ލ.އަތޮޅު މާވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަން ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރު އަބޫބަރު އަހުމަދު އެރަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާއަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބޫބަކުރު، އަހުމަދު މޫސާއަށް ހަމަލާދިނީ މިރޭ އިރުއޮއްސުނު ވަގުތުއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ އަބޫބަކުރު އޭނާއަށް ހަމަލާދިނީ އެރަށުގެ ރައްޔިތުން ކުރިން އަޅާފައި އޮތް ކަރަންޓް ކޭބަލް ރަށުގައި ނަރުދަމާ އެޅުމަށް ކޮނުނުއިރު ނަގައި އެއިން ލޯ ވަކިކޮށް އެލޯތައް ވިއްކައިގެން ފެނަކައިގެ ވެރިން -/70000 ރުފިޔާ "ވަގަށް ނެގި" ކަމަށް ބުނެ ފޭސްބުކް ޕޭޖެއްގައި ބަޔަކު ކޮށްފައި އޮތް ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.
"ޕީޕީއެމް މާވަށް ކިޔާ ޕޭޖެއްގައި ލިޔެފައި އޮތް އެއްޗެއް އެއީ. އެކަމަކު އަޅުގަނޑު ހިންގާ ޕޭޖެއް ނޫން އެއީކީ. އަޅުގަނޑަކަށް ނުވެސް އެނގޭ އެޕޭޖް ހިންގަނީ ކޮންބައެއް ކަމެއް. މިރޭ ހަމަލާ ދިނުމުގެ ކުރިން އަބޫބަކުރު އަހުމަދު ވަނީ ހަމަލާ ދޭނެ ކަމުގެ އިންޒާރު މިއަދު ދުވާލު އެޕޭޖަށް ކުރި ކޮމެންޓެއްގައި ދީފައި. ނަމަވެސް އަޅުގަނޑު ހިއެއް ނުކުރަން މިފަދަ ހަމަލާއެއް ދީފާނެ ކަމަކަށް." އަހުމަދު މޫސާ ވިދާޅުވިއެވެ.
އަހުމަދު މޫސާ ވިދާޅުވީ އޭނާއަށް އަބޫބަކުރު ހަމަލާ ދިނީ އަތުން ކަމަށާއި އޭނާގެ މޫނު މަތީގައި ޖެހުމުން ތުންފަތް ފަޅައިގެން ގޮސް ބޮލަށް އެނބުރުން އަރާފައިވާ ކަމަށެވެ.
އަހުމަދު މޫސާއަށް ހަމަލާދިން މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އަހުމަދު މޫސާ ވިދާޅުވީ އޭނާގެ ސިޔާސީ ފިކުރަކީ ޕީޕީއެމްގެ ސިޔާސީ ފިކުރު ކަމަށާއި މިފަދަ ހަމަލާއެއްގެ ސަބަބުން އޭނާ ފަހަތައް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ކުރަމުން އަންނަ މަސައްކަތް ދެގުނަ ކުރާނީ. މިފަދަ ހަމަލާއަކުން އަޅުގަނޑު ނުހުއްޓުވޭނެ. އަޅުގަނޑު މިދައްކަނީ ވައްކަން ކުރާ ވާހަކަ، ކޮރަޕްޝަން ހިންގާ ވާހަކަ، ނުހައްގުން ރައީސް ޔާމީނަށް ޖަލުގައި އަނިޔާދޭ ވާހަކަ. ގައުމުގެ ކަންކަން ބޮއްސުންލައިގެންދާ ވާހަކަ. މިވާހަކަތައް އަދިވެސް އަޅުގަނޑު ދައްކާނަން." އަހުމަދު މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުން ކަމަށާއި މިއީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އެކައްޗެއް ކިޔައިގެން ގައުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
އަހުމަދު މޫސާއަށް ހަމަލާ ދިނުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެކަން ކުށްވެރިކޮށްފައެވެ. ސައީދު ވަނީ ބައިބައިވުމަށް ފުރުސަތު ނުދެއްވާ އެކުވެރިވުމަށް ގޮވާލައްވާފައެވެ.
ފެނަކައިގެ އެމްޑީ އިސްތިއުފާ ދޭންވީއޭ ކަރަންޓް ކޭބަލް ވިއްކަިއގެން ވައްކަން ކުރާ ބޮޑެތި ވަގުން ތައް ފެނަކައިގެ ޑެޕިއުޓީ މެނޭޖަރުންނަށް ސައީދު ލައިގެން ސައީދަށް ކަޓް އަޅާ ގޮތަށް ފެނަކައިން ގަންނަ ކޭބަލް ތަކުގެ ލޯ ވިއްކާ ވަގުން ތައް މުއްސަނދިވަނީއޭ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
އަހުމަދު މޫސާއަކީ މާވަށުގައި އޭނާގެ ރަސްކަމެއް އުފައްދަން މަސައްކަތްކުރާ މީހެއް. ބޭނުންވަނީ އޭނާގެ އާއިލާ މީހުން މާވަށުގެ ހުރިހާ މުއައްސަސާތަކެށް ހިފަން. އެގެންގުޅޭ ފޭސްބުކް ޕޭޖުތަކަކީ އޭނާގެ މީހުން ގެންގުޅޭ އެއްޗެއް. އަހުމަދު މޫސާގެ ނާތަހުޒީބުކާން އެނގޭނެ މާވަށު ސުކޫލު އަދިވެސް ރަށުގެ ޒުވާނުންނަށް ބަދުބަސް ބުނެ އޭނާގެ އަމިއްލަ އައިޑީއިން ކޮށްފައި ހުންނަ ޕޯސްޓްތަކަށް ބެލިއަސް. މިކަމުގައި އަބޫބަކުރުގެ ބަހެއް ބޭނުން.
އަޙްމަދު މޫސާ ރަސްކަމެއް ކުރިއަސް މާރާމާރީ ހިންގާކަށް ނުޖެހޭ. ފެނަކަ ލުއްޗާ. ފެނަކައިގެ ޗޯރުކަލޭގެ ހައްޔަރުކުރަން ޖެހޭ. ވަޒީފާއިން ވަކިކުރަން ޖެހޭ..
ފުރަތަމަ ކަމަކަށް ތިޔަ އަބޫބަކުރަކީ ބާރާ ނުފޫޒުން މަޤާމަށް އައިސް ހުރި ތަންދޮރުނުފިލާ ބޭކަލެއް. އޯލެވެލް ފާސްގަނޑެއް ވެސް ނޯންނަކަމަށް ވަނީ. އަދި ތިޔަ ވަޒީފާ ގަނޑަކީ ހަޔާތުގެވެސް އަދާކުރާ ފުރަތަމަ ވަޒީފާއޭ ބުނާ އަޑުއިވޭ. ވަޒީފާއަށް ތިސޮރު ނުކުތް ދުވަހުވެސް ވާނީ އޭ.ސީ.ސީ އަށް މައްސަލަ ހުށަހަޅާފަ. އެހެންކަމުން އަދި ރައީސައް ދޮންމޫނެއް ދިނަސް ކޮންކަމެއް ވާނީ ކެކެކެ! އަނެއް ކޮޅުން ތިޔަ ރައީސަކީ މުޅި މާވަށް އޭނާގެ އާއިލާއަށް ކާންނުދެވިގެން އުޅޭ ސޮރެއް. ފެނަކަ ކައި ބޮއި ހުސްކުރާ މީހާ އަދިކައުންސިލް އިދާރާ އަދި މާވަށް ކައި ބޮއި ހުސްކުރާ މީހާ...!😂
ލ އަތޮޅޭ ތިޔަމީހުންގެވާހަކަ ނުވާނެ ދައްކަން
އަހުމަދު މޫސާގެ ދެ ކަންކަށި މަތީ އެއްފަހަރާ ޖަހަންވީ ޖެހުނު އެއްމެބާރަކަށް
ތިކަލޭގެއަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވާނެކަމީ ޔަގީންކަމެއް.
މިއޮތީ އިންސާފުން ބޭރުވެފައިވާ ގައުމެއް.
ބިލިޔަނުން ދައުލަތުގެ ފައިސާ ދަވާލި މީހާވެސް އެހެރީ ހުޅުމާލޭ އެޕާޓްމެންޓެއްގައި
ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރީގަ ކިރިޔާ ކަމެއް ވިޔަސް އަޅުވަނީ ޔާމީން ބޮލުގަ
ބަލާލަ ޖަހާ ނުބައި ވައްތަރު.. ބަލާލީމަވެސް ހީވޭ މީނަ މީ ރަނގަޅު މީހެއް ނޫންހެން
ބަލާލަ ޖަހާ ނުބައި ވައްތަރު.. ބަލާލީމަވެސް ހީވޭ މީނަ މީ ރަނގަޅު މީހެއް ނޫންހެން
އެމްޑީޕީ އެއްޗެހި ތިބެނީ ލަދުހަޔާތުގެ ބައި ކެނޑިފަތަ
އެމްޑީޕީ ކުރިއަށް އައީމަ ތިޔަ ކަމަކާ ހައިރާނެއް ނުވޭ. އެމީހުން ގުޅިފައިވަނީ މާރަމާރީއާއި ވައްކަމާއި ފަސާދައާ.
ވަގުތުން ވަގުތައް ހިފާހައްޔަރުކުރޭ ރައްޔިތުންގެ ކުންފުނިއެއްގަ ތިވަރުމަގާމެއްގަ ހުރިމީހަކު ރައްޔިތަކައް ގެއްލުންދިނުމަކީ އެމަގާމަތް ކުފޫހަމަނުވާކަމުގެހެކި ސިޔާސީފިކުރު ތަފާތުވިއަސް އެމްޑީޕީ މެންބަރަކައް ވުމަކީކުއްތަކަކައް އަރާގަތުމައް ލިބޭލައިސަންސް އައްވެއްޖެނަމަ ހުރިހާކުއްވެރިންގެ ޔުނިފޯމްތައްވެސްވީ ރީނދޫކުލައައްބަދަލްކުރަން.
މީހާ ހުންނަ ސިި ފަޔަކުންނޭގޭނެ މީހާ އޭއީ ރަނގަޅު އަދި ނުބާއި މީހެއްކަން.... އޭއީ ވވވވވ މީހުންނިއް ރަނގަޅު މީހެއް...
އަހުމަދު މޫސަ މެން ވައްކަން ކުރާވާހަކަ ދައްކަން އެންމެ ރަނގަޅީ، ތިކިޔާ ޕީޕީ ކުދިން ކޮޅު ގައުމު ދަވާލިއިރު އެއްޗެއްނުބުނެވެ، ވަގު ޔާމީން ޖަލުގަ އޮތީ ވައްކަންކޮއްގެން، އެކަން ސާބިތު ވެގެން
ފުރަތަމަ ކަމަކަށް ތިޔަ އަބޫބަކުރަކީ ބާރާ ނުފޫޒުން މަޤާމަށް އައިސް ހުރި ތަންދޮރުނުފިލާ ބޭކަލެއް. އޯލެވެލް ފާސްގަނޑެއް ވެސް ނޯންނަކަމަށް ވަނީ. އަދި ތިޔަ ވަޒީފާ ގަނޑަކީ ހަޔާތުގެވެސް އަދާކުރާ ފުރަތަމަ ވަޒީފާއޭ ބުނާ އަޑުއިވޭ. ވަޒީފާއަށް ތިސޮރު ނުކުތް ދުވަހުވެސް ވާނީ އޭ.ސީ.ސީ އަށް މައްސަލަ ހުށަހަޅާފަ. އެހެންކަމުން އަދި ރައީސައް ދޮންމޫނެއް ދިނަސް ކޮންކަމެއް ވާނީ ކެކެކެ! އަނެއް ކޮޅުން ތިޔަ ރައީސަކީ މުޅި މާވަށް އޭނާގެ އާއިލާއަށް ކާންނުދެވިގެން އުޅޭ ސޮރެއް. ފެނަކަ ކައި ބޮއި ހުސްކުރާ މީހާ އަދިކައުންސިލް އިދާރާ އަދި މާވަށް ކައި ބޮއި ހުސްކުރާ މީހާ...!😂
އެސޮރަކީ ރީތިކުއްޖެއް އަހުލާގު ރަގަޅު ކުއްޖެއް ނިކަން މާވަށު މީހުން ކުރެން އަހާބަލަ.
ތިފަޔާ ބެހޭ ގޮތުން ތިމަލާމަތް ކުރަނީﷲއަށް އެއްޗެއް ނޭގޭ ބޮޑު ބުރާންންންންންންންންންންންންންންންޗާ
ލިޔުންތެރިޔާ މިވަނީ އެއްކޮޅަށް ބުރަވެފައި. މައްސަލައެއްގެ ދެކޮޅު ނުގެނެވެންޏާ އެއްކޮޅުން ނުލިޔެ އެހެން މީހުންގެ ބަސްހޯދަންވީ...
ތިކަމުގެ އަސްލު އަދި އެނގިފައިވާ ކަމަށް ނިންމަން މާއަވަސް...
އަބޫބަކުރުގެ ފޮޓޯ ނޫހުގައި ޖެހިގޮތަށް އަހައްމަދުފުޅުގެ ފޮޓޯވެސް ނޫހުގައި ޖަހަހަން ޖެހޭނެ.
އަދި އުކާލަންވެފަ ހުރި ދެވަނަފަހަރަށް ބޭނުންނުކުރެވޭ ބުރިބުރި ބުރި ވެފަ ހުރި ކޭބަލް ތަކަކުން ލޮއިވަކިކޮއްގެން ލިބޭ ލާރި ދޭންވީ އަހުމަދުފުޅައްތަ.
މިއީ ރީސައިކަލްކުރުން .
ކައުންސިލް އިދާރާއިން ނެރޭކުނި އިބަވެސްވިއްކައި.