ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ ގޮނޑި ކަށަވަރުވެއްޖެއެވެ.

އިންތިހާބަކަށް ދިއުމަކާއި ނުލާ ގޮނޑި ކަށަވަރުވި ދެ ކެންޑިޑޭޓުންނަކީ ހިތަދޫ ކޮރޮވަލު ދާއިރާއަށް ކުރިމަތި ލެއްވި އިބްރާހިމް ޝިނާޒު މޫސާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރެއްވި ހުސެއިން ފައިޒުއްރަހްމާންއެވެ.

ޝިނާޒު އާއި ފައިޒުގެ ގޮޑި ކަށަވަރެވެފައި ވަނީ ކުރިން އެދާއިރާތަކަށް ވާދަ ކުރެއްވިި އެހެން ކެންޑިޑޭޓުން، އެ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ނިންމުމާއި ގުޅިގެންނެވެ.

ހުޅުދޫ ދާއިރާއަށް ފައިޒުގެ އިތުރުން ވާދަކުރީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ދެ ކެންޑިޑޭޓުންނެވެ. އެހެންނަމަވެސް އެ ހުރިހާ ކެންޑީޑޭޓުން ވެސް ވަނީ ފަހުން ނަން އަނބުރާ ގެންގޮސްފައެވެ.

ޝިނާޒު އާއި ވާދަކުރުމަށް ކުރިތިލާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ޖިނާން (ޖިންކޯ)އެެވެ. އޭނާ ވެސް ވަނީ ފަހު ވަގުތު ނަން އަނބުރާ ގެންގޮސްފައެވެ. ޝިނާޒާއި ފައުޒުގެ އިތުރުން ކުރިން ވެސް ކައުންސިލަށް ވާދަކުރާ ހިތަދޫ ބޭރުމަތި ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް ސައީދަށް ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤައުމަށްޤައްދާރު

    މިފަހަރު އެމް.ޑީ.ޕީ އަކަށް ވޯޓެއް ނުދޭނަން.... ރައްޔިތުންގެ އަޑުއަހާ އެއްވެސް ބަޔަކު ނެތް. ވޯޓު ހޯދަންވީމަ ރައްޔތުން؟ ވަރަށް ސަލާމް

  2. ޒާ

    ދީފަ ބަހައްޓާ. އެމްޑީޕީއަށް ދީގެން ގަޔަށް.

  3. ރަދީފް

    ގުޑް ލަކް މައި ކްލާސްމޭޓް ޝިނާޒް. ބޭންކެއްގެ ކޭޝިއަރެއްގެ ގޮތުގަ 02 އަހަރު އުޅެފަ ކުނިމެނޭޖްކުރާ ތަނެއްގެ ސުޕަވައިޒަރަކަށް އުޅެލީމަ ބޮޑު އާބާދީއެއްގެ ކައުންސިލަރެއްގެ މަގާމް ލިބޭ.ވެލްކަމް ޓު މޯލްޑިވްސް.ވ.ވެދުން

    7
    2
  4. ފައިސަލް

    ޝިނާޒަކީ އައްޑޫ މީހެއްނޫން. ކިހިނެއް ގއ.ކަނޑުހުޅުދޫ މީހަކަށް އައްޑޫ ކައުންސިލަރުކަން ލިބުނީ.
    ގަވާއިދުގައި ނޯވޭތަ އެރަށެއްގެ ބަޔަކު އެރަށަކަށް ކުރިމަތިލާގޮތަށް ؟

    3
    1
    • ރަދީފް

      ހެހެހެހެ.ޝިނާޒްގެ މާމަ އެއީ ކަނޑަހުޅުދޫ ސަންފާދިޔެ ކަމަށް ވިނަމަވެސް ޝިނާޒްގެ ބައްޕައެއީ 04 ކަށިމަތި ސ.ހިތަދޫ މީހެއް.ޔޫކޭޖީން ފަށައިގެން ގްރޭޑް 7 އާ ހިސާބަށް ޝިނާޒް އެއީ އަހަނާއެކީ ނޫރާނީ ސްކޫލްގަ ކިޔަވަން އުޅުނު ކުއްޖެއް.އަދި އޭނަގެ ބޭބެ ނިޒާމް ވެސް އެއީ މަގޭ ފްރެންޑެއް.އެހެންވީމަ ޝިނާޒް ކަނޑުހުޅުދޫ މީހެއްކަމަށް ބެލެވޭނެ އިދާރީ ހަމައެއް އޮތްތަނެއް ނުފެނޭ.ވ.ވެދުން

      1
      1
  5. ބޯހަލާކު

    އިދިކޮޅު މެންބަރުންތައް ބޮޑުއަގުގަ ގައްނަންފެށީތަ
    ވެންމަސް ވެނައްކާންދެނީދޯ...(ދައުލަތް ދަވާލާފަ ވޯޓްކޮޅުގަނެލަނީތަ)