މާދަމާ ރޭ ދަންވަރު ހުޅުމާލެ ސަރަހައްދުން ފެން ކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިވްއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ހުޅުމާލެ ސަރަހައްދުން މާދަމާ ރޭ ފެންކަނޑާލަން ނިންމާފައި ވަނީ ހުޅުމާލޭގެ މެއިން ވޯޓަރ ޑިޝްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިންގް މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން މާދަމާ ރޭގަނޑު 23:00 އިން 3:00 އަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ހުރިހާ ސަރަޙައްދަކުން އެކުންފުނިން ދެމުންގެންދާ ފެނުގެ ޚިދުމަތް މެދުކެނޑިގެން ދާނެ ކަމަށް އެމްޑަބްލިވްއެސްސީން ބުންޏެވެ،

އެ ކުންފުނިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.