭނެ. މިއީ ސިކުނޑީ ގެ ބައްޔެއް.

  • -_-

   ކަލޭ ނަފްސާނީ ބަލި މީހަކަށް ވެސް ބުނާނީ ތިހެންދޯ.

   3
   1
   • ސަމްސު

    ޑޮކްޓަރ ރާމީ ވިދާޅުވެފައި އެއޮތީ ރަނގަޅަށް ޑޮކްޓަރެއްގެ ޙައިސިއްޔަތުން ވެސް. އަހަރުމެން އިބޫ ހޮވީ ރޯ މަންޒަރު ބަލާކަށް. އަހަރުމެން ރޯންޖެހޭ މައްސަލަތައް ޙައްލު ކުރަން. ވަރަށް އުނދަގޫވޭ ބޮޑުސިންގާ ފިރިހެނަކު ހެދިގެން ރޯ މަންޒަރު ބަލަން.

 11. އާމިރު

  ޕްރެޝަރުން ސަލާމަތްވުމަށް ކުޅޭ ގޭމު! ދެން ތިއޮތީ ތިކަން ނިމިފަ! ޢަލީ ވަޙީދު ކޮބައި؟