ފަހަކަށް އައިސް ވަރަށް ގިނައިން ހޯދަން އިއުލާން ކުރާ މާލެ، މ.ވެލިދޫ، މުޙައްމަދު ނަޢީމް (މޮނާޒާ ނައީމް) ހޯދަން ފުލުހުން އަނެއްކާވެސް އިއުލާންކޮށް އޭނާ ހޯދުމުގައި އާންމުން އެހީތެރިވެދިނުމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މޮނާޒާ ނައީމް ހޯދަމުން ދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެންނެވެ.

މޮނާޒާ ނައީމް ހޯދަމުންދަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 04 ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މޮނާޒާ ނައީމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ޝުކުރު އަދާކުރައްވައެވެ.

މޮނާޒާ ނައީމް އަކީ އެންމެ ފަހުން ޤާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަވީރު

    މެލޭޝިޔާ ގަ އެބަ އުޅޭ، ވަން އުތާމާ ތެރޭ އުޅޭ ވަރައް ގިނައިން

  2. މާރިޔާ

    ދެން ކީކުރަ ބައެއް ތޯ ފުލުހުން ތީ. ބޮޑެތި މުސާރަ ދީފައި.

  3. ވގ

    މޮންދުއާ ހަވާލްކުރޭ ތިކަން އޭނަވަރައްކުޅަދާނަވާނެ ތިކަންކުރަން މީހާރު އެކަކުއަލައިފި