ސަން ސިޔާމް އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެރިސޯޓުން މިހާތަނަށް 78 ވޭދަނަ ފެނިފައިވާ ކަމަށެވެ.

މީގެ ތެރެއިން 14 ވޭދަނަ ފެނިފައި ވަނީ މިއަދު ކަމަށް ޑރ. ނަޒްލާ ފާަހަގަކުރެއްވިއެވެ.

ޑރ. ނަޒްލަ ވިދާޅުވީ، ރިސޯޓްތަކުގައި، ބަލީގެ އަލާމަތްތައް ހުންނަ މީހުންގެ ސުންކު ނެގުމާއި، ގާތުން އެއްތާވި މީހުން ހޯދައި، އެ މީހުންގެ ސުންކު ނެގުމާއި، ރިސޯޓްތަކުގައި ވަކިތަރުތީބެއް ނެތި ސުންކު ނެގުމުގެ ކަންކަންވެސް ކުރިއަށްދާ ކަަމަށެވެ.

"މިގޮތުން އަޅުގަނޑުމެންނަށް އިތުރު ވޭދަނަތައް މި ރަށްރަށުން ފެންނަމުން މި ދަނީ".ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ރިސޯޓުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ މުވައްޒަފުންނެވެ.

ރާއްޖެއިން މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވެފައި ވަނީ 36 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ހަ ވޭދަނަ ފެނިފައިވާއިރު، ހިންގަމުންދާ ރިސޯޓްތަކުން 35 ވޭދަނަ ފެނިފައި ވެއެވެ. އަދި ސަފާރީތަކުން ހަ ވޭދަނަ ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު