ހއ.އަތޮޅުންފެށިގެން ވ.އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާާނެ ކަމަށް ލަފާކޮށް ނެެުނު ހުދު ސަމާލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިއީ އެ ސަރަހަްްދަށް ނެރުނު ސަމާލުގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ. ފަހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.

މި ސަމާލުގައި ވަނީ އެވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 40މޭލަށް ވައިގަދަވާނެކަމަށް އެ ސަމާލުގައި ވެްެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާ ކުރާ ގޮތަށް ބަލާ މެޓް އޮފީހުން ވިދާޅުވީ, ކުރިއަށް އޮތް 24ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

ރާޅުގެ އުސްމުން އުޅޭނީ 3ފޫޓާ 6ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު