ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ނުދީ އެންމެ ދިވެހި ރައްޔިތަކު ހުރެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވީ އެމްޑީޕީއިން ތައްޔާރުވެ ހުރީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވާދަވެރިން "ބޮޑު ބައްޔަކުން ބަލި ކުރަން" ކަމަށެވެ.
އެންމެ ފަހުން ރާއްޖޭގައި ބޭއްވި ތިން އިންތިޚާބުގައި އެމްޑީޕީއިން ބޮޑު ކާމިޔާބެއް ހޯދާފައިވެއެވެ. އެގޮތުން 2017 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް އެމްޑީޕީއިން ކާމިޔާބުކުރިއިރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު އޭރުގެ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިކޮށް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ. އަދި 2019 ގައި ބޭއްވި މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް ރެކޯޑެއް ވެސް ގާއިމް ކުރިއެވެ. އެއީ މަޖިލިސް އިންތިހާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރުމުގެ ރެކޯޑެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ވެސް އެ މަންޒަރު ތަކުރާރު ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު 27 ރަށުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް އެ ތަންތަނުގެ ކައުންސިލް މެޖޯރިޓީ އެމްޑީޕީއިން ހޯދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލޭގެ ގޮނޑިތައް، އައްޑޫގެ ގޮނޑިތައް، ކުޅުދުއްފުށީގެ ގޮނޑިތައް، ފުވައްމުލަކުގެ ގޮނޑިތައް، ތިނަދޫގެ ގޮނޑިތައް، ނައިފަރު، ހިންނަވަރުގެ ގޮނޑިތައް، ދުވާފަރު ގޮނޑިތައް، މިއިން މީހުން ގިނަ ކަމަށް ބުނާ 27 ރަށެއް އޮވޭ، މިއިން އެންމެ ރަށަކުން ވެސް މެޖޯރިޓީ ނުލިބި ދާނެ ކަމަށް ގަބޫލެއް ނުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއިން ހުށަހަޅާ "ޖަޒީރާ ރާއްޖެ މެނިފެސްޓޯ" ގައި ހިމެނޭ ކަންކަމަކީ ރާއްޖޭގެ ކުދި އާބާދީތަކުން ވެސް ބަލައިގަންނަ މެނިފެސްޓޯއެއް ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން ހިންގާފައިވާ ކަންކަމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ގާތް ވެސް ކުރެވޭނެ ވަރެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވިއެވެ.
"...އެހެންކަމުން މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީ، އެންމެ ދިވެއްސަކު ވެސް ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު ފަސްކުރަން އެމްޑީޕީއިން އެންމެ މަސައްކަތެއް ވެސް ނުކުރާނެ ކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބުތަކާ ކުރިމަތިލާން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި މި އިންތިޚާބަށް ކެމްޕޭން ކުރަން ޖެހޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމާ ގުޅިގެން އަމަލު ކުރަން ޖެހޭ އާ އާންމު ހާލަތުގެ އުސޫލުތަކުގެ ތެރެއިން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ ވާނީ އެ ގޮތަށް ކެމްޕޭން ކުރުމުގެ ވެސް ނަމޫނާއަކަށް ކަމަށެވެ.
ތެދު ފުޅެއް
ހަހާހިހީހަހާ... ޔަގީން ނުދޭނަން
އެންމެންގެ ނަމުގައި ކަލޭ ވޯޓުލިއްޔާ ތިހެންވެދާނެ!
އާނ އެހެން ވާނެއެއނޫން އެމްޑީޕީއަކީ މުއުމިނުންގެ ޕާޓީއެއް! ރައްޔިތުން މަގުފުރައްދަން ދައްކާ ވާހަކައެއް
"...އެހެންކަމުން މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީ، އެންމެ ދިވެއްސަކު ވެސް ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"
ހަމަ ގައިމު މަށެއް ނުދޭނަން
އެހެން މީހުންގެގޮތެއްނޭނގޭ ހަ މަގައި މު
މ މަށެއްނުދޭނަން !!
މަށެއްވެސް ނުދޭނަން އަންނިގެ ބާރު ތިޔަ ޕާރޓީގަ އޮތްހާ ހިނދަ ކު
އަންނި ހުންނަ ފަޅިއަކަށް މަ ދުވަހަކުވެސް ވޯޓުނުދޭނަން.
ނުދޭނަން ވޯޓެއް
ދެން ކަލޭ ހުރެބަލަ ވޯޓުން ވައްކަންކޮއްގެން ބަލިނުވެ
އެން ޑީ ޕީ އަކަށް ބޯޓެއް ނުދޭނަން
ﷲ ގަންދީ ހުވާކޮއްފަ ބުނަން އަހަރެންގެ އާއިލާގެ އެއްވެސް މީހަކު އެމްޑީޕީއަކަށް ވޯޓެއްނުދޭނެ
ނުދޭނަން އިންޝާﷲ
އަހަރެން ކަލޭމެންނަށް ނަފްރަތު ކުރަން އިސްލާމްދީނަށް ފުރައްސާރަ ކުރާތީ އަދި ދީނަށް އުޅޭމީހުންށް މަލާމާތް ކުރާތީ އަދި ދީނުގެ ކަންކަމަކީ އެއްވެސް ކަމަކަށް ނަހަދާތީ
ސުއްބޫހުން. ޝަރީފުބޭމެން ފެމިލީއަކީ ތީވަކި ދީނަށްއުޅޭބައެއްތަ މާ ދީންވެގެން ތިއުޅެނީ.
ހިނގާ ދިމާވެލަން މަމީ އެމްޑީޕީ މީހެއް. މަށަށް ވަރައް އަނިޔާ ލިބުނު މައުމޫނު އަދި ޔާމީން ވެރިކަމުގަ އެހެން ނަމަވެސް މިސަރުކާރުން ވެސް ހަމައެހެން ކަންތައް ކުރަމުންދަނީ އެހެން ވީމާ ނުލިބޭނެ ވޯޓެއް. ކަލޭއަށް ހީވަނީ ކަލޭ އެކަނި ކަމަށް މައުމޫނު އަދި ޔާމީން ޖަލުގަ ތެޅުވީ ކަލޭ ދުނިޔެވެސް ނުދެކޭނެ އަހަރުން ޖަލުގަ ތެޅުވީއިރު. މައުމޫނަށް ވޯޓުނުލަމޭ ބުނީމަ ކޯޓުގަ ދަރިން ގޮވާގެން ހޮވާވެސް ކުރަންޖެހުނު. ސަލާމް އަންނި
މަނުދޭނަން. އެހެންވީމަ އެކަކުވީނުން...
ހަ މަޔަގީނުން ވޯޓްދޭނެބަޔަކު ނެތަސް މަގޭ އާއިލާ
އެކަކުވެސް މޑޕ އަކަށް މިފަހަރަކު ވޯޓެއްނުދޭނެ
ތިޔައީ މިގައު މު ފަނާކުރާ ބަޔެއް
ދެނެއް ހީއެއް ނުވޭ މަގޭ ވޯޓްލިބެނެހެނެއް!
ތިހާއަގަމުޑުދާރުބަސްމަގުބޭނުންކުރާމީހަކަށްމިހާރުއިތުބާރެއްނުކުރަން
މަށެއްވާ ނުދޭނަން
އެމްޑިޕި އަސް ވޯޓް ދޭންޖެހޭ ސަބަބު ބުނެދީބަލަ. ތަރައްގިއަށް ކޮށްދިންކަމެއް ބުނެދީބަލަ.ބަލިމަޑުކަމުގެ ހާލަތުގަ ރައްޔިތުންނަށް ފޯރުކޮށްދިން އެހިގެ މިންވަރު ބުނެދިބަލަ.ބޭރުގައުމުތަކުން އެހީގެ ގޮތުގަ ދިން މަސްކުފަދަ ތަކެތިން ރައްޔިތުންނަށް ކިތައްމާސްކު ދިނިނަތަ؟ ބަނޑުހައިހޫނުގަ ރައްޔިތުން ތަހަންމަލ ްކުރަމުނަދައިރު ކާބޯތަކެތީގެ ކޮންމިނަވަރެއް ރައްޔިތަކަށް ފޯރުކޮށްދިނީ ބުނެދީބަލަ. ސެންޓައިޒަތުފަދަ ތަކެތި ހިލޭ އެހީގެ ގޮތުގާ ލިބުނު އިރު ކިތައްފުޅި ރައްޔިތުންނަށް ދިނީ. ކޮވިޑް މިތަނަށް ގެނެސްފަ. ސަރުކާރުގެ ހަރަދުގަ މިމީހުން އަތް ސާފުކޮށް މާސްކް އަޅާ ކާރުގަ މަގުމަޓީގަ ދުއްވާ ހެދިޔަސް ރައްޔިތުން ތިބީ ވަރަށް ހާލުގަ. ވީއިރު ތިޔަ ބުނާފަދައިން ވޯޓް ދޭންޖެހޭ ސަބަބެއް އޮތްކަމަކަށް ނުދެކެން.
މަގޭ ޢާއިލާގައި ވޯޓު ޙައްގުވާ 14. އެންމެންގެ ވޯޓު ޕީޕީއެމް އަށް. ސާފުތޯ؟
ކަލޭމެނައްވޯޓް ދޭންޖެހޭ އެއްވެސްސަބަބެއް ވިސްނާ ވިސްނާ ނޭގުނު.
ދީނައް ފުރައްސާރަ ކޮށް ވާހަކަ ދައްކާ ފަ އަދި އެކަމަށް ތައުބާ ނުވެ ޕާޓީ އެއްގެ ވެރިއަކު ވެރިކަމުގަ ހުންނަ ޕާޓީ އެއްގެ އެއްވެސް މީހަކަށް މުސްލިމަކަށް ހުރެ ވޯޓް ދޭކަށް ނުޖެހެ އެވެ.
މޮޔަ ސޮރެއް
އެއްކަލަ އިބިލީސް ސުރުހީ އަށް އަރަން ކޮއް މެވެސް އެއްޗެކޭ ކިޔާލަނީ، ބޮޑުތަނުން މިފަހަރު ބަލިވާނެ ވައްކަން ނުކޮއްފިއްޔާ އިންޝާ ﷲ
އެމްޑީޕީއައް އެކަވެސް ވޯޓްދޭންޖެހޭ ކަމަކައްވެސް ވޯޓްދޭނޭ ކަމަކައްވެސް ގަބޫލެއް ނުކުރާނެ އެއްވެސް ދިވެއްސަކު އިންޑިއާ މީހުނައް ވޯޓް ލެވެންޏާ ދީފާނެ!!
މިފަހަރަކީ މ މޑޕ ފީކުދާނަށް ވެއްޓި ވެލިކާނެ ފަހަރެވެ.
އެއްވެސް ސިޓީއަކުން ކާ މިޔާބު ނުކުރެވޭނެއެވެ.
މީނަ ބުނާގޮތަށް ދިވެހި ރައްޔިތުންގެ ވޯޓް މިފަހަރު ނަގާނެހެން ހީވޭ.
ކޮންމެ އިންތިޚާބެއްގައި އޮޅުވާލާ މަކަރުހަދާ އެވަރަށް. ރިޝްވަތުބަހާ. ވޯޓުން ވައްކަންކުރޭ. އެގޮތަށް ކޮންމެ މީހަކުވެސް ނަގާނެ 100%.
މިހިރަ ގަމާރާ މަށާ މަގޭ އާއިލާ އެކަކުވެސް ތިޔަ ލާދީނީ ތިލަފަތަށް ދުވަހަކުވެސް ވޯޓެއްނުދެން ނުވެސް ދޭނަން ، ހިތް ހަރާމް
އޭ ބަލަ މޮޔަފުޅުވީތޯ .އަހަރެން ގަބޫލެއް ނުކުރަން ހެޔޮ ހާލުގައި ހަމަ ބުއްދި ހުރި އެކަކުވެސް އެމްޑީޕީއަށް ވޯޓު ދޭނެ ކަމަކަށް. ބުނެބަލަ ވޯޓު ދޭން ސަބަބަކީ ކޮބާ. ކޮންކަމެއް ކޮންކަހަލަ ހެޔޮ ބަދަލެއް މި ގައުމަށް އައީ. މޮޅު ވާހަކަ ދައްކައިގެން މުޅިންވެސް ހުވަފެން. ދެން ޖަހާނީ މުޅި ރާއްޖޭގައި ހުޅު. މީތަ ވޯޓުދޭން ޖެހޭ ސަބަބަކީ. ހަމަގައިމުވެސް އަހަރެން އަދި އަހަރެންގެ ބަސްއަހާ އެކަކުވެސް ތިޔަބުނާ އެމްޑިޕީ އަކަށް ވޯޓެއް ނުދޭނެ. އެއީ މަދު އަދަދެއް ނޫން.
އެމް ޑީ ޕީ ގެ ތިޔަ ތިލަފަތަކީ އިސްލާމުދީނުގެ އަދުއްވެއް ، ﷲ ގެ ގަދަފަދަ އަޒާބަށް ބިރުވެތިވާ އެއްވެސް މީހަކު ދެން ތިޔަ ތިލަފަތަށް ވޯޓެއް ނުދޭނެ އިސްލާމުދީނަން ފުރައްސާރަކުރާ ނުލަފާ ބައެއް ރީނދޫ ބައިގަނޑަކީ...
އިންޝާﷲ ... މަށެއް ނުދޭނަން
މައުމޫނާ ޔާމީނުގެ އަނިޔާ ލިބުނު އެމްޑީޕީ މީހެއްގެ ހައިސިއްޔަތުން ސީދާ ފަޚުރުވެރި ކަމާއިއެކު މި ބުނަނީ ދެން ތިޔަ ގުނބޯ ނުހެއްދޭނެ. ވޯޓެއް ނުދޭނަށް.. މައުމޫނާ ކޯލީޝަން ހަދައިގެން. ކަލޭ ބޭނުންހާ ގޮތެއް ނުހެދޭނެ.. މާގިނައިން ވައްކަން ކޮށްފި. މި ބުނީ ނުދޭނަމޭ.. ވޯޓް ހަރާން.. ނުލިބޭނެ. ނުދޭނަން. އެންޑީޕީ އާ ދެކޮޅަށް ވޯޓް ދޭނަން.. އަލްހާން ނޫނީ ހޮޅިސޮރަށް
ހެޔޮނުވާނެރައްޔިތުންނޭ ތިއެމްޑީޕީއައްވޯޓު ނުދޭތި ގައުމު ހަލާކުކުރަންނޫނީ
އެމްޑީޕީއަށް ވޯޓް ދޭނެ އެންމެ މީހަކު ވެސް ހުރެދާނެ ކަމަށް ގަބޫލެއް ނުކުރަން. މިހެން ބުނެބަލަ. މާ ތާހިރުވާނެ. ވޯޓު ދެވުނު މޮޔަ މިހާރު ހީވޭ
އެމްޑީ.ޕީ އަށް ރައްޔިތުން ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް އަދި ނުފެނޭ! ރައްޔިތު މީހާ ހުއްޓިލާ ދިމަ ދިމާލުން އަދިވެސް ފެންނަނީ ރައީސް ޔާމީން ކޮށްފައިހުރި މަސައްކަތް. އެމްޑީ.ޕީ އިން ކުރި މަސައްކަތެއް އަދި ނުފެނޭ! ވީމާ ވޯޓް ދޭންވީ ސަބަބެއް ނޭގުނު.
މަށެއްނުދޭނަން.އެކެއް ކަނޑާލާ. ކަލޭ މި އިންތިހާބު ކާމިޔާބު ކޮށްލާ ،ކަލެޔަށް ދިނީ މި.3 ފެން ދީފަ 2023 ޕީޕީއެމް އިން ކަލޭ ބަލިކުރާނަން އިން ޟާ ﷲ.ކަލޭ 2023 ކުރިމަތިލާތި.ބަރުލަމާނީ އަކަށް ދިޔަސް ބަލިކުރާނަން.އިން ޟާ ﷲ .
ތިން ފަހަރު ވެސް ވޯޓް ހޯދީ ވޯޓުން ސީދާ ވައްކަން ކޮށްގެން. އެހެން ވީމަ ފާޅުގަ ތި ބުނަނީ ތިމަންނަ ވޯޓު ހޯދާނީ ހަމަ ސީދާ ވޯޓުން ވައްކަން ކޮށްގެންނޭ!!!!
ވަގަކަށް ހާސްދުވަސް ބުނާ ބީދައިން ކަލެޔަށް ސީދާ ނިމުމެއް އަންނާނެ ދުވަހެއް ވާކަން ހަނދާން ކުރަންޖެހޭ؟ އެއްފުޅަށް ފުންމާލި ބަކަރިތަށް އަނެއް ފުޅަށްމަތިންވެސް ފުންމާލެކަން ހަނދާނުގަ ބަހައްޓާތި!! ވަ ވާހަކަ!! ނުބުނާތި ބޮލުގަ ބަޑިޖެސްސިއްޔޭ ދެވަނަ ފަހަރު!!!
މަށައް ނުދޭނަން
ހަމަގައިމުވެސް އަހރެނެއ އެމްޑީޕީ އެއް ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނަން! ޑޮކުޓަރ އިބުލީސް ރައްޔިތުންގެ ސިކުޑިތަކާ ކުޅެން ނަހަދާ! މިއީ 2000ގެ އަހަރުތަކެއްނޫން! މިއީ 2021ގެ އަހަރުތައް!ތިޔަނުލަފާކަލޭގެ ހުރިހާ އުކުޅުތަކެއް މިހާރު ރައްޔިތުންނަށް އިގޭ! ރައްޔިތުންގެ މާލިއްޔާ ކޭވަރުވެސް މިހާރު ރައްޔިތުންނަށްއިގޭ! ކަލޭގެ ފުށުންލިބފައިދާއެއްވޭ އެއީ މިރާއްޖޭގައި އަންނި ހުއްޓައި އިބުލީސްވެސް މި ރާއްޖެއަކަށް ނާރާނެ!
ކަލޭ ގަބޫލުކުރަންތަ (ކަލަކު) ވޮޑިގެންވާ ކަމަށް؟؟؟
އަހަރެމެން އެއްފަހަރުވެސް ގަބޫލު ނުކުރަން ކަލޭ ތީމިގައުމުގެ ބަލާވެރިޔާނޫންކަމަކަށް...
ޗީޑި މީކާކު؟
އަހަމްނަކީ ތިޔަ ޕާޓީގެ މީހެއް. ޢެކަމަކު އަންނިއަކީ އަހަރެން ތާއީދުކުރާ މީހެއް ނޫން. ކޮންމެ ކަމެއްވެސް ހަލާކުވަނީ އަންނިގެ ސަބަބުން. ތިކަހަލަ ދޮގު ހަދާތީ މައްސަލައަކީ. ޢެމްޑީޕީ އަށް މުޅި ގައުމު ވޯޓުލާނަމަ ޕާޓީސިސްޓަމް އޮތުމުގެ ބޭނުމެއް ނެތް. ތިމާމީހާ ދައްކާވާހަކަ ދެކޮޅުޖެހެން ޖެހޭ.
މަށެއް ނުދޭނަން. 1 އިކޮނޮ މިކް މިނިސްޓްރީން ކޯޓާ އަދި ވިސާ ޚިދު މަތް ލަސް ކުރާ މައްސަލަ. 2 ކެފޭ ރެސްޓޯރެންޓް ވިޔަފާރި ތަކަށް ކުރި މަތި ކުރި ހުރަސްތައް. މުއްސަދި ރިސޯޓް ތަކަށް ދިން ލުއި ނިކަ މެތި ވިޔަފާރި ތަކަށް ނުދިނު މުން ލިބުނު ގެއްލުން. 3 އަހަރެ މެން ރާއްޖެތެރޭ މީހުން ކުރަން ޖެހޭ ހޭދަ ކޮން މެ ޚިދު މަތެއް ހޯދަން ބޮޑުކޮށް ކުރަން ޖެހި ތަރައްގީ ނުލިބި އޮންނަން ޖެހުން. 4 ކޯޓު ތަކަށް އަތްބޭނުން. 5 މާލޭގެ ގެދޮރު މައްސަލަ. ޢަދިވެސް އަދި ވެސް
މަށަކީ އެމްޑީޕީ މެންބަރެއް މަށެއް އެމްޑީޕީއަކަށް މަގޭ އާއިލާމީހަކު ކުރިމަތިލިޔަސް ވޯޓެއް ނުދޭނަން.
ނުދެން، ނުދޭނަން ދުވަހަކުވެސް
ހޫ.. ލިސްޓެއް ނެރޭނަމޭ ކިޔާތާ މިހާރު އަހަރުވެގެން ދަނީ ...ވޯޓު ބޭނުމިއްޔާ މިކަން ކުރޭ...ބުނި ގޮތައް މިރޭ 12ގެ ކުރިން ހިޔާ ލިސްޓު ނެރޭ...ނޫނީ ފޮގެޓް...
ހަމަ ބަލި ބުޅާގަޑެއްހެން ބަލިކޮށްފަ ދައްކާނަން. ެެންމެ ވޯޓެއްވެސް ނުދޭނަންއަދި އަޖަލު ޖެހުނީކަމަށް ބަލާ.
ތިއުޅޭ ވިއްސަކަށް ވަގުން ނޫނީ އެކަކުވެސް ވޯޓެއް ނުދޭނެ. ވޯޓު ވަގަށް ނަގާނެކަންވެސް ޔަގީން.
ޕީޕީއެމް އަށް ވޯޓު ދޭ މީހުން ލައިކް ޖަހާ
ބަލަ މިވެރިންގެ ހަފަރާތް ރައްޔިތުންނަށް ފެނުނީމަވސް ލަދުގަންނާކަށް ނޭންގެ އޭދޯ
މަގޭވޯޓް މޑޕ އަށް
މަށެއް ނުދޭނަން ވޯޓެއް ގައިމުވެސް
ތިޔަހެނެއް ނުން ބުނަންވީކީ ގިނަބަޔަކު ވޯޓްދޭނި އެމްޑީޕި އަށޭ ބުނަންވީ.ވޯޓު ނުދޭނެ މީހުން ތިބޭނެ ހަމަގައިމު އަހަރެން ވޯޓެއް ނުދޭނަން އެމްޑީޕިއަކަށް.
މިކަލޭގެ މަޖްލިސްގެ މެމްބަރު ކަމަށް ވޯޓުހޯދަން ދޮރުން ދޮރުން އައި ދުވަހުވެސް މިގެޔަކަށް ވަނަކަ ނުދިނިން.
ތިޔައީ ކުށް ހީއެއް މަށެއް ނުދޭނަން ކަލޭ ހުރިހާހިނދަކު
ހަމަހޭގަ ތިބި ބަޔަކު ކަލޭމެންނަށް ވޯޓެއް ދީފާނެކަމަކަށް ހަމައިގަތިބި ބަޔަކު ހަމައިން ނެއްޓިގެން ނޫނީ ގަބޫލެއް ނުކުރާނެ. ހަމަ ގައިމުވެސް އަޅުގަނޑާއި އާއިލާގެ 18 މީހުންގެ ވޯޓެއް އެމްޑީޕީ އަކަށް ނުލިބޭނެ އިންޝާ ﷲ.
މަނިއްފާނަށް ހީވެދާނެ ލައްކަ އެކޭ..
ހަމަ ގައިމު މަ ވޯޓެއް އެމްޑީޕީ އަކަށް ދެން ނުލިބޭނެ..
ބުއްޅަބޭ ހިތުން ދިވެހިން އަބަދު މޮޔަ ހައްދާފަ ބޭތިއްބޭނެ..
މިފަަހަރު ދިވެހިން ބުއްޅަބޭ މޮޔަ ހައްދާނެ..
މީނާއަކީ ދޮގުހެދުން ހައްދުންނައްޓާފައިވާ މީހެއް! މަމީއެމްޑީޕީ މީހެއް އެކަމަކު މާލެސިޓީއަށް ކީއްކުރާ މޭޔަރ އަދި ކައުންސިލަރުންނެއް! ބަލަ ނަސީދޫ ކަލެޔާ ހައުސިންމިނިސްޓަރ އަސްލަންޓޭ އާއި ކަލޭ ގުޅިގެން މާލެސިޓީގެ ހުރިހާބިންތައް މާލެސިޓީ ކައުންސިލް އަތުން ނިގުޅައިގަނެ އެޗްޑީސީއަށް ހިބައިންދީފައި ދެން ކީއްކުރަން މާލެސިޓީއަށް ހޮވާ މޭޔަރ އަދި ކައުންސިލަރުންނެއް! ވިހާ މަރުވާ މީހުންގެ ލިސްޓް ބަލަހައްޓަން މާލެސީޓީއަށް މޭޔަރ އަދި ކައުންސިލަރުންނެއް ބޭނުމެއްނުވާނެ! މަށާ މަގޭ ޢާއިލާގެ މެންބަރުން އަދި މަށައް ސަޕޯޓް ކުރާ އެކަކުވެސް މިފަހަރު އެމްޑީޕީއަށް ވޯޓެއް ނުދޭނެ.
އަޅުގަނޑު ވޯޓު ދިނީ އިބޫ ސޯލިހަށް. އެކަމު ހިތަށް އަރަނީ އެކަމުގެ ކޯފާ އޭ މި ގައުމަށް މި ކުރިމަތި ވަނީ. ޔާ ރައްބަނީ މި ގައުމު ނުބައި ވެރިންގެ ކިބައިން ސަލާމަތް ކޮއްދެއްވާނދޭވެ
ކުރިޔަސް ނުކުރިޔަސް މަށެއް ނުދޭނަން އެމްޑީޕީ އަކަށް.ޚުދުމުޚުތާރު ބަޔެއް އުޅޭ ޕާޓީ އެއް.ކަރަޕްޝަން އިންތިހާއަށް.ޕ
ނަސީދު ތިނަގަނީ އަމިއްލަ ހިޔަންޏައް
މުޑި ރައްޔިތުންބަލަނީ ޤައުމުގެ ހަލާކަކީވެސް ރައީސް ސޯލިހުގެހަލާކަކީވެސްތިޔައީ މިފަހަރު
ރައްޔިތުންތިބިގޮތްކަލެއައްދައްކާލާނެ ކަލޭ ތިދައްކަނީބޭރުޤަޢުމެއްގެބަޔަކުބަލި
ކުރާވާހަކަތަ؟
އެމްޑީޕީ އަކަސް ޕީޕީއެމް އަކަސް މަގޭ ވޯޓް ދޭނީ މަށަށަ އެންމެ ހިތްހެޔޮ އެންމެ ގާތް މީހަކަށް
ވޯޓް ދިނުމުގައި ވަކި ޕާޓީއަކަށް ނުބަލާންަން
އިންޝާﷲ
އެމްޑީޕީއަށް ވެސް ވޯޓު ލާފާނަން އެކަމް ތިބޭފުޅާ އަކަށް އަޅުގަނޑު ދުވަހަކުވެސް ވޯޓެއް ނުލާނަން.
މަނުދެން އަދިމިވީތަނަށް ދުވަހަކުވެސް ކުރިޔަށް އޮތްތަނުގަވެސް ނުދޭނަން
އަނގައިން ހުރިހާ ކަމެއް ކުރާ ބައެއް މިނޫނީ ނޫޅޭނެ. ކަމަކަށްވާތީ އެއް ކަމެއް ފެންނަން ނޯންނަތަނުގައި އަބަދު ލާދީނީ ކަންކަން ފެތުރުނާއި އެމީހުން ބާރުވެރި ކުރުވުން މިމީހުންގެ ކަމަކަށް އޮންނަނީ. މިމީހުންނަށް ވީޓުދީ ބާތުޑޭ ބަޔަކުވެސް މިމީހުންގެ ހުރިހައި ނުބައި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެކަން ޔަގީން.