އިސްލާމް ދީނަށް ގޮންޖެހުން ކުރިމަތިކުރުވާ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށް މިދިޔަ ނުވަ އަހަރު އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އަދާލަތު ޕާޓީގެ އެތެރޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ކެމްޕޭން ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ، މީގެ ފަނަރަ އަހަރު ކުރިން ރާއްޖެއަށް އަދާލަތު ވުޖޫދުވެގެން އައީ ގަބޫލު ކުރެވޭ ފަލްސަފާއަކާ އެކީގައި ކަމަށެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނާއި އެ ދީނުގެ އުސޫލުތަކާއި އެ ދީން ބަލައިގަންނަ ހަމަހަމަ ކަމާއި އިންސާފު ހިމެނޭ އަދާލަތެއްގެ ފަލްސަފާ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، އެ ޕާޓީގެ ފަލްސަފާގައި ހިމެނޭ އެ ކަންކަން އެ ޕާޓީއިން ދޫކޮށްނުލާނެ ކަމަށެވެ. އަދި އޭނާގެ ލީޑާޝިޕެއްގައި އެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގެ ތެރެއިން ރައްޔިތުންނަށް ގެއްލުމާއި ނިކަމެތިކަން އަދި އިސްލާމް ދީނަށް ގޮންޖެހުންތައް ކުރިމަތި ކުރުވާނަމަ އެ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ މި ސަރުކާރާއެކު ވަރަށް ސާބިތުކަމާއެކު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ސަރުކާރު ހަމަ މަގުން ދިއުމަށް އެހީތެރި ވެދޭނަން. އެ ކަމުގައި ސާބިތުވެ ހުންނާނަން،" އިމްރާން ވިދާޅުވިއެވެ.
މި ސަރުކާރަކީ ހަތަރު ޕާޓީއެއް ހިމެނޭ ކޯލިޝަނަކުން ހިންގާ ސަރުކާރެކެވެ. އެ ކޯލިޝަންގައި އެމްޑީޕީ އާއި އާދަލަތު ޕާޓީގެ އިތުރުން ދެން ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި އެމްއާރުއެމްއެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ސަރުކާރާ ދެކޮޅަށް އުފެއްދި ކޯލިޝަނެކެވެ. އެއަށް ފަހުގައި ސަރުކާރަށް އައުމަށް ފަހު ސަރުކާރު ހިންގަނީ ވެސް ހަތަރު ޕާޓީ ގުޅިގެންނެވެ.
އިންތިހާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި މިނިސްޓަރު ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.
އިމްރާން ކަލޭގެ ލަދު ކޮބާ؟؟
އަދާލަތު އުފެއްދި މަގުސަދާއި އަދާލަތުވަނީ ބޮޑުތަނުން ޚިލާފުވެފަ!! އަދާލަތު ޕާޓީ އުފެއްދިއިރު އޭރު ބުނަމުން އައީ އެޕާޓީ އުފެއްދީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލަކުރުމާ ދީނީގޮތުން ރައްޔިތުން އަހުލުވެރިކުރުވުމާއި އެރޮގުން ގިނަ ކަންތައްތައް ރާއްޖޭގައި ކުރުމުގައި މަތިވެރި މަގުސަދުގައިކަމަށް!! ނަމަވެސް މިއާއި ޚިލާފަށް ވަރަށް މަކަރުވެރިގޮތަކަށް ހިޔަޅުގޮތަކަށް އަދި އެހާމެ ޚުދުމުޚުތާރު ގޮތަކަށް އިމްރާނު ކިޔާ މީހަކު ޕާޓީ ހައިޖެކްކޮށް އޭނާގެ ދެތިން އައުވާނުންނާއެކު ސިޔާސީ މަކަރު ހެދުމާއި ދޮގުތައް ހަދާ ރައްޔިތުންނަށް އޮޅުވާލަމުން އައިކަން ފާހަގަކުރެވޭ!! ދިނީ ގޮތުން އިމްރާނު އިސްވެކުރާކަމެއް ހަމަ ނެތް!! އޭނާ ޓީވީއަކަށް އަރާ ނުވަތަ ދީނީ އެއްވެސް ދަރުސެއް މިރާއްޖެގެ ރައްޔިތަކަށް ދިން ތަނެއް ނުފެނޭ މ،ިހާތަނަށް!! މުޅިންވެސް އިމްރާނު ފެނުނީ ސިޔާސީ ދޮގުތައް ހަދަމުން މީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަމުން ސިޔާސީ އެއްވުންތަކުން!! އޭގެތެރޭ ހެދި ވަރަށާްބޮޑު ދޮގެއް ހެންވޭރު ކޮޅު ރާޅުގަނޑު ސަރަހައްދަށް މީހުން އެއްކޮށް ފާޑެއްގެ ކަރުދާސްތަކެއް ނަގާ ދައްކާފަ "މިއޮތީ ހެއްކޭ މިއޮތީ ހެއްކޭ މިރާއްޖޭގައި ހިގި މަރެއް ޔާމީންގެ ބޮލުގައި އަޅުވާ ވާހަކަ ދެއްކި ދެއްކުން! އަދާލަތު ޕާޓީ މީނާގެ ކިބައިން ސަލާމަތްކޮށް އަދާލަތު ޕާޓީ އަސްލު އުފެއްދި މަގުސަދާއި ހަމަޔަށް ވާސިލުވުމަށްޓަކައި ބަޔަކު މަސައްކަތްކުރަންޖެހޭ!! ހަމަ ޙަގީގަތުގައިވެސް އިމްރާނު މިގެންގުޅޭ ޕާޓީ ވުޖޫދުން ފުހެލަންޖެހޭ!! އެކަން ކުރެވޭނީ އެޕާޓީއަށް އާލީޑަރ ޝިޕެއް ހޮވައިގެން!! މީނާ މީ އަމިއްލަ އެދުން ބޮޑު ދީނީ ތާކިހަލުގެ ނިވަލުގައި ހުރެގެން މީހުން ވާވައްދާފައިވާ މީހެއް!!
އަދާލަތު ނޯވެދާނެ އެކަމް ކަލޭ އިމްރާން ހުންނަން ޖެހޭނީ ހަމަ ތި ކޯލިޝަންގަ. ތިހުރީ އަންނި މަޅީގަ ޖެހި ނިގޫތާށި ވެފަ ލޮލް.
އެހެންނަމަ މިހާރުވެސް ތިކޯލީޝަންގަ ނުއޮތީސް...ދީނާއި އި ގައުމުގެ ގައްދާރުން.
މަނިކުފާނުވެސް ޕާޓީގެ އާއްމު މެންބަރުންގެ ބޮލަށް ޗިޕް ޖައްސަވާއިގެން އިންތިހާބު ކާމިޔާބު ކުރެއް ވުމުމުގެ އުކުޅު އެމް ޑީ ޕީން ދަސްފުޅުކުރެއް ވީތާ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ކަލޭމެނައްވުރެ އަންނިމެންވެސް ރަނގަޅު އެއީ އެމީހުނަނަކީ ކޮންބައެއްކަން ކޮންފިކުރެއްކަން ފާޅުގަ އެނގޭ ވިއްޔާ. މުނާފިގުންގެ ސިފަތަކާ މެދު އެންމެންވެސް ވިސްނާލަމާތޯ...
ޢިމުރާނު އެދައްކާވާހަކަތައް ގަބޫލުނުކުރޭ ނުހޮވާތި ހުސްދޮގުއެހަދަނީ
ހޮވާނެ.ހޮވޭނެ، ސަބަބަކީ މިޤައުމުގަ ދީނީ ވެގެން ތި އުޅޭ ގިނަ މީހުންނަކީ ފައިސާ އަށް ބޫތު ކައިފަ ތިބޭ ބަޔެއް.އިމްރާން ކެމްޕޭނަށް ހަރަދު ކުރާނީ އިންޑިޔާ އިން ، އިސީ ސަރީފް އެހުރީ ތައްޔާރަށް ކައުންސިލް އިންތިހާބުގަ މަކަރާ ހީލަތް ހަދާލަން ރާވާފއި ހުރި ކަންތައް ޓެސްޓް ކޮށްލާނެ ފުރުސަތެއް ނުލިބިފަ. ދެން އަޅެ ކިޔާބަލަ އިމްނާނު ނުހޮވޭނެ އެއްވެސް ފޯމިއުލާއެއް؟ ހަޤީޤީ ސައްޙަ ވޯޓަކުން ލާހިކެއްނޫން ހޮވޭކަށް.
ދިވެހިރާއްޖޭގެ ތާރީޙްގައިވެސް ދުވަހަކުވެސް ސަރުކާރަކުން ދީނަށް ގޮންނުޖަހާވަރަށް މިސަރުކާރުން ދީނަށް ގޮން ޖަހައިފި. މިކަންކުރަނީ ތިޔަ ވިދާޅުވާ ކޯލިސްންގެ އެހީގައި ހުދު މަނިކުފާނު ވެސް ތިޔަވަނީ އެކަމުގައި ބައިވެެރިވެފައި. މިކޯލޮސަނުން ދަނީ ރައްޔިތުން އިސްލާމް ދީނަށް ދުރަށް ޖައްސަމުން އަދި ދީން ޤަބޫލުނުކުރާމީހުން ނަށް ބާރުތަށްދެނުން އަނެއްކާވެސް މަޤާމެއް ބޭނުންވީމާ ހަތިޔާރަކަށް ތިޔަނެގީ އިސްލާމްދީން ކޮބާތޯ މަނިކުފާނުންގެ ލަދުހަޔާތް މިފަހަރު ތިކަމެއްނުވާނެ އަދާލަތު ޕާޓީންވެސް ބޭރުކުރާނަށް އަދި މިނިސްޓަރ ކަމުންވެސް އެއްލާލާނަން އިންސާ ﷲ
ކޮންކަހަލަ އަދާލަތެއްގެ ވާހަކަބާ މިދައްކަނީ؟ އަސަލު މިހެން މިބުނީ ސަދޫމް އިން ހިންގި އަދާލަތުގެ މަތިން ހަނދާންވާވަރުން..
މިހާރު މިއޮތީ ފޫކޮޅަށް ވެކްސިން ޖަހާ ކޮސް ކޯލިޝަނެއްދޯ
ދުނިޔޭގެ ވަގުތީ އުފަލަކަށް ތިމާގެ ދީން ވިއްކާލި މީހަކަށް ވުރެ މޮޔައެއް އެބަހުރިތަ؟މި ސަރުކާރު އިސްލާމް ދީން ދެކެވާ ލޯއްބެއްގެ ބޮޑުކަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރަނީ.. އިސްލާމް ދީނުގެ ޝިޔާރުތަކަށް ގޮންޖަހަނީ.. މިރާއްޖޭގައި ތަފާތު އެކި ދީންތަކަށް ޖާގަ ދެނީ... ލަދީނީ ޕާޓީގެ ޗެއަރޕަސަން ހަސަން ލަތީފު އިހަށް ދުވަހު މާލޭގައި ދެ ޖިންސުގެ ޒުވާނުން އެއްތަންވެ މުނިފޫހިފިލުވުމަށް މިއުޒިކް ކުޅެ މަޖާކުރާނެ ތަނެއް( ނާސިގެ) އަޅަން ގޮވަނީ. ސަރުކާރުގެ އެކި ފެންވަރުގެ ސިޔާސީ ވެރީން މެެރީކުރިސްމަސް ތަހުނިޔާ ފޮނުވަނީ ވެސް އިސްލާމް ދީން ދެކެ ވަ ލޯބީންތޯ ސޭކު އިމުރަނު.
"މާތްރަސްކަލާނގެ ގަންދީ ބުނަން....... މުޙައްމަދު ނަޝީދާއި އޭނާއަށް މަދަދުދޭ މީހުންނަކީ އިސްލާމްދީނުގެ އަދުއްވުން"........ ކަލޯ ..... މީ 12 ޑިސެމްބަރ 2012 ގައި ކަލޯ ބުނި އެއްޗެއްތަ؟ ދެން އިސްލާމްދީނަށް މަލާމާތްކުރާ މީހުންގެ އެއްއަތުގައި ހިފައިގެންހުރެ ކޯންޗެކޭ ކިޔާކައްތަ؟
މިސްކިތުގައި އޮރިޔާމުން ދުވި މީހާ މޮޔައަކަށް ހަދާފައި ދޫކޮށްލީ ކަލޭ ނޫންތަ. ކުރީ ހަފަްތާގައި އިންޑިޔާމީހަކު މިސްކިތުގައި މުސްކުޅިއަކަށް ހަމަލާ ދިނީ މިގޮތަށް ކިތައް ކަންތައް ހަަމަ ދޫކޮށްލަނީ މީ ރާވައިގެން އިންޑިޔާ އިސްރޯ ރޯ އެޖެންޓުން ހިންގާ ކަންކަން ކަލޭ ތިޔަ މިނިސްޓްރީގައި ތިޔަ ހުންނަނީ ސްޓޭޓް މިނިސްޓަރ ޗާނދަނީ ސުޖާގެ ދަށުން ސުޖާ މުޅިތަން އަގަޑަ ބަގަޑަ ކޮށްފި ރާއްޖޭގައ ތާޜީޚްގައި ދުވަހަކު ވެސް މީހަކު މިސްކިތެއްގައި އޮރިޔާމުން ދުވިތަ އަދި އެންމެ ބޮޑު މިސްކިތުގައި ލަދުގަންނަ ވަރުގެ ކަންކަން
މިހާރު ތިޔަ ހުންނެވުނީ އެކޯލިޝަންގައި އެތާ ހުރެވޭ އިރުވެސް ނޭނގޭ
ޔާމިން ސަރުކާޜުން ދުވަހަކު ވެސް އިސްލާމް ދީނަށް ގޮންޖަހަަން ފުރުސަތު ދިންތަ ކަލެއަށް ވަޒީރުކަން ނުދީގެން އެސަރުކާރާ ވެސް ދެކޮޅުވީ
" ނިކަމެތިކަން އަދި އިސްލާމް ދީނަށް ގޮންޖެހުންތައް ކުރިމަތި ކުރުވާނަމަ އެ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެއެވެ. " ކިތަށް ގޮންޖަހައިފިތޯ؟ އެމް ޑީ އެން ކުރީ ކޮންކަމެއް؟ އުތެމަ؟
މަށަށް މިނިސްޓަރުކަމުގައި ހުރެވެންޏާ އެ ނިމުނީ އެހެންނުންތޯ؟
ތިހެންބުނީ މިހާރު އިސްލާމްދީން ހިމާޔަތް ކުރާ ކޮލިސަން ސަރުކާރެއްތަ؟އެމްޑީއެން އުފައްދައިގެން އެ ޖަމްއިއްޔާއިން އިސްލާމްދީނާއިދެކޮޅު ބަޔާންނެރޭ އިރު އިމްރާން އަނގައިން ބުނެލަން ނުކެރި މަގާމުގެ ދަހިވެތިކަމުގަ ހުރީމަ އަދާލަތުގެ ރައީސް ކަމުގެ މަގާމަށް ރަނގަޅު މީހަކައްވޭބާ؟
ކޯލިސަންގަ އަދާލަތު އޮތުމާނެތުން އެއީ އަހަރުމެނައް މާމުހިއްމެއްނޫން.. އެކަމު ދީނުގަ ލެއްވެ ހުރިހާ ނުބައިކަންކަން ކޮއްފަހުރި މީހަކު ލަދުހަޔާތް ނެތި އަލުން ޕާޓީ ހައްގުގަޔޭ ކިޔައިގެން ނުކުތީމަ ޕާޓީއައްވެސް ހުތުރު. އަންހެނުން ފޭރިފަ އަދި އެހެން ބަޔަކު ހަމައެމަގުން ކަންކުރީމަ އެކަންކުރިމީހުންގެ ހިމާޔަތުގަ ނުކުމެ ހެއްދެވިހާ ދޮގެއް ހަދާފަ ހުރިމީހަކައް ޕާޓީގެ މެންބަރުން ވޯޓުދޭނީ މުނާފިގުކަމައް ތާއީދުކުރާތީ.
މިކަލޭގެ ބޯގޯސްވީތަ.
މިއީ ދޮގުވެރިއެއް.
އެހެންވީމާ މިހާރު ތީ އަދާލަތެއްނޫންދޯ؟
މިހާރު ތިޔައުޅެނީ އީދު ބޮލަށް ގޮން ޖަހާ ކޯލީސަނެއްގާތަ؟
ދީނަށް ފުރަސްދާރަ ނުކުރާތީޓޯ އެމްޑީއެން ގެ ބޮޑުންނަށް ފުލުހާއި ކޯޓުތަކަށް ތިޔަ ބުނާ އިބޫ ލާއެިރު ތިޔަ ހުރީ އެ ކޯލިޟަނުގައެއްނުންތަ؟ކާކަށް އޮޅުވާލަން އުޅެނީ.ގަޖާ އެހުރީ ރަނގަޅަށް މިކަލޭގެ ދަލުގަ ޖައްސާފަ
ސިޔާސީ ދޮގުބޮނޑި، ނަޝީދު ކަލޭމެން އެންމެން ވާވައްދާފައިތިތިބީ! އަދާލަތަކަށް އިމްރާްން މުހިއްމެއްނޫން! ދެން ޓާޓާ ކިޔާލާފަ ތިތާ ނަގޫތާށިވެފައި އިނދޭ! އިމްރާނު ކިތައްދޮގު ހަދާފިންތޯ ރައްޔިތަކާ ސުވާކޮށްލަބަލަ؟ ކޮބާ ޔާމީން ބޮލަށްކެނޑި ދޮގުތަައް؟ ކޮބާ ކެނެރީގޭ ނަޝީދޭ ކިޔައިގެން ރައްޔިތުންގެ ރުހުން ހޯއްދަވާ އެންމެފަހުން ނަޝީދުކަލޭ އޭނަގެ މުށުތެރެއަށްއެލީ! ހަހަހަހަހަހަހަ. ޔާމީންކަލޭމެން ބޭނުމެއްނުކުރާނެ! އަދާލަތު އުވާލަން ފުރަތަމަ އަންނި ޖެހި ދަންތުރައިން ސަލާމަތްވަން ވޯޓް އަދާލަތަށް 10000މީހުން ހަމަކުރަން އަހަރެންވެސް ވޯޓްދިނިން! އެކަމަކު އިމްރާން ހުރިއްޔާ އަހަރެމެން ހަަމަ ސޮރީއޭ ބުނާނީ!
މީނާޔަކައް ނޭގޭނެ މީނާ ކިޔާނުކިޔާ އެއްޗެއްވެސް ތީނާގެ ގާގަ އެބަހުރި މުނާފިގުންގެ ސިފަ
އިމްރާން ކަލޭތީ ހާދަ ހަޔާތް ކުޑަ މީހެކޭ. ދީނަށް ގޮންޖަހާނީ ދެން ކިހާ ވަރަކަށްބާ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ދީނަށް ގޮން ޖެހުމެއް ނޫންބާ . މިހާރު އެއުޅެނީ މަޖާކުރާ އިމާރާތެއް އަޅަން ލަވަކިޔާ ނެށުމާ ޖުވާކުޅުމާ .ޤާރޫނަކަށްވުރެ ދެރައެއް ނޫން ދޮއްތަ . އެއީވެސް އިސްލާމް ދީން ކުރިއަރުވަން ކުރާ ކަންތައް ދޮއްތަ.