އއ. އުކުޅަހުގައި އެއް ގެއެއްގައި ކަރަންޓީން ވެގެން ތިބި ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފައްސިވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އެ ގޭގައި ޖުމްލަ ހަތް މީހަކު ކަރަންޓީންގައި ތިއްބެވެ. މިއީ އެއް އާއިލާއެއްގެ ބައެކެވެ. މީގެ ތެރެއިން ފަސް މީހަކު އައިސްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން އައި އެކަކު ފިޔަވާ އެންމެން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެ މީހުންނާއެކު މާލެ އައި ދެ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވަނީ އެރަށުން ހަ މީހަކު ކޮވިޑް-19 އަށް ފައްސިކަން "ވަގުތު"އަށް ކަށަަވަރުކޮށްދެއްވާފައެވެ.

ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، ކުޑަކުއްޖަކާއި، އެ ކުއްޖާގެ މަންމަ އާއި މަންމައާއި އެއް ބަނޑު މީހަކާއި، މާމަ އާއި އަދި މާމައަށް ބޮޑުދައިތަ ކިޔާ އަންހެނަކާއި އޭނާގެ ފިރިމީހާ އެވެ.

މި މީހުން ފައްސިކަން އެނގުނީ ކަރަންޓީން ނިންމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.

މިހާރު އެރަށުގައި ކޮވިޑް-19 ޖެހިފައި ތިބި ހަތް މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ ފަތުރުވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    އުކުޅަހުގައި ކަރަންޓީންގަ ތިއްބަސް އެ ގެއަށްވަދެނުކުމެ ހެދުން އާމުވެފައި އޮއްނަނީ ބިރުވެރިކަމެއް ނެތް ވަރައް ސިމްޕަލް

  2. ޛުލްގަރުނައިން

    މުޅިއުކުޅަހު އެންމެން ޓެސްޓުކުރޭ. ޥަރަށް ރައްކާތެރި ނޫންކޮށް.އުޅެނީ. މިހާރު މުޅިރަށަށް ފެތުރިދާނެ.