ސަރުކާރުން ނ. ހުޅުދޫގައި އަޅަން ނިންމާފައިވާ 30 ހައުސިން ޔުނިޓް އެރަށުގައި ނާޅާ، އެރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އަދި ފަޅުރަށެއްގެ ގޮތުގައި އޮންނަ ހޮޅުމީދޫގައި އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ހޮޅުދޫގެ ފަޅުގެ ޖާގަ ނެތުމުން ބިން ހިއްކައިގެން ބޯހިޔާވަހިކަމަށް ހައްލު ގެނެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ރައްޔިތުން ބޭނުންވަނީ މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިން ޔުނިޓް މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން," އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުދޫގައި ހައުސިން ޔުނިޓުތައް އަޅަން ސަރުކާރުން ނިންމީ މިއަހަރުގެ އޭޕްރީލް މަހެވެ. އެކަމަކު އެރަށުގެ ގިނަބަޔަކު ބޭނުންވަނީ އެ ހައުސިން ޔުނިޓުތައް ހޮޅުމީދޫގައި އަޅާށެވެ.

ހޮޅުދޫއާއި 750 މީޓަރު ދުރުގައި އޮންނަ ހޮޅުމީދޫއަކީ އެރަށުގެ ބައެއް ކަމަށް ރަސްމީކޮށް ނިންމާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އެރަށުގެ އިހްތިސާސް އިން އެރަށް އަނެއްކާވެސް ބޭރުވީއެވެ.

އެންމެ ފަހުން ހޮޅުމީދޫއަކީ އެރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ކަނޑައަޅާފައި ވަނީ 2020 ވަނަ އަހަރު ރައީސް ޞާލިޙަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ހާއްސަ ގަރާރަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހޮޅު

    ހޮޅުމީދޫ ކިޔާ ރަށަކީ ޞާލިހު ދުނިޔެއިން ބޭރުން ނ. އަތޮޅަށް ގެނައި ރަށެއް

    17
    2
  2. އަލީ

    އަދި ކަމަކު ނުދޭ!! ހައުސިން ޔުނިޓް އަޅަން ރަނގަޅުވާނީ ކަނޑުއޮޅިން ބޭރުގަ. އޭރުން ފަސޭހައިން މަސްވެސް ލިބޭނެ.. ފަޅުރައް ބާވާނީ ދަރާ ކާއްޓާ ނަގަން

    19
    2
  3. ޙަނދުކޭތަ

    ފަޅުރަށުން ހޮޅުދޫއައް ބުރިޖަކުންތަ ގުޅާލަނީ ބުރިޖު ސޯލިހޫ 2023 ހައް ރައްރަށުގެ ނިކަމެތިން ގުނބޯހައްދާފަ ބައިތިއްބާ

    19
    2
  4. Anonymous

    އަސްލު އަޅަންވީ ފްލޯޓިން ގެ ތަކެއް. އޭރުން ނުޖެހޭނެ މަހައް ދާކަށް ހަމަ ތިބިތަނުން މަސްވެސް ބާނައިގެން އުޅެވޭނެ. 2023 ވަރަށްސަޅިވާނެ އޭރުނުން

    16
    1
  5. ހޮޅުމީހާ

    ހޮޅުމީދޫ ކިޔަސް ތީ ހޮޅުދޫއެއްނޫން އެހެންވީމާ ތި ހައުސިން ޔުނިޓު ތަކަށް ރާއްޖޭގެ އެންމެނަށް ކުރިމަތިލެވެންޖެހޭނެ….

    13
    2
  6. ކެއްކެއް

    ނަސީބެއްނުން ކައިރީގައި އޮތް އިންޑިއާގެ ސަހަރަކަށް ބަދަލުނުކުރިކަން.

    14
    2
  7. އާދަނު

    ތިޔަ ހައުސިންގ ޔުނިޓްތައް ފައިބާނީ ބިމުއަޑިޔަށް! ޔާމީންގެ ޒަޢާމަތުގައި ފަށާފަ ނުވަތަ ބަޖެޓް ލިބިފައިހުރި ތަނެއް ނޫނީ 4 އަހަރުނިމުނުއިރުވެސް ވީކަމެއް ނެތް!