ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން މަޖިލިސް އިދާރާ ސަރަހައްދުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަމުން ގެންދަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައެވެ. އެ އިހުތިޖާޖާއި ގުޅޭ ގޮތުން އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު މިއަދު "ވަގުތު" އަށް ވިދާޅުވީ އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނާއެކު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާ ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ހީނާ ވިދާޅުވީ އެ އިހުތިޖާޖުގައި 200 އެއްހާ ބައިވެރިން އެބަ ތިބި ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހްތިޖާޖަކަށް ވުމުން އެ އިހުތިޖާޖަށް ފުލުހުން ހުރަސް އަޅަމުން ނުގެންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އެ މުޒާހަރާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، ދެޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ އިހުތިޖާޖްގެ ބައިވެރިން އަންނަނީ ދައުލަތުގެ ތިންބާރު އެކެއްގެ މުށު ތެރޭގައި ތާށިވެފައިވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. މަޖިލީސް އިދާރާ ހުންނަ މަގު ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތުމުން އިހުތިޖާޖުގެ ބައިވެރިން ތިބީ މަޖީދިއްޔާ ސްކޫލާއި ސޯސަންމަގާއި ގުޅޭ ކަންމަތީގައެވެ.

މުޒާހަރާގައި ބައިވެރިވި އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ފަހުން މަޖިލިސް ކުރާ މާލަމުގެ ތެރެއަށް ވަދެ ވަންނަވައިފައެވެ. އެ މާލަމުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢީސަދަރި

    ޢާއްމުންނަށް މާސްކް އަޅަން އަންގައި، ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާ އާއި މަޖިލިސްގެ ރައީސް މާސްކް ނާޅާ މަޖިލިސްގެ ޖަލްސާގައި ތަޤުރީރު ކުމުން އެގެނީ ހުރުކަން ބޮޑު ކަމެއްކަން. "މުދިންކާޅު ގުއި ކެއީމާ، ދެންތިބި ކާޅުތައް މާގިނައިން ކާނެ". ތިމާ ހަދާ ޤަވާއިދަށް ހުރުމަތް ތެރިކޮށް ނުހިތާ، އަނެކުން އެޤަވާޢިދު މަތީގައި ތިބެން އެންގުމީ "މުދިން ކާޅު ގުއިކައިފާ އެހެން ކާޅުތައް ގުއި ނުކަން އެންގުން ފަދަ ކަމެއް"

    20
    3
  2. މާވަޑި ފަލާހު

    އަމައްޔާއި، ހާދަހާބައިވަރު މީހުންނެކޭދޯ، މަގުތައް ތޮށްޖެހި ފިތިބާރުވެގެން މިއުޅެނީ މިމީހުންގެ މުޒާހަރާއާއިގުޅިގެންދޯ، އަދުރޭމެންވެސް މިހާބައިވަރު މީހުން މުޒާހަރާއަށްނެރެގެން ނުވާނެދޯ. އަނެއްކާ މެތުސް ޓީޗާރގެ ނަންމްބަރު ތައްރަނގަޅުބާ؟
    ރައީސް ޔާމީނުގެ އަގުވައްޓާލަން ޖަމީލް އަޑީގަހުރެގެން ކުރާކަމެއްމީ ރިޔާސީ ޓިކެޓްހޯދަންވެގެން، ޖަމީލް ބުނަނީ ރައްޔިތުންގެ ތާއީދު ޔާމީނަށް ނެތްކަންދެއްކޭނީ މިގޮތައްކަމާ އޭރުން ޕީޕީއެމް މެމްބަރުންނަށް އޭނައަށް ތާއީދުކުރަން މަޖުބޫރުވާނެކަމަށް، އޭރުން ޔާމީން އޭނައަށްދިން އަނިޔާގެ ބަދަލްހިފާލާނެކަމައް

    4
    7
  3. ވގ ޔނ

    ހާދަ މީހުނެކޭ ދޫކޮއްލަން ހަމަގޮވާލީ އެވަގު ދޫކޮއްލީ

  4. ނަރެލް

    ފިއްކަނޑައިގެން ދާވަރު ބޮޑު ކުރައުޑެއް