އިދިކޮޅު މެންބަރުންނަށް ބޮޑެތި ހުށައެޅުންތައް ދަނީ ހުށައަޅަމުން ކަމަށް ކުރީގެ ޕޮލިސް ކަމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ކުނޫޒްގައި ކުރިއަަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ މިއަދަކީ އަޅުގަނޑުމެން އިދިކޮޅަށް އަނެއްކާ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

"ސަރުކާރަށް 43 މެމްބަރުން ހަމައެއް ނުވި. މި ވޯޓަށް އަޅުގަނޑުމެންގެ ބައެއް މެމްބަރުންނަށް ހުށަހެޅުންތައް ހުށަހެޅި. މިއެއް ނޫން އެކަން ދާން ޖެހޭ ގޮތަކީ" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުންތަކެއް ދަނީ ލިބެމުން ކަމަށެވެ.

" ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ސަރުކާރާއި ސަރުކާރަށް ތާއިދުކުރާ ބައެއް ވިޔަފާރިވެރިން އަމަލުކުރަމުންދާ ކަމަށް، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ 12 މެމްބަރުންނަށް ޖަލްސާ އަށް ނުވަދެވޭންވީ އެއްވެސް ސަބަބެއް ނޭގޭ ކަމަށާއި އަޅުގަނޑު އެދެނީ ނިންމާ އެއްޗެއް ސުޕްރީމް ކޯޓުން އަވަހަށް އަދުލުވެރިކަމާ އެކު ނިންމަވައިދެއްވުމަށް. ރައްޔިތުން ހޮވާފައި ތިބި މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ހާލަތެއް އައިސްގެން ނުވާނެ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ރޭ ވެސް ލިބުނީ ދަންވަރު ކަމަށާއި އަދި އެއީ އެކަން ވާން ޖެހޭ ގޮތް ނޫން ކަމަށް ވިދާޅުވެ ރިޔާޒު ވިދާޅުވީ މަޖިލީހުގެ މުވައްޒަފުންނަށް ވެސް އިލްތިމާސްކުރަން ކުއްލިކުއްލި އަށް އުސޫލުންް މިކަހަލަ ޖަލްސާތައް ބޭއްވުން ހުއްޓާލަންޖެހޭ ކަމަށެވެ.

" ދެ މެމްބަރަކު އެބަ ވިދާޅުވޭ އެ ބޭފުޅުންނަށް ނުވެސް އިނގެޔޭ ޖަލްސާ ބާއްވާކަން. މެމްބަރު އިމްތިޔާޒް ފަހުމީ އެބަ ވިދާޅުވޭ ތިމަންނައަށް އެސްއެމްއެސް ލިބުނޭ ދައުވަތު އަނބުރާ ގެނައޭ ކިޔައިފައި ވެސް" ރިޔާޒު ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަމުން ދަނީ މިއަދުގެ ޖަލްސާއަށް ނުދިޔައީ ގާނޫނާ ޚިލާފަށް ކުރާ ކަމަކަށް ގާނޫނީ ހައިސިއްޔަތު ދޭން ބޭނުން ނުވާތީ ކަމަށެވެ. އަދި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުން މަޖިލީހަށް ނުވައްދަން މަސައްކަތްކުރި ހުރިހާ ފަރާތަކުން ތިބީ ގާނޫނާ ޚިލާފުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޢައިޝަތު

  ތިވަރުގެ ހުށަހެޅުމެއް ހުށައަޅައިފިއްޔާ ޔަޤީންވާ ކަމަކީ މިކަލޭގެ އެ ހުށަހެޅުން ޤަބޫލުކުރާނެކަން.

 2. ދޮންބެ

  ތިހަމަވި ރަގަޅައް ވެއްގިއްޔާ މިހާރު އޮއްނީ ހިފާފަ އެއީ ދޫނުކުރޭ ވަރައް

 3. ޢަދުލު

  ކަލޭމެން ރައްޔިތުން ހޮވާފަތިތިބީ އަންނި އާައި ސިޔާސީކުއްވެރިން ޖަލުންމިނިވަން ކުރާކަށްނު

 4. ޟައިމުއްދޭ

  ޢެއީ ރިސްވަތެއް ނޫންތޯ

 5. ތިމަންނަ

  ރިޔާޒޫ! ކޮންމެހެން ހުށަހަޅާކަށް ނުޖެހޭނެއެވެ. އެބައިމީހުނަށް އެއޮތީ "ގުރުޒު" ފެންމަތިވެފައެވެ.

 6. މޮހޮދޭ

  ރިޔާޒު އަށް ކިހާވަރެއް ހުށަހެޅި

 7. ޣާދިރު

  ތިޔައީ ދުވަހަކުވެސް ތެދެއް މިހާތަނައް ބުނެވިފައި ހުރި މީހެއްބާ.

 8. އަބްދުއްލާ

  މިީނަ ހައްޔަރު ކުރާކަށެއްނޫވޭތަ ؟ ހުސްދޯރި

 9. ވަހީދު

  ދޮގުހަދައިގެންވާންއޮތްކަމެއްކުރޭ

 10. Anonymous

  ތިޔައީ ދުވަހަކުވެސް ތެދެއް މިހާތަނައް ބުނެވިފައި ހުރި މީހެއްބާ.

 11. ބުލް

  ވަގުންނަށްހީވާނީ ކޮންމެމީހަކުވެސް ތިމާކަހަލަމީހެއްކަމަށް

 12. ކަލޯގަޔާ

  ރަނގަޅު. ކަލޭމެންދިނީމަ މަސްއަލަޔަސްނުވަނީ...

 13. ހުސޭނުބެ

  ކުޑަކޮށް ދޮގުވަސް އެބަދުވާ ރިޔާޒް!!!

 14. އަލިބެ

  ކިހާވަރެއްގަ އުޅެނީ. ދެން ފަހަރަކުން އަހަރެންވެސް ވޯޓުދޭނެ އަގެއް އެބަޖެހޭ ހަމަޖައްސަން.

 15. ޙަފްޞާ / މާލެ

  މާނަޔަކީ ތިމަންނަ މީ މިހާރު ޖުމްހޫރީޕާޓީގެ ފެންފުހޭ ފޮތިގަނޑޭ! އަހުރެން ގަންނާށޭ !

 16. ބަލާމީހާ

  ކާކަށްތޯ؟ ކިހާވަރެއްތޯ؟ ކޮންއިރަކުތޯ؟ ކޮންދުވަހަކުތޯ؟

 17. ދިވެއްސެއް

  ކަލޭ ކިތައް ކުރިން ކިތައްމެމްބަރުންނަށް ގުޅިން؟ ހަނދާންވޭ؟ ގާފުރޮޅަންދޭ

 18. ހަބޭސް

  ކޮންބައެއް ނުދާނީ ޙޮދު ރިޔާޒުވެސް ދާނެ ސަޔަކަށް 15 ވަރަކަށް މިލިއަން ދެން ބުނެފިނަމަ ނޫންނަމަ މިޤައުމުގެ ހައިބަތު ބޮޑެތި ފަޑިޔާރުންނެއް ނުދިޔައިސް ހެހެހެ

 19. ދިވެއްސެއް

  ދެންއެހެންވިއްޔާ އެހުށހެޅުން ތަކުގެ އަދަދައްތުރެ ބޮޑު އަދަދެއް ރިޔާޒް ވެސް ހުށައަލުއްވާ. ތީހައްތަހާވެސް ރީލޯޑް . ތިޔަކު ސަހަލުއެކަކުވެސް ނުހުންނާނެ. ބަލަރިޔާޒް މެންބޭފުޅުން ގެއެތެރެފުއް ތިޔަހުންނަނީ ފެންނާށެ. ޢިއްޔެސީޕީއެއްގެ މަގާމުގަ ހުންނަވައިގެން ދެއްކުނުވާހަކަ ހަނދުމަނެތިމިއަދުތިޔަދްކަވަނީކޮންވާހަކައެއް.؟ ތީމުޅިންވެސް ސިޔާސީ ޕްލޭޔަރުން ތިއެންމެންވެސް ތިޖަހަނީއެއްސަކަރާތެއް . .މަސްދުވާނީ ހަމަފެންއޮތްތަނަކައް.

 20. އ މ ރ ބ

  އަބްދުﷲ ރިޔާޒުމެން ބޮޑެތި ޢަދަދުތަކުން މީހުންނަށް ރިސްވަތުދީ، އެދިކަމުގައިވިޔަސް މިހާރުގެ ސަރުކާރުން އެކަހލަ ތާކުންތާކުނުޖެހޭ، ނުބައި ޖަރީމާއެއް ނުހިންގާނެ އިނގޭތޯ، ތިވެރިންގެ ކަންކަން އަބްދުވެސް އެގޮތަށް ހުންނާތީ، އެވިސްނުމުގައި މުޅިދުވަސް ބޭކާރު ގޮތުގައި ހޭދަކުރިޔަސް މިއަދުގެ ސަރުކާރުން ބޭނުމެއްނުވޭ، ބޭކާރުގޮތުގައި އެންމެ ވަގުތުކޮޅެއްވެސް ހޭދަކުރާކަށް އޯކޭ

 21. މުސްތަފާ

  ކަލެއަކަށް ހުށަނާޅާދޯ އެހެންވީމަ ޖޭވީތަ، އެކަމު ކަލޭތީ އެމީހުންނަށް އެހާ މުހިއްމު މީހެއް ނޫނީވިއްޔާ އެމީހުންގެ ހުށަހެޅުމެއް ކަލެއަކަށް ނުލިބޭނެނުން، އަހަރުމެންގެ ފާޚާނާ ސާފުކުރަންވެސް މަށެއް ކަލޭ ބޭނުމެއްނޫން ...ކެކެކެކެކެ

 22. ތުއްތަފާ

  ރިޔާޒު ކަލޭ ހަނދާން ނެތުނީނަތަ ފުލުސް އޮފީހުގެ ބޮޑު މޭޒުކައިރީ އިނދެގެން ފުލުސް ކުދިން ރިޔާސީ އިންތިހާބުގައި ޔާމީންއަށް ކެމްޕެއިން ކުރަން ނެރުން ހަނދާން. ހަމަ އެއްކަލަ އަންނި ފަހަތުން ތިޔަ ދެވުނީ. މި ކޮމެންޓް ޢަބުޅޯ ރިޔާޒު ބަލާފަ އެއްޗެއް ވިސްނޭނެކަމަށް އުއްމީދު ކުރަން.

 23. ބޮޑުގާ

  މިއޮތީ ގަލެއް ތިއޮތީ ގަލެއް އެތާއެއޮތީ ގަލެއް މިތާމިއޮތީގަލެއް އެއޮތީ ގަލެއް ކޮންގަލެއް ފޮރޮޅާނީ

 24. ސާރުދާ

  މީ މިވާހަކަ ދައްކަން މާ ތާހިރު މީހެއްނޫން މީނަވެސް މެމްބަރުކަމަށް އަށްނަންވެގެން ކިތަންމީހުނަން ރިސްވަތު ދިނތޯ އަހާލަބަލަ ހުޅުމާލެއިން ގޯތި ދޭންވެސް ބުނެފަ ހުރީ މީނަ އެވަރު ހަޔާންކުޑަ އާދަމްގެ ދަރިއެއްމީ ބުރުމާ ހުލިކޮންލާފި މީތަގަޑު