ނިރުބަވެރި އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ އަހަރު ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަމީރުކަމުގެ މަގާމަށް އައްޔަންކޮށް އެކަމުގެ ލިޔުން ވެސް ދީފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

އައިއެސް އިން އަމީރެއްގެ ގޮތުގައި ބަލާ މީހަކީ ތިމަރަފުށީ އަސްރަފީވިލާ، އަބްދުﷲ ޝަރީފް، 34، އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އަބްދުﷲ ޝަރީފަކީ އައިއެސް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އައްޔަން ކުރި މީހެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރި މީހަކު އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގައި ހަރަކާތްތެރިވަމުންދާ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރައިޒްކުރުމުގެ އެކި ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ. އަދި އެކި ފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވައި ރާއްޖޭގައި ލިބެން ހުރި ގަސްކާނާ އިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެކަން ކަން ކުރީ ސީދާ ކާކު ކަމެއް ފުލުހުންގެ ބަޔާނުން އެނގޭކަށް ނެތެވެ.

ނަމަވެސް ބެލެވޭ ގޮތުގައި، މިފަދަ ކަންކަން ކުރީ އައިއެސްއިން އަމީރެއްގެ ގޮތުގައި ބަލަމުން އަންނަ ޝަރީފެވެ.

ރާއްޖޭގައި ދޭން އުޅުނު ނިރުބަވެރި ހަމަލާތަކާ ގުޅިގެން "ނަސާހް-3" ދޯންޏާއި ތިމަރަފުށިން ދެ ތަނެއް ބަލައި ފާސް ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ފޯނުން، އަމީރެއްގެ ގޮތުގައި ޝަރީފް އައްޔަން ކުރި ކަމުގެ ލިޔުން ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ދޯނި ބަލައި ފާސް ކުރި އިރު، އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް ދޯނިން ފެނިފައިވާ ކަމަށެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދު އަޑި ބަލައި ފާސް ކުރިއިރު 10 މީޓަރު އަޑިން ބަޑި ބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން މި މައްސަލައާ ގުޅިގެން ބަލައި ފާސް ކުރި ގެއަކުން އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަމީރުގެ ގޮތުގައި އެންމެ އިސްކޮށް އުޅުނު މީހާގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ، އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ، މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ، އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ، ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ، އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް އަދި އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސްއެވެ.

އަމީރު ކަމަށް އައްޔަންކޮށްފައިވާ މީހާ އަށް، އޭނާގެ ފިކުރަށް ތަބާވާ މީހުން ވަރަށް ބޮޑަށް އިހުތިރާމުކޮށް ކިޔަަމަންވާނެއެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުތަކުން އެ ފަރާތްތައް މަސައްކަތް ކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. މިގޮތުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ފާހަގަކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކިއެކި ހަރަކާތް ހިންގުމަށް ޓީމުތަކެއް ކަނޑައަޅައި އެކުލަވާލާފައިވާ ކަން ފާހަގަކުރެވިފައިވެއެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ ހަރުކަށި ފިކުރަށް ލެންބުމަށް ތިމަރަފުށީގައި ގިނަ ކަންކަން މި މީހުން ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ދަތި ހާލުގައި އުޅޭ މީހުންނަށާއި ކުށް ކުރާ މީހުންގެ ތެރެއިން ފައިސާ އަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާންމު އުސޫލުން ކުރުމަށް ބާރު އަޅައި ވާއްކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރި ކުރުވާ ކަން ފާހަގަކުރެވުނު ކަމަށް ބަޔާނުގައިއެވެ.

ހާއްސަކޮށް ނަމާދު ކުރުމުގެ މުހިންމު ކަމާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަން ބާރު އަޅާކަން ފުލުހުން ފާހަގަކުރިއެވެ. އަދި ދީނީ ގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި ހަރުކަށި ފިކުރާ ގުޅުން ހުރި ޕްރިންޓްކޮށްފައިވާ އެކިއެކި ފޮތްތައް ކިޔުމަށް ބާރު އަޅައި ހަރުކަށި މީހުން ކުރިއަށް ގެންދާ ކްލާސްތަކާއި ދީނީ ދަރުސްތަކުގައި ބައިވެރިވުމަށް ބާރު އަޅާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން މައިންބަފައިންނަކީ އިސްލާމް ދީން ބަލައިގަންނަ ބައެއް ނޫން ކަމަށް ބުނެ އެ ކަން ވިސްނައި ދީ އެމީހުންނާ ދުރުވުމަށް ބާރު އެޅުމާއި ފައިސާ ނުވަތަ ތަކެތި ދީގެން އެމީހުން ހައްލާލަން ހަރުކަށި ފިކުރު މީހުން މަސައްކަތް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދު ކުރުން ކަމަށް ދައްކުވައިދީގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް އެމީހުންނަށް ބާރު އަޅާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ތިމަރަފުށީގައި އުޅޭ ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން އެ ރަށުގައި އުޅޭ 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެ ކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރައްޔިތުން

    އައި އެސް އިން މި ސަރަހައްދަށް ކަނޑައަޅާފައިވާ އަމީރު އަބްދުﷲ ޝަރީފް، ތިކަހަކަ މޮޔަ ކަންކަމުގެ ތެރެއަށް ވެދެ މީހާ މުޅިން ހަވާކުވެ ތިޔަ ދަނީ

    56
    5
    • ބޯހަލާކު

      ﷲއަށް އުރެދުން މިދުނިޔެ މަތީކުރެވޭ
      އެއް މެބޮޑު ފާފަ އެ މްޑީއެން، އެތެ މާ ޖަ މިއްޔާތަކުގެ މުރުތައްދުވީއެކަކައްވެސް އަދަބުނުދީ މިމ މީހުންގެވާހަކަދެއްކު މުން ޖޯކް...ލާދީނީބައިގަނޑެއް..

      9
      7
      • ޜަޟީ

        ހީނުވޭ ތި ބުނާ ޖަމާއަތުން މީހުން މަރަން ގޮވި ކަމަށް

        3
        3
        • ޑެމޯ

          ނޫނޭ ރަސީއަށް އަދި ނޭންގެނީ. އެޖަމާއަތަށްވެސް ބާރުވެރިކަން ލިބުނީމާ މަރާނެ. ބޭރުދުނިޔެއިން ފެންނަނީ އެމަންޒަރު. އޮޅުވާލަން ނޫޅޭ. އެމީހުންގެ ފިކުރާ ހިލާފު ފިކުރުތައް "ޓޮލަރޭޓެއް" ނުކުރާނެ. އެމީހުންގެ ފިކުރުގެ ދިފާއުގަ މަރަންވެސް ހަމަ ތައްޔާރަށް ތިބޭނީ. ނޭންގޭ ކަމަށް ނުހަދާ.

  2. ނޫން

    މިފަދަ ކަންކަމުގައި ފުލުންނަ އިތުބާރު ކުރެވޭކައް ނެތް

    40
    19
  3. ޣޙޣޑޭޢޭ

    މިލާދީނީ ސަރުކާރުން މުސްލިނުންނާ ބެހޭގޮތުން ދައްކާ އެށްވެސް ވާހަކައެށް ގަބޫލްކުރާނީ ހުސްމޮޔައިން

    30
    37
  4. Anonymous

    ސަރުކާރަށް ޑޮލަރު ބޮޑި ބޮޑިއަށް ފަންޑުތައް ލިބޭނެ މިކަހަލަ ހަބަރުތަަކުން. މި ސަރުކާރުން މޮޑެން ވެސްޓެން ސެކިއުލަރ ސިސްޓަމެއް ގާއިމުް ކުރަން އިސްލާމް ދީން ނައްތާލައި މިނިވަން ފިކުރު ފަތުރަން ކުރާ މަސައްކަތެއް.

    43
    16
    • ބުރިގޭ

      އިއްޔެ ކިނބޫ ބުނި ޓެރަރިޒަމޭ ކީމަ ވ ގިނަ ޑޮލަރު ބޮޑިވަރު ލިބޭ ދިރުވާލަން ފެން ކޮޅަވާވެސް ނުލާ

      35
      6
  5. ސަންފައްތަ

    އައިއެސްގެ ބާރުގެ ދަށަށް މިޤައުމު ދާ ދުވަހަކުން މިގައުމުގެ ވެރިޔަކަށްވާނީ މިސޮރުތާ. އަމީރު ޢަބްދުﷲ އަކީ ގަދަގޮލައެއް. ކަލޯ އަމީރަކަށްވީއިރު މަށަށް ވަޒީރުކަން ދެއްޗޭ.

    8
    20
  6. މަހިބަދޫ މީހާ

    ޢެއްގޮތަކަސްވެސް އައިއެސް ރަގަޅު ކުރަނީއްނޫން ޕޮލިހުންނާ މިއުޅޭ މަރުމޯލު ޖަމީޔާ ތަކުން އަބަދުވެސް ކިޔާ މީގެތެރޭ އުޅެނީ ނުކިޔަވާ މީހުނޭ ނުކިޔަވާ މީހުން ކިހިނެއް ޕޮޓޭސިއަމް ނައިޓްރޭޓް އާ ސަލްފާރ އާ ޗާރކޯލް ވަކިކޮށް ހަދަން އެގެނީ މީގެތެރޭ ގިނައީ ސްކޫލްތަކުން ކިޔަބައިގެން ތިބި މީހުން މީގެ މޮޅުތަންކޮޅަކީ މިމީހުނަކަށް ނޭންގެ އަލްގައިދާ އައިއެސް ތަލިބާން މީ ވަކި ފިކުރު ތަކެއް ކަމް ވެސް ދީނަށް ލޯބިކުރާ އެންމެން އައިއެސް މީހުނަށް ހަދަނީ. ހުޅަގުގެ ލޯބިހޯދަން ވެގެން.

    15
    15
    • އަލި ރަސްގެފާނު

      އިލްމް އެނގުމަކީ އިސްލާމްދީން އެނގުން، ދެން ހުރި ކަންކަމަކީ އެކި އެކި ފަންނުތަށް، އެހެންކަމުން ސައިންސް ކިޔަވާފައިހުރިމީހަކަށް ދީނުގެ ފުރިހަމަ އިލްމު ނޭގޭކަމަށް ވާނަމަ ދީނީގޮތުން މަގުއޮޅުވާލުމަކީ ވަރަށް ފަސޭހަކަމެއް، އަލްބާޓް އައިންސްޓަން މެންނަކީ އެމީހުން ދަސްކުރި ފަންނުގައި ކުރިއަރައި ދިޔަމީހުން ނަމަވެސް ދީނީ އިލްމު ނެތުމުން އެމީހުނަށް އާޙިރަތްވަނީ ގެއްލިފައި. އެހެންވެ މަޖާޒީގޮތުން ބުނާއެއްޗެއް "އެއީ ނުކިޔަވާ މީހުންނޭ"

  7. ދީނީ ގާއިސް ފްރޭމް

    ދީނާ ބެހެން ލާދީނީ ބައިގަނޑުގެ ބޮޑު ރޭވުމެކޭ މަމެން ނުބުނާނަމެވެ. ހަރުކަށި ހަކުރު ކުދިން ލައްވާ ޑުރާމާ ފެށީއޭ ވެސް މަމެން ނުބުނާނަމެވެ.
    އިންޑިއާ ޕްރޮޑިއުސް ކުރާ ޑުރާމާ އެކޭވެސް.

    18
    18
  8. ޢިބްރަތް

    ކޮބާ ފެބުރުއަރީ8 ގެ ނިރުބަވެރިން ކޮބަަ ޕާކުގަ ގޮއްވާލި ނިރުބަވެރިން ކޮބާ މުލީއާގެ ފުރަގަހުގަ ގޮއްވަން އުޅުނުކަމަށްބުނާ ނިރުބަވެރިން ކޮބާ ހިމަންދޫގެ ހާދިސާގެ ނިރުބަވެރިން ކޮބާ ދަރުމަވަންތަ މިސްކިތުގަ ޖަމާޢަތްހެދި ނިރުބަވެރިން ކޮބާ އިބްރާހިމް މިސްކިތްދޮށުގަ ޑރ. އަފްރާޝީމް ގައިކޮޅަށްއެރި ނިރުބަވެރިން މިވާހަކަތައްވެސް ވައްޑެ ދައްކާނަމަ ރަނގަޅު ދޯ

    18
    1
  9. ނަސް

    މިގައުމުގަ 80 ގަ އަދި 90ގެ އޮތް ރީތި މަޑުމައިތިރި ދީން ހަަލާކުކޮއްލީ ށޭހުންތައް!

    3
    5
    • އެއިޓީސް

      ތިޔައީ އޮޅުމެއް. މިބައިގަނޑު ފާޅުވީ ލާދީނީ ބައިގަނޑާ ހެދީ. އެމީހުން ނުކުތީ ތިޔަބުނާހެން 90ގެ އަހަރުތަކުގަ ސިޔާސީ މައިދާނުން. އޭގެތެ ރެއިން ހުރިހާ ނުބައެއް ނުކުތީ.

  10. ސަމްކުޅިބޭ

    އައިއެސް ޖަމާއަތުން މިސޮރަށް މިދިނީ މިރާއްޖޭގެ ޖަލުގެ އަމީރުކަން.

    7
    1
  11. އާސިދާ

    ތިޔަހެންވީމމމ މައޭ މައު މޫނު ހުރިހާ ކޭކުން ސައިޒްކޮއްގެން ގެންގުޅުނީ އެކަން ހަލާކު ކުރީ ކޮން ބައެއްބާ ..ޑިމޮކްރަސީ އޭކިޔައިފަ އެބަޔަކުނުކުތީ..ހީވޭ

    1
    2
  12. ޖޯކު

    އައިސިސްގެ ސަރަހައްދީ އަ މީރުކަ މުގެ ސެޓުފިކެޓާ، އަލްޤައިދާގެ ނިރުބަވެރިކަ މުގެ އަސާސީ ކޯސްގަ ބައިވެރިވު މިގެ ސަނަދާ، ބަގުދާދީގެ ހަނދާނީފިލާވެސް ބަހާތަ ؟ ހެހެހެ