ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވަވައިދެއްވި ރިޔާސީ ބަޔާނުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓުތަކުގެ ވާހަކަ ނެތީމަ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިޔާސީ ބަޔާނުގައި ހިޔާ ފްލެޓުތަކުގެ ވާހަކަ ނުގެނައި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ހިޔާ ފްލެޓްތައް ލިބުނު ކަމަށް މިދިޔަ ސަރުކާރުން ލިޔުން ދީފައި ނަމަވެސް މި ސަރުކާރުން ފަހުން އަތުލާފައިވާ ރައްޔިތުންގެ ތެރެއިން ނިކަމެތި ހާލަތުގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ރައްޔިތުންގެ ހައްގުގައި އަޑު އުފުލަމުންދާ "އެކުވެރި އާންމުންގެ ގުޅުން" ޖަމިއްޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ، ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގައި 20،000 އެތައް އާއިލާއެއްގެ ދިރިއުޅުމާއި ގުޅުން ހުރި، މައްސަލަ ބޮޑު ވެފައިވާ، ހިޔާ ފްލެޓުގެ ކަންތަކަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައި ނުވާތީ ހިތާމަ ކުރާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތައް އަތުލާފައިވާ ނިކަމެތި ރައްޔިތުންގެ އިހްތިސާސްތަކަށް ރައީސް ސޯލިހް އެއްވެސް ސަމާލު ކަމެއް ނުދެއްވާ އިރު، ފްލެޓްތައް ލިބޭ ރައްޔިތުން ކުރަމުންދާ އިންތިޒާރަށް ވެސް ރައީސް އެއްވެސް ސަމާލު ކަމެއް ނުދެއްވާ ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރަން މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ މީހުންގެ ލިސްޓުތައް މުރާޖައާ ކުރަން މި ސަރުކާރުން ފެށީ ކުރީގެ ސަރުކާރުގައި އެ މަރުހަލާ ކުރިއަށް ގެންގޮސްފައި އޮތީ އިންސާފުން ބޭރުން ކަމަށް ބުނެއެވެ. އަދި އެއްވެސް ވަރަކަށް ކުރިމަތިލި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބަލާފައި ނުވާ ކަމަށް ބުނެއެވެ. މި ކަން މި ސަރުކާރުގައި ކުރަމުން ދަނީ ރައީސް އޮފީހުގައި އެ ކަމަށް ޚާއްސަ ކޮމިޓީއެއް ވެސް ނަގައިގެނެވެ.

އެ ފްލެޓްތަކުގެ ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް މިހާރު އާންމުކޮށްފައިވާ އިރު އެ ލިސްޓުތަކުން އުނިކޮށްފައިވާ ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ބައެއް ރައްޔިތުންގެ ވާހަކަތައް ވެސް އާންމުންނާ ހަމައަށް "އާންމުންގެ އެކުވެރި ގުޅުން" ޖަމިއްޔާއިން ދަނީ ގެނެސްދެމުންނެވެ. ރާއްޖޭގެ ނޫސްތަކުގައި ވެސް މި ވާހަކަތައް މިހާރު ޝާއިއު ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޯރާ ފަތޭހީ

    ޕްލެޓްތަކުގެ ކަންތައް ލަވަޔަކުން މިސަރުކާރުން ފުއްދަލާނެ.

    5
    1
  2. ކުދިމާ

    މިސޮރު ރަނގަޅީ ވެރިކަން ކުރާހަށްނޫން ފުލޯކު ވާކަހަކަ ކިޔަން ފުލެޓުގެވާކަހަ ބޮޑު ޖޯކަކަށް ހަދަައިފި ރައްޔިތުން ގގުނބޯ ހައްދނީ

  3. ޕޮފް

    އަހަރެން އަތުން ފުލެޓު އަތުލުމުން އަހަރެން މިހިރީ ނަފުސާނިީ ބަލިޖެހިފަ ގޮތްހުސްވެފަ
    އިބޫއައް ވެސް މިީ ކިހާވަތެއްގެ ހިތާމައެއްކަން އިގޭނީ
    މިކަހަލަ ހިތާމައެއް އުފުލަން ޖެހުނީމަ

  4. ގޮނޑި ކޮއްކޮ ސަރުކާރު

    މި ލާދީނީ ސަރުކާރަށް ފުލެޓޭ ކިޔައިގެން އަނގަ ހުޅުވޭކަށް ނެތް. ގޭދޮށު ކުދިންނަށް ބަހާ ނިންމައިފި.

  5. ކަލްދޯބަޖޭންގާ

    ގުޅިފަޅުގައި ޕޯޓު ހެދުން ކުރިއަށްދާނެ ކަމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވުމުން މި ސަރުކާރުގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް އޮތް ސިޔާސަތު ސާފު ވެއްޖެ މިސަރުކާރުނ އެކަންޏެއްނޫން 1978 އަހަރުންފެށިގެން މިނަސްލީ އިމްތިޔާޒް މިދަނީ ހިނގަމުން މާލޭގެ ރައްވެއްސަކައް ވީމަ ގޯތި ހަރާމް ރައްރަށުގަ ހަލާްލް ގާނޫނުގަ ބުނަނީ ކުލަޔަކައް ރަށަކައް އެއްވެސް ތަފާތެއްނެތި ހަމަ ހަމަ ވާންޖެހޭނޭ ވޯޓްލާންވީމަ މާލޭގެ ރައްޔިތުމީހާ ކަމުދޭ ގޯއްޗެއް ދޭންވީމަ ކަމަކުނުދޭ ރައްރަށުގެމީހުންނައް ހިއްކާފަވެސް ގޯތިދެވޭ މާލޭޢޭގެ ރައްޔިތުމީހާޔައް ނުލިބޭ މީނަސްލީ އިމްތިޔާޒް ނޫންކޯންޗެއްތޯ ހައުސިންޔުނިތްގެވާހަކަ ދައްކާއިރު ހައުސިންޔުނިޓަކީ އެއިރެއްގެ ސަރުކާ ހިންގާޕާޓީ ހިންގަން ޙަރަދުކުރާ ވިޔަފާރިގަނޑެއް ރައްޔިތުން ނިކަމެތިކޮއް ފަސޭހަ ކަމާއެކު ވޯޓްހޯދަން