އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ނަމަވެސް އެވައުދު ނުފުދުނު ކަމަށާއި، ދައުރު ނިމެނޭއިރު ކޮންމެ ކުއްޖަކަށް ލިބުނީ ބޮޑު ދަރަންޏެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިހާރުގެ ރައީސް ސޯލިހް ވެވަޑައިގެންނެވި އެއްވައުދަކީ އެމަނިކުފާނަށް ވެރިކަމަށް އާދެވިއްޖެނަމަ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުމެވެ. އެހަދިޔާ ފޮށީގައި ކުއްޖަކު އުފަންވާއިރު ބޭނުންވާނެ ހުރިހާ އެއްޗެއް ހުންނާނެ ކަމަށް އެމްޑީޕީން އޭރު ވައުދުވިއެވެ. ނަމަވެސް އަދި މިހާތަނަށް ސަރުކާރުން އެވައުދު ފުއްދާފައެއް ނުވެއެވެ. އެވައުދު ފުއްދަން ސަރުކާރުން މިހާތަނަށް ކުރި ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ފުއްދާނެ ކަމަށްވި ހަދިޔާ ފޮށި ބެހުމުގެ ވައުދަކީ މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ.

މިހާރު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ވައްޑެ ކުރެއްވި ޓްވީޓެއްގައި ހަދިޔާ ފޮއްޓާއި ގުޅުވައި، ދައުލަތުގެ ދަރަނީގެ ވާހަކަ ފެންމަތި ކުރެއްވިއިރު، ލިބޭ އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުވެ، ރާއްޖޭގެ އިޤުތިޞާދަށް އޮތީ ނުރައްކާ ވެފައެވެ.

"ވަޢުދުވީ އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާފޮއްޓެއް ދޭން. އެކަމަކު ދައުރު ނިމޭއިރު އުފަންވާ ކޮންމެ ކުއްޖަކަށް ލިބުނީ ދެލައްކަ ފަންސާސްހާހަށްވުރެ ބޮޑު ދަރަންޏެއް." ވައްޑެ ވިދާޅުވިއެވެ. ވައްޑެގެ ޓްވީޓްގައި އިބޫ ނޫން ގޮތެއް ހޭޝްޓެގް ވެސް ބޭނުން ކުރައްވާފައި ވެއެވެ.

ރާއްޖޭގެ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާ ހުރަސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެއްސެއް

    ވައްޑެވެސް ތިކަމުން ރެކޭނެކަމެއްނެތް ވައްޑެމެން އަޑަށްބާރުލާ ބުނި މި19ވަނަ މަޖުލިސް ތަފާތުވާނެކަމަށް މިއީތިބުނާ ތަފާތަކީ. އަނެއްކޮޅުން އެހާ ހަރަދުބޮޑު މިއުޅޭ ގޮލާ ރާއްޖޭގަބަހައްޓަން ދުވާލަކަށް އެތައްމިލިޔަން ލާރި ހަރަދުވޭ ކުރާކަމެއްނެތް މިހާރު އެހުރީ ޕާޓިންނިކުނެ ގިރި ޕާޓީއާގުޅެން ފޫނަގާގެން މިހެން ކަންތައްވަންޏާ ކިހާ ހަރަދުބޮޑުވާނެ.

    10
    1
  2. ކަރުކެހި

    ފުރަތަމަކަމަކައް ދަރަނީގެވާހަކަ ނުދައްކަމާ މަޖިލީހުގަ ކަރައްމަޅިހަރައިގެންތިބި 82 މެންބަރުން ށާމިލުނުވެ ރާއްޖޭގެދަރަނި ތިހާމައްޗަކައް ނުދާނެ ކަނޑައެޅިގެން އެގިތިބެ ރާއްޖެދަރަންޔަކައް ވައްޓާލިމީހުން ވޯޓުހޯދަން މަމެންކައިރިޔައް ނާންނައްޗޭ

    12
  3. ދަރަނި ދަންތުރަ

    ސޯލިބޭ އަލަށް އުފަންވާ ކުދިންނަށް ތިޔަދިނީ ވަރަށް ރަނގަޅު ހަދިޔާ ފޮއްޓެއް ، ދަރިންގެ ދަރިން ދަރަނިން ސަ ދިލާމަތް ކޯންދޭންއައި ސޯލިބޭ މިވީ މިހާތަނަށް ދިވެހިގައުމު ދުއް އެއްމެ ޗޯރަށް މިއީ ހަމަ ފައްކާ ޗޯރެެއް ޗޯރު އިބޫ ހިންނަވަރު ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ