ވެރިކަމަށް އައުމަށާއި ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމަށް، އެމްޑީޕީއިން ރައްޔިތުންނަށް އެތައް ހުވަފެނެއް ދެއްކި ނަމަވެސް، އެ ހުވަފެންތަކުގައި ފުރިހަމައަށް ކުލަ ނުޖެހި ދެ އަހަރު ވޭތުވުމުން ދެން އެ ޕާޓީން ރައްޔިތުންނަށް ސަޅިބައިސާ ނުވިއްކޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީން ތައްޔާރުވެ ހުރީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވާދަވެރިން "ބޮޑު ބައްޔަކުން ބަލި ކުރަން" ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީ އެންމެ ދިވެހި ރައްޔިތަކު ހުރެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައިސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެންމެ ފަހުން ބޭއްވި ދެ އިންތިޚާބުވެސް އެމްޑީޕީން ވަނީ ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ

ނަޝީދުގެ މިވާހަކަތަކަށް ރައްދުދެއްވަމުން ޖަމީލް ކުރައްވާފައިވާ ޓްވީޓެެއްގައި ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ދެ ފަހަރެއްގެ މަތީން ވެރިކަމުގެ ބާރުތައް ދިން ނަމަވެސް ފެނިގެން ދިޔައީ ސަޅި ބައިސާ ކަނޑައި މޮޅު ވާހަކަ ދައްކާ މަންޒަރުތައް ކަމަށެވެ. އަދި ވެރިކަމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ވެސް ފެނިގެން ދަނީ އެ ޕާޓީގެ ނާގާބިލްކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަށް ދެ ފަހަރުގެ މަތިން ވެރިކަން ލިބުުނު ނަމަވެސް އަދިވެސް އެޕާޓީގެ އެއްވެސް ތަޖުރިބާއެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްއިން އަލަށް ވެރިކަމަށް އައުމަށްފަހު އެ ދައުރު ނިންމަވާލެއްވީ ތަރައްގީގެ ބޮޑެތި މަޝްރޫތަކާ އެކު ކަމަށް ވިދާޅުވެ، މިސަރުކާރަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ވެރިކަމާއި މަޖިލީހުން ސާބިތުވީ އެމްޑީޕީގެ ނާގާބިލްކަން. ކުރާނެ އިތުރު ތަޖްރިބާއެއް ނެތް. ޕީޕީއެމް އިން ދެއްކީ ތަރައްގީ. ބްރިޖާއި މަޝްރޫއުތައް ފެނި ހުދު މަޖިލިސް ރައީސް އާޝޯހްވި. އެމްޑީޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ. އިންޝާﷲ މިނިވަން އިންތިހާބެއް ޕީޕިއެމް އިން ފަތަހަ ކުރާނެ." ޖަމީލް ވިދާޅުވިއެވެ.

 

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ތިން އިންތިހާބުގައި އެމްޑީޕީއިން ބޮޑު ކާމިޔާބެއް ހޯދާފައިވެއެވެ. އެގޮތުން 2017 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް އެމްޑީޕީއިން ކާމިޔާބުކުރިއިރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު އޭރުގެ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިކޮށް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ. އަދި 2019 ގައި ބޭއްވި މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް ރިކޯޑެއް ވެސް ގާއިމް ކުރިއެވެ. އެއީ މަޖިލިސް އިންތިހާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރުމުގެ ރިކޯޑެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނަޖީބު އައްބާސް

  އެމްޑީޕީއައް ވޯޓުނީދީ ވޯޓުދޭނެ ރަގަޅު ބައެއް ފެނިއްޖެނަމަ އެބަޔަކައް ދޭނައް! ކުރިން ވެސް ޖަމީލު ދެއްކި މީހަޔައް ވޯޓުދިނީމަ ރައްތުންގެ ތިޖޫރި އިންތާއިނީ ވަޅުގަނޑެ ދެންޖަމީލު ދައްކާވާހަކަ ގަބޫލެއް ނުކުރެވޭނެތާ ތިޖޫރިން ރޯމާދުވާލު ވައްކަންކުރި މީހަދިފާކުރަން ޖަމީލު ތިހީރީ

  11
  13
  • مر

   ތިޔަބުނާ ތިޖޫރީގެ ފޫ ދުއްވަނީ މިހާރުކަން ތިފަރާތަށް ނޭގުނުކަމީ ވިސްނުން ކޮށިކަން ޔާމީނު އިސްތަށިފުޅުގައި އަޅުވާފައިވާ ވައްކަމަކީ މަކަރާއި ހީލަތުން ވެރިކަން ދެމެހެއްޓޭތޯ ޖަހާފައިވާމަޅިއެއް ކަން ވިސްނުމެއް ހުރި ކޮންމެ އިންސާނަކަށްވެސް އިގޭނެ ޔާމީނު ރާޖެއަށް އެގެނެސްދެއްވި ތަރައްގީއަށް ނަޒަރުހިންލުމުންވެސް ޔާމީނުގެ ތެދުވެރިކަން ސާބިތުވޭ

   3
   2
  • ޑުޕްލިކޭޓް

   ކޮނޮމެ ފަހަރަކު ލިޔާއެއްޗެއް ފޮނުވޭ ގޮތްނުވާ ސަބަބަކީ ކޮބާބާ!ތީގަ ޖަހަނީ ވަކިބަޔަކު ލިޔާ އެއްޗެއްބާ

  • Anonymous

   މިހާރު ތިޖޫރީ ފުރިބާރުވެގެން ބަންޑުންދާހެންތަ ކަލެޔަށް ހީވަނީ؟ އެހެން މީހުންނަށް ވަގަށް ނުގޮވާ ދެންވެސް ތިމާމީހާ އަވަހަށް ތައުބާވެވޭތޯ ބަލާބަލަ.

 2. ލޮލްލޮލް

  ކިޔަވައިގެން ހުރި ގޮލައެއް ބްރިޖް މަޅީގަ ޖެހުނީމަ ދެން ވ މަޖާ

  8
  6
 3. މިރު

  އައްނިއަށް ދުވަހަކުވެސް ޔާމީނާ އަރާ ހަނމައެއްނުކުރެވޭނެ.އޭނާއަކީ މަގުމަތީން ވެރިކަމަށް އައި އެކްޓިވިސްޓެއް. މިރާއްޖޭ ގެ ރައްޔިތުންނަށް ތަރައްޤީގެ ގާބުރިއެއްވެސް އެޅުނު މީހެއްނޫން. ޔާމީން އަކީ މިރާއްޖެއަށް ގިނަގުނަ ޚިދުމަތް ތަކެއްކުރައްވާފަ ހުރި ވެރއެއް އައްނީ އަޑީގައި ހުރެގެން ޖުޑިޝަރީ އަށާ ކޯޓްތަކަށް އަތްބާނައިގެން ނުރަނަގަޅު ހުކުމް ކުރަން ގާޒީންނަށް އަންގާކަން މިހާރު ވަނީ އެނގިފައި.އަދީބުއަކީ ކަލޭ ޔާމީންގެ ވެރިކަމަށް ވެއްދި ފަންޏެއްކަން ކަލޯ ވަނީ އަނަގައިން ކިޔާދީ އިއުތިރާފް ވެފަ. މިރާއްޖޭގެ ރައްޔިތުންކަލޯ ޔާމީން އާދެތޭރޭ ދެން ކޮންމެ ކަމެއް ކޮށްލާފާނެކަން ޤަބޫލުކުރޭ. ފާސިގުންގެ ހެކިބަސް ކަލޭ ޔާމީން ޖަލަށް ލާން ބޭނުންކުރަނީ.ވަރަށް އިންސާފުވެރިއެއްނު.މައުމޫނުގެ ވެރިކަމަކީ ޚުދުމުޚްތާރުވެރިކަމެކޭ ޢާއިލީ ވެރިކަމެކޭ ކީ މީހާ ކީ ހުރިހާ ޅެން ވެރިކަން ލިބުނީމާ ފަރިއްސަށް ވެއްޖެ.

  15
  9
 4. އަލީމޫސާ

  އެމީހުްން ގެ ބަަސްމަގު ހުރިގޮތުން އެގޭ އެއްވެސް ކަމެއް ނޫންކަން ވޯޓަކީ ކުރިން ވެސް ނެގި ގޮތަށް ނެގޭނެ ކަން ކަށަވަރު ވީމަ އެކިޔަނީ ވޯޓްނުލާނެ އެކަކުވެސް ނުހުންނާނެޔޭ. މީހަމަ މުޖައަރިބް.!

  1
  2
 5. ރާއްޖެތެރެ

  އެމްޑީޕީ އަކީ ދޮގިހަދާއިގެން ވެރިކަން ކުރަން އުޅޭ ބައިގަނޑެ

  3
  3
 6. އަދުރެވެކްސިން

  މުޅި ދައުލަތް ދަވާލީ ކޮންބައެއް ޕީޕީއެމް !