ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޑްވައިޒަރު މުހައްމަދު ޝިހާބުގެ ބޭންކު އެކައުންޓުގައި 362 މިލިއަން ރުފިޔާ ހުރި ކަމަށް އޮތީ ލިޔުމުގައިވާ ކުށަކުން ކަމަށްވާތީ އެކަން ރަނގަޅު ކުރުމަށް އޭނާގެ އެސެޓް ޑިކްލެރޭޝަން ރިފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ނަގައިފިއެވެ.

އެ ފޯމްގައި މީގެ ކުރިން އޮތް ގޮތުން ނަމަ، މިދިޔަ އަހަރުގެ ފެބްރުއަރީ 27 ގެ ނިޔަލަށް ޝިހާބުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓެއްގައި 362،015،022.00 ރުފިޔާ ހުރި ކަމަށް ދައްކައެވެ. އަދި ޑޮަލަރު އެކައުންޓުގައި 18،129.76 ޑޮލަރު ހުރި ކަމަށްވެސް ދައްކައެވެ.

އެ އަދަދަކީ އެއީ ކުށެއް ކަމަށް ފާހަގަ ކުރެވިފައިވަނީ ނޫސްތަކުގައި އެ ހަބަރު ޝާއިއު ކުރުމުންނެވެ.

އެކަން ރަނގަޅު ކުރުމަށް ޝިހާބުގެ އެސެޓް ޑިކްލެރޭޝަން ފޯމު ވަގުތީ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުން ވަނީ ނަގާފައެވެ.

ޝިހާބުގެ އެކައުންޓްގައި ހުރީ 362،015.022އެވެ.

މިއީ އޭނާ ކޮން ގޮތަކުން ހޯދި ފަައިސާއެއްކަން ބަޔާންކޮށްފައެއް ނުވެއެވެ.

އެ ފޯމްގައިވާ ގޮތުން، އެ ފޯމް އާއްމު ކުރުމުގެ ހަ މަސް ދުވަހުގެ ކުރިން ޝިހާބަށް މުސާރައިގެ ގޮތުގައި 224،789 ރުފިޔާ ލިބިފައިވެއެވެ. އަދި ލޯނު އިންޓްރެސްޓުގެ ގޮތުގައި 172،474 ރުފިޔާ އަދި ގޯތި ކުއްޔަށް ދީގެން 72،000 ރުފިޔާ އޭނާއަށް ލިބިފައިވާކަމަށް އެ ފޯމްގައި ވެއެވެ.

އެ ފޯމްގައި ވާގޮތުން ޝިހާބުގެ މިލްކިއްޔާތުގައި ދެ ސައިކަލާއި، ބީއެމްއެލްގެ 2880 ހިއްސާ އާއި، ދިރާގު 2500 ހިއްސާ އާއި، އެމްޓީޑީސީގެ 3300 ހިއްސާ ހިމެނެއެވެ.

އެ ފޯމްގައި އޭނާއާއި އަނބިކަނބަލުންގެވެސް އެއްވެސް ދަރަންޏެއް އޮތް ކަމަށް ނުދައްކައެވެ.

ރައީސް ސޯލިހް، ޝިހާބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    ބަލަ ތިޔަހެން ނުނެނޭގެ ޒިންމާވާފަރާތައް އަަބުލިބެންޖެހޭ އަބަދު އޮޅުން އަރާފަތިބޭބަޔަކު ގައުމު ހިންގީމާ ވާނެ 4އެތި މިހިރަވަނީ ރައްޔިތުންނޭ ވިސްނާ

    23
    2
  2. ޚ

    ޞަލާއެއްނު

  3. ބުހުތާނު ....

    ޕޮއިންޓްގެ ފަހަތައް 3 ނަންބަރު ޖަހައެއްނޫޅޭނެ. ލާރީގެއަދަދު އޮންނާނީ ޕޮއިންޓްގެ ފަހަތަށް ދެއަދަދު. އެއްދޮގު ހަދައިފިއްޔާ އެފޫބައްދަން ވަރަށްގިނަ ދޮގުހަދަންޖެހޭނެ. 0.022 މީގެ މާނައަކީ 2 ލާރި އަދި ލާރިއެެއްގެ ފަސްބައިމުޅަ އެއްބައި މީކީ ބޭންކުތަކުން އަދަދުޖަހާ ގޮތެއްނޫން

    17
  4. ސޫއޫދު

    މިހާރުދޮގު ކުރިންރަނގަޅު ބަނގުލަދޭޝް ލޭބަރެއްގެ ޖީބުންވެސް ތިވަރުނަގާލާނެ މިއަދު އިންސާނުންނައްނުފެއްނަގޮތައް ހެދިދާނެ މާދަން ނުވާނެއެހެނެއް މުޅިރައްޔިތުންނައް ޖަވާބުދޭންޖެހޭ މަގާމުތަކުގަ އުޅުނުއެންމެން ގެހިސާބުބެލޭނެ އޭރުންތިލިއުން ބަދަލެއްނުކުރެވޭނެ ކާކުގަބުޅުކުރާނީ ތިކަން މާލޭރައްޔިތެއް އާއިލީވިއަފާރީ ގެދޮރުހުރިމީހެއް ބޮޑެތިމަގާމުތައް އަދާކުރާބޭފުޅެއް އާއިލީގޮތުންވެސް ފާއިތުވި40 އަހަރުތެރޭވެސް.

    11
  5. ބަކުރާ

    ރާއްޖެތެރޭ މީހުންނައް ގޯތި ކުއްޔައް ދީގެން ވެފަހުރިވަރޯ 🤔

    15
  6. ބޫ

    ހެހެހެ ދެން ވިސްނާލާ ރިޔާސީ ބަޔާނުގަ ހުންނާނެ އަދަދު ތަކާމެދު ބަޔަކު ނިކުމެ ބަލައިފިނަމަ އެ ވެސް އޮޅުމެކޭ ބުނާނެ. ހެހެހެހެހެ.

    15