އަންނަ އޭޕްރީލް 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 735 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ފޮށީގެ އަދަދު ގިނަވެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ގުޅިގެން ކަމަށެވެ. މީގެކުރިން އީސީން ބަހައްޓަން ނިންމީ 532 ފޮއްޓެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އަލަށް ގެނައި ބަދަލާ އެކު، މާލޭގައި 68 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އަދި ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެއެވެ.

އީސީން ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް މިފަހަރު 8،000 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް 10،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިންތިހާބުގެ ކަންކަން ބަލަހައްޓާ އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާލެއާއ،ި ހުޅުމާލެއާއި، ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި 241 ވޯޓު ފޮށި ބަހައްޓާށެވެ. އަދި އެ ވޯޓު ފޮށިތައް ބެލެހެއްޓުމަށް އޮފިޝަލުންގެ ގޮތުގައި 2،169 މީހުން ބޭނުުން ކުރަން ނިންމާފައިވާ އިރު، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރިޒާވްއަށް 241 މީހަކު ނަގާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި އާއި ފުވައްމުލަކު ސިޓީގައި 13 ފޮއްޓެއް ބަހައްޓަން ނިންމާފައިވާ އިރު އައްޑޫ ސިޓީގައި 29 ފޮއްޓެއް ބެހެއްޓުމަށް އީސީއިން ވަނީ ނިންމައިފައެވެ. އަދި އަދި އަތޮޅު ތެރޭގެ ރަށްތަކުގައި 269 މަރުކަޒެއް ގާއިމް ކުރާނެ ކަމަށް އީސީއިން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކުގައި މިހާތަނަށް 8 ފޮއްޓެއް ބަހައްޓަން އީސީއިން ނިިންމާފައިވެއެވެ. އެއީ އިންޑިއާ އާއި ސްރީ ލަންކާގައި އެއް ފޮއްޓާއި، މެލޭޝިއާގައި ދެ ފޮށީގެ އިތުރުން އިނގިރޭސި ވިލާތުގައި އެއް ފޮއްޓެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި އާއި މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް، ދެ ގައުމުގެ ސަރުކާރުން ހުއްދަ ދީފައި ނުވާކަން އީސީއިން ފާހަގަކުރެެއްވިއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެންނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތަމެންދޯ

    ބޮޑު ބަދަލެއް، ކަރަންޓު ބިލް ކޮންމެ މަހަކު އެއްވަރު ކޮށްލެވިދާނެ ކަމަށް ބުނެ ތަމެން ތިޔާ ދައްކާ ކަނޑުކޮސް ވާހަކަ ތަކަކީ އެއީ މަމެންނަށް ގަބޫލު ކުރެވޭނެ ކަންކަމެއް ނޫނޭ ދިރާގުން ފިކްސްޑް ރޭޓް ގައި ޕޯސްޓް ޕެއިޑް ޕެކޭޖްސް ތައް ތައާރަފް ކޮށްފައިވާ އިރު އޭގެ ޑޭޓާ ސްޕީޑް ދަށްވިނަމަވެސް ކަރަންޓަކީ އެގޮތަށް ލިމިޓް ކުރެވޭނެ އެއްޗެއް ނޫނޭ ނަތީޖާ އަކީ ތިޔާ ގޮތަށް ފިކްސްޑް ރޭޓް ގައި ނަގާ ކަރަންޓް ބިލް ބޮޑުވާނެ ކަމީ އެއީ ޔަގީން ކަށަވަރު ކަމެކޭ ތަމެން މަކަރު ހަދަނީ ދޯ ރަންރީނދޫ ޓްވިޓަރޭ...

    11
  2. ލަދު

    2000 ހިފަ އިގެން އަންނާތި.

  3. Anonymous

    ވަރަށް މޮޅުކަމެއް ތިކުރެވެނީ. ދެން 736 ފޮއްޓަށް ބަދަލުކޮށް ވަރަށް ވަރަށް މޮޅުވެގެން ދެއިރުކައި ބޭހެއްހެން ނިއުސްކޮންފަރެންސް ބާއްވަންވީނު، ޒައިނިސްޓުންގެ ޕަޕެޓުން.

  4. ސިރީން

    ހެޔޮނުވާނެ، ވޯޓުން މި މީހުން ސައިޒް ކުރޭ، އެހެން ނޫނީ ދީނައް ފަރައްސާރަކުރިމާ ކުރާ ވައްކަމާ، ކޮރަޕްސަން ވާނީ އިތުރު..
    މި ބައިމީހުންނައް ދައްކާ، ތާ އަބަދު މޮޅުވާހަކަ ދައްކާފަ ދީނާބެހިލާފަ، އަނެއްގެ ފްލެޓްކަލާފަ، ހިތުހުރި ވަރަކައް ޖޫރިމަނާ ކޮއް ކޮއްފަ ނޫޅޭވޭނެކަން.

    4
    1
  5. ސަނީ

    މި ވޯޓުން އެނގޭނެ އިބޫގެ ސައިޒް، އިބޫދެކެ މީހުން ރުޅިއައިއްސަ ހުރިވަރު.. ހެހެހޭ..

    މަށަކީ އަބަދުވެސް އެމްޑީޕީ އައް ވޯޓް ލަމުން އައި މީހެއް، މިފަހަރު ސީދާ ޖެއްސުމައް ވޯޓްލާނީ ޕީޕީއެމް އައް..

  6. ސަތަރޭ

    އީސީ ސަރީފޫ އަނެއްކަވެސް އޮޅުވާލާ

  7. ޢައްޗީއިބޫ

    ވޯޓްލާނަން ކޮންމެހެންވެސް، އިބުލައް ދޭނަން ފިލާވަޅެއް
    ފްލެޓްތައް ގޭ މީހުނަން ބެހީތީވެސް..