ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އުފެއްދި ކޮވިޝީލްޑް ވެކްސިން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖައްސަވައިފިއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަޝީދު ވަނީ ވެކްސިންގެ އެއް ޑޯޒް ޖައްސަވައިފައެވެ. ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވައިފައެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފެށި އިރު، މާލެ އާއި އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.

ނަޝީދު ވެކްސިން ޖެއްސެވި އިރު، އެމަނިކުފާނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދިން ވެކްސިން ވީހާވެސް އަވަހަށް ޖައްސަވަން ކެތްމަދުވެފައި ހުންނެވި ބޭފުޅެކެވެ.

ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާ އިން ދާދި ފަހުން ރާއްޖެ އަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ދުނިޔޭގައި މިހާރު އެންމެ މަޝްހޫރު އެއް ވެކްސިނެވެ.

އިންޑިއާ އިން ވަނީ މި ވެކްސިން އަވަށްޓެރި ގައުމުތަކަށާއި ބޮޑެތި ގައުމުތަކަށް ވެސް ފޮނުވަން ފަށައިފައެވެ. އޭގެ ތެރޭގައި ބްރެޒިލް، މޮރޮކޯ، ދެކުނު އެފްރިކާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މިޔަންމާ، ސީޝެލްސް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެއެވެ.

ނަޝީދު މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރާޒެނެކާ ވެކްސިން ޖަހަން ބޭނުންފުޅުވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ ކޮވިޝީލްޑްގެ ވެކްސިނަށެވެ.

"އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން ވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން،" ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމް އިން އުފެއްދި ކޮވިޝީލްޑަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އެކަމަކު، ސީރަމް ކުންފުނިން ވަނީ ވެކްސިންގެ ހުއްދަ އަށް އެދި ޑަބްލިއުއެޗްއޯ އަށް ހުށަހަޅައިފައެވެ. ޑަބްލިއުއެޗްއޯގެ ހުއްދަ ނުލިބި އުޅެނިކޮށް ބައެއް ގައުމުތަކުން މިހާރު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފައެވެ. އޭގެތެރޭގައި އިންޑިއާ ވެސް ހިމެނެއެވެ.

އެކަމަކު، މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ވިޅޯ

  ދެން މަޖިލިސް މެންބަރުންނަށާ ޢައިލާޔަށް ކޮން އިރަކުންތޯ؟ މެންދުރު ފަހުންތޯ؟ދެން މަޖިލިސް މެންބަރުންނަށާ ޢައިލާޔަށް ކޮން އިރަކުންތޯ؟ މެންދުރު ފަހުންތޯ؟

  18
  2
 2. ވިސްނާ

  އޭނާ ޖެހި ވެކްސިންގެ ހަޤީޤަތް ހާމަކު ރަން ޖެހެއެވެ އެއީ
  ކޮވިޑްވެކްސިންތޯ ނޫނީ ގޮތް ދެއްކުމަށް ހެދި މަކަ ރެއްތޯ
  އޭނާ ކުރ ރާ ކަންކަމަކީ އިޚްލާސްތެ ރި ނިޔަތެއް އޮވެގެން ކު ރާ ކަންމެއްނޫނެވެ ސިޔާސީ ފައިދާއެއް ދަމައިގަތުމުގެ ބޭނުމުގައި ހަދާ މަކަ ރެވެ.

  43
  8
 3. ޟލެސދެ

  ފައިޒާ ކަމަށްވާނީ.
  އިންޑިއާއިން ތިގެނައި އެއްޗެއް ނުޖަހާނެހެން ހީވަނީ.
  ޕްރޫފް ބޭނުންވޭ

  40
  5
  • ޓަކަފިރޯށި

   ތިވާނީ ފައިޒާވެކްސިން ފުޅީ ލޭބަލް ނައްޓާލާފަ ކޮވިޝީޑު ފުޅީ ލޭބަލު ތަތްކޮށްފަ އޮޅުވާލައގެން ޖެހީކަމަށް! ނަޝީދަކީ އޮޅުވާލުމާ މަކަރުހެދުމުގަ އަރާހުރިމީހެއް!؟

   14
   2
  • ރަނގަޅު

   އަސްލުވެސް ވަރަށް ރަނގަޅަށް ތީ ވިދާޅުވީ..ތި އިންޖެކްޝަނައް ފެންއަޅައިގެން ޖެހިޔަސް ރައްޔިތުންނަކަށްނޭގޭނެ ތި ޖެހީ ކޯއްޗެއް ކަމެއް..ދަޅަ ދެއްކިކަމަށްވެސްވެދާނެ..

   11
   2
 4. ބާރީ

  އައިވީފެން ތިޖެހީ ދޯ ތިޖެހީ

  23
  4
 5. ގައުމީ ލޯބި

  ޔޫ އެސް އިން މި ބޭފުޅުންނަށް ވަކިން ވެކްސިންކޮޅެއް ގެނަސްގެން މިޖަހަނީ.. ދޯ؟

  ވަރަށް ފައްކާ ސްޓަންޓް.. ދިވެހީން ގަޔަށް ޓެސްޓް ވެކްސިން ޖައްސުވަން ޖަހާ ރޮކެޓް ދޯ؟
  ބަކްރާ ކަތިލަން މަގުފަހިކުރުވަނީ ދޯ؟

  8
  1
 6. ގަރުނު

  ކަލޭމެން ތިޔަ ވެކްސިނެއް ތިޔަ ޖަހަނީ ކޮންމެހެން ޖަހަން ބޭނުންވެގެންނެއް ނޫން، ކިރިޔާހެންވެސް ގޮތެއް އޮތްނަމަ ނުޖަހާނެ، ވެރިކަމަށްއައީ ރައްޔިތުންގެ ހައްގުގައޭ ރައްޔިތުންގެ ފުރާނައަށްޓަކައޭ ކިޔައި ރައްޔިތުންނަށް ދެއްކި ދޯކާ މިއަދު ތިޔައޮތީ އަރާ ހަމަކޮށްފަ، ދެން ތިކަމުން ރެކެވޭނެ އެއްވެސް ގޮތެއް ނެތިގެން ހަތަރު ފަރާތުން ބެދި ހިތާދެކޮޅަށް ތިޔަ ކަމެއް ތިޔަ ކުރަނީ. ރާކަނިމަސް ކެވިއްޖެއެއްނު.

  11
  2
 7. ެެެރރ

  ފަކީރެއްދޯ ފާޑަކައް ދެލޯ ދިލިފަ ހެހެހެހހެހެ

  8
  1
 8. ހަވާސާ އިބޫ

  މިސޮރު މިވެކުސިންޖަހައިގެން އިތުރަށް އަނގަގަދަނުވީއްޔާ ރަގަޅު މިހާރުވެސް އަންގަބޮޑުސޮރެއް

  11
  1
 9. މާމިގިލީ މީހާ

  ރައްޔިތުން މޮޔަ ހައްދާން ކުރާކަމެއްތީ. އެންމެން ޖަހާ ގޮތައް މަކަރުން. ނުޖަހާނެ އިންޑިޔާގެ މި ކަޑަ ވެކްސިންނެއް ނަސީދުމެން ގަޔަކަށް. ތީ ދައްކާލާ މަންޒަރެއް.

  9
  1
 10. އާދަނު

  މިޢީ ވެސް ޚަބަރެއްތަ؟

 11. ހިޔަޅު

  ގަބޫލެއްނުކުރާނަން މި ބީތާއިން ތި ކުޅެޑުރާމާތަކެއް

  9
  1
 12. މަދިހާ

  ފައިޒާ ވެކުސިން ކަމަށްބޮޑަން ލަފާ ކުރެވެނީ

  9
  1
  • ..

   ފައިޒާ ވެކްސިނަކީ މައިނަސް ޑިގުރީގައި ގެންގުޅޭވެކްސިނެއް .މިގޮތައް އައިސްބޮކްސްގައި އެވެކްސިން ނުގެންގުޅެވޭނެ.

 13. ސީރަމް ލެބް

  ދެން ތިއިއްްޒަތްތެރި މެމްބަރުންގެ ދަރިންގެ ގަޔަށް ތިވެކްސިންޖަހާ.

 14. ޑީޕޮޕިއުލޭޝަން އެޖެންޑާ

  ތިބޭފުޅުން އަވަސް އަރުވާލައިގެން ކޮންކަމެއް ޓެސްޓު ކުރައްވަނީތޯ؟ އަހަރުމެންމީ ތިވެކްސިން ޓެސްޓު ކުރަން ޖަނަވާރުންތަ؟ އޮކްސްފޯރޑް އިން އުފެއްދި ވެކްސިނަށް އިންޑިއާގެ ސީރަމް އިންސްޓިޓުއުޓް އިން އިތުރަށް ތިޔަ ވެކްސިނަށް އެޅުއްވީ ކޮން އެއްޗެހި ތަކެއްތޯ؟ މީގެން ކޮން ސިއްރު އެޖެންޑާއެއް ހާސިލް ކުރަންތޯ ތިއުޅުއްވަނީ؟

 15. ސިނެކް

  ފާއިޒާދައްތަ ބުނީ މަގޭގަޔަށޯ މިމީހުން މިއަދުއެރީ
  އަނެއް ކާދެދެއްބާ