ރައީސް ޔާމީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި ނުރައްކަލުގެ ގަރާރު އިތުރު ކުރުމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓިން ފާސްކޮށްފިއެވެ.

މަޖިލިމަ އިން ފާސްކޮށްފިނަމަ މާދަމާ އަށް ހަމަވާ ކުއްލި ހާލަތު މާޗް މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ 30 ދުވަހަށް ދަމާލުމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެކަން ދިރާސާކުރުމަށް ގައުމީ ސަލަމާތައި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ. ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ރައީސް މަޖިލީހަށް ހުށަހެޅެއްވި އެ ގަރާރު ބަލައިގަނެފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ތަޅުމުން ގަރާރު ފާސްކުރުމަށްޓަކައި 43 މެމްބަރުން ހާޒިރުވެ ތިބެންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. Anonymous

    ޙަހަ ހީޙީ ހޫހޫ ބަލިވެއްޖެ

  2. މާސާ

    ރަނގަޅު. ގައުމެއްގެ އުއްތަމަ ފަނޑިޔާރެއްގެ ރިޝްވަތުގެ މައްސަލައަކީ ގައުމުގެ 3 ބާރަށް އޮތް ބިރެއް. ޗެކް އެންޑް ބެލެންސް ލެޖިޓިމޭޓް ކަމަށް ނިންމާ ފަރާތައް ހެތްކާއެކު މިފަދަ ނުބައި ތުހުމަތެއް ކުރެވުމަކީ މުޅި ގައުމާ ރައްޔިތުންނަށް ހުރި ބިރުވެތި ހާލަތެއް

  3. 8888

    ހަމަ ވަރަށް ގަޓް ރައީސް އެއް. ވީއަރ ޕްރައުޑް އޮފް ޔޫ އަވަރ ޑިއަރ ޕްރެޒިޑެންޓް.

  4. ޖޖޖ

    ގައުމަށްޓަކައި ތިޔަ އުފުއްލަވާ ބުރައަށް ވ. ބޮޑަށް ޝުކުރިއްޔާ.

  5. Anonymous

    ސަޅި. ގައުމު ކުރިއަށް ގެންދަވާތި. ޝުކުރިއްޔާ

  6. މަމީ

    ރައީސް ޔާމީނަކީ ވިކޭނެ ވެރިއެއްނޫން. އަދި ގައުމު ވިއްކާލާނެ ވެރިއެއްނޫން. ރައީސް ޔާމީނު ވަރުގެ ބެސްޓް ވެރިއެއް މިގައުމު އަދި ދެކިފައެއްނުވޭ.

  7. މޯޑީ

    ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ރައީސް ޔާމީން ކުރައްވާ މަސައްކަތް ފުޅަށް ސުކުރިއްޔާ

  8. ޏަމް

    ވަރަށް ރަގަނޅު

  9. ބުނަން ތެދު

    ހާދަ އެކައުންޓަށް ބަރުވާ ކުދިންކޮަޅެއްގެ ކޮމެންޓް ތަކެއްހެން ހީވެޔޭ...

  10. މަރީ

    ހަމައެއްލަމައެއް ނެތް ނުލަފާ ޖައްބާރު ވެރިއެއް

  11. އަބްދުއްލާ

    ޔާމީން 3 ވަނަދަވްރަކަށް ހޮވުމަށްވެސް ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ޖެހޭ.

  12. ކެކެކެކެކެކެކެކެ

    މަޖިލީހުން ކަމެއް ފާސްކުރީކަމަށް ވާނީ މަޖިލިސް ތަޅުމަށް ހުށަހަޅައިގެން ފާސްކުރީމާ. ކޮމިޓީއިން ފާސްކުރިއަސް އެއީ މަޖިލީހުން ފާސްކުރުންކަމަކަށް ނުބެލެވޭނެ.

  13. ޙަފްޞާ / މާލެ

    އިރާދަކުރެއްވިއްޔާ 46 ން ފާސްކުރާނީ!

  14. ޔަރި

    މަށަކަށް ނުފެނޭ ރައީސްގެ ގަޓު ކަމެއް. މަށަށް ފެންނަނީ ހާސްކަންމަތީ ވެރިކަން ދިފާއު ކުރުމަށް މަރަށް ތެޅޭ ތަން

  15. އަލިމާ

    ސާބަސް ރައީސް

  16. އައިއެފް

    ދެން އިސްތިއުފާދީ. 43 މެންބަރުން ހަމައެއް ނުކުރެވޭނެ. ފާސްނުވެއްޖެއާ ގަރާރު ބާތިލުވާނެ. ދެން 3 ވަނަފަހަރަށް އަނެއްކާވެސް ކުއްލިހާލަތު އިއުލާނުކުރޭ. ލޮލް

  17. ސީޑީ

    ކޮންމެހެން ކުއްލި ހާލަތެއް އޮވެގެނެއްނޫން ތިމާ އާއި ތިމާގެ ބޯއިން ސަލާމަތް ކުރަންވެގެން ކުރާ ކަންތައްތަކެއްމީ....

  18. ރިޔާޒް

    މިރައީސް ބޭނުންވީ ފަނޑިޔާރުން ޖަވާބުދާރީކުރުން ދެއްތޯ، މިހާރު އެމީހުން ހައްޔަރުކޮށްވެސް ނިމިއްޖެ ނޫންތޯ، އަދިވެސް 15ދުވަސް އިތުރުކުރަނީ ކީއްކުރަންތޯ؟ މަނިކުފާނު ނޫންތޯ ވިދާޅުވީ ރާއްޖެެ އަމާނޭ އެއްވެސްކަމެއްނުހިގަޔޭ، ވަޒީރުން ޤައުމުތަކަށްފޮނުވާފަ ރާއްގޭގެ މަސްރަހް އޮޅުންފިލުވައިދީފީމުނޫންތޯ، މިހާރު މަނިކުފާނު ތިވިދާޅުވަނީ ކީކޭތޯ، ރައްޔިތުންނަށް އޮޅުވާނުލައްވާ ނަތީޖާ ވަރަށްހިތިވާނެ 2018އިންތިހާބުގަ

  19. ާަައަލީ

    ޜައީސްޔާމީންއަކީގަޓުހުރިވެރިޔެއް.

  20. ާަައަލީ

    މިގައުމު މިހާރުވަނީ ތަސައްރަފު ފުދިފާ.ބަސްބުނަން ކެރޭވެރިޔެއްހުރީ.އެކަމަށްޓަކާފަޚުރުވެރިވަން

  21. ޖޖޖ

    ރައީސްއަށް ގާނޫނު އަސާސީން ރައީސް އަށް އޮންނަ ބާރެއް ގައުމުގެ ހާލަތު ނުރައްކާކަމަށް ފެނުނީމަ އެހާލަތު އިއުލާނު ކުރެވޭނެ. ދެން އެގަރާރު މަޖްލީހަށްހުށަހަޅަން ޖެހޭނީ. މަޖްލީހުން ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަަމަށް ފާސްކުރީމަ އެހާލަތު އުވާލަންޖެހޭނީ. މި އުވާލުމުގެ މާނައެއްނޫން ދެން އަލުން އެހާލަތު އިއުލާނު ނުކުރެވޭނެއޭ. ގއ ކިޔާލާފަ ކޮމެންޓް ކުރާނަމަ. ފަސާދަ ތިއުފައްދަނީ. މިއީ ބޮޑުފާފައެއް.

  22. ޖޖޖ

    ހަހަހަ. އިދިކޮޅު ކުދިން ހިތަށް ހާދަ ތަދެކޭ ތިވަނީ ޕޮޒިޓިވް ކޮމެންޓު ފެނުނީމަ. އަހަރެމެން ކަލޭމެންގެ އިލްމީ އަހްލާގީ ސިފައެއް ނެތް ކޮމެންޓް ކިޔާފަ ނުބުނަންދޯ. ލާދީނީ ކަމެކޭ.

  23. އީސާ

    ކުއްލި ހާލަޔު އިއުލާން ކުރަން ނުޖެހޭ ހާލަތްތްކުގައި ކުއްލި ހާލަތު އިއުލާން ކުރާތީ ގަޓު ހުރި ރައީސް އެކޯ. ލޮލް....

  24. މަ މިއު މަ

    މިއީ ގަޓު ވުމެއް ނޫން، މިއީ ފިނޑި ވުން. ގައުމުގައި ހުރިހާ ކަމެއް ކުރަން ޖެހެނީ ރައީސް ބޭނުންވާ ގޮތަކަށްނޫން

  25. ރައްޔިތުން

    .މި ފާސް ކުރުމަށް ވޯޓު ހޯދަން ތިކުރާ މަސައްކަތަކީވެސް ޖަރީމާތަކެއް ހިންގުން

  26. އައްސޭރި

    އަނެއްދައުރު ފެށެންދެކަށް ބޭއްވިޔަސް މައްސަލައެއްނެތް. ބޭނުމަކީ 3 ބާރުއެއްކޮށްގެން ރަސްކަންކުރަން މަޖިލީހެއްނެތް ކޯޓެއްނެތް. މިހާރު އޮތްގޮތަށް ބާއްވާފަ އެސޮރަށް ފާސްކޮށްދީ ޓާމެއްގެ ދިގުމިނަކީ 31 އަހަރުކަމަށް.

  27. ގަން

    ވެރިކަން ކުރެވޭނީ ގަޓް ހުރެގެން. 5 އަހަރުބހަމކުރެވޭނީ ގަޓް ހުރިމީހަކަށް. މިގައުމުގެ ރައްޔިތު އެންމެން ސިޔާސީ. އެއްބަޔަކު ވެރިކަން ދިފާއުކުރުމަށް. އަނެއް ބަޔަކު ވެރިކަން ވެއްޓުމަށް. އެހެންވީމަ މިއީ ވ.ނާތަހުޒީބު ފަގީރު ކެޓަގަރީގެ ގައުމެއްކަން އެނގޭ.

  28. އަހޫ

    ތަނެއް ހަމަމަގަށް އަޅުވަން؟
    މިބިމަކީ އަބަދުވެސް ހަމަމަގުގައި އޮންނަބިމެށް!
    މިބިމުގައި އުޅޭ އިންސާނުންް އަމިއްލަައަށްް ހަމަމަގަށްq hއެޅުމުގެ މަސްއޫލިއްޔަތު ނުނަގާހާހިނދަކުu އެހެން އެއްވެސްކަމެށްެހަމަމަގަކަށްޅނުއެޅުވޭނެއެޅުވޭނެe، . ގަދަބާރަކުންވެސް ހަމަމަގަށް އަނިޔާވެރިކަމާ އެކު އެޅުވުމުގެ ނިއަތުގައި އުޅޭނެ ހަމަމަގެށް އޮންނަކަންވެސް ނޭނގޭ ކިބުރުވެރިން.