އައްޑޫ ސިޓީ ހުޅުދޫ އަށް ގޮތް ނޭނގޭ ކަނދުފައްޗެއް ލައްގައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ހުޅުދޫ ދާއިރާ ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވީ، އެ ކަނދުފަތި ލައްގާފައިވަނީ އެރަށު ބަނދަރާއި ދިމާލުން ބޮމާ ފަންނު ސަރަހައްދަށް ކަމަށެވެ.

ޝުކުރީ ވިދާޅުވީ، އެ ލައްގާފައިވާ ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ކަމަށާއި މިއަދު ހެނދުނު އޭނާގެ ސަމާލު ކަމަށް އެކަން ގެނެސްފައިވަނީ އެރަށުން މީހަކު ކަމަށެވެ.

"މިއަދު ހެނދުނު މީހަކު އަޅުގަނޑަށް އޭގެ ފޮޓޯ ފޮނުވީމަ އަޅުގަނޑަށްވެސް އެނގުނީ. މިހާރު ފުލުހުން އަންގައިފި ތިމަންނަމެން ވަކި އެއްޗެއް އަންގަން ދެން އޭތި ބާއްވަން" ޝުކުރީ ވިދާޅުވިއެވެ.

ހުޅުދޫއަށް ލެއްގި ކަދުފަތި-- ފޮޓޯ: ޝުކުރީ

ޝުކުރު ވިދާޅުވީ، ކަނދުފަތީގެ އަޑީގައި އޮނު ތިން ބަރިއަކަށް ގަތާފައި ހުރި ކަމަށާއި އޭގެ މަތީގައި ކުޑަ ގެއެއް ކަހަލަ އެއްޗެއް ހަދާފައި ހުރި ކަމަށެވެ. މީގެ އިތުރުން ނެވިގޭޝަނަށް ބޭނުން ކުރާ ވައްތަރުގެ ތަކެއްޗާއި ލައިޓް ފަދަ ތަކެތި ހުރި ކަމަށް ލަފާ ކުރެވޭ ކަމަށް ޝުކުރީ ވިދާޅުވިއެވެ.

"އޭގެ ދިގު މިނުގައި 18 ފޫޓު، ފުޅާ މިނުގައި 10 ފޫޓު ހުރި. ބޮޑަށް ބެލެވެނީ ސިލޯނު ފަރާތުން އައި އެއްޗެއް ކަމަށް. އެފްރިކާ ވައްތަރުގެ ދިދައަކާއި، އިތުރު ތިން ދިދައެއްވެސް ހުރި. ދެ ދިދަ އެކަމަކު ކޮޅަށް ހުރީ. އަނެއް ދެ ދިދަ އެތެރޭގައި ބާއްވާފައި އޮތީ" ޝުކުރީ ވިދާޅުވިއެވެ.

އޭގެ ތެރެއިން ފެނުނު އިސްތަށިގަނޑު-- ފޮޓޯ: ޝުކުރީ

މީގެ އިތުރުން އޭގައި ބޮލުގައި އަޅާ ކަހަލަ އިސްތަށިގަނޑެއް އޮތް ކަމަށްވެސް ޝުކުރީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިއްކަ

    ދެން އޭގަތިބި މީހުންކޮބާ؟

    19
  2. މިސްޓަރީ ކަނދުފަތި

    ތީ ރޮމޭނިއާގެ ބަޔަކު 1980 ގެ އަހަރުތަކުގަ ބޭނުންކޮއްފަ އޮތް ކަނދުފައްޗެއް ކަންނޭގެ؟
    ހިއެއްްނުވޭ ތީ ރޮމޭނިއާ އިން އޮޔާ އެޓްލާންޓިކް އަށް ގޮސް އެޓްލާންޓިކް އިން އޮޔާ އެކީ އިންޑިއާ އޯޝަންއަށް ގޮސް ރާއްޖެއަށް އައި އެއްޗަކަށް.. ޔޫރަޕުން ރާއްޖެއަށް ކަނޑުމަގުން އެއްޗެއް އައުމުން ސުވާލު އުފެދޭ.

    15
  3. ބުދިސްޓް

    ތީ ބުދު ދީނު ގެ ދިދަ. ތިވާނީ ކޮންމެވެސް އަޅުކަަމަކަށް ލަންކާއިން ހަދާފަ އިން އެއްޗަކަށް

    14
    1
  4. ސިނެކް

    ތިޔަކީ ބުދައްއަޅުކަން ކުރާމީ ހުން ބޭނުންކުރާ އެޗެއް ތީގެތެރޭގަ އެމީ ހުން ސި ހުރުވެސް ހަދާނެ މީތިއަންދާލުން ބުއްދިވެރި

    19
    3
  5. މާމިގިލީ މީހާ

    ތި ވާނީ އެފްރިކާއިން ހަދިޔާކުރި ވެކްސިންތައް ލާފަ ފޮނުވި ދޯނި ގަނޑަކައް.

    26
    1
  6. ރޯނުއެނދުރު

    ތީ ރަންނަމާރި އަރަން ބޭނުންކުރާ ކަނދުފަތި.. އަންހިންކުއްޖާ ރޭޕްކޮއްލާފަ ތިއޮތީ..

    13
  7. ސސ

    ތީ ބަޔަކު ޑުރަގް އެތެރެކުރަން ގަސްދުގައި ފޮނާ އެއްޗެހި ތިޔައީ ބޮޑެތި ޑީލަރުންގެ ކިއްލާ ، ތީތި ވަރަށް ރަގަޅަށް ޗެކްކޮށް ބަލަން ޖެހޭ !

  8. ޔޫއެފްއޯ

    އަންނޯން ފުލޯޓިންގ އޮބުޖެކްޓު