މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވެވި ފަނޑިޔާރު، އަލީ ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހިޔާ ފްލެޓު ލިބިއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކުރިން ހުންނެވި އަލީ ރަޝީދަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްއެވެ. ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރެއްވުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލު ކުރެއްވީ ގާޒީ އަލީ ރަޝީދަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް ފަހުން ބެއްލެވީ ގާޒީ އަލީ ރަޝީދެވެ. އެ މައްސަލަ ބެލުމަށް ގާޒީ އަލީ ރަޝީދު ހަމަޖެއްސުމުން ގިނަބަޔަކު ތުހުމަތުތައް ކުރިއެވެ. އަދި ވަކި ގޮތަކަށް ހުކުމް ނެރުއްވާނެ ކަމަށާއި އެ މަގާމަށް އަލީ ރަޝީދު ހަމަޖައްސަވާ ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަށް ޑީލްތަކެއް ހެދިފައިވާ ކަމަށްވެސް ތުހުމަތައް ކުރެވިގެން ދިޔައެވެ.
ކްރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލައުންޑަ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވާލާފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ލިސްޓަށް ބަދަލު ގެނެސްފައެވެ. އެ ލިސްޓު އަލުން އެކުލަވާލީ އަލުން ޕޮއިންޓް ދިނުމަށް ފަހުގައެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކަލޭ ހިތްފުރިއްޖެ ދޯ.
ބަލަ ޔާމީނު ވެރިކަމުގަ އޭ ދިނީ މިފަހަރު ޕޮއިންޓު މަދުވީ އޭރު ގިނައިން ޕޮއިންޓު ދީފަ އޮތީ..
މިކަލޭގެޔަށް ދުނިޔެމަތީގައިވެސް ޢުޤޫބާތްލިބުން ދުޢާއަކީ!
ހެހެހެހެ ވަޓް އަ ލުކް. ލޮލް
ކީކޭ ބުނާނީ ރަށްޔަތު މީހާ ހަ މަބި މަށް ރޮއްވާލާފަ ތިރިކޮއްލަނީ. انشاء الله މިނުން އެހެން ދުވަހެއް ވެސް ދެކޭނެ
އަލިފާން އަލިފާން
މާތްﷲގެރަޙްމަތުން ޢަދުލްއިންސާފުން ޙުކުމް ކުރާ މީހުންގެ ނިމުން ވަރަށް ހިތިވާނެ އެއީދުނިޔޭއުފަލެއް ނުލިބޭނެ ވަރަށް ހިތިވާނެ ،އޭގެ ސަޖާ އޭނާއަށް )ޤާޞީއަށް ދުނިޔޭގަވެސް ދަްކަވާނެ.
ކީކޭ ތި ލިޔެވުނީ؟
ކަލޯ ކޮއްޗެއް ކިޔަންތިއުޅެނީ
އަލީ ރަޝީދުގެ ކޮއްކޮ މަރިޔަމް ރަޝީދާއަށް ފްލެޓް ދީފައިވާއިރު، އޭނާ ދިރިއުޅެނީވެސް ރަށުގައެވެ. އަދި އޭނާ ވަޒީފާގައި ހޭދަކުރި މުއްދަތު 20 އަހަރަށްވުރެ ގިނަކަމަށް ދައްކާ އެބައިން ފުލްކޮށް މާކްސް ދީފައިވާއިރު، އޭނާ ވަޒީފާ އަދާ ނުކުރެއެވެ. ނުވިތާކަށް، އޭނަގެ މިހާރުގެ އުމުރުން ވަޒީފާ އަދާކުރަން ފެށޭނެ އެއްމެ އަވަސް އުމުރު ކަމުގައިވާ 18 އަހަރު އުނިކުރުމުންވެސް ބާކީ 20 އަހަރެއް ނޮއޮންނާނެއެވެ. ފްލެޓް ކޮމެޓީއެއް އޮތުމުގެ ބޭނުމަކަށް ވާންވާނީ ހުރިހާ ކަމެއް ރަނގަޅަށް ބަލައި ހައްގުވެގެންވާ ޕޮއިންޓް ކޮންމެ މީހަކަށްވެސް ދިނުމެވެ. އޭނަ ނޫނަސް، ދުވަހަކުވެސް މާލޭގައި ދިރިނޫޅޭ އަދި އެއްވެސް ގޮތަކަށް ވަޒީފާ އަދާނުކުރާ ކިތައްމެ މީހަކަށް މަކަރާއި ހީލަތުން ފުލްކޮށް ޕޮއިންޓް ދީގެން ފްލެޓް ދީފައިވެއެވެ. ދެން ފާހަގަކޮށްފައިވާ ފިޔާޒް ހުސައިން އަދި އޭނާގެ އަންހެނުންވެސް ދުވަހަކުވެސް މާލޭގައި ދިރިނޫޅެއެވެ. މިކަންތައްތަކަކީ، ރަށު ކައުންސިލުން ސާފުކުރެވޭނެ ކަންތައް ތަކެވެ.
މަރިޔަމް ރަޝީދާގެ ފިރިމީހާ އަޅުގަޑަކީ ކޮންތާކު އޮތް ރަށެއްގަތޯ އުޅެނީ.
2009 ގެ ފަހުން އަޅުގަނޑާއެކު ހުޅުމާލޭގައި އުޅެނީ.
ނަރަކަ ނޫން އެހެންތަނެއް ނެތް... އިންޝާﷲ..
ރުޅިވެސް އާދެއެވެ . ނަފުރަތުވެސް ކުރަމެވެ. އެކަމުގެ ޖަޒާ ދެދުނިޔޭގައިދެއްވުންވެސް އެދެމެވެ. އެކަމުވެސް އެއްވެސް އިންސާނަކަށް ނަރަކަ ނޭދޭށެވެ، އެއީ އެތާގެ ގަދަ ފަދަ އަޒާބު ތިޔަބައި މީހުން ދަންނަކަމުގައި ވާނަމައެވެ. ވަޢްﷲ އައުލަމް
މި ކޮން ކާޓޫނެއް
ތީ ހުސްދޮގު އަލީ ރަސީދުގެ ކޮއްކޮ ފ.ބިލެއްދޫ ފެނަކަ ބްރާންގެ މެނޭޖަރ މަގާމުން ވަކިކުރީ ސިޔާސީގޮތުން އެރަށު އެންޑީފީއަށް ވޯޓް މަދުވާނޭ ކިޔާފަ!!މަސްސަލަ ކޯޓަށް ހުށައެޅި އިރުވެސް ކަނޑާލި ސަބަބު ނޭގޭކަމަށްވަނީ!!މަސްސަލާގެ މެދުތެރެން އަންނަސީ އަމިއްލަ ފަރާތަކުން ހުށައެޅި ސިޓީއަކަށް ކަމަށް ބަލާފަކަނޑާލީކަމަށް!!އަލީ ރަސީދު ނުފޫޒުގެ ބޭނުން ކުރާނަމަ މައްސަލަ ކޯޓުގައި އޮންތާ އެއް އަހަރު ފާއިތު ވީއިރުވެސް އިމްރާން ރަސީދުގެ މައްސަލަ ނުނިމޭ!!އެންވީމަ ކިހެނެއް ތިކަހަލަ ވާހަކަ ގަބޫލޫލް ކުރާނީ
ހަމަތަކުގެ މަތިން ލިބުމަކީ މައްސަލައެއްނޫން
ނިމުން ވަރަށް ހިތިވާނެ ގޯސްކޮށް ހުކުމް ކުރަ ގާޒީންނަށް
ހަގީގަތް ނޭނގި، އެހެން މީހުންނަށް ތުހުމަތުކޮށް ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ހަސަދަވެރި ދޮގު ތުހުމަތުކުރުމަކީ ނުބައިވެގެންވާ ކަމެއްކަން ނޭނގޭބާ!!؟ ﷲ ބިރުވެތިވޭ!
ތަން ދޮރު ނުބަލާ ޖާާހިލުން ތީ. ބުހުތާން ދޮގުފަތުރަނީ. ގާޒީގެ އާޢިލާގެ އެންމެ ބޭފުޅަކަށް ލިބުނީ.
ހަޤީގަތް ނުބަލާ ވާހަކަ ނުދައްކާ
ކަތިވަޅި ގާޒީގެ ހަޔާތކޑަކަމާއެވެ!
މިސަރުކާރުގައި ތިޔަކަހަލަ ކަންކަން ވަނީ ހަމަ އިއްތިފާގުންކަމަށް މިސަރުކާރު ގެނައި މީހުން ބުނާނީ. ޔާމީނުއިރުނަމަ ހަމަ ނާޖާއިޒް ފައިދާ ހޯދަދިނީކަމަށްވާނީ. އަނދިރިވެފަ ތިބޭވަރު އެއީ.
އޭނަގެ ރަށުގެމީހަކަށްވެސް ލިބުނުވާހަކަ ލިޔަންވީނު.
މިއަދު އެމް.ޑީ.ޕީ ސަރުކާރުން ރައީސް ޔާމީނު އެޅުއްވި ފުލެޓަކީ ކޮތަރު ކޮއްޓޭ ކިޔައިގެން ދެއްކި ވާހަކައަކީ ކަޑައެޅިގެން ދޮގުވާހަހަކައެއްކަން ރައީސް ޔާމީނަށް ޙުކުމް އިއްވި ގާޒީގެ އާއިލާ އަށް ހިޔާ ފްލެޓް ލިބުމުން އެގި ހާމަވެއްޖެއް.
ފްލެޓް ދޭން ޖެހޭނެ ތިބޭފުޅާޔަށް.މިހާރުވެސް މާލަސްވެއްޖެ. ޢަސްލު މިފްލެޓް ހުންނަން ޖެހޭނީ ރަނާއި ޖަވާހިރުން ހަދާފައި. ސަބަބަކީ މިހާބޮޑު ކުއްވެރިޔަކަށް މިހުކުމް އިންސާފްވެރި ކަމާއިއެކު އިއްވެވީތީ. ޥވވވވވވ ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ގާޒީ.
މިކަލޭގެ ފެނުނީމަވެސް ހީވޭ މީ ލަފާމީހަކައްނުވާނެކަން
ހައްޤުވެރިއަކުނަމަ ލިބިގެން ޝަކުވާއެއް ބާއްވާކަށް ނުޖެޖޭ... އެހެން ގޮތަކަށް ލިބުނުނަމަ މައްސަލައެއް ....
ޅިބުނީ ކޮންގޮތަކުންކަން އޮޅުންނުފިލުވާ މިވެނިކަމެއް ކުރިމީހަކަށް ފުލެޓެއް ލިބިއްޖޭ އޮތުމުން ހީވާކަހަލަ ނުހައްގުން ދީފަ އޮތް އެއްޗެކޭ.
ދިރިއުޅުމުގެ ހާލަތައްބަލާ ކިތައްޕޮއިންޓްތަލިބުނީ ވަގުސަރުކާރެއް
ޕީ.ޕީ.އެމް ، ޕީ.އެން.ސީ މުޒާހަރާ ތަކަކުގަ އުޅޭ ފަރާތް ތަކަށާއި އެމީހުން ގެ އާއިލާ ތަކަށްވެސް ފްލެޓް ލިބިފަ އެބަހުރި. އެވާހަކަވެސް ލިޔެލިނަމަ. ހެހެ ހޭ.
އޭނާގެ އާއިލާ މީހުންނަކީ ދިވެހި ރައްޔިތުނޭ
ރައިސް ސޯލިހު ގެ އާއިލާ ބޭފުޅެއް ކަމަށްވާ މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސޯލިހު އަށް ލިބި ވަޑައިގަތް... ރައިސް ސޯލިހު ގެ އައީލާ ބޭފުޅުން މަތީ މަގާމްތަކުގަ ތިއްބެވިއަސް ދިރިއުޅުއްވަނީ ވަރަށް ނިކަމެތިކޮށް.. ހަމަ އުޅުއްވާނޭ ތަންކޮޅެއް ނެތިގެން ޕަބްލިކް ހައުސިން އަށް އެދެން ޖެހެނީ.. ޔާނު ހަދައިދިން ފްލެޓްގަ އެމްޑީޕީ ބޮޑެތި ބޭފުޅުން....ދެން ލާލަލާ