ކޮވިޑް-19 ގެ ރޯގާ އިން ފަރުވާ ހޯދުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ނުޖެހުމަކީ ގާނޫނީ ގޮތުން ލިބިދޭ އިޚްތިޔާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ފާހަގަ ކުރެއްވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ ވެކްސިން ނުޖަަހަން ތިބުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއް ނޫން ކަމަށެވެ. އަދި އެންމެން ވެސް ވެކްސިން ޖަހަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވެކްސިން ނުޖަހާ ތިބުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއް ނޫން، ހުރިހާ އެންމެން ވެސް ވެކްސިން ޖަހަން އެބަ ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ވެކްސިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަން ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ގޮވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެކަމަކު ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވަނީ ވެކްސިން ޖެހުމާ ދެކޮޅު ނުހައްދަވާ ކަމަށެވެ.

ޕީޕީއެމުން އެގޮތަށް ގޮވާލަމުން ދަނިކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދީފައެވެ.

އިންޑިއާ އިން ތައްޔާރުކޮށްފައިވާ އެ ވެކްސިންއަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންއެވެ. ރާއްޖޭގެ އިތުރުން ވެސް ބައެއް ގައުމުތަކުގައި ދޭން ފަށާފައިވާ އެ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން ޗައިނާގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައިވެއެވެ.

މި ވަގުތު ރާއްޖޭގައި ދެމުން ދަނީ އިންޑިއާގެ ވެކްސިންއެވެ.

ރާއްޖޭގައި މިހާތަނަށް 43،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޢަދުރޭ

    ޤާނޫނަކުން ވެކްސިން ޖަހަން މަޖްބޫރު ކުރަންވާނީ އެ ޤާނޫނުން ޘާބިތުކޮށްދޭ ނަމަ ވެކްސިން ޖެހީމަ ކޮވިޑް ނުޖެހޭނެ ކަން. އެކަމެއް ޔަޤީނެއް ނޫން

    27
    1
  2. ޫެދ

    ޑަބުލިއު އެޗުއޯ އިން ހުއްދަނުދޭ ހަލާލުނޫން ވެކުސިނެއް ގަދަކަމުން ރައްޔިތުން ގަޔަށް ޖެހިމީހުންގެ މައްޗަށް ބޭރުގެ ބަޔަކާެި ގުޅިގެން ބަޔަކު މަރާލެވެދާނެ ފަދަ ޖަރާސީމެއް ގަދަކަމުން ބޭނުންކުރުމުގެ ދައުވާ ކުރެވޭނެ.
    ނަސްލު ނައްތާލުމުގެ ދައުވާ ކުރެވޭނެ.
    މާ އެނގިގަނެގެން ތެޅޭނެ ކަމެއްނެތް ރާގޮނޑި ރާޖާ

    22
    2
  3. ޛެ

    މިއީ އިންޑިޔާއެއްނޫން ބޭނުންހާ ގޮތެއް ނެހެދޭނެ ކެނެރީ ބޮޑު ބާގީ ބީޖޭޕީ ހާމުދުރި

    26
    2
  4. ޙފފ

    ކޮން ގާނޫނެއްގަ އޮތީ މަނާކަމެކޭ؟ ތަނެއްދޮރެއް ނޭގުނަސް ހޯމް ވޯކޭ ވީދޭތި

    16
    1
  5. އެލްޑީ އެލެކްސް

    މިދެން ކާކު އަހަރުމެން ނަށް މަޖުބޫރު ކަންކަން ކިޔާދޭން.. އަމިއްލަ އަށް ދީނުން މުރުތައްދު ވެގެން ހުރި މީހެއް.

    26
    1
  6. ގިރާވަރު

    އެލިޔާ ސޯމިލް ފަދަ ތަންތަނުން އާއްމުސިއްހަތަށް ވާ ގެއްލުން ވަކި ކުޑައެއްނޫން.

    15
    1
  7. 😛

    🤔🤔🤔🤔🤔

  8. ޖައުފަރު

    ނަބިއްޔާ އަށް ފުރައްސާރަ ކުރަނީ ގާނޫނީ އިޚްތިޔާރު ކަލެއާއި ކަލޭގެ ބައިގަނޑަށް އޮތުމުންތަ

    28
  9. އަލީ

    މި އަންނި ބުނީ ކޮވިޑް އަކީ އާދައިގެ އަރިދަފުސް ރޯގާ އެކޭ. ދެން މިހާރު ރާގު ބަދަލުވެ ވެކްސިން ޖެހުމަށް އެހާ ބާރު އަޅަނީ ކީއްވެގެންތޯ؟ ދެފުށް ދެގޮތް މީހެއް.

    22
    1
  10. މާލެ

    ކުރިން ބުނީ ކޮވިޑް އަކީ އާދައިގެ އަރިދަފުސް ރޯގާ އެކޭ. މިހާރު މިކަިޔަނީ ކީކޭތަ؟

    15
    1
  11. ވިސްނާލުމަށް އެދެމޭ

    ސަރުކާރަށް ގަދަކަކަމުން އަހަރެމެންގަޔަށް ވެކްސިން ނުޖެހޭނެ..މިއީ ނޯތުކޮރެޔާއެއް ނޫން..ބާރެލިބިފައޮތީމަ ބޭނުންހާކަމެ ރައްޔިތުންނާމެދު ނުކުރެ ވޭނެ..އަހަރެމެން ޑޮކްޓަރަށް ދައްކާނެ ހޮސްޕިޓަލަކާ ދައްކާނެ ޑޮކްޓަރާ އެއީ ސަރުކާރަށް ނިންމޭނެ ކަންކަމެނޫން..ހިލޭ ބަހާ ވެކްސިން ބޭނުންމީހަކު ޖަހަން ވީ އެކަމަކު މަޖުބޫރުކޮއްގެން އަހަރެމެންގަޔަށް ވެކްސިން ޖަހަން ތި ވިސްނާ ވިސްނުން ރަގަޅެނޫން...ތިކަމެނު ވާނެ...ޙުދުމުޙުތާރު ވިޔަަސް ތީބޮޑު ވަރު😠😠😠😠

    23
    1
  12. މަބޭ

    ބޭނުންވާކަމެއް ހާސިލްކުރުމައް ގާނޫނު އަތައްއޮޅާލާ ބޭފުޅެއްތީ

    19
  13. Anonymous

    ކެނެރީގެ ބުއްޅަބެ ތި ބޮއެގެން އޮވެބަލަ

    19
  14. ކެންޓް

    ތިޔަހެން ވެއްޖެ ކަމަން ވާނަމަ އެމީހަކު ބޭނުން ވެކްސިނެއް ޖެހުމުގެ އިހްތިޔާރުވެސް އެމީހަކައް އޮންނަން ޖެހޭނެ ކަމައް ދެކެން ސަބަބަކީ ކޮވިސީލްޑް ވެކްސިނައް ވުރެން އެފެކްޓިވް ވެކްސިންްތައް ދުނިޔޭގަ އެބަހުރި.

    15
    1
  15. ރަދީފް ހުސެން

    ސިފައިން، ފުލުހުން، ނަރުހުން، ޑޮކްޓަރުން، ސި ވިލް ސަރ ވަންޓުން، ޓީޗަރުން ވެކްސިން ޖަހަން އަންގާ، އަދި ޖަހައިފިތޯ އޮފީހުންބަލާ. ރިސޯޓު، ސަފާރީ، ގެސްޓްހައުސް ތަކުން ތަނުގެ މުއައްޒަފުންގެ ލިސްޓާ ވެކްސިން ޖަހާފަ އެލިސްޓު ޓޫރިޒަމް މިނިސްޓްރީއައް ފޮނުވަންޖެހެ.
    މި ސަރުކާރުން ކޮވިޑް ވެކްސިން ޖަހަން މީހުނައް މަޖުބޫރެއްނުކުރެ، ވެކްސިން ޖަހަން ކިޔު ބޮޑީ ހަމަ ތަރުހީބު ބޮޑުކަމުން!

    10
    3
  16. އަލީ

    ތިޔަހެންވެއްޖެޔާ ވެކްސިންދޭއިރު ސޮއިކުރުވަނީ ކީއްކުރަން؟

    13
  17. ސިލީ

    ހާދަ ހެއްވާ ވާހަކައެކޭ. ވެކްސިންނުޖަހާ ހުރެވެންޖެހޭނެ ބޭނުމިއްޔާ.

    48
  18. ސިކުނޑި

    ވެކްސިން ޖަހަން ޖެހެނީ ކޮން ގާނުނެއްގެ ދަށުންތޯ؟ ވެކްސިން ޖެހުމަކީވެސް ގާނޫނީ ގޮތުން ލާޒިމުކަމެއްނޫން! ވެކްސިން ޖެހުމަކީ ފަރުދީ ޒިންމާއެއް ސިއްހީ ހާލަތު ތަންދޭނަމަ ކޮންމެ މީހަކުމެ ވެކްސިން ޖަހަންވާނެ! އެއީ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް!

    29
    3
  19. ހަމައޮޅެނީ

    ކޮވިޑަކީ ހަމަ އާދައިގެ އަރިދަފުސްރޯގާއެއް ކަމަށް ދައްކައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ބަޔަކުވެސް އެބައުޅޭކަން އަދި ހަނދާންނެތޭހައި ދުވަހެއްނުވޭ. އެކަން އެކުރީ ގާނޫނުން ލިބިދޭ ކޮން އިޚްތިޔާރެއްގެ ދަށުންބާ؟ ތިމާ އެފަހަރަކު ހިތަށް އެރިގޮތް އެއީ ގޮތް ކަމަށް ބަލާ ދަރަޖައަށް ތިމާއަށް ތިމާ އޮޅުނީމާ ކޮންމެފަދަ ވާހަކައެއްވެސް ދައްކާކަށް ފަހެއް ނުޖެހޭނެ. މިފެންނަނީ އެ މަންޒަރު.

    15
  20. ނޯތުކޮރެއާ

    މީކޮމޔުނިސްޓް ގައުމަކައްވީތަ މިހާރު ކަންކަމައް މަޖުބޫރުކުރަން

    14
  21. މޫސަ

    ވެކްސިނަކީ ބަރުލަމާނީ ވޯޓޭ ބުނަންވީނު ޔަހޫދިއްޔަކަލޭގެ

    12
  22. ހައިތަމް

    ކިހާ ދެރަކަމެއް. ނުބެހޭކަމެއްވެސް ނޯވެއޭ. މީ މި ޤައުމަށް ޖެހިފައޮތް ބޮޑު ބަލާވެރިކަމެއް

    18
  23. Anonymous

    ބުއްޅަބޭ މީ މިނިވަން މުޖުތަމައެއް ޑިމޮކުރަސީގެ ނަމުގައި ބާއްވައިގެން ގަދަބާރުން ކަންތައް ކުރާ ޒަމާނެއް ނޫން މީކީ އިގިއްޖޭ

    12
  24. ކުރޯ

    ދީނީ ކަމެއްނަމަ މި ކަލޭގެ ބުނާނެ މިނިވަންކަމޭ.އެމީހަކު ބޭނުން ގޮތެކޭ.

    14
  25. ހުޅުރާއްޖެ

    ކަލޭ އަނގަތަޅަން ހުއްދަދިނީ ކޮން ގާނޫނަކުން. ކަލޭ ހިތުހުރިހައި ކަމެއް ކުރަން އަހުރެމެންނަށް އަންގަން އަމުރުކުރަނީ ކޮން ގާނޫނަކުން. ކަލެއަކަށް އެއްވެސް ގާނޫނަކުން އަހަރެމެންނަށް އަމުރުކުރަން ހުއްދައެއް ނޯންނާނެ.

    13
  26. އެމަންޖެ

    ކެނެރީ މާކަގިނަދުވަހަކު ތިޔަ ގޮނޑިޔަކު ނީނދެވޭނެ ދެނެއް ، ރައްކާތެރިކަން ހޯދަން އިންޑިޔާ ނޫނީ އިނގިރޭސިވިލާތައް ފުރާ ވަޑައި ގަންނަވާ.

  27. އަޙްމަދް

    ކޮންމެ އިންސާނަކީ ބަލިފަތުރާ ބިރުވެރި ބައްޔެއް ޖެހިފައިވާ މީހެއް ކަމުގައި ދެކުން ހުއްޓާލަން ނުވޭތޯއެވެ؟
    ކޮވިޑް19 އިން ވަނީ ސިވިލް ރައިޓްތައް މުގުރާލާ އަދި މަދިނީ ހައްޤުތަކާއި ޢަދުލާއި އިންސާފު ނެތިކޮށްލާފައި ނޫންތޯއެވެ؟

  28. އަޙްމަދް

    ބައިނަލް އަޤްވާމީ ފެންވަރުގައިވިއަސް ޤައުމީ ފެންވަރުގައި ވީނަމަވެސް މީހެއްގެ އަމިއްލަ ހަށިގަނޑަކަށް ބަޔޯ-ކެމިކަލް ދިޔައެއް ޖެހުމަށް އެމީހެއްގެ ރުހުމާއި އިޚުތިޔާރު އޮންނަން ނުޖެހޭތޯއެވެ؟
    ވަކި ބޭސްއުފައްދާ ކުންފުންޏަކުން އުފައްދާ ބަޔޯ-ކެމިކަލް ދިޔައެއް މީހެއްގެ ހަށިގަނޑަށް ޖެހުމަށް މަޖުބޫރުކުވާ އަނިޔާވެރި ގޮތުގައި އެމީހެއްގެ ނުރުހުމުގައި ހަށިގަނޑަށް އެ ކެމިކަލް ދިޔަވަރު ފޮނުވާލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
    ވީމާ މީހަކު ގަޔަށް އެމީހެއްގެ ރުހުމާއިނުލާ މަޖްބޫރު ކުރުވައިގެން ވެކްސިންދިނުމަކީ އެއީ ބޭސްވެރިކަމުގެ ނަމުގައި ދެވޭ އަނީޔަަކަށް ނޫނީ ނުވާނެެެއެވެ.

  29. އަޙްމަދް

    ސިއްޙަތު ސަލާމަތުން ތިބޭ މިހުން އެމީހުންގެ ނުރުހުމުގައި ޤާނޫނު ބަހަނާއަކަށް ހަދައިގެން މަޖްބޫރުކޮށްގެން ވެކްސިންދިނުމަކީ އަނިޔާވެރިވުމެކެވެ.
    ޒާތީ މިނިވަންކަމަށް އަރައި ގަތުމެކެވެ.
    ސިއްޙަތު ސަލާމަތުން ހުރިމީހަކު ވެކްސިން ޖެހުމާއި ނުޖެހުމުގެ އިޚްތިޔާރު (ޙައްޤު) އެމީހަކަށް އޮނަން ވާނެއެވެ.
    ނުރުހުމުގައި ގަޔައް އައްލައިގެން ބޭސްފަރުވާކުރުމަކީ ޝަރީޢަތެއްވެސް ގާނޫނެއްވެސް ދައްނަކަމެއް ނޫނެވެ.

  30. ޙާކިމާ

    ވެކްސިން ޖަހާނެ ބަޔަކު ނުވެގެންހެން ހީވަނީ. އަދި މީނަ ގަރާރަކުން މަޖިލީހަށް ވަ އްދާނެކަމަށް ލަފާވޭ.

  31. ރާއްޖެ

    ނަޝީދު މެޑިކަލް އެތިކްސް ކިޔެވިންތޯ؟

  32. ނަސްލު

    މިދެން ކާކު އަހަރުމެން ނަށް މަޖުބޫރު ކަންކަން ކިޔާދޭން.. އަމިއްލަ އަށް ދީނުން މުރުތައްދު ވެގެން ހުރި މީހެއް.

  33. ބުޅާބޭ

    ހާމުދުރި މިދެން ކާކު އަހަރުމެން ނަށް މަޖުބޫރު ކަންކަން ކިޔާދޭން.. އަމިއްލަ އަށް ދީނުން މުރުތައްދު ވެގެން ހުރި މީހެއް.🥵🥵🥵🥵🦠🦠🦠📌📌