ފުރިހަމަ ތަރައްޤީއެއް ރާއްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން 5 އަހަރުގެ އެއް ދައުރަށްވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެދައުރު ވެރިކަން ކުރުމުގެ ފުރުސަތު ލިބުމުން ކަންކަން ކާމިޔާބު ކުރެވޭނެކަން ސާބިތު ކޮށްދިނުމުގެ ގޮތުން މަބްރޫކް މިސާލެއްގެ ގޮތުގައި ދެއްކެވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމެވެ. މަބްރޫކް ވިދާޅުވީ އޮބާމާގެ ފުރަތަަމަ ދައުރުގެ ހަތަރު އަހަރުގައި މާގިނަ ކާމިޔާބީތަކެއް ޙާސިލުނުވުމުން ފާޑުކިޔުންތައް އަމާޒުވިޔަސް، ދެވަނަ ދައުރުގައި އޮބާމާ ގެންނެވި ތަރައްޤީގެ އަވަސް ފިޔަވަޅުތަކަކީ އެމަނިކުފާނުގެ ވެރިކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ މައިގަނޑު ސަބަބުކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސްކަމުގެ ދެ ދައުރު ފުރިހަމަކޮށްގެން ނޫނީ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެންމެ ދިގު މުއްދަތަކަށް ވެސް ވެރިކަމުގައި ހުންނެވުނީ 5 އަހަރަށްކަން. މި ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރު ވެރިކަމުގެ ސިސްޓަމްއަށް އަހުލުވެރިވުމަށް ނަގާއިރު ފަހު އަހަރު ކެމްޕޭންކުރުމަށް މިދެނީ. ޑެލިވަރީއަށް ދޭ މުއްދަތު ވަރަށް ކުޑަ އެހެންނޫންތޯ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ދެދައުރު ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ ފަހު ދައުރުގައި ކަންކަން ޑެލިވަރީ ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރަން ވިސްނަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވާދަކުރައްވަފާނެތޯ ސުވާލުކުރުމުން، މަބްރޫކް ވިދާޅުވީ މިކަން އެނގިގެންދާނީ ކުރިއަށް އޮތް އަހަރެއްހާދުވަހުގެ ތެރޭގައި ކަންކަން ވާގޮތުންކަމަށެވެ. ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރާ ކެމްޕޭންގައި ބައިވެރިވަޑައިގަތުމަށް ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕްރޮގްރާމްގެތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަބްރޫކްވަނީ އެމަނިކުފާނަކީ، ވަރަށް ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ، އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. ކޮވިޑްގެ ބިރުވެރި ޙާލަތުގައި ވެސް އެންމެ ބިރުން އުޅުނު އިރު ރައީސް ޞާލިޙްގެ ކިބައިން ފެނިގެން ދިޔައީ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ޙިކްމަތްތެރިކަން އިސްކުރެއްވިތަންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

81 ކޮމެންޓް

  1. ހުސެން

    މައްކާރު.އެހެރަ ޔާމީނު ކައިރިން 5 އަހަރުން ތަރައްޤީ ކުރާގޮތް ދަސްކުރަން އިބިރިހިމާ ކައިރީ ބުނޭ ދަސްކުރާށޭ.އިތުރު އަހަރެއް ކަލޭމެން މިގައުމުގެ ވެރިކަމުގައި ތިބެއްޖެނަމަ އެފްރިކާ އިތިއޯޕިއާހެން ވާނީ.ހޯހޯ ފައިބައިގެން ދޭ.ކަލޭމެންނަށް ވެރިކަންދިންމީހުން މިއަދު އެތިބީ މާޔޫސްވެފަ.

    97
    3
  2. ޢަހު

    މަބްރޯކު މޮޔަ ނުގޮވާ ދެދައުރު އެހެންމީހަކަށް ދޭން ކަމަކު ނުދޭ ތަނެއްގަ ހުރި ރޯނު ބުރާންތިއަަށް ދެދައުރުދޭން ރަނގަޅު ވާ ވާ ސަލާމް

    85
    2
  3. ކެމްޕޭން

    ސަރުކާރު މުވައްޒަފުން ތިބީ ކައުންސިލް އިންތިޚާބު ކެމްޕޭނަށް ތައްޔާރަށް: ރައީސް
    މިހެން ބުނެފަ ކުރިން އޮތީ. މިފެންނަނީ އޭގެ ހަޤީޤަތް. އެހެން ބުނިފަހުން ފުރަތަމަވެސް ތަރުޖަމާނު އަރާ މިބުނަނީ ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ދެދައުރު ރައީސްކަން ކުރަން ފުރުސަތު ދޭންޖެހޭ - މަބްރޫކް
    ތަރުޖަމާނުވެސް ފެށީ ކެމްޕޭން ކުރަން.

    69
    1
  4. Anonymous

    މަކުރުުބުގެަައަމަަދެވަނަދައޮރަކަހޮވަނވިިތަރަގިިވަަނި

    29
    3
  5. ޖަމަލު ފޮޑި

    ކަލޯމެންގެ ޖީބު ބޮޑުކުރަން 5 އަހަރު ބަނޑު ކެއުމަށް 5 އަހަރު..

    78
    1
  6. ސެސއ

    ޔާމީން އަށް އަވަހަށް ފުރުސަތުދީ !!

    88
    1
  7. އައްޔާ

    ހަހަހަހަ ބިގަސްޓް ޖޯކް އޮފް ދި ޓައިމްސް. ގިމީ އަ ބްރޭކް. 5 އަހަރު މިވީ އެއްމެ ދުވަހެއްދިންކަމަށް. 5 އަހަރު މޮޅަށް ވެރިކަންކޮށްލި މީހަކު ކޮށްފައި އެދިޔައީ ފައިބައިގެން. ކީކޭތަ ކިޔަން ތިއުޅެނީ. ރައްޔިތުން މޮޔަ ނުހެއްދޭނެ. ކޮސް ނުގޮވާ. ނުވަންޏާ ދާންޖެހޭނީ. ބަހަނާ ނުދައްކާ ރައްޔިތުން ތިބީ ބަލަން

    70
  8. ސުރައްޔާ

    ރަގަޅުވާހަކައެއް! އެކަމަކު ފަސްއަހަރުގެ ދައުރެއްގައި ޔާމީން ޤަވްމު ތަރައްޤީކުރަމުންއައިގޮތާއި އިޤްތިޞާދު ކޮޅަށް ނެންގެވިގޮތާއި ޞިއްޙީދާއިރާޔާ ތަޢުލީމީ ދާއިރާގެ ތަޞައްވުރު ލޮލުންދެކި އެ ތަރައްޤީގައި އަތްލާފަ ކުރިޔަށްއޮތް ދައުރުގެ ޔާމީންގެ ތަރައްޤީގެ ތަޞައްވުރު ފެނި ބިރުގެން ޔާމީނަށް ދެދައުރު ލިބުނަނުދެން ވޯޓުން ވައްކަން ކުރީ ކޮންބައެއްހެއްޔެވެ؟ ޔާމީންގެ ދެވަނަދައުރެއްގައި މާލޭގެ ރިންގްރޯޑު ދެބުރިޔަށް މަގުހަދައި ވިލި މާލޭ ގުޅިފަޅު ތިލަފުށީ ބްރިޖްގެ ތަޞައްވުރާއި 18 އަހަރުގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަންދީ ރަށްތައް ގުޅާލާ ހިންގުމަށް ހަމަޖެހި އިޢުލާންކުރި މަޝްރޫޢުތަކަށް ފުރުޞަތު ނުދީފަ މިހާރު ތިކިޔާއެއްޗަކުން ލަވަނީ ހޮޑު!

    77
    3
  9. ކޮވިޑް

    މަބްރޫކް ލަދެއް ހަޔާތެއްނެތްދޯ ތިހެން ބުނާކަށް.؟ ގޮތެއް ފޮތެއް ނެތަސް ތީ ފުކެއް ބޮޑުވަރު.

    67
    2
  10. ނަން ހާމަކުރެވެން ނެތް

    މިމީހުން ވީމަ 05 އަހަރު ނިމި އަދި އިތުރ 05 އަހަރު ދޭންޖެހޭ.އެއީ ކީއްކުރަން ބާ؟ ޖަވާބު:ތަރައްގީކުރަން.ރައްޔަތުން މި 05 އަހަރު ޔާމީނަށް ދިންނަމަ ވަރަށް ތަފާތު ރާއްޖެއެއް ފެންނާނެކަން ކަށަވަރު.ހިޔާނާތް ނެތެކޭ ނުބުނަން ، ނަމަވެސް އެމަގުން ކަންއޮތަސް ރައްޔަތުންނަށް ކަންކަން ޑެލިވާކޮށްދެވޭނެ ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން.މަގޭ 9 އަހަރުގެ ދަރިފުޅުވެސް މަށާދިމާލަށް ބުނީ ''ޔާމީން އެއީ މޮޅު ސިކުނޑިއެއްގެ ވެރިއެއް''ކަމަށް.ވ.ވެދުން

    66
  11. މަހުލޫފުގެ ރަހްމަތްތެރިޔާ

    އެއްވެސް ތަޖުރިބާއެއްނެތް ގަމާރެއް ސަރުކާރުގައި އަބަދުވެސް އޮންނަނީ އޮޅުން އަރާފާ 2 ދައުރު ހަދާން ނަންތާލާ ވަރަށް ސަލާން

    67
    1
  12. ސިދާތާގެ ބެޑްސީޓް

    ތީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ގަމާރު ރައީސް ބޮލުގެ ތެއްކަމެއްނެތް މީހަކު ލިޔެފައި ދޭއެއްޗެއް ނޫނީ ކިޔާކަން ނޭނގޭ އަނެއްކާ ލިޔެފައި ހުންނަ އެއްޗެގެ މައުލޫމާތެއްވެސް ތިމާއަށް ނޭގޭ ގަމާރުކަމުން ގަމާރު

    64
    1
  13. މަބޭ

    މަބްރޫކް ގަޅިވާހަކަނުދައްކާ 5އަހަރުން ވެރިޔަކު ގެނައިތަރައްގީ މިހިރީ ލޯމަތިންފެންނައް 10ދައުރު ވެރިކަންކުރިޔަސް ކަންކުރަންނޭންގޭ ބަޔަކައްނުވާނެ ވަރައްސަލާން

    65
    1
  14. އެހެންތޯ

    ދެ ދައުރު ބޭނުންވަނީ އެއް ބޭފުޅަކަށްތޯ؟ ނުވަތަ ހުރިހާ ބޭފުޅުންނަށްތޯ؟

    48
    1
  15. ވިލޭ

    ދިވެހިންތިބީމޮޔަވެފާ ކަމައްތަހީކުރީ ބުއްޅަބޭ ނުވާނެތިކަމެއް އިންޝާﷲ.

    52
    1
  16. ހާމިދު ޝާހިދު

    ކޮންމެ ވެރިއަކުވެސް ތިޔަހެން ކިޔަނީ. މަބުރޫކު ވިދާޅުވިއެއްކަމަކު، ތިކަމަށް އެއްބަސްވެވޭކަށެއްނެތް. އެހެނީ، ތިއީ، ވަރަށްވެސް ދެރަކަމެއް. ފުރަތަމަ 5 އަހަރުން ސަރުކާރުގެ ވަޒީރުންފެށިގެން ޕާޓީގެ އެކްޓިވިސްޓުންނަށް ދަންދެން ކޮރަޕްޓްވެ، މުޅިން ބޮއްސުންލާ، ޕްރޮޖެކްޓްތައް ނުހިންގި ދެވުނީމާ، ރިޒާވު އަތުން ދޫވެ ދިއައީމާ، މިބުނަނީ އަދި އިތުރު 5 އަހަރު ބޭނުމޭ...! ކީކޭ ދެން ބުނާނީ،..!

    48
    1
  17. ނަޝީދު

    ނާހަމަ ތެދެއް ސޮރީ ލާދީނިއްޔަތައްސަލާން

    54
    1
  18. ޔާމިން

    ރައްޔިތުން ނުދޭނެ އަޅުގަޑުހުއްޓާ ވ.ސަލާމް

    47
    1
  19. އެމަންޖެ

    ނޫނޭ ޔާމީން ދެދައުރުން ކަލޭމެން 10 ދައުރުގެ މަސަތްކަތްކޮއްފަ ޖަލުގަ އެއޮތީ.

    37
  20. އެސޮރު

    މޑޕ އައް ދުނިޔެ ނިމެންދެން ވެރިކަން ކުރިޔަސް ޔާމީން 5 އަހަރުން ގެނައި ކުރި އެރުން ނުގެނެވޭނެ.

    53
    2
  21. ޒާރާ

    އެހެންވިއްޔާ ޔާމީނުއަށް 2 ވަނަ ދައުރެއް ދޭން ޖެހޭނޭ ދޯ ތިބުނީ..

    45
    1
  22. ވިސްނާލަބަލަ

    ވަރަށް ރަނގަޅު ވާހަކައެއް! އަވަހަށް ޔާމީނަށް ދެވަނަ ދައުރެއް ދީ.

    52
    1
  23. ހުދުކާޅު

    ޖާޑީގެ ނުފުރި ހުރިބައި ބަދަލުގެ ގޮތުގައި ނަގައިގެން އަޅައިފުރުނީމާތޯ ތިޔަވިދާޅުވި ތަރައްޤީ ފުރިހަމަވާނީ

    39
    1
  24. އިބްރާ

    ދިވެހި ރާއްޖެ އިތިއޯޕިއާ އަށް ހަދާކަށެއް ރައްޔިތުން ބޭނުނެއް ނުވާނެ. މިހާރު މިސްރާބު ހުރީ އެދިމާލަށް.

    45
  25. ޙައްގުބަސް

    އިތުރު ދައުރެކޭ!! ކޮބާތަ ހަޔާތް؟ ކަލޭމެނަށް އިތުރު ދައުރެއް ދެން މިރާއްޖޭގެ ރައްޔިތުން ދީފިއްޔާ މިރާއްޖެ ހޯދާ ނުފެންނާނެ!! ވައްކަމާ ފަސާދަ އާއި ކޯޓުތަކަށް އަތްބާނައިގެން ފާސިގު ހެކިތައް އުފައްދައިގެން އަދުލުގެ ނިޒާމް އޮޅާލާ ނުހައްގުން މީހުން ޖަލަށް ލުމާއި ޙަރާމް ހުލުމްތައް ކުރުވުމާއި ލާދީނީ ކަންކަން ފެތުރުމާއި ޒުވާނުން މަގުފުރެއްދުން ނޫން އިތުރުކަމެއް ކަލޭމެންނަކަށް ނުކުރެވޭނެ!! ފަސް އަހަރުން މިދެންނެވި ކަންކަން ނޫން އިތުރު ތަރައްގީއެއް ކަލޭމެންނަށް ނުކުރެވުނުތާ ދެން ކޮން ތަރައްގީއެކޭ ކިޔާކަށް!! ކަލޭމެން ނުދެކަމުތަ 2013 އިން 2018 އަށް މިރާއްޖޭގައި ވެރިކަން ކުރި މީހަކު މިރާއްޖެ ތަރައްގީކޮށްލި މިންވަރު!! ކަލޭމެންނާއި އިންޑިޔާ އިންވެސް އެކަން ހަޖަމްނުވެގެން އިންޑިޔާއިން ބުނާގޮތަށް މިހާރު މިރާއްޖޭގެ ކަންކަންކޮށް ނުޙައްގުން ޔާމީން ޖަލަށްލައިގެން ތިއުޅެނީ!! ދެން ކަލޭމެންނަށް ވެރިކަން މިރާއްޖޭގެ ރައްޔިތުން ދޭނެކަމަށް އަޅުގަނޑު ނުދެކެން!! މިމީހުންނަށް ވެރިން ދޭން ބޫނުންނުވާ މީހުން މިކޮމެންޓަށް ލައިކް ދޭންވީ!!

    55
    1
  26. މަރީ

    ހަމަގައިމުވެސް ޔާމިނަށް ތިޔަބުނި ފުރުސަތު ދިންނަމަ ތަރައްގީ ފެނުނިސް ރައްޔިތުންނަށް.

    51
    2
  27. މުހައްމަދު

    އަނެއްކާ މަޖިލީހަށް ބިލެއް ވައްދައިގެން ވެރިކަމުގެ ދަޢުރު ދިގު ކޮށްލަނީކީ ނުންބާ؟

    42
    1
  28. ވެރިން

    ކެވުނުލެއް މަދުވީ ދޯ ،2 ދައުރުމިހާރު ތިބި މީހުނަށް ދީ ފިއްޔާ އަހަރުމެނަށް އުޅެންޖެހޭނެ ހިއްދަތި ހާލު ހިތައްވެސް ގެއްނަން ދަތި، 2 ދައުރު ކީއްކުރަން 5 ދައުރުވެސް ދޭން ތައްޔާރު ރައީސް ޔާމިނު ގެނާއި ތަރައްގީގެ ޒައްރައްގެ މިނވަރުވެސް ކަލެމެން މި 5 އަހަރު ތެރޭމިގައުމަށް ގެނާއިނަމަ، އިނޑިޔާގެ އަޅުވެތިކަމުގެ ދަށަށް ދިއުން ނޫން ކަމެއް ނުވި މި 5 އަހަރު، ސޯ ސޮރީއިތުރު ދައުރެއް ދެވޭ ކަށް ނެތް

    40
  29. ސަނާ

    މިހާރުތޯ ދޭންޖެހެނީ، އަމިއްލަ އެދުން ބޮޑުވިޔަސް ބޮޑުވަރު

    39
  30. ބައިކަނޑި

    ވަކިރައީސެއްވީމަ ދެދައުު ދޭނަޖެހޭތޯ ކީއްވެތޯ ރައީސް ޔާމީން ރައީސްކަމުގައި ފަސް އަހަރު ވެސް ނުވެގެން އުޅެނިކޮށް ރައީސް ޔާމީން ވެރިކަމުން ބާލަން ތެޅިބޭލީ ތިޔަހެން ވާކަމަށްވަންނާ ރައީސް ޔާމިން އަދި އެއްދައުރު ދެއްވަން ޖެހޭތާ ތަރައްޤީ ކުރން ނޭނގޭ ބަޔަކަށް ތަރައްޤީއެއް ނުކުރެވޭނެ 15 އަހަރު ކީއްކުރަން 30 އަހަރު ދިނަސް

    41
    1
  31. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ނުކިޔަވާ ހުރި ހިންނަވަރު އިބްރާހިމް އަކީ ތާކު ހުރި ކޮހެއް. މަރުމޯލެއް. ކަނޑުކޮހެއް. އެކަމުގެ މިސާލަކީ އިހަކަށް ދުވަހު މަރާލި މީހާ ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނުކިޔަވާހުރި ހިންނަވަރު އިބްރާހިމް ގެ ސަރުކާރުން ހުއްދަ ދިންކަން. މިއީ އިންޑިއާ ގެ ހޮސްޕިޓަލް ތަކާއި ގުޅިގެން ކޮންމެވެސް މީހަކަށް، "ކަޓު" ނެގުމަށް އިބޫ ސަރުކާރުން ދިން ފުރުސަތެއް. ކޮންމެސް މީހެއްގެ ޖީބަށް ދެހާހެއްހާ ޑޮލަރު މިކަމުން ވަންނާނެ. ޕޯސްޓްމޯޓަމް އަކީ ހަމަ-ހުރެފަ ކުރާއެއްޗެއް ނޫން. މަރުވި މީހާ އިނގޭ، ހަމަލަދިން ހަތިޔާރު ފެނުނު، ޙަމަލަދިން މީހުން ފެނުނު، މަރުވިމީހާ މަރުވިގޮތް އިނގޭ. ދެން މަރުވިމީހާ ފަޅާލައިގެން ކޮން ޕޯސްޓްމޯޓަމް އެއް ހަދާކަށް ؟ ޕޯސްޓްމޯޓަމް ހަދަން ޤަވާޢިދެއް ލިޔެވިފަ އޮވޭ. މި އިބޫ ގެ ސަރުކާރުގަ މަރުވެފަ އޮތް ޤަބުރުން ވެސް "ކަޓު" ނަގަންވީ. ނޭވާ ހޮޅިން ވެސް "ކަޓު" ނަގަންވީ. އެކަމަކު ނުކިޔަވާހުރި ހިންނަވަރު އިބްރާހިމް، މޭމަތީގަ އަތްޖަހާފަ މިބުނަނީ ކުރެވުނު ކަންތައް ދައްކާނަމޭ. ލޯނު ނަގައިގެން، ކުރަން އޮންނަ ކަންތައްތައް މިމީހާ ނެތަސް ކުރަމުންދާނެ ކަން މި ކަނޑުކޮސް ހިންނަވަރު އިބްރާހިމް އަކަށް ނުވިސްނޭ. ރަށަކަށް ނުވަތަ ބަޔަކަށް އެއްމެ މުޙިއްމީ އިންސާފު. އިންސާފު ހޯދާދޭނަމޭ ކިޔާ ހިންނަވަރު އިބްރާހިމް ދޮގު ހަދައިގެން ރިލްވާން ގެ މަންމަ އާއި އެކު މަގުމަތިކުޑަޔަށްލާ، މަންޖޯޅިޖެހި މުޒާހަރާ ކުރީ. އެކަމަކު ރިލްވާން ގެ މަރުގެ ސިއްރު ހޯދަން ހިންނަވަރު އިބްރާހިމް ގަޔާވާ ތަނެއް ނުފެނޭ. މަރުވެފަ ތިބި ބައެއްގެ "ކޮނޑު ބޭނުންކޮށްގެން ސިޔާސީ އުންޑަ ފޮނުވާލީ" ނުކިޔަވާ ހުރި ހިންނަވަރު އިބްރާހިމް. މިވަރު އިންސާނިއްޔަތުކަން ކުޑަމީހަކު ޓީވީ އަށް އަރާ ކަރުނަ އެޅީ މީހުންނަށް އޮޅުވާލަންކަން ތިޔަ އިނގުނީ. ދެވަނަ ފަހަރަށް ހޮވެންވެގެން ހަމްދަރުދީ ގެ ވޯޓު ހޯދަން.

    47
    • ޝައްފަ

      ޑޮކްޓަރ ރާމީ ތިޔަވިދާޅުވީތެދުފުޅެއް. ޑޮކްޓަރ ރާމީ ވަރަށްމޮޅު. ދިވެހިބަހަށް ވަރަށް މޮޅު.

    • މުޙައްމަދު އަޙްމަދު އ.ދ ތޮއްޑޫ

      ކަނޑުކޮސްއެއީ ފެންމައްޗަށްމޫދުގައަރާފަ ހުންނަ ކަރުގޮހޮރު.

    • ޙަބީބާ

      އަސްލުވެސް އިބޫ ކަނޑުކޮސް.

  32. އަޙްމަދު

    ނަޝީދުގެ ނުފޫޒާ ބާރު އެއްވެސް މީހެއްގެ މައްޗައްއޮތް އެއްވެސް މީހަކަށް ވޯޓެއް ނުލިބޭނެ! އަދި އެނާގެ ނަންބޭނުންކޮށްގެން އަންނަ ވެރިޔަކަށް މަޖްލީސް މެންބަރަކަށް ނުވަތަ ކައުންސިލަރަކަށް ވެސް ވޯޓެއް ދެނެއް ނުލިބޭނެ! ވެރިކަމަށް އަންނަ މީހަކު އަންނަން ޖެހޭނެ އެހެން މީހުންގެ ނުފޫޒުން އެއްކިބާވެ ޤައުމާ ރައްޔިތުންނަށް ވެރިކަން ކޮށްދޭން! ވަކިމީހަކު ނުވަތަ ވަކިބަޔަކު ހިތްރުއްސާކަށް ނޫން!!!

    37
  33. ބަރުގޮނު

    "ދޭންޖެހޭ" ކަމަށް މާ އަމުރުވެރި ރާގަކަށް ބުނުމަކީ މާ އެދެވޭ ގޮތެއްނޫން. ރަޢިއްޔަތުން ކުރިމައްޗަށް މިއަރަނީ އެމީހުން އަތުން އެއްޗެއް ހޯދަން. އެހެންވީމާ ހުންނަންޖެހޭނީ އާދޭސް ކުރާ ރާގެއް.

    32
    1
  34. ސައިމާ

    ފުރަތަމަ ދައުރުގަ ދައްކައިދޭ ނަތީޖާއަކުން ދެވަނަ ދައުރެއް ދެވޭނީ. އެފަދަ ނަތީޖާއެއް ނުފެނޭ.

    39
    1
  35. ހުސެން5

    އެ ފުރުސަތު ޔާމީންއަށް ނުދިނީ ކީއްވެޔޯ؟

    42
  36. ކަނބާ

    ވަރަށް ހިތާމަޔާއެކު ދަންނަވަން ތިކަން ކޮށްދެވޭކަށް ނެތް

    46
    1
  37. ދަލޭކާ ދިޔެ

    ހޯހޯ މޮޔަ ނުގޮވާ .. ޓާޓާ ބާއި ބާއި..🙏

    49
    1
  38. ޒާ

    މަގުރޫކް ކަލޭ ހަމަހޭގަތަ ތިހުރީ؟ ބަލަ އިބޫ ކޮންތަރައްގީއެއް ގެނެސްގެންތަ ދެދައުރު ދޭންވީ؟ އިބޫގޮވައިގެން ކަލޭ ގެއަށްގޮސް ގޭގާ ބަހައްޓާ ތަރައްގީކުރަން. އަހަރެމެން އެއްގޮތަކަށްވެސް ބޭނުން މީހެއްނޫން އެއީ. ޔާމީނު ނަމަ ދެދައުރެއްނޫން 5 ދައުރުވެސް ދޭން މިތިބީ.

  39. ދޮގުޖާޑި

    އޮހޯ!!! ފުރިހަމަ ތަރައްގީކުރާކައް ނޫން، ހިތްފުރޭވަރައް ވައްކަން ކުރަން، އެހެންނޫންނަމަ ރޔމނ އައް ފުރުސަތުދޭންވީނު، ހެއްދެވިހާދޮގު ހަދައިގެން އިންތިހާބު ވަގައްނެގީ ކަލޭމެން، ކަލޭމެން ދެދައުރު މިތާ ވެރިކަމުގަ ތިބެނީނަމަ އަހަރެމެން މިތަން ދޫކޮއް ދާންޖެހޭނީ، ލަދެއްވެސްނުގަނޭ ހިތައްއައިހާ އެއްޗެއް ތަޅާބާލާއިރު، ކަލޭމެނައް ވައްކަންކުރުން ނުން ކަމެއް އެބަކުރެވޭތަ

  40. Anonymous

    އެއް ދަޢުރުންވެސް ކުރެވޭނެ އެތަށްކަމެއް ވަޢުދުވެ ކުރާނެ ކަމަށް ބުނި މީހަކަށް ސަތޭކަ ދަޢުރު ދިނަސް ނުވާނެ ތިކަމެއް. ޔާމީން ނަމަ ދެން ކޮންމެވެސް ވަރަކަށް ޤަބޫލުކުރެވުނިސް. ޔާމީން ވައްކަންކުރިޔަސް ކެޔަސް އެއްދަޢުރުން ހާދަހާ ތަރައްޤީޤެ މަސައްކަތެއްކޮށްފައި އެބަހުއްޓޭ. ޔާމީނަށް ދެދައުރު ދިންނަމަ މި ރާއްޖެ ހާދަހާ ތަރައްޤީއެއްވާނެއޭ މުވައްޒަފުންގެ ޖީބަށް ކުޑަނުވެ.

  41. ޖަނާޒާ

    ދެން ތިވާހަކަ ދައްކަވާނެކަމެއްނެތް. ރައީސްޔާމީނު ތިޔަ އެންމެންގެ ކުރިމަތީގައި މި ޤައުމު ތަރައްޤީ ކުރަމުންދިޔައިރު ، އިންސާފޭ އަދުލޭ އޭއްޗެކޭ މީއްޗެކޭ ކިޔާފައި ނޫންތޯ އުޅުއްވީ. ރައީސް ޞާލިހަށްވެސް ދެވަނަ ދައުރެއް މި ރައްޔިތުން ދޭނީ ތަރައްޤީގެ ދުވެލީގައި ރައީސް ޔާމީނު ދެއްކެވި މަންޒަރު ދެއްކުނިއްޔާ. އެހެންނޫނީ ހަމަ ވޯޓުން ހަމަ ސައިޒްކޮށް ބާލާނީ.

  42. އަހުމަދު

    ޔާމީން ތިބުނާ 2 އަހަރު ތަރައްގީ އެއް އަހަރުން ގެނައި. ޙަމަ ސްލޯއީ މިސަރުކާރު. ޢެންމެ ކުޑަމިނުން ބްރިޖްވެސް ތިބުނަނީ 5 އަހަރު ނަގާނެކަމަށް ލޮލް

  43. ޢަދުރޭ

    ލޮލް .. ހަނދާން ނައްތާލާ ، ދެ ދައުރު ޙައްޤުވީހީ ރައީސް ޔާމީން ކުރައްވާފަ އޮތް ތަރައްޤީ ފަނޑުވާ ވަރު ކަމެއް ކުރެވުނު ނަމަ . ދެ ދައުރު ޙައްޤީ ރައީސް ޔާމީން އަށް. ދެން އޮތީ ރައީސް ޔާމީން އިންތިޚާބުން ފެއިލް ކޮށްލަން ދެއްކި ވައްކަމުގެ ވާހަކަ އަސްލު ދެވަގު އަދީބާ ޒިޔަތު ގޭގަ ރައީސް ޔާމީން ބޮލުގައި އެ ދެމީހުން ކުރި ވައްކަން އަޅުވާފަ ޔާމީން ޖަލުގަ. އެ ވައްކަމުން އެމްޑީޕީގެ މަޖްލިސް މެންބަރުންނާ ދެން ތިބި މީހުން ނަފާ ހޯދައިގެން އޭގެން ވެރިކަން ބަދަލުކޮށްގެން ޔާމީނަށް އޭގެ އަދަބު .. ރީއްޗެއްނު. ބަލަން ތިބޭތި ﷲ ގެ ވާގފުޅާއި އެކު ޢަބްދުﷲ ޔާމީން އަދި މި ރާއްޖޭގެ ވެރިކަން ކުރާނެ . ތި މީހުންނަށް ދޭން އޮތް ދައުރުތައް ހަމަ ވެއްޖެ . ދެން ރައްޔިތުން ގަޅި ނެހެއްދޭނެ ބޯ ހިޔާވަހި ކަމޭ މުށައްވައޭ ތަކޫވަކޭ ކިއައިގެން

  44. މުރާދު

    ތަރައްޤީކުރެވޭނީ ތެދުވެރިކަމާ އިޚުލާސްތެރިކަމެއްހުރެ ދީނާ ގައުމާ،ގައުމުގެރަށްޔިތުންނަށް ލޯތްބާ،ކުލުނުހުރެގެން މިހެންމިބުނެލީ ހާމަވެފައިވާ އަދިިމިހާރުވެސްތާރީޚުން އެގެންހުރި ކަންތައްތަަކުން އެއީ ދެދައުރަށްވުރެގިނަދައުރު ( 30 އަހަރު ) ވެރިކަމުގައިހުންނެވި
    ފަރާތެއްގެފުށުން ފުރިހަމަ ތަރައްޤީއެއްލިބިފައިނުވަނީ ދައުރުމަދުވީމަތޯ؟ ވެރިކަން ކުރެއްވި
    ބޭފުޅަކު ދިވެހިން(ޝައްކެއްކުރެވިޔަގީންނުކުރެވޭ ޒާތީހަސަދައެއްގެ ދަށުން ޖަލުގައިހުންނެވި)
    ހުވަފެނުންވެސްނުދެކޭފަދަ ތަރައްޤީއާކުރިއެރުން (ގައުމާ، ގައުމުގެ ރަށްޔިތުން ހެއްވާލާފަދަ)
    ގެންނެވީ ދައުރުގިނަވީމަތޯ؟ނޫނީ ގައުމާ، ގައުމުގެ ރަށްޔިތުންނަށް ލޯތްބެއްހުރީމަތޯ އަލިރަސްގެފާނު ޝަހީދުވުމާ، މުހައްމަދުތަކުރުފާކުރެއްވިޖިހާދާ ނޮވެމްބަރ3ގައި ޝަހީދުވި
    ބޭފުޅުންނަށް ވިސްނަވާލައްވާ

  45. ފަޒީލް

    ކިޔަވައިގެންހުރި ޤާބިލް މީހަކަށް ދެދައުރު ކީއްކުރަން 4 ދައުރުވެސް ދޭންޖެހޭނެ! އެކަމަކު މިހާރު މިހިރަ މީހަކީ ތަންދޮރުނުފިލައިހުރި ޖާހިލެއް! ގްރޭޑް 6 ގެ ކުދިންނާއެކު އިމްތިހާނެއްހެދިޔަސް މިހާރުގެ ވެރިމީހާއަށް ލިބޭނީ ޔޫ!

  46. ސިޔާސީ ޑޮކްޓަރު

    6 ދައުރު ދިނަސް ނުވާނެ. ކުރަން ދަންނަ މީހުން އެއް ދަވްރު ލިބުނަސް ތަރައްޤީ ކޮށްފަ ލޯތަކަށް ދައްކާނެ. މަބްރޫކް ތިހެން ބުނާއިރުވެސް އެނގޭނެ މިސަރުކާރާ ރައީޖް ގެ އެފަދަ ކެޕޭސިޓީ އެއް ހައްދަވައިގެން ނެތްކަން. ތިވާހަކަ ދައްތައް ފަތުރަން ތިއިންނެވި ބޭފުޅާ ގެ ހާލަކީ ވެސް ހަމަ އެނޫންތޯ؟ އެޗް ޕީ އޭ އަށް މަރާކީ ކެންޓީނުން ބޮޑު އަގުގަ ކޮފީ ވިއްކައިގެން ޖީބުފުރުން ނޫންތޯ؟

  47. ނަމަވެސް

    އެކަކު ބުނާނެ ހުރިހާ ދިވެހިންނޭ '، އަނެކަކު ބުނާނެ ސަރުކާރުގެ ހުރިހާ މުވައްޒްފުންނޭ.. ސޮރީ އެމްޑީޕީގެ ތި ލާދީނީ ލީޑަރުން ތިބިހާ ހިނދަކު އެމްޑީޕީ އަށް ދޭނެ ވޯޓެއް ނެތެވެ.

  48. އަހުމަދު ނީޒް

    2 ދައުރު ދީ ފިއްޔާ އަހަރެމެންގެ ކަށި ކޮޅުން ވެސް ލާރި ނަގާނެ.

  49. ނަސީދު

    މިހިގާދައުރުވެސް ދެވުނީތީ ހިތާމަކުރަން

  50. ބުއްޅަބޭ

    ދެން ޔާމީނު ވައްޓާލީޔޯ

  51. ޙޯޙޯ ހޯ

    ދެން ނުވާނެ، އިތުރަށް އެންމެ ދުވަހެއް.ވެސް ދެން ނުދޭނަން.

  52. ހަސަދު

    5 އަހަރު ނުފެށުނު ކަމެއް 10 އަހަރަކުން ނުވާނެ. ދެން ވޯޓެއް ނުޑެނަން، އެހެންގޮތަކުން ހޮވޭތޯބަލާ

  53. ޒާ

    ގަޅިވާހަކަ ނުދައްކާ. ޔާމީން ގެނެސްދިން ތަރައްގީ ނަގާލާ ފަހަތަށް ގައުމުދިޔައީ. ގަމާރަށް އިތުރު ދައުރެއް ދީފުނަމަ އެފްރިކާގެ ޖަންގަލީގާ އުޅުމެކޭ އެއްފަދަވާނެ

  54. ޙަސަނު

    ތިޔަ ޕަޕެޓކަށް ނުވާނެ 40 އަހަރުގެ ދައުރެއް ދިނަކަސް

  55. ބޯހަލާކު

    ދެން ކީއްވެޔޯ ޔާމީނު އަށް އެދުރުސަތުނުދީ ވެރިކަމަށް އަރާތިތިބީ؟

  56. ނަައީމް

    ކަލޭއަގަހައްދުނުޖަހަނިސްފައިބައިގެން ފިލާނީތޯ ރައީސްޔާމީންދައުރުގަ ކަލޭގޮވީ ދޭކައްނުޖެހޭ ބަލަ ކަމެއްރައްޔިތުންނައްވާނަމަތާ ރައްޔުތުން އާއެކޭ ބުނާނީ ކުރަންޖެހޭނީ ވައްކަން ވޯޓުން ކަލޭމެންނިމޭނީ ހިތިގޮތަކައް މިއަދު ކައިގެންވައްކަންކޮއްފާ އެހެންމީހުންގެ ބޮލުގާތިޔައޅުވަނީ މާދަމާމަތިންހަދާންނުވަނީތޯ؟؟؟؟؟؟؟؟؟؟

  57. ވިސްނާލުމަށް އެދެމޭ

    ދައުރެ ފުރިހަމަކުރަން ވެސް ރ އިބުރާހިމަށް ދިނުމަކީ ދި ވެހިންކުރާނެ އެއްމެ ދެރަ އެއްމެ މޮޔަކަންތަ...އެއްމެދު ވަހެއް ވެސް ވެރިކަމުގަ ބަހައްޓާކަށް ބޭނުމެނޫން..އަހަރެމެންގެ ބާރެއް ހިގާނަމަ މިސަރުކާރު އެކީއެކައްޗަކަށް މިހާރު ބޭރުކުރީމު...އިސްތިއުފާއަށް ގޮ ވީމަ ހަޖަމު ނު ވާބައެއް...އިސްތިއުފާ..🗣️🗣️🗣️🗣️

  58. މިނިވަންރައްރިތުމީހާ

    މިވޭތުވެދިޔަދެއަހަރުއެއްވެސްކަމެއް
    ނުވިބަޔަކައްދެ ވަނަދައުރެއްނުދެވޭނެ

  59. ރާއްޖެ

    މަބުރޫކު އިބޫ ކައިރީގަ ބުނެބަލަ ފުރަތަމަ ރަގަޅު ތައުލީމެއް ހާސިލް ކޮއްގެން އައިސް ވެރިކަން ކުރަން. ފުރަތަމަ ފަސް އަހަރު މި ދަނީ އެލް ބޯޑް ޖަހައިގެން.

  60. ލޯމާފާނު

    ވެރިކަމުގަ ހުރީ ތައުލީމެއް ތަޖުރިބާއެއް ނެތް ގަމާރެއް. މި ވަރު މީހުންނަށް 10 އަހަރު ދިނަސް މަދު ވާނެ. ފުރަތަމަ ޖެހޭނީ ސުކޫލަށް ފޮނުވަން.

  61. މަދީހް

    ޢަދިވެސް ކުވުނު އަރު މަދީބާ ؟؟

  62. މުހައިމިން

    ދެން ބަނބުރޫކްމެން ފައިބާ، ހެދި ދޮގުތަކަށާ ކުރި ވައްކަމައް ޖަލައްދާން ފޮށިތަންމަތި ބަންދުކުރޭ..

  63. ޖަޒީރާމަނިކު

    މައުމޫނު 30 އަހަރު ރައީސްކަން ކުރިކަން މަބްރޫކަށް ނޭގެނީތަ؟

  64. ޖުލައި

    ސޮރީ ބްރޯ! ވެރީ ސޮރީ. އައްޑޫ ކުދިން ގެ ފަރާތުން ސަރުކާރަށް ވަރަށް ސަލާން!

  65. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    މި ވަރުފުދިއްޖެ ދެންއިތުރައްއެންމެ ދު ވަހެއް ވެސް ދީފިނަމަ މިގައުމާރައްޔަތުން އަތަކުނުޖެހޭނެ މިހާމިކުރި ވަރު ވެސްފުދިއްޖެ ލަދުހަޔާތުގެ ކަންފުޅެއް ވެސްހުންނަނީނަމަ މިހާރު ވެސްލަސް ވެއްޖެ

  66. ޙ

    ޢެހެނވީމާ ޔާމީނަށް ދެއްވަނވީނުންތޯ . ޢެއްދައުރުން ތަރައްގީ ގެނައިމީހަކު 2 ދައުރުން އުފާވެރި ދިރިއުޅުމެއް ކޮންމެ ރައްޔިތަކައްވެސް ހޯދަ ދޭނެ. ތީ ފަހަތައް ބުރުއަޅާބައެއް

  67. ޙ

    ޜައްޔިތުން މަޖިލިސް ރާއްޖޭގެ ހުރިހާކޯޓެއް ބޯޓެއް ވިއަސް ދީފި އެކަމަކު ވީކަމެއްނެތް . މިހާރު ތިބުނީ ކުރިއަށް އިތް 5 އަހަރުވެސް ރިޒާވް ކޮއްދޭށޭ. ޢަނެއްކާވެސް މަބްރޫކަށް ޕްރޮމީޝަނެއްދޯ.

  68. Mohamed Shareef

    ދެވަނަ ދައުރެއްޓެވާހަކަ ނުދައްކާ.

  69. ޢަލިބެ

    މުޅި ޢުމުރަށް ވެރިކަމުގަ ބެހެއްޓިޔަސް 2013 އިން 2018 އަށް ހުރިމީހާ ކުރި މިންވަރުގެ %1 ވެސް ތަރައްޤީ ނުކުރެވޭނެ.

  70. އއއ

    ލަދުވެސް ނުގަންނަ ބަޔެއް މީ

  71. Anonymous

    އޮބާމާގެ ފަހުންއައީ ޓްރަމްޕް ދެދައުރު ނުދިނީ ކޮންމެވެސް ސަބަބެއް އޮވެގެން! ޑިމޮކްރަސީއެއްގައި އެކަން ކަނޑައަޅަނީ ރައްޔިތުން! ޕްރެސް ސެކެއްޓްރީއެއްނޫން!!

  72. ސިކުނޑި

    އޮބާމާއަށް ވުރެ ފަހުން އައީ ޓްރަމްޕް ދެދައުރު ނުދިނީ ސަބަބެއް އޮވެގެން! ދިމިގްރާތީ ނިޒާމެއްގައި އެކަން ކަނޑައަޅާނީ ރައްޔިތުން! ދެވަނަ ދައުރެއް ދޭންޖެހޭކަން ސާބިތުކޮށްދެއްވާ އަޅުގަނޑުމެން މިތިބީ ދޭން! 6 ދައުރުންވެސް އެއްދައުރުން ވެސް ދައުރުގެ އެއްބައިގަވެސް ކަންކަން ވެދިޔަގޮތް ފެންނާން އެބައޮތް!

    3
    1
  73. ފިޔަވަޅު

    އަމައްޔާތް..
    މިހާރުވެސް މިހުންނަނީ ކުރާނެކަމެއް ނޭނގިފަ.
    މިވެރިކަން ނުނިމިގެން....
    ވަގައްނަގާކައް އެއްޗެއް އެއްޗެއް ނޯވެ.
    މަގޭ ކުދިންކޮޅުގެ ބޯހިޔާވަހިކަންވެސް ފޭރިއްޖެ.

  74. ދިލްބަހާރު

    ކަލޯމެން ވާނީ ކަލޯމެނައް މަކަރާ ހީލަތުން އުޅޭބަޔަކަށް 20 އަހަރު ދިނަސް ނުވާނެ. ރާއްޖެ އޮތްތަނެއްކަންވެސް ގޫގުލް އިން ފުހެވޭނެ.

  75. މަނިކު

    ވަރަށް މޮޅުވާހަކައެއް.ވާވާ ސަހަރޯ

  76. ރާފިޢު

    ކަލޭ ކަހަލަ ބަހުލޫލަކު އަރާ ކިތަންމެ ވަރަކަށް ދެދައިރޭ ގޮވިކަމަކު ދެން އެމްޑީޕީ އޭ މިކިޔާ ބައިގަނޑަށް ދޭން ވޯތެއް ހަރާމް... ސާފުވެއްޖެތަ؟

  77. އަލީ އާމިރު

    ފުރިހަމަ މުއުމިނަކީ ތިމާގެ އަމިއްލަ ނަފުސަށް އެދޭކަންތައް، އެހެން މީހުންނަށްވެސް އެދޭ މީޙުންނެވެ. މިމީހުން ދެން ކީއވެނާ، ޔާމީން އަށް 2 ދަވްރު ނުދިނީ.. ބޯގޯސް

  78. ރަން ރީނދޫ

    މަ މިޚަބަރު ބަލާލީވެސް ރައްޔިތުން ކޮމެންޓްތައް ބަލާލަން ވެގެން. ހީ ހީ ހަލާކު.