އިދިކޮޅުގެ މުޒާހަރާގައި ތިބެނީ ހައެއްކަ މީހުންކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ މުޒާހަރާ އަށް ހަޖޫޖައްސަވައިފިއެވެ.
ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އިދިކޮޅުން މުޒާހަރާގެ ނަމުގައި ހައެއްކަ މީހުން ގޮވައިގެން "ލާހޫރެނީ" ކަމަށް ސިފަކުރައްވާފައެވެ.
އެއީ މުޒާހަރާއެއް ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ހައެއްކަ މީހުން އެއްވެ ހަޅޭލެވުމަކީ މުޒާހަރާ އެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މުޒާހަރާގައި ތިބެނީ މަދުބައެއް ކަމަށް ވާއިރު މުޒާހަރާގެ އަމަން ބަލަހައްޓަން ފުލުހުން ދާން ޖެހުމަކީ ހިތާމަވެރިކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ކޮންމެ މަސައްކަތެއް ކުރި ނަމަވެސް ގައުމުގެ ކަންކަން ކުރިއަށް ގެންދެވެން އޮތީ އެމްޑީޕީއަށްކަން ރާއްޖޭގެ ރައްޔިތުންނަށް ސާފުވާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ބޭކާރުވެސް ވާހަކަ. އެކަމަކު ވާދަވެރި ޕީޕީއެމްގެ ވާހަކަ ދަންނަވާލަން ޖެހޭ. މަގުމަތީގައި ހައެއްކަ މީހުން ގޮވައިގެން އެބަ ލާހޫރޭ. ކިޔަނީ މުޒާހަރާ އޭ. ހަގީގަތުގައި މުޒާހަރާއަކަށް ވެސް ނުވޭ. އަދި ހަގީގަތުގައޮ އެކައްޗަކަށް ވެސް ނުވޭ. ވަރަށް ދެރަ ފުލުހުންގެ ވަގުތުތައް ނަގާލާ ފުއުލުހުން އެތަންތަނުގައި ތިބެން ޖެހޭކަން. ހަގީގަތުގައި ހައެއްކަ މީހުން ކިތަންމެ ވަރެއްވިޔަސް ފުލުހުންވެސް ތިބޭކަށެއްވެސް ނުޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އިދކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.
އެކަހަލަ ހައެކަމީހުން ލާހުރިގެން ކަލޭގެ ބޮލަށްތެޔޮއަރުވާލާ ވެރިކަން ނިމުނީވެސް
100 ،،،👌👍🙏
ކަލެއަށް ހީވަނީ ކަލޭ ފަހަތުގަ ވަރަށް ބައިވަރު އެބައޮތް ހެން ދޯ
ސީދާ ކަނޑަ އެޅިގެން ދޮގެއް
އެމްޑީޕީ އައް އެކަންޏޭ އެނގެނީ ލޭތެޅެން
މަދުމީސްކޮޅެއްކަމެއް ނޭގޭތާ! ހަޔެއްކަ ކެނަ ނުކުންނައިރުވެސް ތިތިބެނީ ބިރުން ހެނޑިފައެއްނު؟ އޭތިމީތި ލޮލަށާ މޫނަށްޖަހާ ހޭބަލިކުރަނީވިއްޔާތި!
އަންނިއަށް ހަމަޖެހޭ ވާހަކައެއް ތި ބުނެވުނީ އަދިކިރިޔާ އެވެ.
މީނަ ގަދަބަ ސް ބުނެބުނެ އޮއްވާ ވެރިކަން ވެއްޓިއްޖިއްޔާ ހާދަ ރަނގަޅޭ.
މުޒާހިރާކުރާތަށްފެނިފައި ނަސީދަކަށް ކެކެއްނުކުރެވުނު ރޮވިއްޖެ ބޮޑުދޫބެހިގެންފި މިގައުމުގެހަލާކު ބޭނިިގެންފި ދެންސަލާމް
ކަލޯ ހައެއްކަ މީހުނައްވުރެ ގިނަވިޔަކަ ނުދޭވިއްޔަ ފަހެއްވާއިރާ ޕޮލިހުންނާ ސިފައިންނެރެގެން މީހުން ހައްޔަރު ކުރަން ފަށާނެ.
މީނަ ހުރީ ބޮލު ރޮދި ކެނޑީފަ ހެން ވަރަށް ހީވޭ.
ހައެއްކަމީހުން ބާރުގަދަކަން އެނގިއްޖެ.
ފްލެޓްކަޓުވާލައިގެން އުޅެނިކޮށް އެވެސް އިތުރަށް ބަލައި ހައްގުވެރިންނަށްދޭން މަޖުބޫރުވެއްޖެ.
ޢެކަމެއް ނޭނގޭ އެ ހައެއްކަ މީހުން ނިކުމެގެންވެސް 50 އެއްހާ ފުލުހުންނެރެ ގޮތް ހުސްވެގެން ތެޅި ފޮޅެނީ. ބޮއްޅައަށް އެނގޭނީ ހައެއްކަ މީހުން ނިކުމެ، ހައެއްކަ ހާސް މީހުންނަށް ބަދަލުވުމުން އިސްތިއުފާދެން ވަގުތުވެސް ވިކަން
ނަސީބް ހައެއްކަ މީހުން ނިކުންނަ ކަން. މި ހަމީހުން ނިކުމެގެންތާ ބިރުން ތިޔަ ތެޅިފޮޅެނީ މުޅިޤައުމު ލޮކްޑައުންއަކަށް ގެންނަން ވިޔަފާރިތައް ފުޑާލާ މޮޔަ ގެރި އެއް ތެޅޭހެން މިސަރުކާރު ތިޔަ ތެޅި ފޮޅެނީ.
ފުލުހުން ނިކުންނަން ޖެހެނީ މިމީހުން އެހެންމީހުންގެ ސިއްހަތައް ނުބަލާ، ކޮރޯނާ ބަލި ފެތުރޭނެހެން މަގުމައްޗައް ކޮންމެދުވަހަކު ދާތީ.
ހަމީހުން ވިޔަސް ދެމީހުން ވިޔަސް، އެވެސް ދިވެހި ރައްޔިތުން، މިއަދު މަޖިލީހުގެ ރައީސްގެ މަގާމުގަހުރެ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކައް މަލާމާތްކޮއް ފުރައްސާރަކޮއްފަ މާދަމާ މަކަރުވެރި ޖަޒީރާ އެޖެންޑާ ހިފަގެން ހިގާނީ ވޯޓްހޯދަން! މިމީހުންގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަނެުހުންނަނީ.
ރައީސް ނަޝީދު ވަރަށް ވެދުން ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލި ދުވަސް މަތިން ހަނދުމަފުޅު ނުވަނީތޯ؟
ޔޫ ބުންޏަސް ތީ ވަރަށް ބޮޑު ތެދެއް.. މަވެސް ހިތަށް އަރާ ދެމީހުން ނިކުމެގެން އެއީ ދެން ކޮން ކަމެއްބާއޭ
ގެދޮރަކީ އެންމެންގެ ހައްގެއް، އެ ދިނުމުގައި އަދުލުވެރި ނުވެއްޖެނަމަ މަޤުމައްޗަށް ނިކުމެގެން ވެސް ހޯއްދަން މިތިބީ ތައްޔާރަށް؟ ދިވެހިރައްޔިތުން މިއަދު އެންމެއް ބޭނުން ޖެހިފައިވަނީ ބޯހިޔާވެހިަކަން / މިއުޒިކެއް ނޫން. މިައުޒިކު ޖަހަން ބޭނުން ވެއްޖެޔާ އަތުގައި އޮންނަ ފޯނުންވެސް މިއުޒިކު އަޑުއަހާލެވިދާނެ.
އަހަރެން އުފާކުރަން މިގައުމުގަ ހައެއްކަ މީހުންވެސް ލާދީނިކަލޭގެއާ ދެކޮޅަށް ނިކުންނާތީ... ބޮޑު މުރުތައްދެއް... ކާފަރެއް... ޔަހޫދީއެއް... ފުލެޓް ވަގެއް... ބަނގުރާގެ ބޮޑު އިބިލީހެއް
އެ ހައެއްކަ މީހުން ކަލޭމެންގެ 1000 އާ އެއްވަރު ވާނެ އިރަާދަކުރެއްވިއްޔާ ބަލަންތިބޭ..
ޕީޕީއެމް ޕީއެންސީ ގޮތުގައި ނުކުމެއްޖެނަމަ މިވެރިކަން ގަޑިޔަކަށްވެސް ދެމި ނޯންނާނެ! މިކަން އެންމެ ރަގަޅަށް ތަޖްރިބާކޮށްފަ އޮންނާނީވެސް މީނާ! މިހާރު ކޮވިޑް ޖޫރިމަނާއަށް ބިރުން މީހުންތިބެނީ ޓީވީތައްބަލަން. ޓެސްޓުކޮށްލަންވެސް ކޮވިޑޭކިޔައިގެން ތިޔަ ޖަހާ ސަކަރާތް ހުއްޓާލަައި ރައްޔިތުން ދޫކޮށްބަލަ! އިއްޔެގެ މަދުމީސްކޮޅު އެއްވި މުޒާހަރާ 934 މީހުން އޮންލައިންކޮށް ބެލި!
ގިނަމީހުން ނުކުމެ ކަމެއްލ ކުރިޔަދެންތަ؟ ހަޔާތްކުޑަ ވާހަކަނުދައްކާ. ތަންކޮޅެއްގިނަބަޔަކު ނުކުމެލާއިރަށް އެޗްޕީއޭ ގެ ގައިޑްލައިނޭކިޔާފަ މިރުސް ސްޕްރޭ ދީފަ ފުލުހުންތިނެރެނީ ހީބިހިނަގާލެއް ބޮޑުކަމުންނު. އަނގަފޭނުކޮށް ހުރެބަލަ.
ބަދުރު ހަނގުރާމާގަ 300 ނިކުމެ ބޮޑު ލަސްކަރެއް ސައިޒްކޮށްލި ، ވޯޓު ލާބަލަ އަޅެ އަދަދު ދައްކާލާނެ
މީނާއަކަށް ނޭގޭތާ ބަދުރު ހަނގުރާމައިގާ ކާފަރުންގެ އެއްހާސް މީހުނަށްވުރެ ގިނަ މީހުނާ ހަނގުރާމަކޮށް އިސްލާމުންގެ އެންމެ313މީހުން ނަސްރު ހޯދިކަމެއް؟ލާދީނީ މީހުންނަކަށް މިކަންތައްތަކެއް ނޭގޭނެ.
އެހެންވީމަ އެމީހުން ހައްޔަރެއް ނުކުރެވޭނެ އަދި އެއްވެސް ދައުވާއެއްވެސް ނުކުރެވޭނެ އެމީހުން އެކުރަނީ މުޒާހަރާއަކަށްނުވާތީ އަދި އެއްވުމެއް ކަމަށްވެސް ނުވާތީ. އެކަމު ކަން އޮންނަނީ އެހެންނެއް ނޫން. އިދިކޮޅު މީހުން ހައްޔަރުކުރަންވީމަ މުޒާހަރާއަކަށްވެސް ވޭ. އަދި ބަލިފެތުރޭ މިންވަރު އިތުރުވަނީ އެމީހުން ނިކުމެގެން ކަމަށްވެސްވޭ މިމީހުން ހިތަށް އެރީމަ. ދެފަހަރު އެކައްޗެކޭ ކިޔާކަށް ނޭނގޭ.