އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާޢީދުކޮށް އެމަނިކުފާނު މިނިވަން ނުވުމުން އިދިކޮޅު ކޯލިޝަނާއި ރައީސް ޔާމީންގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުމެއްޖެއެވެ.

މުޒާހަރާ ލީޑް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެވެ. މުޒާހަރާގެ ބައިވެރިން ތިބީ "ފްރީ ޕްރެޒިޑެންޓް ޔާމީން" ގެ ޝިއާރު ލިޔެފައިވާ ހުދު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އެއީ މިއަދު މެންދުރުފަހު ހައި ކޯޓު ސަރަހައްދަށް ރައީސް ޔާމީންގެ ސަޕޯޓަރުން ޖަމާވިއިރު ލައިގެން ތިބި ޓީޝާޓެވެ.

މުޒާހަރާގެ ބައިވެރިން ދަނީ މާލޭގެ އެކި މަގުތަކުގައި ހިނގަމުންނެވެ. މި ގޮތުން ރައީސް ޔާމީން ލީޑް ކުރައްވާ ދެ ޕާޓީ ކަމުގައިވާ ޕީޕީއެމްއާއި ޕީއެންސީގެ ދިދަ ވެސް ބައެއް ބައިވެރުން ބޭނުން ކުރަމުންދެއެވެ. ރައީސް ޔާމީން މިނިވަން ކުރުމާއި އިންސާފު ގާއިމް ކުރުމުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން މާލެ މަގުމަތީގައި އަޑު އުފުލަމުންދާއިރު މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ބެލެވެއެވެ. މަގުތައް މަތީގައި ގިނަ އަދަދެއްގެ ރައީސް ޔާމީންގެ ސަޕޯޓަރުން ތިބި ކަމަށް ފެނެއެވެ.

ޕީޕީއެމްއަައި ޕީއެންސީގެ ސަޕޯޓަރުން މަގުމަތީ ހިނގަމުން ގޮސް ފަހުން ތިބީ ކޯލިޝަންގެ އޮފީސް ކައިރީގައެވެ. އެ ސަރަހައްދުގައި ތިބެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ދަނީ ވާހަކަ ދައްކަވަމުންނެވެ.

ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލއިަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރިއިރު އެ މައްސަލަގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި އިއްވާފައިވާ ހުކުމަށް ތާއީދުކޮށް އަމުރު ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުގެ އަޣުލަބިއްޔަތުންނެވެ. އެ ހުކުމް ދެމެހެއްޓުމަށް ރައުޔައެއް ނެރުނީ މުޙައްމަދު ނިޔާޒުއާއި ހުސައިން މަޒީދެވެ. ފަނޑިޔާރު ހުސައިން ސައީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމްގެ ގޯސް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގާފައިވާ ޝަރީއަތަކުން އިއްވާފައިވާ ހުކުމެއް ކަމުގައި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލުކުރެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަރިޔަން.21 ޖެނުއަރީ 2021

  `` ﷲ އިރާދފުޅާއެކުރައީސް ޔާމިނު ޖަލުންސަލާމަތްވީތީ ﷲ ހަމްދިކުރަން ޔާﷲﷲ މިއަޅާ މެންނަ ކޮންކަހަލައުވެރިކަމެއްމިލިބުނީ ﷲﷲﷲﷲﷲﷲﷲ

  1
  5
 2. ެރތެ

  މި މީހުން އެއްވުން ތައް ބާއްވަ ބާއްވާފަ ޕޮޒިޓިވް ކޭސްތައް ގިނަވީމަވެސް ސަރުކާރު ބޮލައްމި ޖަހަނީ ލަދެއް ހުރިބައެއްނޫން ރީތި އުޅުމެއްލިބިފަކާއެއް ނެތް

  5
  13
 3. ވގ

  ނުވާނެ މިޔަދުވެސް ކޯޓްކައިޔައް ގޮސަލަންކެރުނީ ހައެއްކަ ކެނަ ދެންތިބީ ވަގުން ނިމާލްމެންކަހަލަ

  6
  10
 4. ވަގުޔާމިނު

  ހިނގަހިނގާ ވަރުބަލިވީމަ ދެންދޭ އެމީހަކު އެމީހެއްގެ ގެއަށް😁😁😁😁😁

  4
  10
 5. ރާހިދު

  ކަލޭމެންނައް ﷲއިރާދަކުރެއްވިއްޔާ ދާދިއަވަހައް ލަސްތަކެއްނުވެ ތިތަންފެނިގެންދާނެ ޔާﷲ މިނުބައިނުލަފާމީހުންނާ މިސަރުކާރު ބަލިކަށިކުރައްވާ ނިކަމެތިކުރައްވާންދޭ.........