އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން ހިންގާ އޮފީސް ދޮރު ކުރިމަތީ މިރޭ މުޒާހަރާ ކުރަމުން ދަނިކޮށް ޝިޔާމް ހައްޔަރު ކޮށްފައިވާއިރު، މިއަދު މެންދުރުފަހު އިދިކޮޅު ފަރާތްތަކުން ހެލްތު މިނިސްޓްރީ ކައިރީ ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ހައްޔަރުކޮށްފައިވެއެވެ.

މައުުލޫމާތު ލިބޭ ގޮތުގައި އަދުރޭއާއި ޝުޖާއު ދޫނިދޫއަށް ގެންދިއުމަށް ވެސް މިހާރު މަސައްކަތް ފަށާފައިވެއެވެ. މީގެ ކުރިން އިދިކޮޅުން މި ގޮތަށް ހިންގާ ހަރަކާތްތަކުގައި ލީޑާޝިޕްއާއި އާންމު މެންބަރުން ހައްޔަރު ކުރުމަށް ފަހު، އިރުތަކެއް ފަހުން ދޫކޮށްލައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރުމާ އެކު، "ސީދާ ހަރާކާތް" އަށް ނުކުންނަން އެ ކޯލިޝަންގެ ދެ ޕާޓީގެ ލީޑާޝިޕް ހިމެނޭ ކައުންސިލުން ގަރާރެއް މިދިޔަ ހޮނިހިރު ދުވަހު ފާސްކުރިއެވެ. އެ ގަރާރު ފާސް ކުރުމަށް ފަހު ކޮންމެ ދުވަހަކާއި ރޭގަނޑު ގޮތަކަށް އިދިކޮޅު ސަޕޯޓަރުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

މި ގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސް ކުރުމަށާއި އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރުމަށާއި އެ ކޮމިޝަންގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ފިނިފެންމާ

  އެބޭފުޅާ ހައްޔަރުކުރީ އިޝާނަމާދުގެ ސަޖިދާގަަ އޮށްވަތޯ؟

  10
  56
 2. އުތުރުން

  އިދިކޮޅު ކޯލިޝަނުން އެގޮވާލަނީ ކޮންމެހެންވެސް ކުރ ރަން
  ޖެހޭކަން ކަމުގެ ވާހަކައެވެ އެމީހުން ހައްޔަ ރުކޮށް އަނދަގޮނޑި ޖެހުމަކުން އެކަންކަން ކު ރީކަމަކަށް ނުވާނެއެވެ.

  56
  9
  • މަގޭ

   މި ހަމަ ކޮވިޱު ފަތުރަން އުޅޭ ބަޔެއް

   3
   20
  • ލޫކަސް އެކޮޅުކޮޅު

   އިބުރާޙިމު ގެ ވިސްނުމަކީ ރައްޔިތުން ގުބޯ ހެއްދުން އެއްވެސް ގެރެންޓި އެއް ނެތް ވަކުސިން އެއް ހޯދައިގެން ހިތުން ރައްޔިތުން ރުހޭނެ ކަމަށް. ތިގޮތައް މަކަރާ ހީލަތުން އުޅެވިދާނެ . ހިތުން މާގިނަ ސެލުފީ ތަކެއް އިބުރާހިމް އާ އެކު ނެގީ މާ މޮޅު ތަކެއް ލިބޭނެ ކަމައް ފެންވަރު އިގުނީ ޕެންޑަމިކު އައީމަ

   6
   2
 3. ކޮރަލް

  މ ރައީސް ގެ ނުލަފާ ކަން މުޅި ދުނިޔެ އަށް ދައްކާލަން އެބަ ޖެހެ އެވެ .

  52
  7
 4. Anonymous

  ކޮބާތޯ ހުރިހާ ހެޔޮކަމަކައިގެން ވެރިކަމަށް އައިސް ކުރި ވަޢްދުތައް.
  މިސަރުކާރުން މީހުން ހައްޔަރެއްވާ ނުކުރާނެ.
  އެއީ ރައީސް ޔާމީން ކުރާކަމެއް

  23
  1
 5. އދ.

  މިހާރު އަނިޔާއަކަށް ނުވޭތޯ ހިފާ ހައްޔަރުކުރީމާ ކުރިން އަނިޔާ އޭގޮވި މީހުނަް ކޮބާތޯ

  27
 6. ދޫނި

  ދެން ދޫނުކުރައްޗޭ

  5
  18
 7. ޖާބިރު

  އިދިކޮޅުން ޑިމާންޑްކުރަނީ ދެއުޅިއެއްނުވާ ކަންކަން.
  އެއްކަމަކީ ބޮޑު ރަތްލާ ޖެހި ވަގެއް މިނިވަން ކުރަން.
  ދެވަނަ ކަމަކީ ޑަބްލިޔު އެޗް އޯ އިން ސައްޙަކަން ކަށަވަރު ކުރަމުންދާ ވެކްސިން އެއްގެ ސައްޙަކަން ޔަގީންކުރުން. ކުރަމުންދާ މަސައްކަތެއް ކުރަން ގޮވާލާ މުޒާހަރާކުރާ ބައެއް ދުނިޔޭގެ އެހެންތާކުން މިނޫނިއްޔާ ނުދެކެން. ވެކްސިން ސައްޙަކަމާއި މެދު ޑަބްލިޔު.އެޗް.އޯ އިން ބަހެއް ފޮނުވުމުން ނޫނީ ވެކްސިން އެއް ނުޖަހާނެ. ޖަހަން ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުންދަނީ. ހޭބަލި ވެބަލަ ޕޕއމ ޕއނސ ކުދިން. ބަލާވެރިކަމެއް ހުވާ. މިބައިގަނޑަކާއި ހެދި ކޮވިޑުން ސަލާމަތްވެސް ނުވެގެން މިތެޅެން ޖެހެނީ!

  1
  3
 8. ބަރުގޮނު

  މީޑިއާ ތަކުން " ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމު ހައްޔަރު ކޮށްފި." ސުރުޚީއެއްގެ ގޮތުގައި ކިޔާލީމާ ނޫނީ ލިޔެލީމާ ، އަޑު އަރައްޖެ ، ކިޔާލެވިއްޖެ، އެންމެންނަށް އެގި މަޝްހޫރު ވެއްޖެ. ޝިޔާމު ބޭނުމީ މަޝްހޫރުވާން. އަބަދުވެސް ބަލާނީ ހިތުން ނިކަން ބޮޑު ވާހަކައެއް ދައްކާލާަގެން މަޝްހޫރުވާން.