މިއުޒިކާ ބެހޭ ގޮތުން ކުރަމުންދާ ބަހުސުގައި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
ވައްޑެ މިގޮތަށް ޓުވީޓު ކުރައްވާފައި ވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާ އެކު މިއުޒިކް އަޑު އަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށް ދިނުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލިހުގައި ބަހުސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ވައްޑެގެ ޓުވީޓުގައި އޭނާ ވަނީ މަޖާޒީ ގޮތަކަށް އިލްމުވެރިންނަށް ފާޑު ވިދާޅުވެފައެވެ.
ވައްޑެ ވިދާޅުވީ ދަންނަކަމާއި އިލްމުވެރިކަމަކީ ސިކުނޑި ފުޅާވުން ކަމަށާއި އެއީ ބަލައި ދިރާސާކޮށްގެން ކަންކަން ދެނެގަތުން ކަމަށެވެ.
ނަމަވެސް "ދެލިގަނޑެއް ހިތުދަސްކޮށް، ވަކި ރާގަކަށް އެ އެއްޗެހި ކިޔަން އެނގުމަކީ" ތަމްރީނުވުން ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެއީކީ އިލްމުވެރިވުމެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ތަޢުލީމާއި ތަމްރީނަކީ ދެ އެއްޗެއް ކަމުގައި ފާހަގަ ކުރައްވައިފައެވެ.
"ދަންނަކަމާއި ޢިލްމުވެރިކަމަކީ ސިކުނޑި ފުޅާވުމެވެ. އެއީ ބަލައި ދިރާސާކޮށްގެން ކަންކަން ދެނެގަތުމެވެ. އެހެނަސް ދެލިގަނޑެއް ހިތުދަސްކޮށް، ވަކި ރާގަކަށް އެ އެއްޗެތި ކިޔަން އެނގުމަކީ ތަމްރީނުވުމެކެވެ. އެއީކީ އަދި އިލްމުވެރިވުމެއް ނޫނެވެ. ތައުލީމާއި ތަމްރީނަކީ ދެ އެއްޗެކެވެ." ވައްޑެ ވިދާޅުވިއެވެ.
ދަންނަކަމާއި ޢިލްމުވެރިކަމަކީ ސިކުނޑި ފުޅާވުމެވެ. އެއީ ބަލައި ދިރާސާކޮށްގެން ކަންކަން ދެނެގަތުމެވެ. އެހެނަސް ދެލިގަނޑެއް ހިތުދަސްކޮށް، ވަކި ރާގަކަށް އެ އެއްޗެތި ކިޔަން އެނގުމަކީ ތަމްރީނުވުމެކެވެ. އެއީކީ އަދި ޢިލްމުވެރިވުމެއް ނޫނެވެ. ތަޢުލީމާއި ތަމްރީނަކީ ދެ އެއްޗެކެވެ.
— Waddey (@waddey_) February 9, 2021
މި ޓްވީޓުގައި "ދެލިގަނޑެއް ހިތުދަސްކޮށް، ވަކި ރާގަކަށް އެ އެއްޗެތި ކިޔަން އެނގުމަކީ" ތަމްރީނު ވުމެއް ނޫން ކަމަށް ވައްޑެ ވިދާޅުވެފައިވާ އިރު، އެބަސްކޮޅަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން "ދެލިގަނޑެއް ހިތުދަސްކޮށް، ވަކި ރާގަކަށް" މިހެން ވައްޑެ ވިދާޅުވަނީ ގުރުއާނަށް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ވައްޑެ އެ ވަނީ ފާޅުގައި ކީރިތި ގުރުއާނަށް ހަޖޫޖަހާފައި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެމުން ވައްޑެ "ވަގުތު" އަށް ވިދާޅުވީ އޭނާ މާނަ ކުރީ ކީރިތި ގުރުއާނަށް ނޫން ކަމަށެވެ. އެ ބަސްކޮޅަކީ އިހުޒަމާނުގައި "ޕޭޕަރު ހިތުދަސްކޮށްގެން ޓެސްޓަށް ދާ ދިއުން" ކަމަށް ވިދާޅުވިއެވެ.
ނަން ވާނީ މައުމޫނު. މުޅިންވެސް ރޯނު އެދުރުން
މާބޮޑަށް ނުލަފާ މީހަކު ދެކެ ލޯބި ވެވުނީމަ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ އެވެ.
އިހުޒަމާނުގައި ޕޭޕަރެއްވެސް އަދިޕާޕަރެއްވެސް ނުހުރޭ ކަލޭ ތިޔައުޅެނީ އޮޅުވާލަން ކަލޭތިޔާހުރީ މުރުތަށްދުވެފަ ދެންމީނަ ދެއްޔޭ ފިލައޭ ބޯޑޭ ޗޯކޭ ބެޓެރި ދެއްޔޭ ކިޔާނެކަމެއްނެތް.
ދެން ތިހެން ބުންޔަސް އެނގޭ ތީ އޮޅުވާލުމެއްކަން. ﷲ ދެނެވޮޑިގަންނަވާނެ ތިބާގެ ހިތް.
Allah ge kofayah biruvethi vasheve. Thima dhulun beyrukuri bahaai ebahuge maana Allah molhah dhenevodigen ve eve.
މަޖިލިސްތެރޭގައި ރޯނުއެދުރުން ގިނަވެއްޖެ.
މީގެ ފަހުން ތައުލީމާއި ތަމްރީނާ ގުޅޭ ސުވާލުތައް ކުރާނީ މެމްބަރު ވައްޑެއަށް. ރޮކުމިޔުޒިކާއި ހެވީމެޓަލް މިޔުޒިކާ ގުޅޭ ސުވާލުތައް ކުރާނީ މެމްބަރު އިންތިއަށް. ޖިންސީގުޅުމާއި ޖިންސީގުނަވަންތަކާ ގުޅޭ ސުވާލު ކުރާނީ މެމްބަރު އަންނިއަށް.
ހަމަ މިހާރުން މިހާރަށް =## ބުރި ކުރަންވީ އެއީ އަދަބަކީ
ކަލޯ ދެލި ގަޑުގައި ކަލޯ ވާކޮށްލާ ދޫ ބަންދު ކޮށްލުމުގެ ބާރު ލިބިފައިވޭ އެއީ ނޫރާނީ އަލި ކަމާއި ފަތަހަ ކުރުމުގެ ބާރު ހުރި ފޮތެއް ބިރުވެތިވޭ ކަލޭ ކޮސް ގޮވަނި ކޮން އަނގަ ވާ ވެދާނެ ކަލެޔަށް ދޫ ހަރަކާތް ތިކުރެވެނީ އެ ކަލިމަ ފުޅުތައް ބާވާލެއްވި އިލާހުގެ އޯގާވަންތަ ކަމުން ރާ ބޯމީހުންނާ އެކު އުޅޭތީ ހޭކެޑެނީ ތިމާޔަށް ކިޔޭ ނުކިޔޭ ވެސް އޮޅެނީ
ފަހުޒަމާނުގެ ރޯނުއެދުރެއް
ތިއަޅުގަނޑު ވަރައް ގިނައިން ބުނާ ވާހަކަޔެއް މެންބަރުގެ ވާހަކަޔައް ތާއީދު
ވަރަށް މޮޅު އޮޅުވާލަން. އެއީ އެމް.ޑީ ޕީ އަށް ތާއިދު ކޮށްފިއްޔާ ވ. އޮޅުވަލަން މޮޅުވާނެ
ﷲގެ ކޯފާ އެއް ކައިރިވެއްޖެކަމުހެ އަލާމާތްތައްފާޅުވަަނީ! ވަކިވަރަކަށް ތިޔަކަންކަން ވާނީ ކަލޯ! މަގުފުރެދުނީ ތި؟ ދެން އަންނާނީ ﷲގެ ޙައްޤު ކޯފާ! އެހިނދު ކަލޯ ބުނާނީ ގޮވާނީ ކެނެރީގޭ ނަޝީދަކަށް ނޫނެންނު! ހަލާކުހުރި. الله أكبر
މިކަހަލަ ގަމާރުންނާއި މުނާފިޤުން ގިނަވެއްޖެތަނެއް ހަލާކުވެގެންދިއުމަކައް ލަހެއްނުވާނެ މަޖްލިހުގަ ގިނައީ މުނާފިގު މުރުތައްދުން
ވައްޑެ ކަލެއަށް ހަލާކުހުރި.ބުއްޅަބެ ރުއްސަން ކަލޭ ކޮސް ނުގޮވާ ހުރެބަލަ.މަހަށް ދޭބަލަ.ކަލޭ އަތުގަ ކޮންފާހެއް އޮވެގެންތަ މަޖްލިހުގް ތިއިންނަނީ؟؟ ޕޯޑިއަމެއްގަ ލަދެއް ހަޔާތެއް ނެތި ހަޅޭއްލެވީމަ ބުއްޅަބޭ ބުނީ ކަލޭ މަޖްލިހުގް އިންނަން ޖެހެއޭ.ކުރުސި ހިތުން ކިޔާލަން ކަލެއަށް އެނގޭނެތަ؟ ނޭނގޭނެ ކަން ކަށަވަރުވެ ޔަގީންވޭ.ލަދު ކޮބާ؟ ވ.ވެދުން
މިކަލޭގެ ގުރައިދޫން ޖާގަ ހޯދަނިތޯ ! އެތަނުން ޖާގަ ހޯދި ދެވަނަ މެމްބަރު !
ޢިހުޒަމާނުގައި ޕޭޕަރެއް ނުހުންނާނެ ޤުރުއާން ނޫންޢެހެން ފިލާވަޅެއް ރާގުރާގައް ކިޔާކަމެއް ނުދެނަހުރިން. ޅޮލް
ޢިންސާނާ ފުރިހަމަ އިންސާނަކަށް ވަނީ ކީރިޤުރުޢާން އުގެނި ދަސްކުރުމުން އަދި ދެދުނިޔޭގެ ފަލާހާ ކާމިޔާބު ލިބޭނީ އެޤުރުޢާނުގައި ވާގޮތަށް ތިމާގެ ޢަމަލުތަށް ބަހައްޓައިގެން. ޜޮކްލަވަ ކިޔާ އަޑުއަހައިގެނެއް ނޫން..
އިހު ޒަމާނުަގައި ޕޭޕަރު ހިޔު ދަސްްކޮށްގެން ގޮސް ރާގަށް ކިޔަވަނީތަ؟ އޮޅުވާލުމާ މަކާރާ ހީލަތާ ވައްކަމާ ދީނާ ގުރުއާނަށް ޖޯކުޖެހުން ނޫން ކަމެއް ކުރަން ނޭނގެނީތަ؟
މުރުތައްދުވެފަ ތިބި ހައިވާނުންތައް ނިކަމެތި ކުރައްވާންދޭވެ. އާއާއާމީމީމީން.