ކޮވިޑް-19 ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ވިޔަފާރިތައް އަލުން ފަށައިގަނެ، ދަރިވަރުންނަށް މަދުރަސާތައް ދާއިމީކޮށް ހުޅުވާލެވެން އޮތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން މިހާރު ފަށާފައިވާ ވެކްސިން ޕްރޮގްރާމުގައި ބައިވެރިވެ، އެ ވެކްސިން ޖަހައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށުމާއެކު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރި މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންނާއި އަދި ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް އެ ބަލިން ރައްކާތެރިކުރުން ކަމަށެވެ.

ކޮވިޑް-19 ވެކްސިން ދޭން ވަނީ ފަށާފައި:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކޮވިޑް އިން ރައްކާތެރިވުމަށްޓަކައި ގައުމުތަކުން ކެނޑިނޭޅި މަސައްކަތްކޮށް އެ ބައްޔަށް ވެކްސިނެއް އުފެއްދުމާއެކު ދިވެހި ސަރުކާރުން މަސައްކަތް ފެށީ އެ ވެކްސިން ހޯދާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ވެކްސިން ޖެހޭނެ މަގެއް ހޯދުމަށް ކަމަށާއި މިހާރު ރާއްޖޭގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރުވެފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، އެންމެހައި ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، އަޅުގަނޑުމެން ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ. ކޯވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި ޢާންމު އުޞޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، މިބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު އިލްތިމާސްކުރަން." ރައީސް ވިދާޅުވިއެވެ.

ކޮވިިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ރައީސް ސޯލިހު ފައްޓަވައި ދެއްވި އެ ޕްރޮގްރާމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އަދި ވަޒީރުން މަޖިލީހުގެ ބޭފުޅުން ވެސް ވެކްސިން ޖެއްސެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޙްމަދު

    ބައެއް ބެލެނިވެރނިންގެ ޕްރައިވެޓް ޓައިމް ހޯދާދޭން ކުދިން ސްކޫލަށް ގެންދިޔުން ހުއްޓުވާދީ! ސިޔަސީ ބޭނުމަށް ކުދިން ސްކޫލަން ގެންދިއުން ހުއްޓާލާ!!! ސިއްހަތެއް ލިބިގެން ކިޔެވޭނީ ނުވަތަ އެހެންކަމެއްވެސް ކުރެވޭނީ!

    12
    2
  2. Anonymous

    ހެހެ ގެ ރި މޯދީ ގެ ޓެސްޓް ވެކްސިން އަޅެ ފަހެ މީ މީ އިންޑިއާގެ ޒުލެއްތަ

    10
    4
  3. އޮޅުވާލި ވޯޓު

    ދުވަހަކު ކަލޭވިޔަފާރިތަ ނުހުޅުވިޔަސް އަހަރުމެން ނުޖަހާނަން ތިވެކުސިނެއް ކަލޭބުނި ލޯނުތައް ލުއިކޮއްދިން ވާހަކަ އޭކޮންބަޔަކަ ލުއިކޮއްދިން ވާހަކައެއްތޯ ހަމަޔަގީނުންވެސް މަގޭއަތުން އިތުރައް ބައިލައްކަ ރުފިއާޔައްވުރެ ގިނަރުފިޔާ އިތހުރަހް ނަގަާ

    9
    3
  4. ސަމާ މާލެ

    އަހަރުންނައް ހެޔޮ ތަންތަން ނުހުޅުވިޔަސް. އަހަރުން ގަޔަކަށް ވެކްސިންނެއް ޖަހާކަށް ބޭނުމެއްނޫން. ވޯޓެއްވެސް ނުދޭނަން އެމްޑީޕީއަކަށް.

  5. ފެކްޓް

    މި ދައްކާ ވާހަކަ ދެކޮޅު ޖެހޭބާ؟
    ވެކްސިން ވޯކު ކުރާނެ ކަމުގެ ޔަޤީންކަން އޮތީތޯ!!

  6. ޙހހހ

    މިމީހުން ކުރިސްމަސްގަ އާއި އާއަހަރު ފާހަަގަކުރަން މަޖާނެގިއިރު ކީއްވެތޯ ބަލަމަޑުކަމަށް ސަމާލުކަން ނުދިނީ ކީއްވެ ، މިހާރު ކޯއްޗެކޭ ކިޔާ ކަށް ، ބޭރުޤައުމުތަ ކުން ރޯޔަލް މީހުންތައް ގެނައީ އެއްވެސް ބަލާ ލުމެއްނެތި ، ދޯހަޅި ސިޔާސަތުގައި